ރޯވި ކެފޭގެ ވަށައިގެން ހުރި ގެތަކުން މިހާރު ހުސްކުރި. ދުމުގެ އަސަރުކޮށްގެން ބައެއް މީހުން އަނބުރައިގަނެގެން ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައި
އިވްނިންގް ކެފޭގައި ރޯވި އަލިފާން ނިއްވަން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
11 ޖެނުއަރީ 2023 - 18:36
ރޯވި ކެފޭ ހުންނަ ސަރަހައްދުގައި ހަނި ގޯޅިތަކާއި ގިނަ ގެތައް ހުންނައިރު، އަލިފާނުގެ ހާދިސާއާ އެކު ގިނަ ބަޔަކަށް ވަނީ އެކަމުގެ އަސަރުކޮށްފައި. އަލިފާން ކޮންޓްރޯލް ވިޔަސް ގެތަކަށް އަދި މީހުންނެއް ނުވަދޭ. ދުމުގެ ވަހާއި ދުމުގެ އަސަރު މުޅި ސަރަހައްދުގައި އެބަހުރި.
އިވްނިންގް ކެފޭގައި އަލިފާން ރޯވެ ދުމުގެ އަސަރުކުރި މީހަކު އުފުލައިލައިގެން ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
މިހާރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައި. އެކަމަކު ދުމުގެ އަސަރު އަދި ކޮންމެވެސް ވަރަކަށް އެބަހުރި.
ގުލޭނޫރަންމާގެއާ ދިމާލުން އަދިވެސް އަލިފާން އެބަ ފެނޭ. ބެލެވޭ ގޮތުގައި އެ ދިމާލުން އަދިވެސް އަލިފާން ގަނޑު ދަނީ ފެތުރެމުން
އަލިފާނުގެ ހާދިސާ ހިނގި ހިސާބުގައި ހުރި ގެތަކުން މީހުން ނެރުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަނީ
ކެފޭގެ ފުރަގަހުން، އިރާކު މަގުގައި ހުރި ބައެއް ގޭގެޔަށް ވެސް އަލިފާނުގެ އަަސަރުކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ ބައެއް މީހުން ބުނޭ. މިވަގުތު ބޭރަށް އަލިފާން ފެންނަން ނެތަސް އަދި އަލިފާން ކޮންޓްރޯލްވި ކަމެއް ޔަގީނެއް ނޫން
އަލިފާން ރޯވި ތަނުން ބޯކޮށް ދުން އަަރަމުން ދާއިރު ކައިރި ގެތަކުން ނެރުނު ބައެއް މީހުންނަށް ދުމުގެ އަސަރުކޮށް ބައެއް މީހުން އަނބުރައިގަނެގެން ވަނީ ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފައި
އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައި. އެކަމަކު އަދިވެސް ދަނީ ދުން އަރަމުން.
އިވްނިންގް ކެފޭގައި ރޯވި އަލިފާން ނިއްވަން މަސައްކަތްކުރަނީ
— Mihaaru (@Mihaarunews) January 11, 2023
ތަފްސީލް: https://t.co/w96pbTzhZB pic.twitter.com/q8kQuls3tP
މި އަލިފާނުގެ ހާދިސާ ހިނގާފައި މި ވަނީ މި ދުވަސްވަރު އަލިފާނުގެ ހާދިސާތައް ގިނަވެ، އެ މައްސަލައިގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައި ވަނިކޮށް
އިވްނިން ކެފޭގައި ރޯވެފައިވާ އަލިފާން ނިއްވަން ސިފައިންނާއި އާންމުން މަސައްކަތްކުރަނީ
އަލިފާން ކޮންޓްރޯލް ނުވެ ފެތުރެމުން ދާއިރު އެތަނުގެ ތެެރެއިން އެއްޗެހި ގޮވާ އަޑު ވެސް އިވޭ.
އަލިފާން ރޯވި ކެފޭ ހުންނަނީ ގިނަ އަދަދަކަށް މީހުން އުޅޭ ހިސާބެއްގައި.
އިވްނިން ކެފޭގެ ފުރަގަހުގައި އޮންނަ އިރާކު މަގާއި ކެފޭގެ ވަށައިގެން ހުރި ގެތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި.
ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ޓީމުން ގެންދަނީ ހަރުގަނޑު ބަހައްޓައިގެން ފުރާޅަށް އަރައި ފެން ޖަހަން މަސައްކަތްކުރަމުން
އަލިފާން ރޯވެފައި ހުރީ ދެ ވަނަ ބުރީގައި. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބޮޑުވަމުން ދާއިރު ކައިރި ގެތަކުން މިހާރު ގެންދަނީ މީހުން ހުސްކުރަމުން.
އޯކިޑް މަގުގައި ހިންގާ އީވިން ކެފޭގެ ބަދިގޭގައި ދެންމެ އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ކެފޭގައި ރޯވެގެން ހަވީރު 6:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަލިފާންގަނޑު ނިއްވާލުމުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އީވްނިން ކެފޭއަކީ އިންޑިއާ ބަޔަކު ހިންގާ ތަނެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
12 January 2023
މާލޭ ބައިބޯވެ، ހަނި ގޯޅިތަކާއި، ކުދި ތަންތަން ކޮޅު ގިނަވުމީ ދިރިއުޅުމުގެ ރައްކާތެރިކަމަށް އޮތް ބޮޑު ހުރަހެއް! މުޅި މާލޭގެ ލޭންޑްސްކޭޕަށް ބަދަލު ގެނެސް ރީސްޓްރަކްޗަރ ނުކޮށެއް މާލެ އަމާންތަނަކަށް ނުހެދޭނެ! ސުވާލަކީ އެފަދަ ކަމެއް ކުރުން ކޮސްޓް އެފެކްޓިވް ވާނެހޭ!
1321.0
12 January 2023
މީހުން ހިސާބަކަށްވުރެ ތޮއްޖެހުނީމަ ވާނެގޮތް
ައާބެ
11 January 2023
ސާބަހޭ ދިވެހި ސިފައިން
ބާއްވާލާށޭ
11 January 2023
ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެތަނަށް އަންނަ މަހުން ފެށިގެން ބަދަލު ކުރަން ޖެހޭ ތަންތަނަކީ އެއީ 1. ހުރިހާ ހޮޓާ ތަކާއި ކެފޭ ތަކާއި ރެސްޓޯރެންޓްސް ތައް 2. ހުރިހާ ހާރޑްވެއަރ ފިހާރަތައް 3. ހުރިހާ ގުދަން ތަކާއި ވޯރކްޝޮޕްސް ތައް 4. ސަރުކާރުން ކުއްޔަށް ހިފާފައި ހުރި ހުރިހާ ތަންތަން 5. ސަރުކާރުގެ ހުރިހާ އޮފީސް ތަކާއި މިނިސްޓްރީ ތައް 6. ރިސޯރޓްސް ތަކުގެ މާލެ އޮފީސް މިތަންތަން ބަދަލު ކުރަން ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކަން ފަށަންވީ ރާއްޖެތެެރެ
ތަނޑި
11 January 2023
ރޯކުރަނީތޯ ނޫނީ ރޯ ވަނީތޯ ބަލަން ގެނައި މީހުންގެ ބަހެއް ދެން ބޭނުމީ
އެމްސް
12 January 2023
ހުޅުމާލޭ ހިއްކަންފެށިތާ 30 އަހަރާއި ގާތްވަނީ! އެކަމަކު ފުރަތަމަ ހިއްކުނު ބައިވެސް ޕްލޭންކޮށެއް އަދިވެސް ނުނިމޭ! އަނެއްކާ އަނެއްކަނޑު ހިއްކަން ފަށަންވީ؟ ނޫން، މިޤައުމުގަ އާބާދީއާއި އެއްވަރަށް މިޤައުމުގަތިބި ބިދޭސީން ބޭރުކުރަންވީ! ގިނަ ހޮޓާތަކާއި ކެފޭތަކަކީ މިއަދު ކޮންމެވެސް ދިވެއްސެއްގެ ނަމުގަ ހިންގާ ބިދޭސީންގެ އަމިއްލަ ވިޔަފާރިތައް! ފަހާ/ބޯކޮށާ ތަންތަނަކީވެސް އެމީހުންގެ ކަންކަން! ބޯކޮށަން/ފަހަން ދަސްކޮށްދޭ ކޯސް އެމްއެންޔޫއިން ނުހިންގަނީ ކީއްވެބާ؟
ޙިނި
11 January 2023
މާލޭގައިން އަލިފާން ގެންގުޅުން މަނާކުރަންވީ އެއްނުން.
އެމްސް
12 January 2023
މުޅި ޤައުމު ތިމާވެއްޓަކަށް ހަދާ، ކަރަންޓާއި ސޯލާއަށް އެކަނި ދިޔައިމަ ހަމަ ގައިމުވެސް އަލިފާނަކުން ރޯވުމުގެ ފުރުސަތެއް ނޯންނާނެ! ދެން ރޯވަންޏާ ރޯވާނީ ކަރަންޓް ޝޯޓުންނާއި އެއްޗެތި އެއްޗެތި ގޮވައިގެން!
ދިސްވޭއިން
11 January 2023
ސަރުކާރުން އެބަޖެހޭ ހަގީގަތް ވިސްނަން އެ ހަގީގަތަކީ ރާއްޖެތެރެ ތަރައްގީ ނުވާނެ ކަމަށޭ ރާއްޖެތެރެއަށް ދައުލަތަށް ލިބޭ ހުރިހާ ފައިސާ އެއް ޑަމްޕް ކުރުމުގެ ބަދަލުގައި އެފައިސާ ޚަރަދު ކުރަންވީ މާލެ ސަރަަހައްދަށޭ އެގޮތުން މާލެ ސަރަހައްދުގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން އެފަޅުން ދޭން ފަށަންވީ މަހަކު 1 ހެކްޓަރުގެ 30 ހާސް ގޯތި ގޯއްޗެއް ވިއްކާނީ 1 މިލިއަން ޑޮަލަރަށް އެއް ފަހަރާ ފައިސާ ނުދެއްކޭ މީހުން 100 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް
އެމްސް
12 January 2023
1 މިލިޔަން ޑޮލަރު މާ ކުޑަ! 100 މިލިޔަން ޑޮލަރަށް އަގު ކަނޑައަޅާ، ދަރިންގެ ދަރިން ދަރުވާލީމަ ދައުލަތަށް ފައިސާ ވަންނާނެ މަގެއް ދިގު މުއްދަތަކަށް ކޮށުނީ!
48343
11 January 2023
ކޮންޓްރޯލްވިކަން ނަސީބެއްތާ. ފަހުގެ ތާރީޚެއްގާ ނެތް ކޮންޓުރޯލުވި އަލިފާނެއް ބަދިގެތެރޭގާ ގެންގުޅޭ އަލިފާންނޫނީ.
ފަސްތޫނު
11 January 2023
މި ގައުމުގަ ކެފޭ އެއް ހިނގިޔަސ ހޮޓަލެއް ރެސޓޯރެންޓެއް ދުފާ ގާޑިޔަލެއް ހިންގިޔަސް ހުސް ބިދޭސީން އަޖައިބެއް ފަހެ ނުވާނެތަ ޓެކްސްއެއް ެކައްޗެއްވެސް ދައްކާކަށް ނުޖެހޭ މި ނޫނިއްޔާ އެ ގައުމުގެ ރައްޔިތުންނަށް އެއްވެސް ރަހުމެއް ނެތް ގައުމެއް ނެތް ދުނިޔޭގަ
އެމްސް
12 January 2023
ދިވެހިން އެންމެ ގޯހީވެސް ދިވެހިންނަަށް! ދިވެހިން ހިންގާ ވިޔަފާރިތަކުގަވެސް ގިނަވާނީ ބިދޭސި މުވައްޒަފުން، އެކަމަކު އެތަންތަނުންވެސް ވިޔަފާރިކުރަނީ ދިވެހިން އެކަނި! ބިދޭސީންގެ އަތްމަތި ތަނަވަސްވެގެން އެއްވެސް ޢާއްމުވިޔަފާރިއެއް ކުރިއަރާފަނެބާ؟ ދިވެހިންގެ އަތްމަތި ދަތިވިވަރަކަށް ޢާއްމު ޙާލަތުވެސް ދަށްވެ ހުރިހާ ވިޔަފާރިތައްވެސް ދާނީ ހީނަރުވަމުން!
ގެދާނޯމޮސް
11 January 2023
ކޮންމެ ރިޔާސީ އިންތިޚާބެއްކައިރި ވާއިރަށް ރިޔާސީ ކެންޑިޑޭޓަކު ހިތުގެ އުދާސްތަކާ އަލިފާނާ މާރާމާރީ އާ ގުޅުން އޮންނަ ކަންނުވިސްނެނީ ހަމައެކަނި މައިމީހާ ގާތު ކިރުބޯން އޮންނަ ދަރިއަށް އެކަންޏެވެ.
އެމްސް
12 January 2023
ކޮންމެ 5 އަހަރަކުން 1 ފަހަރު ރަޢިއްޔަތުންގެ މަތީން ހަނދާން އާވާނެ! ހޫނު މަރުޙަބާތައް އަލިފާނަށް! ހުރިހާ ގެއްލުމެއް ޢާއްމު/ނިކަމެތި ރަޢިއްޔަތުންނަށް!
ކައުނީ
11 January 2023
ކެފޭ ތަކާ ރެސްޓައުރަންޓުތައްވެސް މީހުން ނޫޅޭ ހިސާބުތަކަށް ނޫނީ ތިލަފުއްޓަށް ބަދަލުކުރަން ޖެހޭ!
އެމްސް
12 January 2023
ގޭގޭގަ ނޫނީ ކެއްކުން މަނާކުރަމާ! އޭރުންވެސް އެތަކެއް ބިދޭސީންނެއް މިޤައުމުން މަދުކުރެވުނީ! ޑޮލަރުގެ ރިޒާވް ބޮޑުވީ! ދިވެހިންގެ ވަޒީފާ އިތުރުވީ!