މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ: ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނަޝީދަށް ރައްދު ދެއްވާފައި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
20 ޖެނުއަރީ 2023 - 22:36
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސްގެ ކެމްޕެއިން ނިންމުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީ ހިމާޔަތް ކުރުމަށްޓަކައި ދުވަހަކު ވެސް ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކުރި އަނިޔާގެ ފަހަތުގައި ތިއްބެވި ސިޔާސީ ބޭފުންނާއެކު އެމަނިކުފާނު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ޔާމީނާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ މީހުންނާ އެކު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ. ރައީސް ޔާމީން އޯކޭއެއް ނޫން. އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ،" ޔާމީނަށް ތާއީދު ކުރައްވާ ނަޝީދު ވާހަކަފުޅު ދެއްކެވުމުން އޭގެ ރައްދުގައި ރައީސް މިރޭ ވިދާޅުވި އެވެ.
އެންމެ ގިނަ ތަފާތު މަޝްރޫއުތައް ފަސް އަހަރުގެ ތެރޭގައި ހިންގީ މި ސަރުކާރުން ކަމަށާއި އެހެންވެ، އެ މަޝްރޫއު ކުރިއަށް ގެންދާނީތޯ ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެގެން އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތަކަށް ނިކުންނާނީތޯ އެމްޑީޕީގެ މެމްބަރުން ނިންމަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ރައީސް ވިދާޅުވީ ރާއްޖެއަށް ގެނައި ހުރިހާ ތަރައްގީ އާއި ހެޔޮ ބަދަލުތަކަކީ އެމްޑީޕީގެ މެމްބަރުން މަސައްކަތުން ގެނައި ބަދަލުތައް ކަމަށެވެ. އަދި މިފަހަރުގެ ޕްރައިމަރީއަކީ އެ ބަދަލުތައް ދަމަހައްޓަން އެމްޑީޕީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދަން ލިބޭ ފުރަތަމަ ފުރުސަތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ތި ބޭފުޅުން އަޅުގަނޑާ އެކު މި ފުރުސަތުގެ ބޭނުން ހިއްޕަވާ. އަޅުގަނޑު މިހިރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާ އެކު އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް. މިތަނުން މި އޮތީ އެކަން ނިންމާފައި. ނިމިއްޖެ، ނިމިއްޖެ،" ރައީސް ވިދާޅުވި އެވެ.
ވެރިކަމުގެ ދައުރެއްގެ ތެރޭގައި މާލޭގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ މަސައްކަތް ނިންމައި، އެ ފްލެޓްތައް ހަވާލު ކުރާނެ ފުރަތަމަ ސަރުކާރަކީ މި ސަރުކާރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެތައް އެއާޕޯޓެއްގެ މަސައްކަތް ނިމިފައި ވާއިރު އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް މި ސަރުކާރުން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދޭ
21 January 2023
ޔާމީނުވެސް ބުނަން އޮންނާނީ އިބޫއާއެކީ ސިޔާސީ މަސައްކަތެއް ނުކުރާނަމޭ. އާ ވާހަކައަކަށްނުވާނެ.
ކްލޯ
21 January 2023
އަންނިއަށް ހުރިހާ ޝުކުރެއް ހައްގުވަނީ އިބޫ ސޯލިހު ޕަބަލިކްގަ ވާހަކަ ދައްކަން ދަސްކޮށްދިނީތީ. ދިވެހި ހަރުބަހުގައި އޮންނަ 'ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ' އޭ ބުނާ ވާހަކައިގެ މިސާލެއް މިފަހަރު ފެނިއްޖެ.
ބޮޑުމީހާ
21 January 2023
މިވެރިކަން ގެނައީ 20000 ފްލެޓް އަޅަން، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން، ކޮރަޕްޝަން ނައްތާލަން، މަތި ކުޑަ ސަރުކާރެއް އުފައްދަން، ދައުލަތުގެ ދަރަނި ކުޑަކުރަން، ޑޮލަރު ތިޔާގިކުރަން، ރަށްރަށާއި މާލެއިން ގޯތި ދޭން، މިއިން އެއްވެސް ކަމެއް ނުވޭ....އެވަރުންވެސް ދިވެހިން މިތިބެނީ ގޮސް ވަރަށް ރަގަޅޭ ރަގަޅޭ ކިޔާލަ ކިޔާލާ...
ޖުހާ.
22 January 2023
ކޮބާތަ އަފުރާސީމުގެ ގާތިލުން. ގައިމު ބުނި ވެރިކަން ލިބޭތާ 24 ގަޑިއިރުތެރޭ ޑރ. އަފްރާސީމުގެ ގާތިލުން ހޯދާނަމޭ. އަދިވެސް 24 ގަޑިއިރު ނުވަނީތޯއްޗެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގަ ސޯލާ ޕެނަލުން ކަރަންޓުދީގެން ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީކުރަންވެސް ބުނި. އަދިވެސް ސަތޭކަ ދުވަސް ހަމަނުވަނީތޯއްޗެ.
އަންނަނީ
21 January 2023
ރައީސް އިބޫ ރޭގައި ވެސް ވިދާޅުވީ އަންނަ އޮގަސްޓް މަހު ހުޅުމާލޭން ގޯތި ދޭނަމޭ އެގޮތަށް އަމީނީމަގު ތާރުވެސް އަންނަނީ އަންނަނީ އަންނަނީ ހުޅުމާލޭ ގޯތި ތައް ވެސް އަންނަނީ އަންނަނީ އަންނަނީ ގިރާވަރުން ގޯތި ދޭން ދެޔޯ ގިރާވަރު ކަނޑުތެރޭން އަރައިގެން އަންނަނީ އަންނަނީ އަންނަނީ....
ކަތުރުފަނި
21 January 2023
ތިވިދާޅުވަނީ ފެބަރުއަރީ 7 ގައި ވެރިކަން ވައްޓާލި މީހުން ފަހަތަށްލައިގެން ކޯލިސަން ހަދައިގެން ގާސިމްއާ ތަސްމީނުއާ އިމްރާންއާ މައުމޫނުއާ ނާޒިމް ރިޔާޒްމެން ފަހަތަށްލައިގެން ތިބެ އެމީހުންނަކީ ޑިމޮކްރަސީ އައްޕައިންތޯއެވެ.
ޒިމްލީ
21 January 2023
ވެރިކަމާއި ހެދި ފެންބޮވާފަ ހުރިވަރު ފެނިގެންދަނީ..ރައްޔިތުން ތާއީދުބޮޑު މީހުން އުފުރާލަމުން އެދަނީ ބާރުއޮތީމަ..ހުރިހާ މުއައްސަސާއެއް މުށުތެރޭގައި..
އެމްސް
21 January 2023
30 އަހަރުގެ ތަޖުރިބާ!
ކަޅުސައި
21 January 2023
އެމްޑީޕީއާ އެއްކޮށް މަސައްކަތް ކުރާކަށް ޔާމީން ނޫޅޭ
ށަވިޔަނި
21 January 2023
ޔާމީނަކީ ބަރުދަން ހުރިމީހެއް. އެހެންވީމަ ތިހެން ބުނުން ރަނގަޅެެއް ނޫން.
ޙެޑްމާސްޓެރ ބަބުރު
21 January 2023
މުސްކުޅިން ބުނެ އުޅެތެވެ. ވެރިކަން ކުރުމުގެ ރަހަ ބަލައިފި މީހާ އެވެރިކަން މުޅި އުމުރަށް ދަމަހައްޓަން ކުރެވުނު ކޮންމެކެށް ކުރާނެއެވެ. ނަމަވެސް އެކަމުގެ ބާރާއި، އަރާމާއި އިޒަތް ކިތަންމެ މަތިވިޔަސް އެ ގޮނޑީގައި އިންނަ ކޮންމެ ދުވަހަކީ ކޮންމެ ދިވެހި ދަރިއެއްގެ ހައްޤު ހޯދައި ދޭންޖެހޭ ބޮޑު ދަރަންޔެށް ކަމެށް އިހުސާސްވެސް ނުކުރެވޭނެ. ޢަދި ބޭނުން ވާނެ ތިމާ އަމިއްލަ އެއްޗަކަށް ވާން.
އަހުސަ
21 January 2023
ރައީސް ވިދާޅުވީ ރާއްޖެއަށް ގެނައި ހުރިހާ ތަރައްގީ އާއި ހެޔޮ ބަދަލުތަކަކީ އެމްޑީޕީގެ މެމްބަރުން މަސައްކަތުން ގެނައި ބަދަލުތައް ކަމަށެވެ// ދެން މިރާއްޖެގަ އެހެން ބަޔެއް ނެތީތަ؟
އެމްސް
21 January 2023
ޑިވައިޑް އެންޑް ރޫލް އަކީ އެންމެ ޚުދުމުޚުތާރުގޮތް!