ވިޔަފާރި / މިފްކޯ

ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ!

ދޮށީގެ މަސްވެރިކަން ކޮށްގެން އެއް ދުވަހުން 996،000ރ. ގދ. އަތޮޅުގެ އެހެން ދޯންޏަކުން ހޯދައިފި އެވެ.

މިފްކޯ އިން މިއަދު ބުނީ، އެ އަދަދަށް ފައިސާ ހޯދީ ގދ. ފަރެސްމާތޮޑާގެ ބާހިރާ ދޯނިން ކަމަށާއި އެ ދޯނިން 58.6 ޓަނުގެ މަސް ގއ. ކޫއްޑު އަށް ކިރުވާފައިވާ ކަމަށެވެ.

ދޮށީގެ މަސްވެރިކަމުގެ ރެކޯޑެއް މީގެ ކުރިން ހަދާފައިވަނީ ގދ. މަޑަވެލި "ޓީއެސް ލައިން" ދޯނިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އެ ދޯނިން ވަނީ 57 ޓަނުގެ މަސް ކިރުވައިފަ އެވެ. އެ ފަހަރު އާމްދަނީގެ ގޮތުގައި 971،000ރ. އެ ދޯނިން ހޯދި އެވެ.

ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑް ހެދި ބާހިރާ ދޯންޏަކީ 117 ފޫޓު ހުންނަ، ޒަމާނީ މަސްދޯންޏެކެވެ. އެ ދޯނިން 30 އަކަށް މަސްވެރިން މަހަށް ދެ އެވެ.

މިފްކޯގެ ޓްވީޓް

އެ ދޯނީގައި މަސް ފިނިކޮށް ބެހެއްޓޭ ގޮތަށް އާރްއެސްޑަބްލިއު ސިސްޓަމް ވެސް ހުރެ އެވެ.

އާންމުކޮށް މިހާރު މަސް ދޯނިތަކުން މަސްވެރިކަން ރަނގަޅު ދުވަސްވަރު 20 ޓަނާއި 40 ޓަނާއި ދެމެދުގެ އަދަދެއްގެ މަސް ބާނަ އެވެ.

މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސްވެރިން ބާނާ މަސް ނުކިރުވޭ މައްސަލަ އަދިވެސް ކުރިމަތިވެ އެވެ. އެ ފަދަ ހާލަތްތަކުގައި ކޫއްޑޫގެ ކެޕޭސިޓީ ފުލްވެ، މަސްވެރިން އަތުން ކިރާ ވަރު ކޮންޓްރޯލް ކުރެ އެވެ.

17 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާވެރިން

04 December 2022

މަސްވެރިންނަށް ތެލަށްދޭ ސަބްސިޑީސް އަދި އިތުރުކޮށްލަން ފެންނަނީ

The name is already taken The name is available. Register?

އިސްމާލު2.0

03 December 2022

ހުރިހާ ދާއިރާއެއްގެ މީހުންނަށް ވެސް ސަބްސިޑީގެ އުސޫލުން ގަނެވޭ އެންމެ ދަށް އަގު ކަނޑައެޅި ލާރި ލިބޭނެނަމައީ ކިހާ ރަނގަޅު. ހޭބަލިވެދާނެ.

The name is already taken The name is available. Register?

ތަޖޫރިބާ

03 December 2022

ޓުވަރިޒަމެކޭ އެއްގޮތަށް ރާއްޖޭގެ މަސްވެރިކަން ދައުލަތަށް ނަގާނެ ޓެކުހެއް ނަގާގޮތަށް ރާއްޖޭގެ މަސްވެރިން ކޯޕަރޭޓިވް ވިޔަފާރިއެއްގެގޮތަށް ސަރުކާރު އިނގިލިނުކޮށްޕައި، މިނިވަންކަމާއިއެކު މެނޭޖުކުރަން ދޫކޮށްލަންވީ. ޓުވަރިޒަމުންލިބޭ ޢާމްދަނީއަށްވުރެ އެންމެތަންފުކެއްވެސް ކުޑަނުވާނެ. މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު ސަރުކާރުގެ ކުންފުނިހަދައިގެން މެނޭޖުކުރިކުރުމުން ފައިދާވެ، ހެދިބޮޑުވީ އެކުންފުނިތަކެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 December 2022

ގޭންއެއަރޕޯޓަށް Fly Dubai ގެ ޝެޑިއުލްދަތުރު ފައްޓަންހަމަޖެހި އަދި ސަރަޙައްދުގެ އެންމެބޮޑު އެއަރލައިން Srilankan Airlines ހަފުތާއަކު 2 ދަތުރުކުރާއިރު މަސްބޭރުކުރުމަށްއޮތް ހުރަސްނައްތާލާފައި ދެކުނުގެމަސްވެރިންނަށް ޗައިނާ، ޤަލްފު އަދި ރަޝިޔާ ފަދަ ޤައުމުތަކަށް މަސް ބޭރުކުރުމުގެ ހުއްދަދޭންޖެހޭ. # މިދެންނެވިޤައުމުތަކަކީ ކޮންމެހެން EU ސެޓިފައިޑް އައިއެސްއޯ ސްޓޭންޑަރޑް ފެކްޓަރީތަކުގައި ބަންދުނުކުރިޔަސް މަސް އިމްޕޯޓްކުރުމުގެ ހުއްދައޮންނަ ޤައުމުތައް.

The name is already taken The name is available. Register?

ޝޯމޭން

03 December 2022

ބޭނުނޭ ކިޔާފަ މިވަރަށް ނުބޭނިޔަކަސް ވެދާނެ. އޯވާފިޝިންއަކީ ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަންކުރާނަމަ ކޮންޓްރޯލް ކުރަންޖެހޭނެކަމެއް. ދާއަޅައިގެން މަސްހިފުން މަނާކުރީވެސް މިސަބަބަށްޓަކާ. ދޮށިން ބޭނުމެކޭ ދާއެޅުމެކޭ ތަފާތެއް ނެތްފަދަ އަދަދުތަކަށް މިހާރު ތިނަންބަރުތައް އަރައިގެންގޮއްސި. ތިގޮތަށް ތިކަންކުރުން ތިއީ ވަގުތީކަމަކަށް ނޫނީ ނުވާނެ. ތީގެ ނޭދެވޭ އަސަރު ކަނޑުތަކުން ފެންނަން މާގިނަދުވަހެއް ނުނަގާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

03 December 2022

ކަންނެލި ޖަގަހަތަކުން ޑޮލަރުން ލިބެނީ

The name is already taken The name is available. Register?

ދގދސެފ×

03 December 2022

މިއަށް ދިވެހިން ކިޔާއުޅެނީ މަނިކާރޯއްޖާ.

The name is already taken The name is available. Register?

އޮއިވާލި ނަންކުރާ ދޯނި

03 December 2022

މިވެރިކަމާއެކުމަސްވެރިންގަނަތެޅެން ޖެހުމުގެސަބަބުންވަނީ ހިތްވަރު އެލިފަ މަސްކިރާފަފައިސާނުލިބި ޗިޓުބުރިހިފައިގެން އަނެއްދުވަހު މަހަށްދާން ކޮންމެވެސްމީހަކަށް އޮޑިވެރިޔާއާ ފަޅުވެރިންދަރައިގެން ދަރަންޏަށް ތެޔޮނަގާ ދޯނީގެފަޅުވެރިންގޭގޭގަ ބަނޑުފުރާނަ މުއްތިކުރުން ރަށުގެ ފިހާރަތަކުން ދަރަނިކާޑު ނަގައިގެން ދެންތިކިރިމަހުގެ ފައިސާވެސް ހޯދަން ޖެހޭނީ މުޒާހިރާކޮށްގެން ޙާލަތު މިހެންއޮވެ ވާރު8%[ އަށްމަތިކޮށް ކޮތަޅަކުން 2ރ ނަގާފަގަ ވެރިމީހަ މެޗުބެލަން ގަތަރަށް

The name is already taken The name is available. Register?

އޮއިވަލީ

03 December 2022

ތާހިރެއްނުން

The name is already taken The name is available. Register?

ޖަމީލުބެ

03 December 2022

الحمد لله ގިނައިން ބޭނިގެން މަސް ނުކިރޭ ދުވަސްދުވަހު، ﷲ ދެއްވި ރިޒްގު ކަޑަށް ނާޅާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

03 December 2022

ބަންގާޅީންތައް އަރާ ދޯނިފަހަރުވެސް އެހެރަ ފުރާލަނީއެވެ. މަގުމަތީގާ ސަލާންޖަހާންއުޅޭ ޕާޓޭއިންތައްވެސް ސާލާންޖެހުންދޫކޮށް ދޯނިދޯންޏަށް އަރައިގެން މަހައްދާނެނަމަ މިހާރަނގަޅުވާނެހެއްޔެވެ. ރޯދި ލިބޭނީ ރޯދި ހޯންދާންވެސް ކޮންމެސްމަސައްކަތެއްކޮށްގެންނޫންތޯއެވެ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454