ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން 3.2 ބިލިއަން ސަލާމަތް ކުރެވޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްގެން އަންނަ އަހަރުގެ ބަޖެޓުން ހަމަޖެއްސޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ މަނިކުފާނު ބޭއްވެވި މީޑިއާ ބްރީފިންގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ރާވާފައިވާ ކަންކަމާއެކު 3.2 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެ ކަންކަމުގެ ތަފުސީލުތައް ވެސް އެ މަނިކުފާނު މިއަދު ދެއްވި އެވެ.

ދައުލަތުގެ ހަރަދުން އަންނަ އަހަރު ސޭވް ކުރާނެ ކަންކަން:

● ފިއުލް ސަބްސިޑީން އެއް ބިލިއަން ރުފިޔާ (މި އަހަރު ހަރަދު ވަނީ ދެ ބިލިއަން ރުފިޔާ)

● އާސަންދައިން 465 މިލިއަން ރުފިޔާ.

● ޕޭހާމަނައިޒް ކޮށްގެން އެއް ބިލިއަން ރުފިޔާ އާއި 1.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް.

● ކަރަންޓް ސަބްސިޑީން 150 މިލިއަން ރުފިޔާ (ޑައިރެކްޓް ސަބްސިޑީ އަށް ބަދަލުކުރުމުން ސަލާމަތް ކުރެވޭ ވަރު)

● މެޑިކަލް ކޮންސިއުމަބްލް އިން 165 މިލިއަން ރުފިޔާ.

ރައީސް ވިދާޅުވިގޮތުގައި ފިއުލް ސަބްސިޑީން އަންނަ އަހަރު އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ނިންމާފައި އޮތަސް އެ ކަން ކުރާނެ ގޮތެއް އަދި ރާވައިފައެއް ނުވެ އެވެ.

"ބޭރުން ޑިސްކައުންޓެއް ރޭޓެއްގައި ފިއުލް ލިބިއްޖިއްޔާ އެންމެ ފަސޭހަވެގެން ދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އާސަންދައިގެ ހިދުމަތުން 465 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ގޮތްތައް "ކަރުދާހަށް ނަގައި" ދެން އޮތީ ތަންފީޒު ކުރުމުގެ މަރުހަލާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ނިންމާފައި ވަނީ ސަރުކާރުގެ ހުރިހާ މަގާމުތަކެއްގެ މުސާރަތައް އަންނަ އަހަރުން ފެށިގެން އެއްހަމަ ކުރަން ނިންމިޔަސް އިގްތިސޯދަށް ކުރިމަތިވި ލޮޅުންތަކާ ގުޅިގެން އެ ކަން ކުރަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ.

"އޭގެ ތެރެއިން ހެލްތު ސެކްޓާ އަށް އަޅުގަނޑުމެން މި އަހަރު އަމާޒު މި ކުރަނީ. އެ ކަން ކުރާނެ. އެ އިން ސޭވް ކުރެވޭނެ ގާތްގަނޑަކަށް އެއް ބިލިއަނާއި 1.5 ބިލިއަން. އަޅުގަނޑުމެން ހަރަދު ނުކޮށް ހިފަހައްޓާފައި ހުންނާނެ،" ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށް ވާއިރު، އެހާ ބޮޑު އަދަދެއް ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމުގެ ކިހާ ބޮޑު ޔަގީންކަމެއް އެބައޮތްތޯ "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ، އެ ކަމަށް ދިރާސާތަކެއް ކުރި ކަމަށެވެ.

އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ މައްސަލާގައި ނޫސްވެރިން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރިޔާސީ އިންތިހާބެއް ކުރިމަތީގައި އޮއްވައި އެ ކަން ކުރާނީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށެވެ. ޓެކްސް ބޮޑުކުރަން ޖެހުނީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން ބައިނަލްއަގްވާމީ އިދާރާތަކުގެ ވެސް ލަފާގެ މަތިންނެވެ.

ރައީސް ވިދާޅުވީ، ޓެކްސް ބޮޑުކުރުމާއެކު އަންނަ އަހަރު އިންފްލޭޝަން 5.4 ޕަސެންޓަށް ބޮޑުވެދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އައިއެމްއެފްގެ އަންދާޒާއަކީ 3.2 ޕަސެންޓެވެ.

"އަޅުގަނޑުމެން މީގެ ހިސާބުތައް ޖަހައި ރާވަމުން މިދަނީ މީގައި އޮތް އެންމެ ގޯސް ސިނާރިއޯއަކަށް ބަލައިގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

39 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

5789

29 December 2022

ކަނޑައެޅިގެން ހެދި ހުސް ދޮގު މިއީ.

The name is already taken The name is available. Register?

ހަސަނު

29 December 2022

ރިޔާސީ އިންތިހާބެއް ކުރިމަތީގައި އޮއްވައި ޓެކްސް ބޮޑުކުރަން ނިންމުމުމަކީ އެކަމުގާ ސަރުކާރުގެ ނިޔަތް ރަނގަޅު ކަން ހާމަވާ ކަމެއް.. ދައުލަތް ބަނގުރޫޓު ނުވެ އޮންނާނީ ދޭ ސަބްސިޑިތަކާ އެއް މިންވަރަށް އާމްދަނީވެސް އިތުރު ކޮށްގެން. މުޅި ދުނިޔެއާ ގައުމު މި އޮތް ހާލަތަށް ބަލާއިރު ޓެކްސް ބޮޑު ކުރުމަކީ މިވަގުތު ކުރަން ޖެހޭ ލާޒިމް ކަމެއް.. އަދި މީގެ އިތުރުން ސަބްސިޑީ ދިނުމުގާ މިހާރަށްވުރެ ސިލެކްޓިވް ކޮށް، އަދި އަދަދު މަދު ކުރާންވެސް ޖެހޭ..

The name is already taken The name is available. Register?

އެންގުރީބާރޑް

29 December 2022

ބޭފުޅާ ޓެކްސް ބޮޑުކޮށްފަ އަދިވެސް ރައްޔިތުންނަށް ލިބޭއެއްޗެއް ކަނޑާލީމަ ހުންނާނީ ރަނގަޅަށް ވޯޓުލިބިފަ! ކަލޭމެންގެ އައުވާނުންނަށްކުރާ ޚަރަދު ކުޑަކޮށްބަލަ!

The name is already taken The name is available. Register?

އިއްޔެމިއަދު

29 December 2022

ތިހެން ބަލައިގެން ހަރަދުތައް ކުޑަ ކުރާނެނަމަ މިއަހަރުވެސް އޭގެ ކުރީ އަހަރުވެސް އަދި އޭގެ ކުރީއަހަރުވެސް އެކަން ކޮށްފައި އޮތީހީ. އަންނަ އަހަރު ކެމްޕޭނަށް ހިނގާނެ އިތުރު ހަރަދުތައް ހަމަޖައްސަން ހަރަދުކުޑަކުރަނީއޭ ބުނަނީ ކަމަށް ލަފާކުރެވެނީ.

The name is already taken The name is available. Register?

އަނނނި

29 December 2022

މި ހާދަ މަޖާ ހިސާބު ތަކެކޭ. ތެޔޮ ސަބްސިޑީ އިން ސޭވް ވަނީ ބޭރުން ޑިސްކައުންޓް ލިބިގެން؟ ހަމަ އެއްގޮތަކަށްވެސް ގުޅޭ ވާހަކައެއްނޫން.

The name is already taken The name is available. Register?

34343

29 December 2022

މީހުން ޑޮކްޓަރަށް ދެއްކުން ދަތިކޮށްގެން އާސަންދައިން ޚަރަދު ކުޑަކުރާނީ!

The name is already taken The name is available. Register?

ކަނބިލި

29 December 2022

ގާބިލުކަމެއް ނެތް. ގައުމު ދަރާ އިންޑިއާގެ އަޅުވެތިކަމަށް ގޮސް ނިމިއްޖެ

The name is already taken The name is available. Register?

5789

29 December 2022

އިގްތިސާދީ ފައިދާ ލިބޭގޮތަށް ދަރާނަމަ ރަނގަޅު. ޢެކަމަކު ކައިގެންގުޔަށް ހަދާ ރިކަރެންޓް ޚަރަދަށް ދަރަނީވެސް.

The name is already taken The name is available. Register?

ޢެމެރިކާ

29 December 2022

ޢިންޑިޔާ ސިފައިންނައްވެސް ދިވެހި ބަޖެޓުން ހަރަދުކުރޭ.

The name is already taken The name is available. Register?

ވިޓަމިން

29 December 2022

2023 ޕިޕިއެމް މިފަހަރު.

The name is already taken The name is available. Register?

5789

29 December 2022

އިންޝާ ﷲ.

The name is already taken The name is available. Register?

ޢެމެރިކާ

29 December 2022

ޙަރަދު ބޮޑީ ލަގްޒަރީ ދަތުރުތައް ކުރާތީ.

The name is already taken The name is available. Register?

މަންނާނު

29 December 2022

ތިހެން އަނގައޮތީމަ ބުނެވިދާނެ ތިއަހަރުމެން ޤަބޫuލބސްނުކުރަން އަދި ތިހެންތިކަން ވެގެންދާތަން ނުފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454