09 ޑިސެމްބަރ 2022 - 09:15
ދުނިޔެއާ އެކަހެރިވެ އޮވެ ހުދުމުހުތާރު ވެރިކަމެއްކުރާ އުތުރު ކޮރެއާގައި، ދެކުނު ކޮރެއާގެ ފިލްމު ބެލި ފުރާވަރު ދެ ކުއްޖަކަށް އާންމުންގެ ކުރިމަތީ މަރުގެ ހުކުމް ތަންފީޒުކޮށްފި ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 16-17 އަހަރުގެ ދެ ކުއްޖަކު ސަރުކާރުން އަމުރަށް ނުކިޔަމަންތެރިވެ މުޖުތަމައު ފަސާދަވާ ފަދަ ކަންކަން ކުރިކަމަަށް ބުނެ މަރާލީ އެ މަންޒަރު ބަލަން އާންމުން އެއްކޮށް އެ މީހުންގެ ކުރިމަތީގައި މިދިޔަ އޮކްޓޫބަރު މަހު އެވެ.
އުތުރު ކޮރެއާގައި އެހެން ގައުމެއްގެ ފިލްމެއް ބެލުމާއި ވިއްކުމަކީ ކުށަކަށް ހަދާފައި އޮންނައިރު އެފަދަ ފިލްމެއް ބެލީ ފުރަތަމަ ފަހަރު ނަމަ އަދަބަކީ ބުރަ މަސައްކަތް ކުރާ ޑިސިޕްލިން ސެންޓަރެއްގައި ބަންދުކުރުމެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހަކު މައިންބަފައިންނާ އެކު މިފަދަ ސެންޓަރެއްގައި ބަންދުކުރާނެ އެވެ.
މަރުގެ އަދަބު ދިނީ އެ ކުދިން ފިލްމު ބެލުމުގެ އިތުރުން ފިލްމު ވިއްކާފައި ވެސް ވާތީ ކަމަށްވެ އެވެ.
ބޭރު އެއްވެސް ގައުމެއްގެ މިޑިއާއެއް ބޭނުންކުރުމަކީ އުތުރު ކޮރެއާގައި ވަރަށްބޮޑު ކުށެކެވެ. ޚާއްސަކޮށް އަވަށްޓެރި ދެކުނު ކޮރެއާގެ އެއްވެސް ފިލްމެއް އަދި ޑްރާމާއެއް ބެލުމަކީ އަދަބު ބޮޑުވާކަމެކެވެ.
މީހުން މެރުމާއި ބޭރު ގައުމެއްގެ ފިލްމު ބަލައި ވިއްކުމަކީ އުތުރު ކޮރެއާގައި އެއް ހުކުމެއް ހިނގާ ދެ ކުށެވެ.
އުތުރު ކޮރެއާ އިން ދެކޭ ގޮތުގައި ބޭރު ގައުމުތަކު ފިލްމް އެގައުމަށް ތައާރަފް ކުރުމަކީ އެ މީހުންގެ ސަގާފަތާއި އާދަކާދަ ފޮހެވިގެންދާނެ ކަމެކެވެ. އަދި ބޭރުގައުމުތަކުގެ ވިޔާނުދާ އުޅުން އެމީހުންގެ ތެރެއަށް ފެތުރޭނެ ސަބަބެކެވެ. .
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ ހިމާރު، ޖައްވީ އުޅަންދު!
13 December 2022
ކޮރެޔާ އެކޭ ސައޫދީ އެކޭ އީރާން އެކޭ ތަފާތު ވ ކުޑަ. ހުދު މުހުތާރު ވެރިން ތިބެ، އެމީހަކު ހިތައް އެރިގޮތަކައް ކަންކުރަނީ. އިރު އަރާއިރު މޫޑު ރަގަޅިއްޔާ ދުލެއް ދީފާނެ!
މަހާތުމާ
12 December 2022
އުތުރުކޮރެޔާގަ ވެރިކަންކުރާގޮތް ގޯސްވުމަކީ އޮޓޯކޮށް ހުޅަނގުގެ ޑިމޮކްރަސީ ރަނގަޅުވުމެއްނޫން. ކޮންމެ ސިސްޓަމެއް އޮތަސް ވެރިމީހާ ކަތިވެއްޖެޔާ ހުރިހާކަމެއްވެސް ދާނީ ގޯހުން. ސިސްޓަމް ގޯހަސް ވެރިމީހާ ރަނގަޅުވެއްޖެޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ. ތާރީހުން އެނގޭގޮތުގައި އެންމެ ރަނގަޅުވެރިންނަކީ ރަނގަޅު ޑިކްޓޭޓަރުން.
ސަލީމު އިދުރީސް
11 December 2022
އުތުރު ކޮރީޔާގަ ކަންކުރަނީ އެގޮތައް! ރައްޠިތުނަކީ އެވެސް އަގެއް ހުރި ބަޔެއްނޫން! ސިފައިންގެ އޮފުސަރުން އާއިލާތަކައް ކާންދިނުމައް މަސައްކަތްކުރާ އަޅުން އާންމު ރައްޔިތުންނަކީ
ހާމަކުރަމޭ
10 December 2022
@ މުގޮށި 7 މީދާ..ތިދަށްކަނީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ވާހަކައެއް ނުން..އެއީ ހަމަ ހިނގި ކަމެއް..ކީރިތި ޤުރްއާނުންނާއި ކީރިތި ރަސޫލާ ސއވ ގެ ހަދީޘުން ސާބިތުވާ ކަމެއް..ސިޔަރަތުގަ ވ.ތަފްސީލްކޮށް އެހާދިސާގެ ވާހަކަ ގެނެސްދީފަ އެބައޮތް..ބަސް ބުނުމުގަ ﷲއާއި ރަސޫލާއަށްވުރެ ތެދުވެރިކަން ބޮޑު އެހެން ފަރާތެއް ނުވޭ..
ސަލީމު އިދުރީސް
11 December 2022
އުތު ކޮރީއާ ވާހަކަޔަކީ ބުންޏޭ ބުންޏޭ ވާހަކަޔެއްނޫން! މުގޮށި މީދާ އެބުނީ ހައްގުތެދެއް! އަޅުގަނޑު މީ ބުއްދި ގަބޫލު ކުރެވޭވަރު ހެއްކެއް ނެތި އެއްވެސް މީހަކު ދައްކާ ވާހަކަ ގަބޫލު ކުރާ މީހެއްނޫން! ތިއޫޅޭ ސައިހެއް ކައިރީގަ ސުވާލެއް ކޮއްފިއާ ޖަވާބު ދެނީ ކުޑަކުދިންނައް ކިޔައިދޭ ކަހަލަ އެބައުޅޭ އެބައުޅޭ ނުވަތަ އެއްސަރެއްގަ އުޅުނޭ ކިއައިގެން ފަށާ ކަހަލަ ވާހަކަތަކުން! ހަމަ ބުއްދި ހުރި އިންސާނުން އެކަހަލަ ވާހަކަ ގަބޫލު ނުކުރާނެ
ހާމަކުރަމޭ
11 December 2022
ސަލީމުބޭ އަހަރެން އުތުރު ކޮރެއާގެ ވާހަކައެއް ނުދައްކަން..މުގޮށި 7 މީދާގެ ކޮމެންޓުގެ ފަހުބައިގަ ލިޔެފަ އޮތް އެއްޗަކާ ބެހޭގޮތުން އެއްޗެއް ބުނީ..ކަމުގެ ހަޤީޤަތް ނޭނގޭ ހެން ހީވާތީ ބުނެލީ..ކޮންމެ މީހަކު ބުންޏަސް އަހަރެންގެ ކޮމެންޓުގަ ފާހަނގަ ކޮށްފަ އޮތް ވާހަކައަކީ އަރަބިން ބުނި ބުންޏޭ ވާހަކައެއް ނޫން..އަދި ޝެއިހެއްގެ ބަހެއްވެސް ނޫން. އެއީ މާތްﷲ އާއި ރަސޫލާ ސއވގެ ފަރާތްޕުޅުން އަހަރެމެންނަށް އެންގެވި ކަމެއް.
އަފްރާސިޔާބު
10 December 2022
މީ އަދި ޕުޓިންނަށްވުރެ ކުރީގައުޅޭ މޮޔައެއް.
ކިރު ސައި
09 December 2022
މިރާއްޖޭގަ އުޅޭ ސެލަޑް ގުރޫޕްގެ އަމާޒަކީ ތިފަދަ ސިސްޓަމެއް މިގައުމަށް ގެނައުން.
ލަވައަލީ
11 December 2022
ހައްގު ތެދު
މުގޮށި6މޯދާ
09 December 2022
ތިޔަހެން ނެރޭ ރިޕޯޓުތަކަކީ ގިނަފަހަރަށް ކާކުކަން ނޭނގޭ ކޮންމެވެސް ފަރާތަކުން ބުންޏޭ ބުންޏޭ ކިޔާފަ ހުޅަނގުގެ ޖާސޫސީ ގުރޫޕުތަކުން ފަތުރާފަ ހުންނަ ރޯބުހުތާނު ދޮގު ޕުރޮޕެގެންޑާ، އަހަރަކު އެތައްފަހަރަކު ނެރޭ އެއްޗެއް ތިޔާ، ބައެއްފަހަރު ހަބަރުފަތުރާނެ ކިމްޖޮންއުން މަރުވެއްޖެއޭ ކިޔާފަވެސް. ތިތައީ މައުމޫނު ދުވަސްވަރު އެންޑީޕީއިން ނެރުނުކަހަލަ ދޮގު ޕުރޮޕެގެންޑާ. ތިމަޅީގަ ޖެހެނީ ތަންދޮރުނުދަންނަ މީހުން.
ޢަހުމަދުވަގާރު
09 December 2022
ތެދެއްމެ،މިސާލަކަށް މީ އިޒްރޭލޭ ބުނި ނަމަ ގެރެންޓި،އެއީ ތެދު
މުގޮށި 7 މީދާ
10 December 2022
މިފަހަރު ބުންޏާ ބުންޏޭ ގޯސްވީތަ؟ ވެދާނެ ކަމައް ވ ބޮޑައް ގަބޫލު ކުރެވޭވާހަކަ އައް ތި ފާޑުކީއިރު، ކީއްވެބާ ހަމަ ގައިމުވެސް ނުވާނެ ކަމައް ޔަގީން ވާކަންކަމުގަ ބަހެއް ނުބުނަނީ؟ އަރަބިން ބުނެފިއްޔާ ތެދުބަސް ކަމައް ނިންމާތީތަ އެހެންއެވަނީ؟ އިންސާނުންގެ ކުރިއެރުމުގައި، އަދި މިވީހާތަނައް އެކަކައްވެސް ވައި ނެތް ހިސާބެއްގައި ދޫންޏެއްހެން އަހަކައް އުދުހެވޭނެ ގޮތެއް ނުފެނޭ، އެކަމު އަރަބިން ބުނީމަ އޯކޭ ދެއްތޯ؟
ބުނީ
10 December 2022
އަހަރުމެން ވެސް މިތިބީ ތިޔަބުނާ ބުންޏޭ ބުންޏޭ ގަބޫލް ކޮއްގެން.
އަމިއްލަ ސިކުނޑި
12 December 2022
އަމިއްލަ ސިކުނޑި ބޭނުންކޮއްބަލަ. މިގައުމަކީ ދުނިޔޭގަ ހުރިހާ ގައުމަކުން މީހުން ޒިޔާރަތްކުރާ ގައުމެއް ތިބުނާ ގައުމުގެ އާންމު ރައްޔިތަކާ މިގައުމުން ދިމާވިތަ. ރިސޯޓުތަކުގަ ތިބި ރައްޓެހިން ކައިރީވެސް އަހާބަލަ އެތަނުން މީހަކާ ދިމާވިތޯ. އެގައުމުގެ މީހުންނައް ދަތުރުފަތުރުކޮއް އުޅުންވެސް މަނާވާނެ.
ބައެއްމީހުން
09 December 2022
ބައެއްމީހުން މިތާ ދެން އަތް ޖަހާނެ. ބުނާނެ އެއީވާ ވަރުގަދަ ލީޑަރެކޭ ހުޅަގައް ނޫނެކޭ ބުނަންކެރޭ ލީޑަރެކޭ ހުރިހާގޮތަކުން މިނިވަން ގައުމެކޭ އެކަމަކު އެތާ ރައްޔިތުންނައް ފިލްމެއް ބަލާލުމުގެ ހައްގުވެސް ނޯވޭ. މިނިވަންކަމެއް އޮތިއްޔާ އޮތީ ވެރިމީހާއައް ރައްޔިތުންނައް އެއްވެސް މިނިވަންކަމެއްނެތް.