ރައީސް ތަގުރީރު ކުރައްވަން ވަޑައިގެންނެވުމުން އިދިކޮޅުން މަޖިލީހުގައި މިއަދު އަޑުގަދަކުރަނީ
06 ފެބުރުއަރީ 2023 - 09:17
ރައްޔިތުންގެ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާ އެކު އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފެށުމުން ޕީޕީއެމް/ޕީއެންސީގެ ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ވަޑައިގެން ރައީސް ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ތަގުރީރު ކުރައްވާ ޕޯޑިއަމް ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވަން ފަށައިފަ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަށް ރައީސްގެ ދެކަނބަލުން މަޖިލީހަށް މިއަދު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ނެރެން އަންގައިފަ އެވެ. އެއާ އެކު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒްއުލް ރަޝީދުގެ ނަން ވެސް އިއްވައި މަޖިލީހުން ނެރެން ނަޝީދު އެންގެވި އެވެ.
ނަޝީދު ވިދާޅުވީ އެ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރަންދެން ޖަލްސާ މި ވަގުތަށް މެދު ކަނޑާލާނެ ކަމަށެވެ.
އިދިކޮޅުން މިއަދު މުޒާހަރާ ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވުމަށް ރައީސް މަޖިލީހަށް ވަޑައިގަތުމުގެ ކުރިން، ރޯޝަނީ މަގުގައި އިދިކޮޅުން އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާގައި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާއެޔެއް
06 February 2023
މޑޕ އިދިކޮޅުގަ އޮތްހާ ދުވަހު ރިޔާސިބަޔާން އިއްވި ހާލު .... ގޮނޑިމޭޒުތަކާ ކޮމުޕިއުޓަރުތައް ހަލާކުކޮށް ފޮތްތަކަށް ކޮއްޅުންއަރާ ނަށާ، ރިޔާސަތުގެ މޭޒުމަތީގަ މަކުނުތަކެއްހެން އަރާ ފުމެ. ބޮޑު ތާޅަފިލިން ހަޅޭއް ލަވާ. ..މޑޕ އަށް އެންމެ ރަނގަޅަށް ދިވެެހ ޑިމޮކުރަސީ އިގޭނީ. .
ދހސތވސ
06 February 2023
މިއަދު ރާއްޖޭން މިފެންނަނީ ޑިމޮކްރަސީ ގެންނަންވެގެން ބަޔަކު ކުރި މަސައްކަތުގެ ތެރޭގައި ދަސްވި ކަންތައް
އަރުޝިފް
06 February 2023
ދެތިންގަޑިިރުގެ ކަމަކަށް ސަރުކާރުބަންދުކޮށް އެއްވެ ގުޅަކުޅެ ހޯބޯލަވާ ތަކުރާރުކޮށް ހުރުމަތްކަނޑާ ކެޑުމާމެދު ރައްޔިތުން ވިސްނާންވެއްޖެއެވެ. ގާނޫނުބަދަލުކޮށްވިޔަސް ޕާޓީގެބަދަލުގައި ރައްޔިތުން ހިމެނޭނެހެން އަދަދު މަދުކޮށް އެކުލެވޭގޮތްވެސް ބަދަލު ކުރަންވީއެވެ. މި ސިޔާސީ ދުއްޕާނަކާހެދި ގައުމެއްނެތެވެ.
ގެދޮރު ނެތް މާލޭމީހާ
06 February 2023
އަޅެ ތިހާ ގޮތެއް ނެތިގެން ތި ތެޅެނީ ތި މެމްބަރުންގެ ޢަމަލުތަކުގެ ސަބަބުން, ހަމަ ވިސްނުން ގެންގުޅޭ މީހުންގެ ނުރުހުން ލިބުން ނޫން ކަމެއް ނުވާނެ. ހުރިހާ ގެއްލުމެއް ލިބޭނީ ޕީޕީއެމް އަށް. ވަރަށް ހަޑި ދެން ތި އުޅޭ ގޮތް
ހަސަންފުޅު
06 February 2023
ޑރ. ވަހީދާއި، ޔާމީން ރިޔާސީ ބަޔާން އިއްވިއިރު އެމް.ޑީ.ޕީ މެންބަރުން އަޑުގަދަކޮށް ހަޔާތް ގޮވުމުން އެ މީހުން ވީ ގޮތްހުރި މީހުންގެ ކުރިމަތީ ގަދަރު މަތިވެރި ބަޔަކަށް ދޯ
ގޮތާއި ފޮތް
06 February 2023
އެމް.ޑީ.ޕީ ން ދަސްކޮށްދިން ގޮތް. އޭރު އެއީ ރަނގަޅު ގޮތަށް ވެފަ، މިހާރު ގޮތެއް ނެތުމަށް ވުމަކީ އަދި މާ ގޮތެއް ފޮތެއް ނެތުން.