އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި، ޕީއެންސީގެ ނައިބު ރައީސް ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
04 ފެބުރުއަރީ 2023 - 23:32
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް، އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ނޫން އެހެން ބޭފުޅަކަށް ނުލިބޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
އެ ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ "ދޫންޏަކަށް" އަދި "ބާއްޖަކަށް" ވެސް ޕީޕީއެމްގެ ޓިކެޓް ނުލިބޭނެ ކަމަށެވެ.
"މި ޕާޓީގެ ރައީސަކީ ރައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް، ދޫންޏަކަށް ބާއްޖެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް. ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް،" ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓު ޔާމީން ނޫން އެހެން ބޭފުޅަކަށް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވި ނަމަވެސް، ޔާމީން މި ވަގުތު ގެންދަވަނީ ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެހެންވެ، އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މި ވަގުތު ވަނީ ގެއްލިފަ އެވެ.
ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަމަވެސް، އިސްތިއުނާފުގެ މަރުހަލާއިން އަންނަ މަހު އެ މަނިކުފާނު މިނިވަންވާނެ ކަމުގެ ޔަގީންކަން ޔާމީންގެ ވަކީލުން ދެ އެވެ.
ސައީދު ވަނީ އިތުރު އެއްވެސް ބޭފުޅަކަށް މައިކް ނުދެއްވައި، ޔާމީން ޖަލުން ނުކުމެ ވަޑައިގަންނަވަންދެން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިހާރު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ މައިކް ހިއްޕަވައިގެން ހުރުމަށް އެދިވަޑައިގެންފަ އެވެ.
އެ ކޯލިޝަން އޮތީ އަބްދުއްރަހީމްގެ ފަހަތުގައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ޔާމީން ކުރެއްވީ ސާދާ މަސައްކަތެކެވެ. އެ މަނިކުފާނު 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިއިރު ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 5،000 ޑޮލަރުގައި ކަމަށް ވިޔަސް ފަސް އަހަރުގެ ދައުރު ނިމުނުއިރު އެ އަދަދު 12،000 ޑޮލަރަށް އިތުރުވިކަން ފާހަގަކުރެއްވި އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ބޮޑުކުރީ ވެސް ސަރުކާރު ހިންގަން ނޭނގުމުގެ ބަދަލެއްގެ ގޮތުން ކަމަށާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދީފި ވާނީ، ސައީދު ވިދާޅުވި ގޮތުގައި މުސީބާތަކަށެވެ. އެހެންވެ، އެކަމުން ސަލާމަތްވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސއީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ހުއްޓާލާނީ އެ ޕޯޑިއަމް އަދި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ފަހު ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ބޮޑު ޖަލްސާއެއް މި ބޭއްވީ "ހޯޕް ކޮންފަރެންސް" ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ތިން ދުވަހުގެ ހަރަކާތާ ގުޅުވައިގެންނެވެ. ހާހެއްހާ މަންދޫބުން ބައިވެރިވި ކޮންފަރެންސްގައި ވަނީ ޕީޕީއެމްގެ ސިޔާސަތުތައް ހާމަކޮށް އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީންކަން ހާމަކޮށްފަ އެވެ. އެ ކޮންފަރެންސާ ދިމާކޮށް، ޔާމީން މިނިވަން ކުރަން ގޮވާލައި އިއްޔެ ހަވީރު މާލޭގައި ވަނީ ބޮޑު މުޒާހަރާއެއް ވެސް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނަ މާލެ
24 July 2023
އިގިރޭސި ސަފީރޭ އެއީވެސް ދެން މީހެއްތަ؟
އަލީ!
05 February 2023
މިދެން ކިހާބޮޑު ދުއްޕާނެއް!
ބޮކިބޯ
05 February 2023
ކުޅުންތެރިއަކަށް ރަތްކާޑު ދެއްކީމައި އަރުވާނެ ރިޒާވު ކުޅުންތެރިޔަކު ނެތްނަމަ ޓީމަކަށް ނުކިޔާނެ
ޔާނުދޯ
05 February 2023
މިވެސް ދެން އަޖައިބެއް. މި ނޫނީ އާ ނޫޅޭނެ ކަންނޭނގެ ވާދަ ނުކުރެވޭ މީހަކަށް ޓިކެޓް ދީގެން އުޅޭ ބައެއް މުޅި މި ދުނިޔޭގަ ވެސް. ޔާމީނު އަޅެ މޮޅެެއްނު
ހޭވައްލާޖަހަނީ
05 February 2023
ބޮޑު ޖަލްސާ ހާދަ މަދު މީހުންކޮޅެއް
ޕެރަޑައިސް4
05 February 2023
ސައީދު މެން ލޯބީގެ ވާހަކަ ނުދައްކާ ނިކަން ސިޔާސީވެބަލަ. ޓިކެޓް ހިއްޕަވައިގެން ޖަލުގެ ގޮޅީގައި ޔާމީނު ނިމިދާންދެން އަދި ފަހަތުގައި ސައީދުމެން ނިމިދާއިރު ޕީޕީއެމެއްވެސް ނޯންނާނެ . ޔާމީނަށް ކުރި ހުކުމަކީ ހައްގު ހުކުމެއް އިންސާފުވެރި ހުކުމެއްކަން ސާފުކޮށް އޮތީ ފެންނާން. މުސްތަގުބަލަށް ވިސްނާ ރަނގަޅު ބުއްދިއެއްކުރަން ޖެހޭ .
ވާނޭގޮތް
05 February 2023
އެހެންވީމާ ޕީޕީއިން ރިޔާސީއަށް ކެނޑިޓޭޓަކު ނުނެރި ގާސިމު ނޫނީ އުމަރަށް ތާއީދު ކުރާގޮތަށް ދެއްތޯ؟؟ ޔާނު އަރާނީ ލާރިއާ މަޤާމު ދޭނެ މީހެއްގެ ފަހަތަށް އެއީ ޤާސިމް..އަޑު އެހިން 500 މިކިޔަނުގެ ބަޖެޓެއް ތައްޔާރުކުރި ވާހަކަ..250 ޔާމީނަށް އަނެއް 250 ކެމްޕޭނަށް.. ސަޅި ދޯ؟؟
މެނަރ ފުޑްސް
05 February 2023
އެއާރޕޯޓުގެ ޑިއުޓީފިހާރަތަކުގެ ޑީޅް ގެ ކަންތައް ދެމިއޮންނާނީ ވެސް ހަމައކަނި ރ.ޔާމީނުއައް ކެންޑިޑޭޓަކަށަވެގެން.
ރައިޓް ސައިދް ފްރެޑް
05 February 2023
ކުރީގެ ސަން އައިލެންޑުގެ މެނޭޖަރ ސައީދު ރައީސް ޔާމީން ކެ ކެބިނެޓައް އައީ ގާސިންމްގެ ޖޭޕީ ގެ ސޮލޮޓެއްގަ އަދި ރައީސް ޔާމީންއައް އެއްގޮތަކައްވެސް ކަމުދާމީހެއްގެ ގޮތުގައެއްނުން. ރައިސްޔާމީން ގެ ނަފްރަތުން ސަލާމަތްވާން އަދީބާއި ގުލެން ސައީދު އިންތިހާއައް މަސައް ކަތްކުރި. ނަމަވެސް ކާމިޔާބުވާންފެށީ އަދީބުގެ ބާރު ދެރަވެ‘ ސައީދާއި އިކޮނޮމިކް ކައުންސިލްގެ ބައެއް މަސައްކަތް ހަވާލުވެ‘ އެއާރޕޯޓުގެ ޑިއުޓީފްރީ ފިހާރަތައް ބަޔަކައް ދިން ހިސާބުންކަމައްވަނި. އ.ހ.
މާކުންބޭ
05 February 2023
އެހެން ވެއްޖިއްޔާ ދެން ޔާމީން ޖަލުން ނެރޭ، ޖަލުން ނެރުނަސް ޔާމީނަކީ ވޯޓް ދޭންޖެހޭ މީހަކަށްވުރެ ކޮރަޕްޓް އަނިޔާވެރިއެއް، އެއްވެސް ޕާރޓީއަކީ އަމިއްލަ މީހެއްގެ ހަރު މުދާގަނޑެއް ނޫން، ޕޕއމ އިން ހަރުދަނާ ލީޑަރެއް ދައްކަންޖެހޭ، ފިނިފެންމާ ހަދިޔާކުރުމާ އެފަދަ ޕާރސަނަލް ލެވެލްއެއްގައި ރައްޔިތުން ޚަރަދު ކުރާ ޕޮލިޓިކަލް ޕާރޓީ ތަކުން ޢަމަލުކޮށްގެން ނުވާނެ، އެމްޑީޕީ އަކަށް ދެނެއް ވޯޓެއް ނުދެވޭނެ އެއީ ރޭސިސްޓް ޕާރޓީއެއް،