ވައިކަރަދޫ.--
15 ނޮވެމްބަރ 2022 - 16:39
ހދ. ވައިކަރަދޫގައި އުމުރުން ދުވަސްވީ މީހަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ ރަށުގެ އުމުރުން 81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގެ ރިޕޯޓެއް މިދިޔަ ހުކުރު ދުވަހު ލިބިފައިވާ ކަމަށެވެ.
އެ ކަން ހިނގައި ދިޔަ ގޮތް ކިޔައި ދެމުން "މިހާރު" އަށް އަންހެންމީހާގެ ދަރިފުޅު، އިބްރާހިމް ވަހީދު ބުނީ އެ މީހާ އެ އަމަލު ހިންގީ މަންމަ އެކަނި ގޭގައި އުޅެނިކޮށް ކަމަށެވެ.
"އަޅުގަނޑާއި މަންމައާ އެކަނި ގޭގައި އުޅެނީ. އެ ދުވަހު އެކަން ހިނގިއިރު އަޅުގަނޑު ވީ މަހަށް ގޮސް. މަންމަ ބުނީ އެ ފިރިހެންމީހާ ގެއަށް ވަދެެ، ކާނެ އެއްޗެއް ދޭށޭ ބުނުމުން އެއީ ރަށުން ބޭރު މީހަކަށް ވާތީ އެކަން ކޮށްދޭށޭ އުޅުނީއޭ،" އޭނާ ބުންޏެވެ.
މަންމަ އެ މީހާ އަށް ކާން ހެދުމަށް ފަހު، ބެލިއިރު އެ މީހާ ހުރީ ބަރަހަނާ ހާލަތުގައި ކަމަށް އިބްރާހިމް ބުންޏެވެ.
"އެހެން ހުރެފައި އެ މީހާ މަންމަގެ ފަހަތުން ދުއްވައިގަތީ. މަންމަ ބިރުން ދުވަމުން ގޮސް އެންމެ ކައިރީގައި ހުރި ގެ އަށް ވަނީ. އެ ގޭގައި ހުރެފައި ދައްތަ ކައިރިއަށް ގޮސް އެ ވާހަކަ ކިޔައިދިނީމާ ދައްތަ ޕޮލިހަށް ރިޕޯޓުކުރީ،" އިބްރާހިމް ކިޔައިދިނެވެ.
"އަދިވެސް އޭނާ ހައްޔަރެއް ވެސް ނުކުރޭ. ފުލުހުން ބުނީ ކޯޓު އަމުރެއް ނެތީމަ ނެތޭ ހައްޔަރު ކުރެވޭކަށް. އޭނައާ އެ ދޯނިން އައި އިތުރު މީހަކު ޑިންގީ އަކަށް އަރައިގެން ރަށުން ފުރައިގެން ދިޔައިރު ވެސް އެންމެ ތިބީ ބަލަން ހަމަ. އޭރު ބަނދަރު މަތީގަ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ތިބި."
އިބްރާހިމް ބުނިގޮތުގައި އެއީ ށ. ނޫމަރާގެ މީހެއް ކަން ވަނީ އެނގިފަ އެވެ. އެ މީހާ މަސައްކަތް ކުރަނީ ލަނޑާ ނަގާ ދޯންޏެއްގައި ކަމަށެވެ.
އިބްރާހިމް ބުނީ ފުލުހަށް ރިޕޯޓު ކުރި ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. މިފަދަ މީހުން ދޫވެފައި ތިބުމަކީ މުޖުތަމައަށް އޮތް ބިރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
16 November 2022
ސިންގަޕޫރުގަ ތިޔަކަންކަން ތިޔަހެން ހިނގުން ދުރުވާނެ! ސިންގަޕޫރަށް ވާން އުޅޭ ޤައުމެއްގަ ސިންގަޕޫރަަށް އަދި ނުވެވޭއިރު މުޅިންވެސް ހިނގާނީ ތިޔަފަދަ ކަންކަން! ސިންގަޕޫރު މަގުތަކަކު ޖެޓްސްކީއެއްވެސް ނުކުރެވޭނެ!
އިސްރަށްވެހިން
15 November 2022
މާލޭގެ މަގުމަތީވެސް ތިވައްތަރު މީހަކުއުޅޭ. ވަރަށް މުސްކުޅި މީހެއް. އެކަމަކުވެސް މާގުންދާ ޒުވާން އަންހެން ކުދިން ކައިރީ ވަރަށް ހަޑިހުތުުރު ވާހަކަ ދައްކާ ބަދުއަޚުލާގީ އަމަލަށް އެދޭ. އެމީހާއަށް ނެސޭހަށް ދޭނޭ މީހަކުވެސް ނެތީ ކަންނޭގޭ. މިހާރުވެސް ފެނޭ ޕާކުކޮށްފައި ހުރި ސައިކަލެއް މަތީ ސިގިރެޓެއް ހިފައިގެން ހުންނަތަން.
ވަތަނަބެ
15 November 2022
"ފުލުހުން ބުނީ ކޯޓު އަމުރެއް ނެތީމަ ނެތޭ ހައްޔަރު ކުރެވޭކަށް." މީއަދި ނޭގޭކަމެއް. އެބޭފުޅުން އޮފީހުގައި ތިއްބާ މާސީޑީޒް ބެންޒު ކާރަކުން ކޯޓު އަމުރު ޕާރިސަލްވެގެން އައިމަތަ އެކަމަށް ވިސްނާލެވެނީވެސް!
ހިބިރިންބެއްޔާގެ ކުޑަސޮރު
15 November 2022
24 ގަޑިއިރު ހަމައިގާނުހުރެ އިބިލީސް ބޮލުތެރެއަށް ސަވާރުވެގެން އުޅެންޏާ ނުވެނުދާނެ ކަންކަން މިފެނިގެންދަނީ.
ނައިވާދު ހުސޭނު
15 November 2022
ނައިވާދޫގަވެސް ދުވަސްވީ އަންހެނަކަށް ވ އަނިޔާކުރޭ، ބައެއް ދުވަސް ދުވަހު އެބަހުރޭ އެފަކީރު ފެންވަޅަކަށް ބާލާފަވެސް، އެންމެނަށް އެނގޭ ބޮޑުސިއްރެއް ކައުންސިލުންވެސް އަޅާނުލާ، ހެޔޮނުވާނެ ދޯ
އެމްސް
16 November 2022
ނާސިން ހޯމެއްގެ މުހިއްމުކަން ވަރަށް ބޮޑު! އެއްވެސް ކަމެއް ނުކުރާ އެތައް ސަތޭކަ ފަޅުރަށް އަދިވެސް މިރާއްޖޭގަ އޮތް އިރު ޒަމާނީ ފެންވަރަށް ވަކި ރަށެއް މިކަމަށް ހަދާ ޚާއްސަ ނުކުރެވެންވީ ސަބަބެއްވެސް ނެތް!