ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރީކޯ މޫސަ އާއި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދް.---ފޮޓޯ: ނިޝާން އަލީ| މިހާރު
23 ޑިސެމްބަރ 2022 - 02:38
އެމްޑީޕީގެ އަޣުލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮވެ، އެ ޕާޓީގެ މެމްބަރުން ސަރުކާރަށް ފާޑުކިޔާތީ ލަދުގަންނަ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ޖެނުއަރީ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި، މޫސަ ވިދާޅުވީ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އޭނާ ކުރިން އެމްޑީޕީގައި އުޅުއްވިއިރު ނުފެންނަ ބައެއް މަންޒަރުތައް ޕާޓީގެ މެމްބަރުންގެ ފަރާތުން މިހާރު ފެންނާތީ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި މަޖިލީހުގައި ސަރުކާރަށް ފާޑު ކިޔުމާއި ސަރުކާރަށް ދަތިވާ ފަދަ ކަމެއް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ކުރިން ފެނިފައި ނުވިޔަސް، މިއަދު އެ މަންޒަރުތައް ފެންނަމުންދާ ކަމަށް މޫސަ ވިދާޅުވި އެވެ.
"މިއަދު އެހެންތޯ މި ވަނީ. ގޭގައި ޓީވީ ބަލަން އިންނައިރު ލަދުން ބޯހަލާކު ވާވަ ރުވޭ. އެމްޑީޕީން އެކަން ހުއްޓާލަންޖެހޭ. އަޅުގަނޑު އާދޭހާއެކު މި ދަންނަވަނީ އެކަން ހުއްޓަވާލައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގާތްގުޅުމެއް ބާއްވަވާ އަދި ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވި މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވިއިރު ނަޝީދުގެ ސަރުކާރަށް ދަތިވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރީކޯ މޫސަ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އޭރުގެ މެޖޯރިޓީ އޮތް ފަރާތަކަށް ސަލާން ޖަހައި، އާދޭސް ކޮށްގެން އަޅުގަނޑުމެން ކަންކަން ކުރީ. އެއް ދުވަހަކު ވިދާޅުވީ ތިމަންމެން ބޭނުންވީ މުޅި ކެބިނެޓް އިސްތިއުފާ ދޭށޭ. އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންނެވިން އަޅުގަނޑުމެންގެ މެޖޯރިޓީއެއް ނެތޭ. ތިކަން ތިހެން ކޮށްފިއްޔާ އަޅުގަނޑުމެން ބޭނުންވާ ވަޒީރުން ސަރުކާރަށް ނުގެނެވޭނެއޭ،" އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ބޮޑަށް ފާޅުގައި ފާޑުވިދާޅުވާ އެމްޑީޕީގެ މެމްބަރުންގެ ލިިސްޓުގެ އެންމެ ކުރީގައި އުޅުއްވާ މޫސަ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެކަން އެގޮތަށް ކުރަން ވިދާޅުވީމާ އެކަން ކުރީ. ދުވަހަކު ވެސް އެއްޗެއް ނުބުނަން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ހަރުގޭގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވިގޮތުގައި ކިތަންމެ ހިޔާލު ތަފާތު ވިޔަސް، މެމްބަރުންގެ މެދުގައި ފިތުނަ އުފެދިގެން ނުވާނެ އެވެ. ވިދާޅުވީ، ހިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ވެސް އެންމެންނަށް އޮންނަން ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
މޫސަ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ވެސް އިގްތިސާދު އެއްކޮށް ހުއްޓުމުން ވެސް ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެނޭޖް ކުރެއްވި ކަމަށެވެ. އަވަށްޓެރި އެތައް ގައުމެއް އިނދަ ޖެހުނުއިރު ވެސް ރާއްޖެ އަށް މާ ބޮޑު ދަތިތަކެއް ކުރިމަތިނުވެ، ދިޔައީ ރައީސްގެ ހިކުމަތްތެރި މަސައްކަތުން ކަމަށް މޫސަ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިކުރާމު
24 December 2022
މިކަހަލަ މީހުން ދުރުކުރަން އެބަޖެހޭ ޕާޓީން .. ދެފުެއްކެހެރިން ދެފަޅިން ތަތްލާނެ
ރީކޯ
24 December 2022
ރައީސްގެ މެޖޯރިޓީ އޮވެ ކަމެއް ނުވާވާހަކަ އޮޅުވާލާފަ މިބުނަނީ
ޟީސާ
24 December 2022
ދަރަނި ދައްކާފަ ތިހެެން ބުނިނަމަ ތަންކޮޅެއް ރީތިވިސް..
ޒުބޭރު
24 December 2022
ހަޔާތްކުޑަ މީހުން އުޅޭ އެކަމަކު މިވަރުގެ ލަދެއްނެތް މީހަކު މަވާ ނުދެކެން. ދައުލަތައް 40 މިލިއަނުން ދަރާ އޮތްއިރު މަމީ ރީކޯ މޫސަަނިކުނަމަ ގޭދޮރުން ބޯވެސް ނެރެން ނުކެރޭނެ. ސޯލިހުވެސް މީގަ ވަރައް ވިޔާނުދާ. ދައުލަތައް ދައްކަން އޮތް އެތައް މިލިއަން ނުދައްކާ ހުރި މީހަކު ވިއްޔަ އެއަރުވަނީ އޭނަގެ ކެމްޕޭނައް ޕޯޑިއަމައް. ކިހިނެއްދެން ނިދީގަވެސް ސޯލިހައް ވޯޓުދޭނީ ދެން؟ . ނަސީދުއާ ޒާތީ ހަސަދަވާ ތިއައްވުރެ ރަގަޅު މީހަކު ހަމަނެތީތަ ކެމްޕޭނައް ލާނެ ސޯލިހޫ؟؟
ދަރަނިބޯ ރީކޯ
23 December 2022
މަބުނި މިގޮލާ ހަމަ އަގައިންނެދޯ ހިފަހައްޓާލަނި ލަދެއް ހަޔާތެއް ނެތް އިންސާނެއް
އޮނަރަބްލް އަފީފު ދީދީ
23 December 2022
އަހަރުމެން ދެމިތިބީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މަހުގައި ކަމަށްވާތީ "އަހަރުމެންގެ ބޮލެއް ނުގުޑާނެ" އެހެން ކަމުން މިހާރު ވެރިކަން ކުރާމީހުނާއި ތިފަދަ ޙިޔާނާތް ތެރިންގެ ކިބައިން (ދައުލަތަށް ދައްކާންޖެހޭ ޓެކުހާއި ކުލި ނުދެއްކުމަކީވެސް ޙިޔާނާތެއް) މިދައުލަތާއި ރައްޔަތް ސަލާމަތްކުރަން ފިސަހަރި ހިތްވަރާއިއެކުގައި އަހަރުމެން ތެދުވާނަން. # މިކަމުގައި ގުޅެންޖެހޭނަމަ ޔާމީނާއި އެހެންޕާޓީތަކާއިއެކު އެއްކުޑައެއްގެދަށުގައި ތިބުމުގެ ހިއްވަރުވެސް އެބަހުރި.
އޮނަރަބްލް އަފީފު ދީދީ
23 December 2022
މަކަރާއި ހީލަތާއި ހައްދެއްނެތި ހިންގާ ނުފޫޒުތަކެއް ބޭނުންކޮށްގެން "އެމްޑީޕީގެ ޕްރައިމެރީޒް ގެ މައްޗަށް މިބައިގަނޑު ވެރިވެގެންފިނަމަ" އަހަރުމެނަށް މިފެންނަ މަންޒަރާއި ދައުލަތަށް ލިބޭ ގެއްލުން މިގޮތުގައި ދަމަހައްޓާން ބޭނުންނުވާނެތީ އެފަދަ ހާލަތެއްގައި، ފަހުން ކައްފާރާ ދޭންޖެހުނު ކަމުގައިވިޔަސް "މަޖުބޫރީ ހާލަތެއްގައި" ހަދާ ގޯހެއްގެގޮތުގައި ނަމަވެސް އަހަރުމެން މިމީހުނާއިދެކޮޅަށް ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދީގެންވެސް މިއާފާތުން ސަލާމަތްވޭތޯބަލާނަން.
ބަޖެޓު ލޯވަޅު
23 December 2022
ލަދަކީ ކޮންމެ އިންސާނެއްގެ ލައްވާފައި ހުންނަ އެއްޗެއް ނޫންކަން ޔަގީންވެއްޖެ. ރައްޔިތުންގެ ރައްތައް ނަގައިގެން އެތަންތާ ރިސޯޓު ވިޔަފާރިކޮއްފަ އެފައިސާއިން އާއިލާ ޑުބާއީގެ އަގުބޮޑު ތަންތާ ބައިތިއްބާގެން އުޅޭއިރު ރިސޯޓު ކުއްޔާ ޓެކުސް ނުދައްކާ. ރައްޔިތު މީހާ ބޮޑު ބައްޔެއް ވިޔަސް އާސައިންދައާ އެންސުޕާއިން އެކަން ހަމަނުޖެހިގެން ފަންޑުފޮށި ހުޅުވަން ޖެހެނީ މިކަހަލަ މީހުން ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދައްކާ ތީ. ދެންތިބި މީހުން ހުންނަ ފައިސާކޮޅު ކަނީ
އެއްކިބާ
23 December 2022
އިބުރާހީމް ފުޅު ބުނީ މަޖިލިސްގެ ކޮންތްރޯލް އޮތީ ތިމަންނަ އަތުގައޭ އެހެންވީމަ ތިކަމުގެ ޒިންމާ އޮތީ ފުޅުގެ އަތުަގަ ކޮބައިތޯ 5 އަހަރުން އަޅަން ބުނި ބުރިޖު ނުފެނޭ
ވަގަށް ނެގި ވަހީދު
23 December 2022
ޔާމީން ވެރިކަމަށް ގެންނަން ކަރުން ނާރު ޕުއްޕައިގެން ލެވިހަޅޭ ހަނދާންވަނީ.