އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރޮޒައިނާ ވާހަކަދައްކަވަނީ: ރޮޒައިނާއަށް އިންޒާރުދޭ މައްސަަލަ ބަލާ ފިޔަވަޅު އަޅަން އެމްޑީޕީއިން ވަނީ ގޮވާލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ނޮވެމްބަރ 2022 - 22:14
އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ, އަނިޔާ ދިނުމަށް ގޮވާލަމުންދާ ކަމަށް ބުނެ، އެ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް، ފިޔަވަޅު އަޅައި ދިނުމަށް އެ ޕާޓީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީގެ އެތެރޭގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެ، ދެ ފެކްޝަނެއް އުފެދިފައިވާއިރު ރޮޒައިނާ ހުންނެވީ ސަރުކާރުގެ ފަޅީގަ އެވެ. އޭނާ ފާހަގަކުރެވެނީ އެންމެ ބޮޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރައްވާ، އެކަމަކު ނަޝީދު ކުރައްވާ ކަންކަމަށް ޖެހިލުމެއް ނެތި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އެމްޑީޕީގެ ފެކްޝަންގެ ކޯޅުން މި ދުވަސްވަރު ވަރަށް ބޮޑަށް ހޫނުވެ، ރޮޒައިނާގެ ހަމަލަ ވަނީ ނަޝީދަށް އަމާޒު ކުރައްވަން ފައްޓަވައިފަ އެވެ.
ރޮޒައިނާ، ނަޝީދަށް ފާޅުގައި ފާޑުވިދާޅުވާތީ އެ މަނިކުފާނުގެ ފެކްޝަންގެ މަޖިލިސް މެމްބަރުން ދޭތެރެދޭތެރެއިން ފުރައްސާރަ ކުރެ އެވެ.
ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައި ވާއިރު، އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހިޔާލު ތަފާތުވުންތަކުގައި އިހުތިރާމާއެކު މުއާމަލާތު ކުރަން ޖެހޭ ކަމަށެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާ ވަރށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަން ކަމަށާއި އެމްޑީޕީއަކީ އެއްވެސް މީހަކަށް އަނިޔާވެރި ވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރުދޭ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ގާނޫނުއަސާސީ އިން ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ގާނޫނީ އިމުގެ ތެރެއިންކަން މި ޕާޓީން އަބަދުވެސް ގަބޫލު ކުރާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ބުނިގޮތުގައި އަންހެނުން ސިޔާސީ ހަރަކާތަށް ނެރެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ އެ ޕާޓީގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ ކުށްވެރިކުރާ ކަމެއް ކަމަށައި އެއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"މި ޕާޓީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އެކަމަނާ އަށް އަނިޔާ ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިޕާޓީ އިން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
15 November 2022
އެމްޑީޕީ އުފެދުނީ ވެރިކަމާ ވަޒީފާ ތަކާ ރިސޯޓު ބިންވެރިކަން އެއީ ވަކިބަޔަކައް ވަކިއާއިލާ އަކައް ލިބޭ ވާރުތަ އެއްޗެއް ކަމުގައި އޮތްއްތުން ނިމުމަކައް ގެންނައް، މިހާރު އެމްޑީޕީ ދިމާއިދިކޮޅު، ފެކްޝަން ހަދައިގެން ބޮކިބާކަން އުޅެނީ ކެހިވެރިން. އަދި ބުނާނެ 3 ވަނަ ދައުރެއްވެސް ހައްގޭ، އެދަރަޖަޔައް އެމްޑީޕީ ވެއްޓޭނެ.
ދިއްދޫމީހާ
15 November 2022
މީނާ ކަރުގެ ދެނާރު ފުއްޕާފަ މީސްމީހުންނަ އިންޒާރްދިން ހަނދާންވޭތޯ؟
ކޮކަޓޫ
15 November 2022
މީނަޔަށް ދެން މީހަކު އެބައުޅޭތަ އިންޒާރުދޭން؟ ސަމާލުކަން ހޯދަންއުޅުނަސް ބޮޑުވަރު!
ސިމްޕަލް
15 November 2022
އެމްޑީޕީގެ ދެ ފެކްޝަން ތިޔަހެން ކޯޅި، ފުރައްސާރަކޮށް އެެކަކު އަނެކަކަށް އިންޒާރުދީ އޮތްވާ ފެންނާނީ، ޕީޕޢެމް - ޕީއެންސީ ކޯލިޝަން ގުޅިލާމެހިގެން އައިސް ވެރިކަން ޖަހައިގެން ދާތަން. އެދުރުބެ އަބަދުވެސް ބުނާނެ، "އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެކެވެ."
ޥާލުސޮރު
15 November 2022
ރޮސޭ އަކީ ބޯހަމަޖެހޭ މީހެއް ނޫން ވިސްނުމުގައި އުނިކަން ހުންނަ މީހެއް
އަމަނާ
15 November 2022
ޕާޓީގެ ތިޔަބަޔާން ވަރަށް ރަގަޅު. ތިޔަގޮތަށް ތިއްބަވާ! ކުރިން ތަޅާނެމީހުން ހޯދި ހަނދާންވާތީ އެކަމާ ދެރަވެސްވޭ. ތިޔައީ ޕާޓީގެ ކޯޅުމެއްވީމާ ދެން އޯކޭ. (މިއީ ވ.ވާހަކަ)
ށަވިޔަނި
15 November 2022
އެއްވެސް މީހަކަށް އިންޒާރު ދިނުމަކީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއްނޫން.
ޥާލުސޮރު
15 November 2022
ރޮސޭ އެއީ ވިސްނުމުގަ ހުނިކަން ހުންނަ މީހެއް އޭނަ ހަދަނީ ދޮގު
އެދުރުކަލޭގެފާނު
15 November 2022
ރޮޒެއިނާގެ ކޮރަޕްޓްކަން އެނގޭނީ ރޮޒެއިނާގެ ފަރާތުން އެކަމަނާއަށް ކެމްޕޭނުކުރި ފަރާތަކަށް ހޯދަދިން ވަޒީފާ ގުނާލީމައެވެ. އެކަމަނާއަށް މީހުންގެ ނުރުހުން އަމާޒުވަނީ އެކަމަނާވެސް އެފަދަ އުސޫލުތަށް ކުރިޔަށްނެރެ މީސްމީހުންގެ ހައްގަށް އެކިގޮތްގޮތުން އަރައިގަންނާތީއެވެ. ފަސާދައާއި ރުޅިވެރިކަމަށް މަގުފަހިވާނެ ހުރިހާކަމެއް އެކަމަނާ ކުރައްވައެވެ. ވިޔާނުދާ ހުރިހާ ކަމެއްމަގުފަހި ކުރުވަމުންދާއިރު އެކަން ހުއްޓުވާނެ ބަޔަކުނެތެވެ.
އެމްޑީޕީ ސަކްސް
15 November 2022
ކަލޭނޭ ވިސްނާލަ ބަލަ ތިނޫން މީހަކު. ކީއްވެހޭ އެންމެން ކޮރަޕްޓު ވެފައި މިތިބެނީ. ކައިރި މީހުންނަށް މަޤާމުދީ ކެމްޕެއިން ޓީމަށް ދައުލަތުން މުސާރަ ދޭ މަޤާމުތަކަށް އަލިފުބާ ނޭގުނަސް ލައިގެން މިއުޅެނީ ޤައުމު ކޮރަޕްޓު ވީމާ. ޤައުމުގެ ރައްޔިތުން ކޮރަޕްޓު ނޫންނަމަ ތިމީހުންނަކަށްހިނދުކޮޅަކުވެސް ނުތިބެވޭނެ. އަހަރުމެން ރަށު އެމްޑީޕީ މެމްބަރުން ދެން ތިބައިގަނޑެއް ނުހޮވާނެ މިމީހުން ވެރިކަން ކުރާ ކޮންމެ ފަހަރަކު ވަޒީފާ ބަހަން ޖެހޭ ކުދިން ގެންގުޅޭތީ
ވޫހޫ
15 November 2022
ސާބަހޭ ރޮޒޭއަކީ ޑީއަރުފީ އިން އޑޕ ގައި އެޅޫވި ފަންޏެއް
2000
15 November 2022
ރޮޒެއިނާ ރައީސް ކަމަށް މިހާރު ކުފޫ ހަމަ ވޭ