ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ޖޫރިމަނާ ފައިސާ ނުދައްކާ މީހުން ހޯދައި އެ މީހުންގެ މައުލޫމާތު ކޯޓުތަކަށް އަންގަން ޕީޖީ އޮފީހުން ވަނީ ނިންމާފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޑިސެމްބަރ 2022 - 10:23
ޖިނާއީ ކުށްތަކާ ގުޅިގެން ކޯޓުތަކުން ކޮށްފައި ހުންނަ ހުކުމްތަކުގައި ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި، އެ މީހުން ފައިސާ ނުދައްކާކަން ކޯޓުތަކަށް އަންގަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުރަތަމަ ފަހަރަށް ނިންމައި އެ ކަން ފަށައިފި އެވެ.
މިއީ ޖޫރިމަނާ ނުދައްކާ މީހުންގެ މައުލޫމާތު ޕީޖީ އޮފީހުން އިސްނަގައިގެން ކޯޓުތަކަށް އަންގާ ފުރަތަމަ ފަހަރެވެ.
ހުކުމުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައި އެ ފައިސާ ދައްކަން އަންގާ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެ ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި އޮވެ އެވެ.
ޕީޖީ އޮފީހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އުސޫލުގައި އެހެން އަމަލު ކުރަން އަންގާފައިވާތީ، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މީރާ މެދުވެރިކޮށް ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި، މިހާތަނަށް ހޯދި މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަ ވެ އެވެ.
އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާ ނުދައްކައި އެބަތިއްބެވެ.
ޖޫރިމަނާގެ ފައިސާ ދައްކަން އަންގާފައިވާ މުއްދަތުގައި ނުދައްކާ ނަމަ އެ މީހަކަށް ޖަލު އަދަބެއް ކަނޑައަޅަން ނުވަތަ ޖޫރިމަނާގެ އަދަބަށް ވުރެ ބުރަ އަދަބެއް ކަނޑައެޅިދާނެ ކަމަށް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި އޮވެ އެވެ.
މިއީ ޕީޖީ އޮފީހުން އިސް ނަގައިގެން ޖޫރިމަނާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓުތަކަށް އަންގާ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސވލ
02 December 2022
އައްދިއްޔޯތް! ވެއަތުވެދިޔަތަނުގައި ނުފެނިފައިއޮތީ ދުންފިނި ގަދަވެގެންބާވައެވެ؟ މެޓުއޮފީހުން ދުންފިނި ގަދަވާވާހަކަ ބުނެފައޮއްވާވެސް ޕީޖީގެ ދުރުމީއަށް ތިތަންތަން ފެންނަންމިފެށީ ކިހިނެތް ވެގެންބާވައެވެ؟ ކުއްލިޔަކަށް މިވަނީ ކިހިނެތްބާވައެވެ؟
އޮނަރަބްލް އަފީފު ދީދީ
01 December 2022
ޙަމަތިގޮތަށް ޤާނޫނަކުން ކަޑައަޅާފައިވާގޮތަށް ދައުލަތަށް ދައްކާންޖެހޭ ޓެކްސްނުދައްކާފަރާތްތަކާއި ކޮންޓްރެކްޓް ޤާނޫނާއިއެއްގޮތަށް ސަރުކާރުން ކުއްޔަށްދީފައިވާ (ފަަޅު ރަށްރަށާއި ރިސޯޓް ތައްވެސް) ތަންތަނަށް އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކަމުން ނުދާ މީހުންގެ މައްސަލަ ޝަރީއަތަށް ނުފޮނުވައި ފިދުދަށުގައިގެން ތިބޭނަމަ ޓެކްސް އޮފީހުގެ ވެރިޔާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޓްއަރިޒަމް މިނިސްޓަރު ފަދަ ފަރާތް ތަކާއިމެދުވެސް ފިޔަވަޅު އަޅާންޖެހޭނެ.
ގުއިއްޒު
01 December 2022
ތިކަމުގައި އަދަބު ކަނޑައަޅަންޖެހޭނީ މަހުޖަނުންނަށް. އިރުކޮޅަކުން ނިކުންނާނީ ބަޣާވާތްކޮށް ސަަރުކާރު ވައްޓާލަން.
8557
01 December 2022
ނުވާނެ އެއްކަމެއްވެސް! ވަގުތު ބޭކާރު ކުރެވޭނީ!
މަނިކާރޯއްޖާބެ
01 December 2022
ހަމައެކަނި ދައުލަތަށް ދައްކާ ޖޫރިމަނާ އެއްނޫން. ވަކި ވަކި ފަރުދުން އެކަކު އަނެކަކަށް ދައްކާ ޖޫރިމަނާވެސް ނުދައްކާ މީހުން ހައްޔަރުކޮށް ދޭން ޖެހޭ އެބަ.
އިސްރާފު
01 December 2022
ހަހަހަ. މިއަންނަ އަހަރުގެ ބަޖެޓަށް ލާރި ހޯދަން ވެގެން ސޯލިހުމެން ޖަހާ ސަކަރާތެއް.
މިއީ މަށޭ
01 December 2022
އޭ މަށޭ އެބަ ކިޔާތަ؟
އެމްސް
01 December 2022
އިހަށް ރަޢިއްޔަތުންގެ މަޖިލިހާއި ވަޒީރުންގެ މަޖިލިސް ޠޯހިރު ކުރަމާ!
1828
01 December 2022
ދައުލަތުންވެސް ބައެއްފަހަރު ހުކުމާއެއް ގޮތަށް ނުދައްކާ. ދައުލަތް ގޮވައިގެން އޭޖޭ އަދި ޕީޖީއަށް ކޯޓްތަކަށް ދާން ކެރޭނެތަ؟
ހަލީމަތު އާދަމް
01 December 2022
އަސްލު ރައްޔަތުން ނަން ނޭންގޭ ކަމަކީ މިހާރު ދައުލަތުގެ ރައުސުލްމާލުގެ ފޫގަނޑު ވެސް ނެތް ކަން. މިހާރު އޮތް ގޮތަކީ ލާރިކޮޅެއް ލިބެން އޮތް ގޮތަކަށް ހޯދުން ދައުލަތުގެ މުވައްސަސާ ތަށް މެދުވެރިކޮށް ނަމަވެސް. ވިހާވެސް ގިނަ ސައިކަލު ތަކުގަ ސުޓީކާ ޖަހާ، އެކި ޖޫރިމަނާތަކާއި އަދި ޓެކުސް ތަށް ބޮޑު ކޮށްގެން ނަމަވެސް. ވޯސްޓް ކޭސްގަ ފައިސާ ޗާޕްކޮށްގެން ވިޔަސް ވަރިހަމަ.