މިރޭގެ ޖަލްސާގައި ފައްޔާޒް ވާހަކަ ދައްކަވަނީ: ކުރީގެ އަނިޔާތައް އެމްޑީޕީގެ ބަޔަކު ހަނދާން ނެތިފައިވާ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
17 ފެބުރުއަރީ 2023 - 23:28
ކުރީގެ އަނިޔާވެރިކަން އެމްޑީޕީގެ އެއް ބަޔަކު މިއަދު ހަނދާން ނެތިފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ހައްގުތަކާއި މިނިވަންކަން ހޯދަން ނިކުތް އެމްޑީޕީން ފެށި މަސައްކަތުގައި އެތައް ބަޔަކަށް އަނިޔާ ލިބި އެތައް އާއިލާއެއް ބިކަވެގެން ދިޔަ ކަމަށެވެ. އަދި އަނިޔާވެރިކަން އޮތީ އަދިވެސް ފުރުސަތެއް ލިބޭތޯ ބަލަބަލާ ކަމަށާއި އެހެން ނަމަވެސް އެކަން ހަނދާން ނެތިފައިވާ ބަޔަކު އެމްޑީޕީގައި ތިބުމުން ހިތާމަ ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މި ހަގީގަތް އަޅުގަނޑުމެން އަބަދުވެސް ގަބޫލު ކުރަން އެބަޖެހޭ. އެކަން އަޅުގަނޑުމެން ދަންނަންޖެހޭ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ވެސް އެ ހާލަތު ހަނދާން ނެތި މިއަދު ތިބި ކަން." ޕްރައިމަރީގައި ރައީސާ ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އިޝާރާތް ކުރައްވައި، ފައްޔާޒް ވިދާޅުވި އެވެ.
ރައީސާއި ފައްޔާޒްގެ އިތުރުން މެމްބަރު ނާޝިޒް --- މިހާރު ފޮޓޯ/ނިޝާން އަލީ
ފައްޔާޒް ވިދާޅުވީ އަނިޔާވެރިކަމާއި ބިރުވެރިކަމާއި ބޭއިންސާފު ދެކެން ދިވެހިން އިތުރަށް ބޭނުންނުވާ ކަމަށެވެ. އަދި އެމްޑީޕީއަށްޓަކައި އޭރު ގުރުބާންވި މީހުން ވެސް މިހާރު އެދެނީ އެ މީހުންގެ ލޭ އޮހޮރުވައިގެން ހޯދި މިނިވަންކަން ގެއްލުނަ ނުދީ، އުފާވެރި ދިރިއުޅުމެއް ދިވެހިންނަށް ލިބުމަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ، މި ފެށި މަސައްކަތާ އެކު ކުރިއަށް ދިއުން. އެއީ އެ މީހުން ބޭނުންވާ ގޮތް. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި އެންމެން އެއް އަމާޒަކަށް ދެވޭނީ ރައީސާ އެކު ނިކުމެ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުން ކަމަށެވެ. އަދި އެކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
19 February 2023
ކުރީގެ ވައްކަންތައްވެސް ހަނދާން ނެތި، ކުރީގެ ބްރޯ ވެސް ހަނދާންނެތި މިހާރު އާ ބްރޯއެއް އާގޮތަކަށް ވައްކަންވެސް ކުރާވާހަކަ އަޑުއިވޭ
އަނިޔާ
19 February 2023
މިހާރުގެ އަނިޔާތައް މާގިނަވީމަ ނެތް ހަދާނެއް. މިިހާރު ކާވަރު ގިނަވީމަ އެމީހުން ކޭވަރު ނެތް ހަދާނެއް. ތިބައިގަނޑު މާކުރިއަށް ޖައްސާލީމަ ހަނދާން ނެތިފަ މިތިބީ. ވެންޓިލޭޓަރުތައް ކޮބާ. ކުރިން ޖަލަށްލީ ގަޢުމު ފަޞާދަ ކުރާ ރއްޔިތުން ބިކަ ޖައްސާ ވިޔަފާރިވެރިންނަށް ރަހުމުކުރާ ހިތެއްނެތް.
ނަމެއްނެތި
19 February 2023
ބަލަ ކައިރީ ތިއޮއް ދުރުމިން ކުރީގެ އަނިޔާވެރިން ތިބި ތަނެއް ބަލާލަބަލަ. ރައީސް މައުމޫން، ޢަބުދުﷲ ޝާހިދު، އިބްރާހީމް ޙުސައިން ޒަކީ، މާރިޔާ، ރޮޒައިނާ، ތަސްމީން. ވަޒީރު ބޭކަލަކަށްވެ ހުރެ ދަންކަންވާނީވެސް ދެކޮޅުޖެހޭ ވާހަކަތާދޯ!
ރަށުމީހާ1
18 February 2023
ސަރުކާރަށް އަދި ކިރިޔާ ރޭކާލީ، އަނިޔާ ލިބުނުކަން، މިއޮއް ހުރިހާ ދުވަހު ސަރުކާރު އޮތީ އަނިޔާ ހަދާން ނައްތާލާފައި
މާކުންބޭ
18 February 2023
ހަނދާން ނެތޭހާ އަނިޔާ މިސ ަރުކާރުން ކޮށްފި، އެމްއެމްޕީއާރސީ ގެ ހިޔާނާތުން ގެއްލުނު ފައިސާއަށްވުރެ ގިނަ ފައިސާ ހުޅުމާލެ ބިން މުޅިން ހިލޭ ދިނުމަކީ ދައުކަތް ކޮމްޕްރޮމަޒްޑްކުރުން މި ގެއްލުމުގެ އަގު 50 ބިލިއަނަށްވުރެ ބޮޑު. ދައުލަތް ދޮވެލަނީ ހިތުހުރިގޮތަކަށް ، އަނިޔާއަކީ ހަމައެކަނި މީހުން ޖަލަށްލުމެއް ނޫން.
އެމްސް
18 February 2023
ކުރިން އަނިޔާވުމަކީ މިހާރު އަނިޔާ ދޭން އޮތް ޙުއްޖަތެއް ނޫން! އޭރުވެސް މިހާރުވެސް ޤައުމަށް އޮތީ ސަލާމް ޖެހުން، ފުދުންތެރި ރަޢިއްޔަތެއް މިޤައުމަކު ނެތް!
އާތިފާ
18 February 2023
އަހަރެންވެސް ތާއީދުކުރާވާހަކައެއް ތީ. ގިނަބަޔަކު ވަނީ އަނީޔާވެރިކަން ހަދާން ނައްތާލަފައި. ގުޅިގެން އެމްޑީޕީ ގެވެރިކަން ދަމަހައްޓަންޖެހޭ.
ށަވިޔަނި
18 February 2023
ހަނދާންނެތޭބަލި ސީޔާސީކަންކަމުގައި ވަރަށްބޮޑު.
ކޮރަލް
18 February 2023
ވޭތުވެ ދިޔަ 5 އަހަރު ރާއްޖޭގެ ތާރީހް ގަ ވެސް ނުނަގާ ވަރަށް ރެކޯޑް އަދަދަކަށް ލޯން ވަނީ ނަގާފަ އެވެ. ކޮންމެ އަހަރަކު ދަރަނި ބަޖެޓް އެކެވެ. އަތުގަ ނެތް އެއްޗަކުން ހަރަދު ކުރަނީ އެވެ. ދެން 50 ކަށް ބިލިއަން ރުފިޔާ ދައްކާނީ ސަރުކާރުންނެއް ނޫނެވެ. އަމިއްލަ ރައްޔިތުންނެވެ. އެމްޑީޕީގެ ވެރިކަން ނިމުނީމަ އެމީހުން ދާނީ އެވެ. ކޮވިޑްގަ ބޭރުފައިސާ ނުލިބި ލޯން ނުދެއްކި 2 އަހަރެއް ވަރު ދިޔަ ކަން ވެސް ހަނދާން އެބަ ހުއްޓެވެ. މިއަށް ވުރެ ބޮޑު އަނިޔާ އެއް ނެތެވެ.
ގޮރެލް
18 February 2023
އެއްވާހަކައެއް އެކި ނަންނަމުގައި ތިލިޔަނީ ކިޔާނެ އިތުރުއެއްޗެއް ނެތީމަދޯ
ޒިބްރާ
18 February 2023
ތިބުނާ އަނިޔާއެއް ލިބުނީ ސަރުކާރު ވައްޓަން ނުކުތް ސިޔާސީމީހުނަށް..މިސަރުކާރުން އަނިޔާ ތިދެނީ ސީދާ ރައްޔިތުނަށް..ޓެކްސްބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސައިގެން..ވަޒީފާދެނީ ފާހެއްނެތް ނުކިޔަވާ މީހުނަށް..އެތައް ބަޔަކު އެތިބީ ޑިގްރީއާއިއެކު ވަޒީފާ ނެތި..