އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ. އަމިއްލަ ކުންފުންޏަކުން ހުށަހެޅި މައްސަލައެއް ބެލުމަށް އެޗްޑީސީގެ ވެރިން އެ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފައި-- ފައިލް ފޮޓޯ: މިހާރު
22 ފެބުރުއަރީ 2023 - 15:27
އަމިއްލަ ކުންފުންޏަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެޗްޑީސީގެ އިސް ބައެއް ބޭފުޅުން އަންނަ ހަފުތާގެ ހޯމަ ދުވަހު ހާޒިރުކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ނިންމައިފި އެވެ.
އެސްއޯއީ ކޮމިޓީގައި މިއަދު މަޝްވަރާ ކުރީ ކަނޑުވައި އެކްސްޕޯޓުން ތިލަފުށީގެ ބިމެއް ބޭނުން ކުރުމަށް އެޗްޑީސީން ދިން ހުއްދައާ ގުޅިގެން އުފެދުނު މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އިސްވެރިން ހާޒިރު ކުރަނީ މައްސަލައިގެ ތަފްސީލު އިތުރަށް ހޯދުމަށެވެ.
ކަނޑުވައި އެކްސްޕޯޓުން މައްސަލަ ހުށަހެޅީ، އެޗްޑީސީގެ އިސްވެރިންތަކެއް، ނާޖައިޒް ގޮތުގައި މަގާމުގެ ބޭނުންކޮށް އެ ކުންފުނީގެ މަސައްކަތަށް ހުރަސް އަޅައި އެ ކުންފުނީގެ މަސައްކަތް ހުއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީން ފޮނުވި ޖަވާބުގައި ވަނީ ކަނޑުވައި އެކްސްޕޯޓުން ބޭނުންވީ، "ސަންޓޫނާ" ކިޔާ ބާޖު ބާދަގަނޑަށް ހެދުމަށް ތިލަފުށިން ތިން މަސް ދުވަހަށް ޖާގައެއް ހޯދަން ކަމަށެވެ.
އެޗްޑީސީން ބުނީ އެ މަސައްކަތް ކުރަން ހުއްދަ ދިން ފަހުން އެހެން ބާޖެއް އެތަނަށް ވައްދައިގެން އިތުރު މަސައްކަތްތަކެއް އެ ކުންފުނިން ކުރާކަން ފާހަގަވި ކަމަށެވެ. އަދި އެ ބާޖު އެ ސަރަހައްދަށް ވެއްދީ ކޮން ބޭނުމެއްގައި ކަން ވެސް ނޭންގުނު ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ހުއްދަ ނުހޯދައި އިތުރު އުޅަނދެއް އެ ސަރަހައްދަށް ނުވެއްދޭނެ ކަން އެ ކުންފުންޏަށް އަންގާފައި ވާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އެހެންވެ އެކަން ހުއްޓައިނުލުމުން ފުލުހުންނަށް އަންގައިގެން އެޗްޑީސީން ވަނީ އެ ކަން ހުއްޓުވައިފަ އެވެ.
އެޗްޑީސީން ބުނީ، ހުއްދަ ނުހޯދައި ގަވައިދާ ހިލާފަށް ގިނަ ބަޔަކު ތިލަފުށީގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވި، އެފަދަ ކަންކަން ހުއްޓުވުމަށް އިތުރަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ކަނޑުވައި އެކްސްޕޯޓުން ކުރި މަސައްކަތް ވެސް ހުއްޓުވީ އެ އުސޫލުން ކަމަށެވެ.
ކަނޑުވައި ކުންފުނީގެ މަސައްކަތް އެއްބަސްވި މުއްދަތަށް ނުނިންމުމުން، އެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވެސް އެޗްޑީސީން ހުއްދަ ދީފައިވެ އެވެ.
އެހެން ނަމަވެސް، ކަނޑުވައި އެކްސްޕޯޓުން ވަނީ އެ މަސައްކަތުގެ މުއްދަތު އިތުރު ކުރުމަށް އެޗްޑީސީން ލިޔެކިޔުމުން އެކަން އަންގާފައި ނުވާ ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
23 February 2023
ހުރިހާ ދިވެހިން ނިކަމެތިކޮށްފަ އިންޑިޔާގެ ކުންފުނިތަކަށް ބިންދޭންވެގެން އެޗްޑީސީ މޮޔަވަނީ. އެޗްޑީސީ އުވާލަން ގޮވާލަން.
ބަޑިތަކުރު
23 February 2023
އެޗްޑީސީން ނަގާ ގުރުއަތު ތަކުގައި އެންމެ ފަހު ވަގުތު ކޮންމެ ފަހަރަކު ނާންނަ މީހުންގެ ނަމުގައި އެތައް ބައިވަރު ލިޔުމެއް އެތާނގައި ތިބޭމީހުން އެޅުމަށްފަހު އެމީހުން އަމިއްލައަށް އެމީހުން އެޅިފޯމުތަކުން ޢަދަދު ހަމަކުރާގޮތަށް ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާފައި ނެގި ގުރުއަތުތަކާބެހޭ ގޮތުންވެސް ސުވާލު ކޮށްލުން ރަނގަޅުވާނެއެވެ. އަދި އެތަންތަން ލިބިފައިތިބީ ކޮންބަޔަކަށްތޯ ވެސް ބަލަންޖެހޭ.
ހަސަން ކުރުސި
23 February 2023
އެޗުޑީސީ އަކީ ވަރަށްކޮރަޕްޓު ތަނެއް
ނަސްރު45
22 February 2023
ޢަހަރުމެންް ހުރިހާ ރައްޔެތުންގެ އަމިއްލަ މައްސްލަތަށްވެސް ތިޔަ ކޮމެޓީއިން ބަލަން ޖެހޭނެ. މިސާލަކަށް ރާއްޖޭގަ އޮތް އެންމެ ބޮޑު ‘ވިޔަފާރި’ ކުންފުނި މީރާ އިން ހިތުހުރިހާ ގޮތަކަށް ބޮޑެތި އަދަދުތަކުން ރައްޔެތުން ޖޫރިމަނާ ކޮށްފާ ނެގެމުންދާ ފައިސާގެ މައްްސަލަ ތަށްވެސް.
ބޮޑުމީހާ
22 February 2023
މަޖްލީހަކީ މިހާރު އަމިއްލަ މީހުން ހުށަަހަޅާ މައްސަލަތައް ބަލާތަނަކަށްވެސް ވެއްޖެތާ!
ރީލޯޑު
22 February 2023
އެމީހުންނާ ސުވާލުކޮށްބަލާ ހިޔާސަހަރުގަ އުލޭ 35 ހާސް މީހުންގެ ލޮލަށްބޮލަށް ވެލިއުކަނީ ކީއްވެތޯ ސަހަރުގެ މެދުގަ ވެލިޕާރކް ހެދުން ނިމެނީ ކޮންދުހުކުންތޯ ތަން ރޮލާ ދިނީމްަ ތަންހަދަން ކުރި ޚަރަދު ކޮބައިތޯއާއި އެޓީއެމެއް ނުބެހެއްޓެނީ ކީއްވެތޯ
ދޮން
22 February 2023
އެޗް ޑީ ސީ މީ ހުޅުމާލޭގައި ބޯހިޔާވެހިކަން ދިނުމުގެ ނަމުގައި އުފެއްދިކުންފުންޏެއް އެކަމު ދުނިޔޭގައި ލެއްވި ހުރިހާކަމެއް ކުރާތަން ފެންނަނީ އެކަމާއި ހެދި އެއްވެސް ކަމެއް ރަގަޅަކަށް ނުދޭ...ބޯމަތިން ދަނީ .މިސާލަކަށް ހުޅުމާލެ މުނިސިޕަލް ހިދުމަތް .ތިލަފުށި..ކުޑަގިރި..މާލޭ ގާކޮށި. މަޖީދީމަގު ފުލެޓް .ކިޔާނެކަމެއްނެތް މުޅި މާލޭ އޭރިޔާ ..މީހުން އެހެންކިޔާ .
ދޯޕައްޓާ
22 February 2023
މިދޭތެރެއަކުން ޖައްވީ ޕުރޮގުރާމެކޭ ކިޔައިގެން ގުރޫޕަކުން އެނބުރި ގޭހެއްގަވެސް ޖެހިފަ އޮތީ.
ހަސަނު
22 February 2023
ދެ ކުންފުންޏެއްގެ މެދުގާ ހިނގާ މުއާމަލާތްތަކުން އުފެދޭ މައްސަލަ ބަލާ ތަހުގީގު ކުރާ ތަނަމަށް މަޖުލިސް ވެގެން ނުވާނެ...