މާލެ މީހުންނަށް ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ ބިން ސާފުކުރަނީ؛ އެ ބިން ސާފު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
26 ޖެނުއަރީ 2023 - 13:36
މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ ބިން ލިބޭ މީހުންނަށް އަންނަ މާޗް މަހު ބިން ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މާލެ މީހުންނަށް ހުޅުމާލެ އިން ދޫކުރަނީ 1،000 ގޯއްޗެވެ. އެ ގޯތިތަކުން އެންމެ ކުޑަ ގޯތީގައި 1،250 އަކަފޫޓު ހުންނާނެ އެވެ. އެ ގޯތިތަކުގެ ބިން ސާފު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، މާލެ ރައްޔިތުންނަށް ބިން ދޫކުރުމަށް އެޗްޑީސީން 1.2 މިލިއަންގެ އަކަފޫޓެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.
"މި ބިންތައް ބެހިގެން ގޮސްފައި ވަނީ 62 ސަރަހައްދަކަށް. ހުޅުމާލޭގައި ވަރަށް ގިނަ ޑިވެލޮޕްމެންޓުތައް ހިންގާ އިރު ބައެއް ކަހަލަ ސްޓޯރޭޖު ބޭނުމަށް ބިންތައް އެބަހުރި،" އާރިފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޓާގެޓް ކުރަނީ އިވެލުއޭޝަން ޕްރޮސެސް ނިމެންވާއިރަށް، މާޗް މަހު ލިސްޓު އާންމު ކުރެވޭނެ ކަމަށް. ލިސްޓު އާންމު ކުރުމާއެކު ހަމަ ވަގުތުން ވަގުތަށް ބިމުގައި ކަޑަޖަހައި އެ ބިންތައް ހަވާލުކުރެވޭ ވަރަށް މި 60 ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރެވެމުން އެ ދަނީ."
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 1000 ބިމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
އޭނާ ވިދާޅުވީ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި މާޗް މަހު ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ވެސް ފައިނަލް ލިސްޓެއް އާންމު ކުރެވޭނެ ކަމަށެވެ.
"މިހާރު ކުރިއަށް އެ ދާ ސްޕީޑަށް ބަލާއިރު ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް މާޗް މަހު އަޅުގަނޑުމެންނަށް ދެ ސްކީމުން ވެސް ފައިނަލް ލިސްޓެއް އާންމު ކުރެވޭނެ ކަމަށް. އޭގެ ފަހުން އެ ލިސްޓު އާންމުކޮށް ޝަކުވާ ފޯމުތައް ވެސް ނިންމައިލެވޭނެ،"
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް؛ އެ ބިންތަކުގެ އިން ވަކިކޮށް ކަޑަ ޖަހާނެ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
އެގޮތުން މިއަދު ފެށި، ބިން ސާފު ކުރުމުގެ މަސައްކަތް ދެ ހަފްތާ ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން ކަނޑައެޅުމުގެ މަސައްކަތް މީގެ މަސްތަކެއްގެ ކުރިން ވަނީ ފެށިފައި. އެޗްޑީސީގެ ފަރާތުން މި ކުރާ މަސައްކަތަކީ މިހާރު ހުށަހެޅިފައިވާ ފޯމުތައް އިވެލުއޭޓްކޮށް ނިންމުމުގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ބިމުގައި، ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް އިން ޖަހައި، ކަޑަ ޖަހައި އެ ކަންކަން ކުރަންވާ ތައްޔާރީތައް ކުރުން. ދެ ހަފްތާއެއް ތެރޭގައި ސާފް ކުރުމުގެ މަސައްކަތް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާލެ ރައްޔިތުންނަށް ބިން ދިނުމަށް ދެން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެންނެވެ. އެ ސަރަހައްދުން ދޫކުރާ 2،000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ 26 ގަ އެވެ.
މާލެ ރައްޔިތުންނަށް ހުޅުމާލެއިން ދޭ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
އެ ފުރުސަތުގައި ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އޭގެ ތެރެއިން މާލެ އިން ހިލޭ ދޫކުރާ ބިންތަކަށް އެދި ފޯމުލީ 15،164 މީހެކެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތި، އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރުކުރެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
27 January 2023
އައްޑޫއިން 500 ގޯތި ހަމައެކަނި އައްޑޫމީހުންނަށް ލިބެންޏާ. މާލޭ ސަރަހައްދުން މާލޭމީހުންނަށް ގޯތި ނުލިބޭން ޖެހޭ ގޮތެއް އެބައޮތްތަ؟ ގާނޫނުގައި ހުރިހާރައްޔިތުން ހަމަހަމަވާނެ! އެހެންވީމާ ކިތަންމެ ރުޅިއަޔަސް މިފަހަރު މާލޭމީހުންނަށް ގޯތި ދޭނެ!
ތެދުބެއްޔާ
28 January 2023
މާލެއިން ގޯތި ދިނުން އޯކޭ. އެކަމަކު މާލެއާއި ވަކިން އޮތް ފަޅެއް ހިއްކާ އެތަނަށް ހުޅު'މާލެ'ގެ ނަމުން މައުމޫން ނަން ދިނުމަކީ އެ ރަށް މާލޭ ރައްޔިތުންގެ ތަރިކަ މުދަލަކަށްވާން ޖެހޭ ސަބަބެއްނޫން. އެރަށް ނުވަތަ އެ ފަސްގަނޑު ވާންވާނީ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ. އެފަސްގަނޑުން މާލޭ ރައްޔިތުންނަށް އިސްކަން ދިނުމަކީ ބޭއިންސާފްކޮށް ކުރާކަމެއް. ބިން ނެތް މާލޭ މީހުންނަށްވެސް ރާއްޖޭގެ އެހެން ހިސާބަކުން ބިން ލިބެންޖެހޭ.
ގުދުގުދާބެއްޔާ ގުދޯ ގުދާ
28 January 2023
އައްޑޫއިން 500 ގޯތި ހަމައެކަނި އައްޑޫމީހުންނަށް ލިބެންޏާ. މާލޭ ސަރަހައްދުން މާލޭމީހުންނަށް ގޯތި ކީކޭތަ ތިކިޔަނީ؟ އައްޑޫ އިން ފުވައްމުލަކު މީހުންނަށް ބިން ނުދޭ. ކޮންމެ އަވަށަކުން ދެނީ އެއަވަށެއްގެ ރައްޔިތުންނަށް. ހުޅުމާލެ ނަމުގެ ފަހަތުގައި "މާލެ" އެއަކުރު އޮތުމަކީ އަރަށުގެ ބިންތައް މާލޭ މީހުންގެ މިލްކަކަށް ވާނަނަ، ގުޅީ ފަޅު ހިއްކައިގެން ބިން ލިބެންޖެހެނީ ކ ކުޅީ ރައްޔިތުންނަށް އެކަނި
ޖަސްޓިސް2
27 January 2023
ސޯލިުހު، ސަރ، މީތި ގޯސް. ގައުމުގެ މާލިއްޔާ ލޫޓުވާލައިގެން މާލެ އުފެއްދީ. ވީމާ މިހާރު، މާލެއިން ހިލޭ ގޯތި ދިނުމަކީ ނިހާޔަތުގެ ބޭއިންސާފެއް. މާލެ އަންނަން މަޖުބޫރުވީ، މިދެންނެވިހެން، ކައްކާނެ ދަރުކޮޅެއްވެސް ނެތް ތާކަށް، ގައުމުގެ ބައިތުލްމާލު އޮއްސާލައި ހުރިހާ ވަސީލަތްތަކެއް ޖަމާކުރީމާ. މާލެއިން ގޯތިހުރި ގިނަ މީހުން ބޭރު ގައުމުތަކުގައި ދިރިއުޅެނީ. ގައުމުން އެތައްބައިވަރު ޑޮލަރު ބޭރުކުރޭ. ވީމާ ތިޔަ ގޮތައް ގޯތި ދީފިއްޔާ އަ ބިގް ނޯނޯނޯ.
ނަރީޝް
26 January 2023
އހަރުމެން ނޫޅެމޭ ކަލޭމެންގެ ރަށަކުން ގޯތި ހޯދާކަށް. މިއީ މާލެ މާލޭ މީހުންނަށް މާލެ އިން ގޯތި ލިބެންވާނެ. ރާއްޖެތެރޭ މީހުންނަށް ރާއްޖެތެރެއިން ގޯތިލިބޭނެ.
އެމްސް
27 January 2023
ރަނާއި ރިހީގެ އަގުވެސް އެއްވަރު ވާން ވާނެ، 2 ބާވަތަކީވެސް މަޢުދަން (ގޯތި)؟
ރަސްގެ1
27 January 2023
މާލެއަކު ނެތް ގޯތިދޭނެ ޖާގައެއްވެސް މިހާރަކު. އެހެން ނޫނަސް ނުޖެހޭނެ. މާލެ މުއްސަނދިވީ، 'ރަސްގެފާނު'ގެ ގަދަ ބާރުގައި ގައުމު ފެލައިގެން. މާބޮޑު ވަސީލަތެއް ތަކެއްޗެއް އޮވެގެނެއް ނޫން ތިޔަ މާލެ އުފެދުނީކީ. ވީމާ ގައުމުގެ މުދަލުން މުއްސަނދިވެފަ އަދިވެސް ގަުމުގެ މުދާތައް ހިލޭ ދޭކަން ނުޖެހޭނެ ދެއްތޯ. ވަރަށް ސާފު.
އާދިލް ރިޒާާ
28 January 2023
މާދަމާވެސް ކ. ހިންމަފުޓަކީ މާލެގެ އަވަށެއްކަމަށް ކަނޑަ އެޅީމަ، އޭގެ މާނައަކީ އެއި މާލެ މީހުންގެ ތަރިކަމުދާގަނޑެއް ނޫނޭ.. ވިލި-މާލެ އާއި ޙުޅު-މާލެ އިދާރީގޮތުން މާލޭގެ ަވަށަކަށް ހެދިޔަސް އެއީ މާލެ މީހުން އެކަންޏަށް ގޯތި ދޭންޖެހޭ ސަބަބެއްނޫން، ދެންޏާ ރާއްޖެތެރޭ މީޙުންނަށްވެސްދީ..
ލައްކަ.
26 January 2023
ރައްޖެތެރޭ ކުދިން ރަށުގަ ތިބިނަމަ ރަށް ތަރައްޤީގެ ކޮޓަރިވެސް ބޮޑު ކުއްޔަށް ހިފާނެ މީހުން ވާނެ. ކަލޭމެން އެންމެން މިރަށަށް އައީ އަހަރުމެން ބުނެގެންތަ ؟
ކަމަނަގޯތީ އާދަނު
26 January 2023
ރަށެއްގެ އާބާދީ މާލެއާ އެއްވަރު ނުވަނީސް ހުރިހާ ޚިދުމަތެއް ނުލިބޭ. އަސާސީ ޚިދުމަތް ނެތްތަނަކުން އެންމެން އެއްތަންކުރަނީ މާލެއަށް.އެހެންވީމަ އަންނަނީ މީހުން މާލެއަށް. އެދިރިއުޅުމުގަ ނޫޅޭ މީހުން ޓޯން ޑެފްވާނެ.
ކުރަނގި1
27 January 2023
އެބުނާހެންދޯ. އެކަމަކު މާލޭކުދިން މުއްސަނދިވީކީ މާލޭކުދިންގެ ތަރިކަ މުދަލަކުން ނޫނޭ. ގައުމުގެ ބައިތުލްމާލު ދޮވެލައިގެން. އެއީ މި ދިމާވެގެން އުޅޭ މައްސަލައަކީ.
ހުޅުލޭ ބޮޑުމީހާ
27 January 2023
ހުޅުމާލެއަކީ މާލެއެއް ނޫން. މާލޭ މީހުނަށް ގޯތިދީ މާލެއިން. ޖާގަ ނެތިއްޔާ ބުރިބުރިއަށް ނަގައިގެން ވިޔަސް ވަރިހަމަ. ހުޅުމާލެއަށް މާލޭ މީހަޔާ ގުރައިދޫ މީހާ ވާނީ ހަމަ އެއްވަރު.
ދޮގު ހެދުން
26 January 2023
ނުދޭނެ ހުސް ދޮގު
ދޮވެލާ އިބުރާހީމް
26 January 2023
މާޗުގަ ދޭން ބުނި ވިނަރެސް ވީ ތަނެއް ނޭނގޭ ފަސްވަމުން ލަސްވަމުން ދަނީ ސްލޯކަމުން ތިޔާ ގޯތިތައްވެސް ހީކުރަމާ ހިނގާ ވެރިކަމުން ފައިބާ އެންމެ ފަހު ދުވަހު ނޮވެންބަރު 10 ގައި ދީފާނެ ކަމަށް ޔަގީން ކަމެއް ނތް ސްލޯކަމުން
ހިތާމަހުރި
26 January 2023
މީ ވަރަށް ދެރަކަމެއް! ކޮންމެގޮތެއްވިއަސް ދިރިއުޅެވެން އޮތީ މިތާ. މިހާރު ރާއްޖެތެރޭ އެތައްމީހެއް ގެފަޅުކޮށްފާ މާލޭ ބިމުގެ މަހުޖަނުންނަށް ކުލިދީ ޒުވާން އުމުރު ކަންފަތިވީމާ ފަޅުގޯތިގަނޑު ބިމާފައިސާހުރި އަވައްޓެރި ގައުމުތަކުގައި ޓުއަރކޮށް މަޖާނަގާ މަހުޖަނުންނަށް ވިއްކައިފި! ކުޅުދުއްފުށި ތަންތަނުން އެކަން ފާހަގަވާނެ. މިހައި ނުލަފާކަން ހުރި ބަޔަކަށް ތަންދޮރު ނުބަލާ ތާއީދުކުރާ މީހުން ވިސްނަންވެއްޖެނު
ހިތާމަކުރާއިރު
26 January 2023
ތިމާގެ ރަށުގަ އޮތް ތިމާގެ އަމިއްލަ ފަޅު ގޯތި މަހުޖަނަކަށް ވިއްކާއިރު ތިމާގެ ހަމަ އެއްވެސް މައްސަލައެއް ނެތް؟ ގޯތި ގަންނަ މީހާދޯ ގޯހީ؟ ތިމާ ނިންމާ ނިންމުމަކުން މާލެ އަރާހުރެ ބޮޑުއަގުގަ ކުލި ދައްކައިގެން އުޅޭ އުޅުން ބަދަލުކުރެވެން އޮތްއިރު އެކަން ނުކޮށް އަދިވެސް މަހުޖަނުން ތިޔަ ނުބައިކުރަނީ؟ ކޮބައިތަ މަހުޖަނު އަތުން ތިމާ އަތުލި ފައިސާތައް؟
އެމްސް
27 January 2023
އާމްދަނީގެ ހުރިހާ ފުރުސަތެއް މާލެއަށް ތޮއްޖައްސައިގެން، އެންމެން މާލެ އަންނަން މަޖްބޫރުކޮށްގެން ތިބޭ ތިބުމުން ގިނަ ރަޢިްޔަތެއް ވަނީ ބިކަ!
އަށްކޮ
26 January 2023
މަގޭމަންމަވެސް ވެޖެވިޔަ މޮޔަވެގެން ރަށުމީހަކާ އިންނަން، އަޅެ ރަގަޅުވީހެއްނު މާލެ މީހަކާ އިންނަމަ އޭރަށްވެސް މަވެސް މާލެވީސްނު. މަގޭދަރި މީހަކާ ދެވަންޏާ ދެންދެވާނީ ހަތަރު ކަށިމަތި މާލެ މީހަކާ. އަހަރުން ރަށުން ލާހިކެއްނޫ އެހެން ރަށުމީހަކަ ގޯތިހޯދާކަ، ދީފަވެސް ނެތް ނުވެސް ދޭނެ.
ހޮޑު
26 January 2023
މާލެ ކަންނެތް ދަރިކަޅޮގެ ކޮމެންޓޭއެއް ތީ ޗީ
ޗަކޮއި
26 January 2023
އެފުރިކާގެ އެންމެ ކިބަޅި ގައުމުތަކުގަވެސް ކެޕިޓަލު ސިޓީން ހިލޭ ބިމެއް ނުދޭ. މިރާއްޖޭގަ ސިޔާސީ މީހުން މާލެގެ ނަށާ ޕާޓީގެ ބޭޅުންނަށް ކޮއްދެ ވެރިކަމުގަ ހާވާހަޑިއެއް މީ
ނަށާޕާޓީ
26 January 2023
މާލޭ ގިނަ މީހުންނަކީ އުފެދުމުގައިވެސް ކަންނެތް ބައެއް. އެމީހުން އެހެން ގޯތި ހޯދާހަ ކުއްޔައް ދީގެން ރުފިޔާ ހޯދާނީ. އަމިއްލަ މަސައްކަތުން ގޯއްޗާ މުދަލެއް ނުހޯދާނެ. ކަންނެތްކަމުން ފުޅައަޅާވަރުވޭ ޗީޗީ
ނާތެދެއް
26 January 2023
ރަށްރަށު މީހުންގެވެސް ފުޅަކަން މިހާރަކު ކުޑައެއް ނޫން. އެއްގޮތަކަށްވެސް ނެތް މިހާރު ތިހެން ބުނެވޭކަށް. ރަށުގަ ގަހެއް ވެލެއް އެއްޗެއް ހައްދާލާ އަމިއްލައަށް ކާލެވޭވަރު ކޮށްނުލެވޭ ހުސް ފަޅު ގޯތިތައް މުޅި ރަށުގަ އޮންނައިރުވެސް. ހެދިކާއެއް އަމިއްލައަށް ހަދާލަން ނުކެރޭ. ސައިބޯލަނީ ކޮންމެވެސް ކެފޭއަކުން. މަސްކޮޅެއް ކައްކާލައިގެން އޭގެ ވިޔަފާރިކޮށްލާކަށް ނުކެރޭ. އަމިއްލައަށް މަސައްކަތްނުކުރާން ގޯތި ވިއްކާލަނީ ގެސްޓްހައުސް ހަަދަން.