ނިޝާމާ މުހައްމަދުގެ ހަށިގަނޑު މާލެ ގެނައުމަށް އެމްބިއުލަންސަށް އަރުވަނީ: މަރުގެ ތުހުމަތަށް ފައިސަލް ވަނީ ހައްޔަރުކޮށްފައި.
11 ޑިސެމްބަރ 2022 - 16:26
ހދ. ނޮޅިވަރަމްގައި އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު މަރުވެފައިވާ އޮއްވައި ފެނުނު އިރު ޝައްކުވާ ފަދަ ޒަހަމެއް ހުރީ ކަރުގައި އެކަނި ކަމަށާއި ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ ކުޅުދުއްފުއްޓަށް ގޮސް ޕޮލިސް ސްޓޭޝަނަށް ދިޔައީ އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ މައްސަލަ ހުށަހަޅަންކަން އެނގިއްޖެ އެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މަރުވެފައި އޮއްވައި ފެނުނު އިރު މުޅި ހަށިގަނޑުގައި ޒަހަމްތައް ހުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް "މިހާރު" އިން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ފާޅުކޮށް އެނގޭ ޒަހަމެއް ހުރީ ނިޝާމާގެ ކަރުގަ އެވެ. އެއީ ކިހިނެއް ލިބުނު ޒަހަމެއްކަން އަދި ޔަގީން ނުވިޔަސް ޒަހަމް ހުރީ ހިމަ އެއްޗެއް ކަރަށް ބާރުކޮށްލުމުން ހުންނަ ކަހަލަ ގޮތަކަށް ކަމަށް ވަނީ އެނގިފަ އެވެ.
އާއިލާއިން ތުހުމަތުކުރަނީ ނިޝާމާ މަރާލުމަށް ފަހު ފިލަން ފައިސަލް ފުރައިގެން ދިޔައީ ކަމަށެވެ. އޭނާ ލޯންޗެއް ކުއްޔަށް ހިފައިގެން ކުޅުދުއްފުއްޓަށް ގޮސް ފުލުހުންގެ މަރުކަޒަށް ދިޔައީ، އެނގިފައިވާ ގޮތުގައި، އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ އެކަން ރިޕޯޓްކުރުމަށެވެ.
އެކަމަކު ފައިސަލް ދިޔައިރު މަރުގެ މައްސަލާގައި އޭނާ އަށް ތުހުމަތު ކުރެވިފައި އޮތުމުން ކޯޓު އަމުރެއް ހޯދައި ފުލުހުން އޭނާ ހައްޔަރުކުރީ އެވެ.
ނިޝާމާ: އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި.
އާއިލާއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ނިޝާމާ މަރުވެފައި އޮތްކަން އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓްކުރަން ބުނެ ނިޝާމާގެ އާއިލާގެ ބަޔަކު ފައިސަލް އާއި ނިޝާމާ އަށް ގުޅައިގެން ވެސް ފޯނު ނުނެގުމުން އެ ގެޔަށް ދިއުމުންނެވެ. ގެޔަށް ގޮސް ނިޝާމާގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވީ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ކޮޓަރީގެ ދޮރު ހުރީ އެތެރެއިން މަކުޑިއެއް އަޅުވައިފަ އެވެ. އޭރު އެތެރޭގައި ނިޝާމާގެ ދަރިން ވެސް ތިއްބެވެ. ދޮރު ނުހުޅުވުމުން ކޮޓަރިއަށް ވަނީ ދޮރުގައި ޖަހާ މަކުޑި ނައްޓާލައިގެންނެވެ.
މަރުގެ މައްސަލާގައި ފުލުހުން އަދި އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ އާއި އޭނާގެ ތިން ދަރިންނާ އެކު ނަގާފައި ހުރި ހުރިހާ ފޮޓޯތަކެއް މިހާރު ހުރީ ޑިލީޓްކޮށްފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އޭނާ ފޭސްބުކްގައި ޕޯސްޓްކޮށްފައި ހުރި އެއްޗިއްސަށް ބަލާއިރު، އާއިލީ ޒާތީ މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ ކަމަށް ބެލެވެ އެވެ. އޭގައި ވެސް ބޮޑަށް ހުރީ އޭނާ އަކީ އެހެން މީހެއްގެ "އަނިޔާ" ގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށް ދޭހަވާ ފަދަ އެއްޗިއްސެވެ.
އެކަމަކު ފައިސަލް އޭނާގެ ރަށް، އދ. ފެންފުށީގައި ކުރިން އެހެން ކައިވެންޏެއް ކޮށްގެން އުޅުނު އިރު ވެސް އޭނާއާ ގުޅޭ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މަސްތުވާތަކެތީގެ ތެރޭގައި ކުށުގެ އެކި އަމަލުތައް ހިންގައި އޭރުގެ އަނބިމީހާއާ ޒުވާބުކޮށް ވަޅި ހިފައިގެން އުޅެނިކޮށް ވެސް ހިފަހައްޓާފައިވެ އެވެ. އެކަމަކު އެއްވެސް މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެ އެވެ.
ނިޝާމާގެ މަރާ ގުޅޭ ތަގުގީގު ފުލުހުން ފަށައި މިހާރު ވަނީ މަރުގެ ސަބަބު ދެނެގަތުމަށް ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން ނިންމައިފަ އެވެ. މިހާރު ވަނީ ނިޝާމާގެ ރަށަށް ފުލުހުންގެ ތަހުގީގު ޓީމެއް ވެސް ގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހލ
14 December 2022
އޭނަ ދަންޖެހިފަ އެހުރީވެސް ހަމަ އަނިޔާ ލިބޭވަރުން؟ އަދިވެސް އެކަހަލަ ނުބައިމީހުން ސަލާމަތް ކުރެވޭތޯދޯ ތި އުޅެނީ.
އެރެތެ
12 December 2022
ކޮޓަރީގެ އެތެރެއިން މަކުޑިއެއް އަޅުަފާފަ ހުރިކަމަށްވާނަމަ، އިތުރު ދޮރެއް ކުޑަދޮރެއް ނެތް ކޮޓަރިއެއްނަމަ ކުޑް އިޓް ބީ އަ ސުއިސައިޑް ކޭސް؟؟؟؟
ވިކިލީކްސް
12 December 2022
ނިޝާމާ މަރުވެފައޮތް ކޮޓަރި ހުރީ ސީލިންގ ކޮށްފަތަ؟ ކޮޓަރީގަ ނުވަތަ ކޮޓަރިއާ ގުޅިފައި އެއްވެސް ކުޑަދޮރެއް ނުވަތަ ވަދެނުކުމެވޭކަހަލަ ފެންލައިޓެއްނަމަވެސް ހުރިނަމަ އޭގެން އެއްވެސްދޮރެއް އެތެރެއިން ތަންޑު ނާޅާ ނުވަތަ ހުޅުވާފަ ހުރިތަ؟ މިސުވާލުތަކުގެ ޖަވާބު ލިބެނިކޮށް ނިޝާމާ މަރާލީ ފިރިމީހާތޯ ދެނެގަންނަން އިތުރަށް ފަސޭހަވާނެ!
ދުންމާރިި
12 December 2022
ފުލުހުން މިމައުލޫމާތު ހޯދާފައި ވިކިލީކްސް އާއި އަވަހަށް ހަވާލު ކޮށްލަދިނުން އެދެން. އޭނާ މިކޭސް ކްރެކް ކޮށްލާފާނެ އިސާހިތަކުން.
މަކުޑިތަޅު
11 December 2022
ސުވާލަކީ ނިޝާމާ މަރުވެފައި އޮތް ކޮޓަރީގެ ދޮރުގައި އެތެރެއިން މަކުޑި އަޅުވާފައި ބޭރަށް ފިރިމީހާ ދާނީ ކިހިނެއް..؟ ފިރިމީހާ ބޭރަށް ނިކުތް ފަހުން އެތެރެއިން ނިޝާމާ މަކުޑި އެޅުވީތޯ .. "މިހާރު" ނޫހުން ކިހާ ޔަގީން ކަމެއް ދެވިދާނެތަ ނިޝާމާ މަރުވެފައި އޮތް ކޮޓަރީގެ ދޮރުގައި ހުރީ މަކުޑި ތަޅެއްކަން...
އައިމިނާ
11 December 2022
ގެވެށި އަނިޔާ އޭ ކިޔާފަ ވީޑިއޯ ލަވައެއް ހަދާފަ ޓީވީތަކުން ދައްކާލީމަ މުއައްސަސާތަކުގެ ދައުރު އަދާވީ.
ޙރގަނޑ
11 December 2022
ފޭސްބުކްގަ އާއިލީ މައްސަލަ ހައްލުކުރަން އުޅޭ ބަޔެއް ދިވެހިންމީ.. ދަރިންނަށް އަޅާނުލާ މީހާވެސް މައި ޕްރިންސް ކިޔާ ދަރީގެ ފޮޓޯ އެޔަށް އަޅާނެ.. ހިތުގެ ޝުއޫރު އެންމެ ފުނަށް ފބ ގަ ލިޔާނެ.. އެކަމަކު ހަޔާތުގަ ނުހުންނާނެ މިލިމީޓަރެއްވެސް..ދިވެހިން މިތިބީ ޣާފިލް ނިންޖަކުން ނިދާފަ
ދޮންބެއަލީ
11 December 2022
ކޮބާހޭ ހޯދައިދޭން ގޮވި އިންސާފު މާލެއިން އަންހެން ކުއްޖަކު މަރާ ކޮށާލިފަހުން އެކަން ތަހްގީގު ނުނިމެނީސް އަނެއްމަރު.. ވާއެއްނުވާއެއް ނޭގޭ.ބެލޭބަޔަކުނެތް އެޅޭފިޔަވަޅެއްނެތް ..
ޝާހިދު އަލިމަނިކު
13 December 2022
ވެރީންގެ ވެރިކަން 3 ބާރޯ، މި ގަވްމުގެ ވެރިންނެއްނޫޅޭ ގަވްމުގައި ހުރި ޙައްސާސީ މައްސަލަތައް ހައްލުކުރާކަށް، ވެރިން އުޅެނީ ވެރިކަން ލިބޭހިސާބުން ދެވަނަ ދަވްރަކަށް ވެރިކަން ހޯދޭނެ ޕްލޭންތައް ހަދަން، ދެން ގަވްމުގައި ތިބީ ފުލުހުންނޭ ކިޔާ ބޮޑުތަނުން ފެއިލްވެފައި ތިބި ގޭންގެއް، ކުށެއްގެ ތުހުމަތުގައި 3 މީހުން ހައްޔަރުކުރިއްޔާ އެތަނުގައި ފުލުހެއް ހުންނާނެ، މީ ގަވްމުގެ ހާލަތު
ވާނުވާއެއް ނޭނގުނު
11 December 2022
ކާކުބާ ކޮޓަރީގެ އެތެރެއިން މަކުޑިއެޅުވީ؟ ނިޔާވި މީހާބާ؟
މަކުޑި
11 December 2022
އެތެރެއިން މަކުޑި އަޅުވާފަ؟ ވެރީ ކިއުރިއަސް.
މަ ބުނީ
11 December 2022
މަ ބުނީ ކުޑަފައިސާކޮޅަކަށް ފުއްނާބު އުސްކޮއްލަށް ސީވީ ހަދާލާނެ ފުރުސަތެއް ލޯޔަރުންނަށް ލިބުނީއޭ އަނިޔާވެރިންގެ ދިފާޢުގައި އަވަހަށް ތެޅިގަންނާށޭ.