ޚަބަރު / ގާޒީ މަހާޒް އަލީ ޒާހިރު

މަހާޒްގެ ބަސް: ފަރިއްކޮޅު ބޭއްވީ އަމިއްލަ ޚަރަދުގައި، އެދެނީ ހުޅުވާލައިގެން މައްސަލަ ބަލަން

ފަނޑިޔާރު މަހާޒް: ޔާމީން މިނިވަންކުރި ދުވަހު ސުޕްރީމް ކޯޓުގައި ކެއުމެއް ބޭއްވީ އަމިއްލަ ޚަރަދުގައި ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހު އެ ކޯޓުގައި މެންދުރުގެ ފަރިއްކޮޅެއް ބޭއްވީ އަމިއްލަ ޚަރަދުގައި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓުން ޔާމީން މިނިވަންކުރި ދުވަހު، ޔާމީނާ ގުޅުން އޮތް ފަރާތަކުން އެ ކޯޓަށް ފޮނުވި މެންދުރު ކެއުމަކާ، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް ހަވާލުވެ ވަޑައިގަތް ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާގެ މައްސަލަ ބަލަން ފަށައިފަ އެވެ.

މަހާޒް ކުރެއްވި ޓްވީޓެއްގައިވަނީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު އަޑުއެހުންތައް ދިގުލައިގެންދާތީ މެންދުރުގެ ކެއުމެއް ފަނޑިޔާރުން އަމިއްލަ ޚަރަދުގައި ބާއްވަމުންދިޔަ ކަމަށެވެ. އަދި ޔާމީންގެ މައްސަލަ ނިންމި ދުވަހަކީ ސުޕްރީމް ކޯޓުގެ ރިސެސްގެ ކުރިން އަންނަ ރަސްމީ ފަހު ދުވަސް ކަމަށްވާތީ އެދުވަހުގެ ކެއުން ދިނީ އޭނާގެ އަމިއްލަ ޚަރަދުގައި ކަމަށް އޭނާ ޓްވީޓްގައިވެ އެވެ.

"ފަހު މަސައްކަތު ދުވަސް ކަމަށްވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރުގެ ކެއުމެއް ދިނިން. ކެއިއިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި." މަހާޒްގެ ޓްވީޓްގައިވެ އެވެ.

"ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ޚާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން."

މަހާޒްގެ ޓްވީޓްގައި އެދިވަޑައިގެންފައި އޮތީ އެ މައްސަލަ ޖޭއެސްސީން ބަލާއިރު އާންމުކޮށް ހުޅުވާލައިގެން އިންސާފުން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ޔާމީން މިނިވަންކުރީ ތިން ފަނޑިޔާރންގެ އިއްތިފާގުންނެވެ.

43 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 40%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

04 December 2022

ފައިސާ ދެއްކި ސްލިޕް ރައްކާ ކުރެވުނީ ކޮން ވިސްނުމަކުން ބާ؟

The name is already taken The name is available. Register?

މ. ޝާމިލް

04 December 2022

ފައިސާ ދައްކާ ހުރިހާ ސްލިޕެއް އާއްމުކޮށް ގިނަމީހުން ރައްކާކުރޭ.. އަދި މިހާރު ކުރީގެ ސްލިޕްތައް ބީ. އެމް. އެލް އެދުން ހިސްޓްރީއަށް ގޮސް ސޭވްވެސް ކޮށްލެވޭ..

The name is already taken The name is available. Register?

ލިރާރި

06 December 2022

1. އެއީ އާންމުކޮށް އެންމެން ކުރާ ކަމެއް 2. މަހުންމަހަށް ހިސާބުހަދަން ފަސޭހަވޭ 3. ޒިންމާދާރު ވަޒީފާއެއްގަ ހުރުމުން ސްލިޕު ސޭވް ކުރުމަކީ ކުރެވޭ ޒިންމާދާރުކަމެއް 4. ރެސްޓޯރެންޓަށް ސްލިޕު ފޮނުވަންވެސް ޖެހޭ، އެހެންވީމާ އޮންނާނީ އޮޓޮމެޓިކުން ސޭވް ވެފަ ހިތުން ވަރަށް މޮޅު ކޮމެންޓެއްދޯ، ޝާރލޮކް!

The name is already taken The name is available. Register?

ޕިކާ

02 December 2022

އެމްޑީޕއަކަށް ހަޖަމެއްނުވާނެ އެމީހުން ނަފްރަތުކުރާ މީހަކާ އެއްކޮޅަށް ހުކުމެއް ކުރާ އެއްވެސް ބައަކު. އަމިއްލަ ޕާޓީން ހޮވައިގެން އަމިއްލަ މެމްބަރުންގެ ރުހުމާއެކު އަމިއްލަ ޕާޓީގެ ގައުމުގެ ރައީސްގެ ހުއްދައާ ރުހުމާއެކު ސުޕްރީމްކޯޓަށް އަމިއްލައަށް ލީ ފަނޑިޔާރުންނާމެދު ހިތްހަމަނުޖެހިގެން އުޅޭ މަންޒަރު އެ ފެންނަނީ ބޮޑުކަމަކާ ޖެހުނީމަ ހަމަ ހަޖަމުކުރަން ދަތިވާތީ. ގެނައި މޮޅު ސިސްޓަމްގަ އޮންނަ ގޮތްވެސް ކަމުނުދާ ހާލަތް އަންނަނީ ނަފްރަތުކުރާ މީހަކާ ޖެހުނީމަ

The name is already taken The name is available. Register?

ހާސަރު55

02 December 2022

އަމިއްލަޕާޓީގެ ރުހުމާއެކު އަމިއްލަ ރައީސްގެ ހުއްދައާއެކު އަމިއްލައަށް ބެންޗަށް އައްޔަންުކުރީމާ، ދެން އެހިސަބުން ހުރިހާ ކަމެއް ނިމުނީތޯ؟؟ އަމިއްލަވިޔަސް އަމިއްލަ ނޫންވިޔަސް ސުލޫކީ ކަމެއްކަމަށް ތުހުމަތުކުރެވެންޏާ ބެލީމަ އެނގޭނެނު ވާގޮތެއް. ދެން ކޮން ހާސަރެއް ތިދަމަނީ. އަމިއްލަ މީހުންވިއްޔާ ކަމެއް ބަލައިގެން ނުވޭތަ.

The name is already taken The name is available. Register?

އެމްސް

04 December 2022

އެމްއެމްޕީއާރުސީން މަދުވެގެން އުޅެނީ އެންމެ މިލިޔަނެއް ނޫން، ބިލިޔަނުން! އެކަން ހިނގީ ޔާމީންގެ ވެރިކަމުގަ! އެއްވެސް މީހަކު އިޙުމާލުވާކަށްވެސް ނުޖެހޭ؟ ހުރިހާ ގެއްލުމެއް ބޮލުގަ އަޅަންވީ ރަޢިއްޔަތުން؟

The name is already taken The name is available. Register?

ނަސްރުރ

04 December 2022

އެމްސްއަށް ބުނެލަންއޮތީ ސާލިހާ ނަޝީދުގެ މިވެރިކަމުގައި ކިތައް ވައްކަން ކުރެވިއްޖެތޯ؟؟ ދައުލަތް ބަނގުރޫޓްމަތިން ބަނގުރޫޓްވެ ބިލިޔަނުން އިންޑިޔާގެ ބޭންކުން ފައިސާނަގައިގެންވެސް ގުޑިނުލެވިގެން އުޅޭއިރު އެއިން ކަމެއް ނުބަލައިގެން ނުތެޅެނީ ކީއްވެތޯ؟ އެމްއެމްޕީއާރުސީން ފައިސާނެގި މީހުން އެއްބަސްވީމަވެސް އެއިން ފައިސާއެއް އެމީހުން އަތުން ނުހޯދުމުގެ އިތުރަށް ގިޓާގުޅެން ގޭގަ ބައިތިއްބާފަ ޔާމީންނަށް ޙުކުމްކުރިއްޔާ އިންސާފަށްވާނެތޯ؟

The name is already taken The name is available. Register?

އެލްްް

02 December 2022

އެ ކެއުން ކެއީ އާއިލީ މީހެއްގެ ތަނަކުން ގެނެސްގެން ކަމަށް ބަޔަކު ބުނާއިރު ފައިސާދީފަ ގެނައިކަންވެސް އެއީ މަހާޒުގެ ރަގަޅުކަމާ ކުދިކުދި ކަންކަމަށްވެސް އަމާނާތްތެރިވާކަން އަންގައިދޭ ކަމެއް. ފައިސާ ނުދީ ކެއިނަމަ ޖޭއެސްސީން ވަރެއް ދައްކާލީސް.

The name is already taken The name is available. Register?

އެމްސް

04 December 2022

އަނެއްކާ ބިލްވެސް އެއޮތީ ފްރޭމްކޮށްފަ، ދިގުމުއްދަތަކަށް ދެމިއޮންނާނެހެން ރައްކާކޮށް، ބާއްވާފަ!

The name is already taken The name is available. Register?

ހަގީގަތުގަ

02 December 2022

މިފަދަ މައްސަލައެއް ބެލުމެކޭ އުދުހޭ މުސައްލައެއް ހޯދަން އުޅުމެކޭ ނެތް އެއްވެސް ތަފާތެއް.

The name is already taken The name is available. Register?

ރަސްސް

02 December 2022

ދިވެހިންނަށް ރަގަޅު އެއްވެސް ގޮތެއް އޮވޭބާ؟ ކަންކަން ބެލުމަކީ މައްސަލައެއްތަ؟

The name is already taken The name is available. Register?

ހުސްނޫ ހީނާ

02 December 2022

ހަމަ ތެދެއް ތިބުނީ ދިވެހިންނަށް ރަނގަޅު އެއްްގޮތެއްވެސް ނެތް . ބަތެއްް ކެޔަސް ސަޔެއް ބޮޔަސް ކޮން ޕާޓީއަކަށް ތާއީދު ކުރާ މީހެއްގެ ތަނަކުންތޯ އެބަ ބަލަން ޖެހޭ ! މިވަރުން ދަންޏާ ކާ އެެއްޗެހި ހަޖަމު ވުމަށް ފަބު ބޭރު ކުރާ ތަނެއްވެސް އަދި ބަލާނެ

The name is already taken The name is available. Register?

އަލީހަމީދު

02 December 2022

ރަގަޅު ވާހަކައެއް، މިތާ ކޮންމެ ކަމަކަށް ކުރާ ގިނަ ކޮމެންޓަކީ ސިޔާސީ ކޮމެންޓްތަކެއް. ކަމެއް ރަގަޅުކުރަން އުޅޭ މީހަޔަކީ އެންމެ ގޯސްމީހާ ކަމަށް ވިސްނާދީގެން ސިޔާސީ މަންފާ ހޯދުން އެއީ ކޮންމެ ބަޔަކު ވެރިކަމުގަތިއްބަސް އިދިކޮޅުމީހުން ކޮންމެހެން ކުރަންޖެހޭކަމަކަށް ގަބޫލްކުރެވިއްޖެ. ޖުޑިޝަރީ އިސްލާހުކުރަންޖެހޭ.

The name is already taken The name is available. Register?

ޢެމެރިކާ

01 December 2022

ޢެމްޑީޕީ އަކީ ފިތުނަ އުފައްދާ ވައެއް

The name is already taken The name is available. Register?

އަލީހަމީދު

01 December 2022

އަމިއްލަ ޚަރަދުގަ ނުފަރިއްކުޅުވާ ވާހަކައެއްނޫން، އެކަމަކު ރާއްޖޭގެ ކޯޓްތަކަކަށް އިތުބާރު ކުރެވޭގޮތަކަށްނޫން ރާއްޖޭގެ ޝަރުއީ ނިޒާމުން ނެރޭ ހުކުމްތައްނެރެނީ. ރިޝްވަތު އެއީ ކޯންޗެއްކަން އެގޭ ފަނޑިޔާރެއް ހުރިހެން ހީވެސްނުވޭ.

The name is already taken The name is available. Register?

މޑޕ.

02 December 2022

ކިޔޭ އެއްޗެއް އެނގޭނެ ތިޔަ މޑޕއެއްގަ ހުރީ ވަކި ރަނގަޅު ކާކުތަ؟ ހަމަ ހުސް އަމިއްލަ އެދުމުން ދާހިއްލާފޯވެފަ ތިބިމީހުން

The name is already taken The name is available. Register?

އެމްސް

04 December 2022

ފަނޑިޔާރުގޭގެ ވާހަކަ ނުދައްކާ ވެރިކަމެއް ނާދޭ! ވިސްނާ ފަނޑިޔާރުންގެ ކަންކަން ރޭވިފަ ހުންނަ މިންވަރު، ރެސްޓޯރެންޓް ބިލުތައްވެސް އެހުންނަނީ ބޭންކް ކުރެވިފަ!

The name is already taken The name is available. Register?

ބަތްގަނޑު

01 December 2022

ތި ބަތްގަނޑު ނުކައި ވާކަށް ނެތެއްނު! ކޮންތާކުންތަ ފަނޑިޔާތުން މި ފަރިއްކުޅުއްވި ބަތް ލިބެނީ؟!

The name is already taken The name is available. Register?

ސައުދީ

02 December 2022

މަހާޒް ބަފައިބޭގެ ހިއްސާ އޮންނަ ރެސްޓޯރެންޓް އަކުން ގެނައީ. މަޝްހޫރު ޢަޒީބެ އެއީ މާހާޒްގެ ބަފައިބެ. އެތަނުން ވެސް މަހާޒް ގެނައީ ގަނެގެން. ހިލެޔެއް ނޫން.

The name is already taken The name is available. Register?

ޕިކްސް

01 December 2022

އަނެއްކާ ޖޭއެސްސީއަށް ކެއުން ގެންނަނީ ކޮންތަންތަނަކުންތޯ؟

The name is already taken The name is available. Register?

ލެކާރ

02 December 2022

އެމީހުން ކިތަންމެ ވަރަކަށް ރީނދޫ ކައިގެން ނިންމުން ނިންމިއަސް އެކަން ނުވާނެ ކަމަކަށް.

The name is already taken The name is available. Register?

އެމްސް

04 December 2022

ތިޔަކަން ޔަޤީން ކުރަން ދަތި، އެހެނީ ރެސްޓޯރަންޓް ބިލްތައް ފަހަށް ރައްކާކުރަނީ މަހާޒް އެކަނި!

The name is already taken The name is available. Register?

2000

01 December 2022

އެކަމަކު ނަންވާނީ ކުރީ ސަރުކާރު. މިއީ ދެން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނޫންތޯ. ޔާމީން ހުކުމް އިއްވާ ދުވަހު ކެއި އެއްޗަކާ ފަނޑިޔާރުން ލައިގެން ތިބި ހެދުން ގަތް ފިހާރަ އަކާ ބަލައިގެން ކިހިނެއް މިގައުމު ހިންގާނީ. އެމް ޑީޕީ ވެރިކަމާ ދުރަށް ދިވެހި ރައްޔިތުން މަސައްކަތް ކުރުމުގެ ވަގުތު ޖެހިއްޖެ. އެމްޑީޕީ ގެނައި ވެރިކަމުގެ ނިޒާމު ވެސް ކަމަކު ނުދޭ. މައުމޫން ނިޒާމް މާ ބެސްޓް

The name is already taken The name is available. Register?

އަލީހަމީދު

01 December 2022

ޖޭއެސްސީ އެއީ ސަރުކާރެއްނޫން. އެއީ ފަނޑިޔާރުންވެސް ގޯސްކޮށް ކަމެއް ކޮއްފިނަމަ ނުފޫޒު ފޯރުވަން އޮންނަތަނެއް.

The name is already taken The name is available. Register?

ށަވިޔަނި

02 December 2022

ނާސިރު މާރަނގަޅު. މިހާރާ އަޅާކިޔާއިރު މައުމޫނުވެސް ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454