މާފުށި ޖަލަށް ގެންދިއުމަށް ޔާމީން ލޯންޗަށް އަރުވާފައި.-- ފޮޓޯ: ނިޝާން އަލީ \ މިހާރު
25 ޑިސެމްބަރ 2022 - 20:21
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމާ އެކު ޖަލު ހުކުމް ތަންފީޒުކުރުމަށް އެ މަނިކުފާނު މިރޭ ކ. މާފުށީ ޖަލަށް ގެންގޮސްފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމަށެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށެވެ.
ޔާމީނުގެ ވަކީލުން ވަނީ އެ ހުކުމް ބަލައި ނުގަންނަ ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފަ އެވެ.
ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ލަސްކުރުމެއް ނެތި މި ހުކުމް އިސްތިއުނާފް ކުރާނެ ކަމަށާއި އިސްތިއުނާފީ ކޯޓުން މި މައްސަލަ ވަރަށް ފުރިހަމަ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް، އެމަނިކުފާނު ވަނީ މިނިވަންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓެލް
26 December 2022
ޔާމީނުގެ ރާއްޖޭން ބޭރުގެ އެކައުންޓް ތަކުގައި ވަރަށް ފައިސާ އެބަހުރި
ތިގޮތަށް
27 December 2022
އެހެން ވެރިންގެ ފައިސާ ނެތްތަ؟
ސައިނީސް
26 December 2022
އައްސޭރި މާލަމަށް މަރުހަބާ ! އެމީހަކު ފޭހުނު އިލޮށި އެމީހެއްގެ ލޮލަށް ހެރޭނެ ކަން މުސްކުޅިން ބުނެއުޅޭ ދޮ! ސީޔޫ ސޫން ބުރޯ!
ރޯޒަސް
26 December 2022
ހާސް ކަނޑާލާ. މިގައުމަކީ ދައުރު ބަދަލު ވާއިރަށް އުމުރަށް ޖަލަށްލާފައި ތިބޭމީހުންގެ ހުކުމްވެސް ސުޕްރީމްކޯޓުން ބާތިލްކުރާ ގައުމެއް. ނިކަމެތި ސޮރު ޖަލުގައި ތެޅެން ޖެހުނަސް ސިޔާސީ މީހުންނާ ފައިސާވެރިންނަކީ ސަލާމަތްވާނެބައެއް.
އިލެކްޓްރިކް
26 December 2022
އީސީ ޝަރީފު ސަލާން ބުނި!
އިލޮށިފަންވަތް
26 December 2022
ގޭގައި ހުރިމާ މާ ބޮޑަށް ފަލަވަނީ. އެބަޖެހޭ ބްރޭކެއް ނަގަން، ތިޔަ ކައިނަގާ އެއްޗިހިން
ބަޑިތަކުރު
26 December 2022
މުސްކުޅި ބޮޑުބޭބޭފުޅު ކެތްކޮށްލިޔަސް ދުވަސްކޮޅަކުވެސް ގަޓްހުރިކަމަށް ހެދިގެން ފުއްޕާފައުޅޭ ތިޔަ މީހާއަށް ހިފަހައްޓައެއް ނުލެވޭނެ. ކޮންމެސް ދޮގުތަކެއް ހަދައިގެން އާދޭސްކޮށްގެން ގެއަށް ބަދަލުވާނެ. އެކަމަކު ހުކުމާ އެއްގޮތަށް ޢަމަލު ނުކުރެވޭނަމަ ދެންތިބި މީހުންނަށް އިބްރަތަކަށް ނުވާނެ. ކޮންމެ މީހަކުވެސް ބާރު ލިބޭއިރަށް ގައުމުގެ މާލިއްޔާ ކައިހުސްކޮށްލާކަށް ފަހެއް ނުޖެހޭނެ.
ރަދީފްއޮފިޝަލް
26 December 2022
މުސްކުޅި ބޮޑުބޭބޭފުޅު އުޅުއްވި ވައްތަރުން ނޫންތަ ޖަލަށްދާންޖެހުނީ.
ދަންތޫރަ,
26 December 2022
މައްސަލައެއް ނޫން, ކުށްވެރިންނަށް އަދަބު ލިބެންޖެހޭނެ, އެކަމަކު އުފެދޭސުވާލަކީ ވައްކަމާ, ހިޔާނާތާ, ރިސްވަތާ, އަދި ފޭރުމާ, މިކަންކަމުގެ ލިސްޓުގަ އޮތީ ހަމަ އެންމެ މީހެއްގެ ނަންތޯ?
ބަޑިތަކުރު
26 December 2022
އަދީބާއި ޒިޔަތާއި އަދި އިއްޔެގައި ހުކުމް ކުރެވުނު އެހެންމީހުންވެސް އެބަތިބި ދޯއެވެ. އެހެންމީހުންނަށްވުރެ އަދަބު ހައްގީ އެކަން ކުރުމުގެ މޭސްތިރިޔާއަށެވެ. އޭނާ ކުރުވަން ނެތްނަމަ އެވަރުގެ ކަމެއް އެހާފާޅުކަންބޮޑުގޮތެއްގައި އެހާދުވަހަކު ނުކުރެވޭނެކަން ޔަގީނެވެ.
ކަޑިތަކުރު
27 December 2022
ޔާމީނު ކުރުވީ. އެކަމު ފައިދާވީ އެންމެ ގިނައިން އަދީބާ ޒިޔަތަށް. އަރަތެއްނު.
ސަރުދާރުު
26 December 2022
އަހަރުމެން ވޯޓް ދިނީ ބަދަލަކަށް ޔަމީނު ވެރިކަމުގައިވެސް ކަންތައްކުރީ އެހެނޭ ކިޔާފަ އެގޮތަށްކަންކަން ކުރީމާ ކޮބާ ޔާމީނު ސަރުކާރެކޭ މިސަރުކާރެކޭ ތަފާތެއް؟
ތަރުޖަމާ
26 December 2022
ކާކުގެ ކުރިސްމަސް ހަދިޔަލެއް؟
ފޮނިޓައްޕު ހަސަނު
25 December 2022
ޔާމީނުއަށް މިހާރު އޮންނާނެ ވަރަށް ރަނގަޅށް ރާކަނި މަސް ކެވިފަ.
ށަވިޔަނި
26 December 2022
ތިހުކުމުން ޔާމީނަށް ވާނެހާވެސްކަމަކީ އާއިލާއީ ޕާޓީމީހުނާއި ތިމާގެ ރަހްމަތްތެރިންނާއި ވަކިން ހުންނަންޖެހުން.