ޚަބަރު / ހައި ކޯޓް

އޮފީހެއް ފަޅާލި މައްސަލައިގައި އަރުޝަދަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކުރި ހުކުމް އަލުން ބަލަން ފޮނުވައިފި

ދިވެހިރާއްޖޭގެ ހައިކޯޓު:އޮފީހެއް ފަޅާލި މައްސަލައެއްގައި އަރުޝަދަށް ކުރި ދައުވާތައް އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ހައި ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ: މިހާރު

15 ނޮވެމްބަރ 2022 - 21:37

6 comments

މީގެ ހަ އަހަރު ކުރިން މާލޭގައި އޮފީހެއް ފަޅާލި މައްސަލައެއްގައި، ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރާ އަރުޝަދު ހާލިދުގެ މައްޗަށް ކުރި ދައުވާތައް އަލުން ބަަލަން އަންގައި މިއަދު ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ޑްރަގްގެ ބޮޑު ދެ މައްސަލައެއްގައި ފުލުހުން ތުހުމަތު ކުރާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދުގެ މައްޗަށް ވައްކަން ކުރަން އުޅުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކުރީ އޮގަސްޓް 20، 2016 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި "ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ އޮފީސް ފަޅާލައި އެތަނުގެ މުދަލަށް ގެއްލުން މައްސަލައެއްގަ އެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން އޭނާ ވަނީ އެތަނުގެ ދޮރާއި ސީސީޓީވީ ކެމެރާ އާއި އެ އޮފީހުގައި ހުރި ދެ ތިޖޫރިއަކަށް ގެއްލުންދީފަ އެވެ. އެގޮތުން، ދަނގަނޑު ޖަހައި މަތާލައިގެން ތިޖޫރި ހުޅުވަން މަސައްކަތް ކުރި ކަމަށް ވެސް ވެ އެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރި އެ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ދައުލަތުން ބުނެފައި ވަނީ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރީ، އެކަށީގެންވާ ވަރަށް ހެކި ލިބިފައި ހުއްޓާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާ ކުރި ދެ މީހުން ވަނީ އެ މީހުންނާ އެކު އިތުރު މީހަކު ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގަށް ބުނެފަ އެވެ. އަދި އެ ދެ މީހުން ތިޖޫރިއަކަށް ގެއްލުންދީ އެހެން ތިޖޫރިއެއް ފަޅާލައި އެ ތިޖޫރި އެތަނުން ގެންދަން ވެގެން "މިޝަންއެއް" އޮތް ކަމަށް ބުނެ ގުޅި މީހަކީ އަރުޝަދު ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ ފޮޓޯއިން ދައްކައި ސޮއިކޮށްފައިވާ ލިޔުމެއް ދައުލަތުން ހުށަހެޅި އެވެ.

އަރުޝަދު ޚާލިދު

ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރީ އިތުރު ހެކިތައް ވެސް ހުއްޓައި ކަމަށް ދައުލަތުން ބުންޏެވެ. އެގޮތުން، މައްސަލައިގައި ހުށަހަޅާފައިވާ ވީޑިއޯ އެނަލިސިސް ރިޕޯޓުގައި ހިމަނާފައިވާ ވީޑިއޯއިން ފެންނަ މީހަކީ ވެސް އަރުޝަދު ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، އެ އޮފީހުގެ މޭޒެއްގެ މަތިން ނެގި ފައިވާނެއްގެ ޕްރިންޓު އަރުޝަދުގެ ވައަތު ފައިވާންކިބައިން ނެގުނު ޕްރިންޓާ ދިމާވާ ކަމަށް ވެސް ބުންޏެވެ.

ފޮރެންސިކް ރިޕޯޓުތައް ތައްޔާރު ކުރި މީހުން ހެކީންގެ ގޮތުގައި ހުށަހަޅަން އެދުނު ނަމަވެސް، އެ ފަރާތްތައް ޝަރީއަތަށް ހާޒިރު ނުކުރަން މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެއީ އިންސާފުވެރި ކަމާއެކު ޝަރީއަތް ކުރުމަށާއި އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅޭ ގޮތަށް ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.

"ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަށު ކޯޓުތަކުން ބަލައި ނުގަންނަނަމަ، ދައުވާ ސާބިތު ކުރާނެ ހެއްކެއް ނުހުންނާނެ"

ހައި ކޯޓުގައި ހުކުމުގައި ވަނީ، ފޮރެންސިކް ތަހުލީލު ރިޕޯޓުތަކަށް އަރުޝަދުގެ ފަރާތުން އިންކާރުކުރުމުން އޭނާ އިންކާރު ކުރަނީ ކޮން ކަމެއްގެ މައްޗަށްކަން ބަލައިނުލާ އެ ހެކުތައް ބަލައިނުގަތުމަށް ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ. މި މައްސަލައަކީ އެއް ގާޒީއަށް ވުރެ ގިނަ ގާޒީން އަތަށް ދިޔަ މައްސަލައަކަށް ވާތީ މައްސަލަ ނިންމި ގާޒީއަށް ވުރެ ކުރިން ބެލި ގާޒީ ނެގި ބަޔާންތައް ރަނގަޅަށް ބަލާފައިނުވާ ކަމަށް ބުރަވެވޭ ކަމަށް ވެސް ބުންޏެވެ.

"ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހެޅުމާ އެކު، އެހެކި ޝަރީއަތަށް ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް އަމުދުން ބަޔާން ކުރުމާއި ނުލައި އެހެކި ތަކަށް އިންކާރު ކުރަމޭ މުއްތަހަމު ބުނެލާ ބުނުމެއްގެ މައްޗަށް އެހެކިތައް ޝަރީއަތަށް ބަލައި ނުގަނެ ދޫކޮށް ނުލެވޭނެ އެވެ." ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މާއްދީ ހެކި އަދި ފޮރެންސިކް ހެކިތަކާއި ގުޅޭ ގޮތުން، އަރުޝަދުގެ ފަރާތުން ސުވާލެއް އުފައްދާނަމަ، އެކަން ސާފުކުރެވޭނީ އެ ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތައް ހާޒިރުކޮށްގެން ކަމަށެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި އެއްވެސް ރިޕޯޓެއް ޝަރީއަތަށް ބަލައިގަތުން ގާނޫނީ ގޮތުން މަނާ ކުރެވޭ ފަދަ އެއްވެސް ސަބަބެއް އަރުޝަދުގެ ފަރާތުން ދައްކާފައިނުވާ ކަމަށެވެ.

"ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަށު ކޯޓުތަކުން ބަލައި ނުގަންނަ ނަމަ، ދައުވާ ސާބިތު ކުރާނެ ހެއްކެއް ނުހުންނާނެ އެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައި ނިންމީ ދައުލަތުން ހުށަހެޅި ހެކިންތަކަށް އަލުން ބަލައި، ދައުލަތުން ހުށަހެޅި މާއްދީ އަދި ފޮރެންސިކް ހެކިތަކާ މެދު ސުވާލު އުފައްދާ ހާލަތުގައި އެ ރިޕޯޓުތައް ތައްޔާރު ކުރި ފަރާތްތައް ހާޒިރުކޮށްގެން ހައި ކޯޓުގެ ހުކުމުގެ އަލީގައި އެ ދެ ދައުވާ އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލު ކުރާށެވެ.

މާލޭގެ ހަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ފުލުހުން ހޯދި ނުވަ ކިލޯގެ ޑްރަގް މައްސަލައިގައި އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް ކުރި ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު އެވެ. އެ ހުކުމަށް ފަހު އޭނާ މިނިވަންވެފައި ހުއްޓާ، ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގްގެ މައްސަލައިގެ ތުހުމަތު ވެސް ފުލުހުން އަރުޝަދަށް ކުރެ އެވެ. އެކަމަކު، އެ ޑްރަގް ކުރިން އަރުޝަދު ވަނީ ރާއްޖެއިން ބޭރަށް ފުރައިފަ އެވެ.

އެފަހުން ކުރިން ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރި ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އޮތީ ނުހިނގަ އެވެ. ދުބާއީ އާއި ލަންކާގެ އިމިގްރޭޝަން އިދާރާތަކުން އަރުޝަދު އަނބުރާ ރާއްޖެއަށް ފޮނުވާލުމުން ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް، ފަހުން ދޫކޮށްލީ އެވެ. އޭނާ ދޫކޮށްލާފައި ހުރުމުން، ހައި ކޯޓުން ކުރިން އޭނާ ބަންދުކޮށްގެން ހާޒިރު ކުރަން ނެރުނު އަމުރަށް އޭނާ ބަންދު ނުކޮށް ނިންމީ ދޫކޮށްލާށެވެ.

އެކަމަކު 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި އަރުޝަދަށް ތުހުމަތު ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލައިގައި ދައުވާކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް، އޭނާއާއެކު ކުރިން ނުވަ ކިލޯގެ މައްސަލައާއެކު ދައުވާކުރުމުން ސާބިތުނުވި ދެ މީހަކާއި އިތުރު މީހެއްގެ މައްޗަށް އެ މައްސަލައިގައި ވަނީ ދައުވާކޮށްފަ އެވެ.

6 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެލްސް

16 November 2022

ތި ގާޒީއެއްގެ ނަން ހާމަ ކުރަން ނުކެރުނީ ކީއްވެ؟

The name is already taken The name is available. Register?

އަދަދު

16 November 2022

ކޮބާ ކްރިމިނަލް ކޯޓު އަދިވެސް އިސްލާހެއް ނުވޭ. 5 އަހަރު ހަމަވަނީ. މަޖިލިސް ދީފަ. ޖޭއެސްސީ ދީފަ. ޕޮލިސް އިންޓަލް ދީފަ ބޭނުން ވަރަކަށް ބަޖެޓު ދީފަ. ކީއްތަ ކުރެވުނީ؟

The name is already taken The name is available. Register?

ބަޑިތަކުރު

16 November 2022

ކުށްވެރިޔާ ދައުލަތުން ހުށަހަޅާ ހެކިތަކަށް އިންކާރު ކުރުމާއެކު ފަނޑިޔާރުން އެ ހެކިތައް ބަލައި ނުގަތުމަށް ނިންމާނަމަ މި ރާއްޖޭގައި ޝަރީޢަތްތައް މިހިނގަނީ ހާދަހާ ފައްކާކޮށެވެ. ހަނދާންވަނީ ކޮންމެ ރޯދަމަހަކު ބަލާ މުޙަންމަދު ރަސޫލުﷲ ޕްރޮގްރާމްގައި ސަދޫމްގައި ކުރެވޭ ޝަރީޢަތެވެ. ﷲ މި ނޫން ދުވަހެއް އަޅަމެންނަށް ދައްކަވާށިއެވެ. އާމީން!

The name is already taken The name is available. Register?

ހައިރާންވޭ

16 November 2022

ޤަބޫލުކުރެވޭގޮތުގައި ކުރިމިނަލްކޯޓުން ތިމައްސަލަބެލިފަރާތެއްގެ ކަޅިހުރަސްވީ. އެހެންނޫންނަމަ، ސާފުކޮށް ފެންނާނެނު!

The name is already taken The name is available. Register?

އެމްސް

16 November 2022

ޑްރަގް ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން މިހާރު ތުހުމަތު ކުރާ އަރުޝަދު އަށް އޮފީހެއް ފަޅާލި މައްސަލައިގައި ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކުރި ހުކުމް އަލުން ބަލަނީ! ދަށު ކޯޓުތަށް ދަށުވާކަށް އެއްވެސް ފަރާތަކަށް ނުޖެހޭ!

The name is already taken The name is available. Register?

ޮޮކޮރަލް

15 November 2022

މިހާރު ގޮސްފަ ހުރި ހިސާބުން އަރުޝަދު ނޫން އެހެން ބަޔަކުގެ މައްސަލަވެސް އެބަ ބަލަން ޖެހެ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454