ކަނޑުމަތީގެ ހާދިސާއެއްގައި ގެއްލިގެން އުޅޭ މީހެއް ކަމަށް ފުލުހުން އާންމުކުރި މިހާ އާއެކު އާންމުންގެ މީހަކު މިއަދު ނަގާފައި ފޮޓޯއެއް
02 ޖެނުއަރީ 2023 - 13:52
ވިލިމާލެ އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭގެ ތެރެއިން އެކަކު މާލޭގައި ހުރި ކަމަށްބުނެ އާންމުންގެ މީހަކު ފޮޓޯއެއް އާންމުކޮށްފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ގދ. ތިނަދޫ މަނާރު، މުހަންމަދު ނިޒާމް، 45، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، އެވެ. މާލޭގައި ހުރި ކަމަށް ބުނެ، އާންމު މީހަކު އޭނާއާ އެކު ނަގާފައިވާ ފޮޓޯ އާންމުކޮށްފައި ވަނީ ދިވެހި މީހާ އެވެ.
ފޮޓޯ އާންމުކުރި އިބްރާހިމް މުހައްމަދު "މިހާރު" އަށް ބުނީ އޭނާ ފެނުނީ މާލޭ މަގުމަތިން، ޝީޝާ ސާވިސް ސެންޓަރު ކައިރިން ކަމަށެވެ. އޭނާ އިނީ އެ ހިސާބުގައި ހުރި ކޮފީ ޝޮޕެއްގައި ކަމަށާއި އެއީ ގެއްލިގެން ހޯދާ މީހެއްކަން އެނގިގެން އެ ވާހަކަ އޭނާ ކައިރީގައި އެހި ކަމަށް އިބްރާހިމް މުހައްމަދު ބުންޏެވެ.
"އަޅުގަނޑު އެހީމަ ބުނީ މި އައީއޭ ފުލުހަށް ގޮސްފައޭ. އެ މީހުން ބުންޏޭ ހޯދާކަށް ނޫޅެމޭ،" އޭނާ އާ އެކު ނަގާފައިވާ ފޮޓޯއެއް އާންމު ކުރުމަށްފަހު، އިބްރާހިމް މުހައްމަދު ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ފުލުހުން މިއަދު ހެނދުނު ބުނީ ގެއްލުނު ދެ މީހުން މާލޭގައި ތިބިތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
ދެ މީހުން ގެއްލިގެން ހޯދަމުން ދާކަން ފުލުހުން އިއުލާންކުރީ އިއްޔެ ރެ އެވެ. އެ މީހުން ގެއްލުނީ ކޮން ބޯޓަކުން، ކިހާ ހިސާބަކުން ކަމެއް އަދި މިކަމާ ގުޅޭ އެއްވެސް އެހެން މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަ އިރު، ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ވ. އަތޮޅު ވެންފަރު ނަމަކަށް ކިޔާ ފަޅުރަށެއް ކައިރިން ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން ބެންގަލޫރު
03 January 2023
މިކަހަލަ މީހުނާ ދޭތެރޭ ވާނެ ފިޔަވަޅު އަޅަން
ރަދީފްއޮފިޝަލް
03 January 2023
އެއީ ކީއްވެ.ވީވަރަކުން ދޯ ފުލުހުންނަށް ކަންކުރެވޭނީ.މިއޮތީ ހެކި. "އަޅުގަނޑު އެހީމަ ބުނީ މި އައީއޭ ފުލުހަށް ގޮސްފައޭ. އެ މީހުން ބުންޏޭ ހޯދާކަށް ނޫޅެމޭ،" ހެހެހެހެ
ސަރުކާނު
02 January 2023
ތި ބޯަކީ ކާކުގެ ބޯޓެއް ތަ؟ އެމީހެއްގެ ނަން ނުބުނެވިގެން އުޅެނީ ކީއްވެބާ؟
އެމްސް
02 January 2023
ބޮންދު ވާނީ ބޮޑު މުސާރައަށް އެހެން ރަށަކަށް ގޮސް ކަމަށްވެސް ވެދާނެ، ނޫނީ ކޮންމެވެސް އޮންދެއްގެ ނަންމަތީ އަމިއްލަ ވިޔަފާރިއެއް ފަށައިގެންވެސް އުޅެދާނެ!
ޅަބީދު
02 January 2023
މިގައުމުގެ ގުލުހުންނަކީ ބޮޑު ޖޯކެއް
ދަތުރުކުރާމީހާ
02 January 2023
ހާދަ ސަޅި އަގުބޮޑު އައިނެއް އަޅާފަ އެ ހުރީ ކާކު. އަހަރެން އިޓަލީ ޑިއުޓީ ފްރީން އަގު އަހާލީމަ ބުނީ 1300 ޑޮލަރު ކަމަށް. ދިވެހިން ހާދަ މުއްސަންތިވެއްޖޭ ދޯ.
އިޓަލީ
03 January 2023
އިޓަލީ ޑިއުޓީ ފްރީއަށްވެސް ދޯ
ޢަބްދުﷲ ޖާބެ
03 January 2023
ޢެއީ ފޭކެއް.
ޙަހަ
03 January 2023
ދެން ހާދަ އިޓަލީ އޭ ދޯ
ށުގާބޯޓް
03 January 2023
"ތެޔޮ" ބޯޓު ގެންގުޅެންޏާ މުއްސަނދިވާނެތާ ދޯ!
ފޮނިފޮނިޓައްޕު ކުމާރު
02 January 2023
މުޅިން ސިފަބަދަލުކޮށްލާފާ ތިހުރީ. ދެން ކިހިނެއް މަގުމަތިން ހިނގާފާދާއިރު އަޅައިގަނެގެން ފެއްސުނަސް އެނގޭނީ؟
ހަހަ
03 January 2023
އަޅައިގަނެގެން ފެއްސޭ ވަރުވާކައް އަދި ނުވޭދޯ. އަދި ބުނަންތަ އެއީ ސިފަ ބަދަލުކުރުމެއްނޫން. ނޫސް ގައި ފުރަތަމަ ޖަހާފަ އިން ފޮޓޯ ނެގި ތާރީހު ތިބާއައް އިންގޭތޯ؟؟
ރައްޔިތުކަލޯ
02 January 2023
ނަސީބެއްނު މިއީ ބޮޑު، އާބާދީ ގިނަ ގައުމެއް ނޫންކަން. އެހެން ނޫންނަމަ ކަންތަކެއް ހުރީސް!
އެމްސް
02 January 2023
ގައިމު މިޤައުމުގެ އާބާދީ މަދުކަމުން ބުރޯމެން އެއުޅެނީ! ބިދޭސީން އަދިވެސް އެވަރަަށް އެއެތެރެކުރަނީ އެހެންވެ ނޫންތޯ!
އަލީހަމީދު
02 January 2023
ތީ ގެއްލިގެން އުޅޭ މީހެއްނޫނެއްނު، ފިލައިގެންއުޅޭ މީހެއް.
މިއަދުގެ ނަސޭހަތް
02 January 2023
ޚަބަރު ނުކިޔާ ކޮމެންޓު ކުރީމާ ގިނަ ފަހަރަށް ބޭޒާރުވުންނޫންކަމެއް ނުވޭ.
ވާނުވާން
02 January 2023
ވާނުވާ އެބަ އިނގޭތަ؟ ދެން ހުރި މީހާ ފުލުސް އޮފީހުގަ ހުރިތޯ ބަލާބަލަ ނޫހުން.
އެމްސް
02 January 2023
ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދާންވެސް ޕާސްޕޯޓް ބޭނުންކުރަން ޖެހެނީބާ؟
އަފްލީ
02 January 2023
އެމީހުން ގެއްލިގެން ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ޖަހާފައިވާ ހަބަރު ފެނުމުންވެސް ސުވާލު އުފެދޭ އެތައް ކަމެއް ހުރި..