ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު މާޅޮހަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ މީހުންނާ ސަލާން ކުރައްވަނީ.
24 ޖެނުއަރީ 2023 - 14:16
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރުމަށް އިދިކޮޅު، ޕީޕީއެމުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރައްވައިފި އެވެ.
އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހުގައި އެމްޑީޕީ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އެމްޑީޕީގެ ޕްރައިމަރީއަކަށް އެހެން ޕާޓީތަކުން އޭގެ ތެރެއަށް ވަދެގަނެގެން އުޅޭ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެކަމާ ދޭތެރޭ އެމްޑީޕީގެ މެމްބަރުން ވިސްނަންޖެހޭނެ ކަމަށާއި އިދިކޮޅުން ކުރަމުންގެންދާ ކަންތައްތަކަކީ އެމްޑީޕީ އަށް ވެރިކަމުގައި އޮވެވެން އޮތުމުން އެކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށެވެ.
"ބައެއް ރަށްރަށުން އެ މަންޒަރު މިހާރު ފެންނަމުންދޭ. ތިބޭފުޅުން ވިސްނަވަން ވާނެ މަގްސަދަކީ ކޮބައިތޯ، އެ ބޭފުޅުން ކުރައްވަނީ ކޮން ކަމެއް ކަން ސާފުކޮށް. އެމްޑީޕީ އަށް ވެރިކަމުގައި ދެމިތިބެ އޮތްކަން އެނގޭތީ އެކަމަށް ހުރަސް އަޅަން އޮތް ކަންތައްތައް އެބޭފުޅުން އެ ކުރައްވަނީ،" ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް، އެ ބޭފުޅުންނަށް ވާދަ ކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނުކުމެ އެ ތިބީ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާޅޮހުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.
އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަަމަށާއި އެ ޕާޓީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް އަބަދުވެސް ވާދަވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، މި ފަހަރުގެ ޕްރައިމރީއަކީ ވެސް ވާދަވެރި ނަމުނާ ޕްރައިމަރީއެއް ކަމަށް ވިދާޅުވި އެވެ.
"ނަމޫނާ ދައްކަމުން މި ގެންދަނީ، މި ޕްރައިމަރީ ވެސް ވެގެން ދާނީ ރާއްޖެ އަށް ނަމޫނާއަކަށް، ދެން ހުރި ސިޔާސީ ޕާޓީތަކަށް، އެ ފަރާތްތަކުން ބޭނުންވާ ގޮތަށް އަނބުރާލުމަށްޓަކައި ކުރާ މަސައްކަތެއް މިއީ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާޅޮހަށް މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔަނީ.
އެގޮތުން މި ވެރިކަމަށް އައި އިރުގައި އެއީ ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމަކަށް ވިޔަސް 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ފަހުގައި އެއްވެސް ކަހަލަ ހުރަހެއް ނެތި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދޫކޮށްލި ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ، ތިމާ ފާޅުކުރާ ހިޔާލެއް ނުވަތަ އުފުލާ އަޑަކީ ނަތީޖާއަކަށް ވެގެން ނުވާނެ، ޖެހިގެން ހުންނަ މީހާގެ ކަންފަތުގެ ތޫރި ފޫއަޅުވާލާ އެއްޗަކަށް، އެ ހިސާބަށް ދިޔައީމާ ދެން ޖެހޭނީ އެއާ ދޭތެރޭގައި ވެރިކަމުގައި ތިބި ބަޔަކު ވިސްނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނޭބުނަން
25 January 2023
ތޫރި ފޫއަޅުވާލާ ހިސާބަށް ދިއައިމަ ވިސްނެންވީ ކަމަކީ ތިމާގެ ކަންފަތުގެ ތޫރި ތި ދާއިރާގަ އުޅޭ ވަރަށްވުރެ މާ ނާޒުކުކަން. އެފަދަ ބޮޑެތި ކަންކަމުގެ ވާހަކަ އަޑުއަހާހާ ހިތްވަރެއް ތި ކަންފަތުގަ ނެތްކަން. އެފަދަ ކަންކަމާ ތިމާ ދުރަށް ދާންވީކަން.
ކައްބޯ
25 January 2023
މިމީހާގެ ބަހުރުވަ ހާދަ އެހެން ގޮތަކަށޭ އެހުންނަނީ މިހާރު. އެއީ އަސްލު ސޫރަތަ؟
އާނއެ
25 January 2023
އެހެންތާ އެވަނީ. އެއޮތީ ބަޔަކަށް ބިރުދައްކާލާފަ އޮތްލެއް ރީތިކަން. ކާކު ހީކުރީ އެކަހަލަ މީހެކޭ؟
ފަނިއަޅުވާބޭ
25 January 2023
އެމްޑީޕީ ހޮވާނެ މީހެއް އެނގޭނީ އެމްޑީޕީއަށް. މަގޭ ރިޔާސީ ބޯޓެއް "ފަނިއަޅުވާބެ" އަކަށެއް ހަމަހިލާ ނުދޭނަން. ޕީޕީއެމްގަ ފަނިއަޅުވާ ޚަރާބުކޮށްފައި އެޚަރާބުގެ މީހުނަށް އިބޫ ސޯލިހު އަދަބުނުދިނީވެ ކަމަށްބުނެ އެމްޑީޕީގެ ވެރިކަމުގައި ފަނިއަޅުވާފައި އެގޮވަނީ "ފަނިއެޅި ސަރުކާރޭ. އަނެއްކާ ރައްޔިތުން ވީ އަމިއްލައަށް ދެވަނަފަހަރަށް ފަނިވާނެ ފުރުސަތެއް އެބެއަށް ދޭންބާ؟
ކޮމެންޓްކުރާމީހާ
24 January 2023
ކަޑުބަޑުކުރުމުގެ ބާރު އޮތީވެސް އިބޫ ފެކްޝަނުގެ އަތްމަތީ ކަމަށް ގަބޫލުކުރެވޭ... ސަބަބަކީ ޕްރައިމަރީ ކަންކަމަށް ނެގި ކޮމެޓީއަކީ އިބޫ ފެކްޝަނުގެ 5 މީހުން... އަދި ފާހަކަކޮށްލަންޖެހެނީ ނަޝީދު ފެކްޝަނުގެ އެކަކުވެސް އެ ކޮމެޓީގައި ހިމަނައި ނުދިން... ވެރިކަމަށްޓަކައި މީހާ އެހައި ދަށުދަރަޖައަށް ވެއްޓުނީމާ ތިމާ މީހާގެ އަސްލު ކުލަވަރު ފެންނަމުން އެދަނީ
އެމްސް
24 January 2023
ނަމުން ސޯލިޙު، ކަމުން އެހެން ލިޙެއް، ދޯ؟
އަމުދަކުން
25 January 2023
މިތަނަށް ރައީސްގެ އިތުރުން ނަމެއް އަންނާކަށްވެސް ނުޖެހޭ. އަމުދުން ދުވަހަކު ކަމެއް ކާމިޔާބުކޮށް ނުހިންގުނު ތަނުގައި ޕާޓީ ނެރެދިނީމާވެސް ރައްޔިތުން ނޫނެކޭ ބުނެ އެފުރުސަތު ވެސް ޕާޓީއަށް ނަގާލި ފެއިލިއަރެއްގެ ނަން، ދޮގެއްތޯ އެމްސް؟
ނަސީބާ
24 January 2023
ޕީޕީއެމުން ގަޑުބަޑު ކުރާ ވާހަކަ އެބުނަނީ ކަރެޕްޝަނަށް މައްސަލަ ހުށަހެޅި ވާހަކައެވެ. އެކަމަކު ޕީޕީއެމް ވެސް އެދައްކަނީ ރަގަޅު ވާހަކައެވެ. މި ޕްރައިމަރީ ރައީސް ސޯލިހަށް ކާމިޔާބު ނުވާނެކަށް ޔަގީންވީމާ ކުއްލިއަކަށް ވޯޓަށް ނުފޫޒް ފޯރުވުމަށްޓަކައި އައްޑޫ ގޯތި ދޫކުރުމާއި، ހޮސްޕިޓަލް ބިންގާ އެޅުމާއި ބިން ހިއްކުމާއި ވަޒީފާތަށް ކުއްލިއަކަށް އިއުލާން ކުރުމާއި މުވައްޒިފުންނަށް މަޖުބޫރުކޮއްގެން ކެމްޕޭން ކުރުން ފަދަކަންކަށް ހިންގާތީ އެކަންކަން ހުށައެޅީއެވެ.
އެމްސް
24 January 2023
ނާޝިޒް ބުނީ ނަޝީދަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުން އުޅެނީ ގަނޑުބަޑު އުފައްދަންށޭ، ރައީސް ތިބުނަނީ އެކަން ކުރަން އުޅެނީ ޕީޕީއެމް އިންނޭ! މިވީގޮތުން، ރައީސްގެ އެޑްވައިޒަރަކީ މައުމޫނު ކަމެއް، ޢިމްރާން ކަމެއް، ޤާސިމް ކަމެއް، ނާޝިޒް ކަމެއްވެސް އޮޅުމެއް ނުފިލި! ކޯލިޝަނެއް ވީމަ ވާނޭ ގޮތް މިފެންނަނީ! އިނގިރޭސި މިސާލު ބަހެއްގަ، "ޓޫ މެނީ ކުކްސް ވިލް ސްޕޮއިލް ދަ ބްރޮތޭ" އޮން ބަހާއި އެއްގޮތަށް ރައީސް އުޅެން ވީމަ، ވާނޭ ހުރިހާގޮތެއް ތިހިރަގެން ވަމުން ދަނީ!
ވިކުރާމު
24 January 2023
މަނިކުފާނު ހޮވުނީމާ ވެރިކަން ކުރާނީ ގާސިމު އާއި އިމުރާން
މޫންޓާބޭ
24 January 2023
ގަޑުބަޑުކުރުމާ، ރިޝްވަތާ، އޮޅުވާލުމާ، އާޑަފުރައްސާރަކުރުމާ މިހިރަ ކަންކަމަކީ ޜީނދޫ ޓީމުން ނިކަން ރަނގަޅަށް ދަސްކޮށްދިންކަންކަން....މިއަދު ދެރަނުވޭ. އަޅުގަޑު ދެރަވަނީ މިއަދު ދިވެހިން ދަރަނިވެރިވެ އިންޑިޔާގެ އަޅުންނަށްވީތީ.
ރާޅުގަނޑު
24 January 2023
"މަސް ނުބޭނުނީމާ ކަނޑު ނުބައި" ނުކުރޭ! ހަމަ އެކަނި ފަހަތު ލައިގެން އުޅޭ މީހުން ބައްލަވާ! 1-ޤާނޫނާ ޚިލާފަށް ވޯޓްކަރުދާސްތައް ނައްތާލި މީހަކާ. 2-މަސައްކަތް ކުރުވާފައި އެތަށް ފައިސާއެއް ދޭން އޮތް އެމްޑީއަކާ. 3-ދައުލަތަށް މިލިއަންތަކަކުން ދަރާ އޮތް މީހަކާ. 4-އިންސާނީ ވަގުފާރިއަށް ބޮޑުތަނުން ތުހުމަތުކުރެވޭ މީހަކާ. 5-"ޑޮލަރު މާރު ކުރި" ބޮޑު ތުހުމަތެއް ކުރެވޭ މީހަކާ. 6-އަންނައުނު ނުލާ ދެޖިންސުގެ ބަޔަކާ އެކުއޮއްވާ ފޮޓޯއެއް ލީކުވެފައި ވާ މީހަކާ. 7-ޕާޓީއަށް މަރު ދިން މީހުން އެއްފަރާތްކޮށް، ޑީއާރުޕީ ފުނޑާލާފައި އައިސް، އެމްޑީޕީގެ މަތީފަޑިއަށް އެރުވި ބަޔަކު ނަގާކިޔަން އަދިވެސް ފަހަތަށް ލައްވައިގެން އުޅުއްވާށެވެ! ގަބޫލުކުރިޔަސް އަދި ނުކުރިޔަސް، ފައިސާ އާއި އަމިއްލަ ފައިދާއަށް އުޅޭ މަދު ބައަކު ފިޔަވާ އެމްޑީޕީގައި ބޮޑުތަނުން ގިނަވާނީ ކެންޑިޑޭޓް 1 އަށް ވޯޓް ދޭނެ މީހުންނެވެ! 1 ނަންބަރު ކެންޑިޑޭޓްގެ ޓީމުގައި މީގެ އެކަކުވެސް ނެތެއްނުން!
ވިސްނަގަ
24 January 2023
ދޮރުން ދޮރަށް ހިނގުމުގެ އާދަ އެބަޖެހޭ ހުއްޓުވަން... ވަރިހަމަ ކޮންމެ މީހަކު ކުރި ކަމުގަވިޔަސް... މިހުންނަނީ އަބަދަކު ކުރެވޭނެ ކަންކަމެތް ނޫން.. ތަހުޒީބު މުޖުތަމައުތަކުގަވެސް... ކުރަން ބޭނުންވިޔަސް ނުވެފަ އޮންނަ ކަމެތް މީ... މާދަން އަނެއްކާ ޔާމީނުވެސް ދުވަންވީ ރާއްޖޭގެ ހުރިހާ ރަށަކަށް، ހުރިހާ ގެއަކައް؟؟ އެވަރު ނުކުރިޔަސް، ރައްޔިތު މީހާއް އެބަ އިނގެންޖެހޭ ގޮތް ނިންމަން..