އިބްރާހިމް އަމީރު "އޭޝިއާ އިކޮނޮމިކް ޑައިލޮގް" ގައި. އެ ފޯރަމްގައި އޭނާ ވަނީ ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ އިގްތިސާދު 15 ބިލިއަން ޑޮލަރަށް ބޮޑު ކުރެވޭނެ ކަމަށް ވިދާޅުވެފައި-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
26 ފެބުރުއަރީ 2023 - 12:51
އިންޑިއާގެ މާލީ އެހީއާ އެކު ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހަ ބިލިއަން ރުފިޔާ އިން 15 ބިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޕޫނޭގައި ކުރިއަށްދާ "އޭޝިއާ އިކޮނޮމިކް ޑައިލޮގް" ގައި އަމީރު ދެއްކެވި ވާހަކައާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި އިންޑިއާ އިން މާލީ އެހީ ހޯދައިގެން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ ހަގީގީ މަންފާ ފެންނާނީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގަ އެވެ.
އަމީރު ވިދާޅުވީ، ތިލަމާލެ ބްރިޖާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ނިމުމުން، ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުކޮށްލާނެ ކަމަށެވެ.
"މިހާރު ރާއްޖެއަކީ ހަ ބިލިއަން ޑޮލަރުގެ އިގްތިސާދެއް. އެކަމަކު އުތުރާއި ދެކުނުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން ކުރިއަށް އޮތް 5-10 އަހަރު ތެރޭ ރާއްޖޭގެ އިގްތިސާދު 15-20 ބިލިއަން ޑޮލަރުގެ އިގްތިސާދަކަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަނީ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ފެންވަރަކަށެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަނީ އަހަރަކު 1.8 މިލިއަން ޓޫރިސްޓުން ގެނެވޭނެ ފެންވަރަށެވެ.
މިދިޔަ އަހަރު ފިނޭންސް މިނިސްޓަރު ވަނީ އިންޑިއާއިން 15 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އެހީއެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ އެހީ އެވެ. އެހެންވެ އެއީ ލޯނު ގޮތަށް އަނބުރާ ދައްކަން ޖެހޭނެ ފައިސާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
27 February 2023
ކޮންމެކަމަކާގުޅިގެން ބިދޭސީންގެވާހަކަދައްކާތީއަޖާބުވޭ,ތިޔަބުނާދިވެހިންހޯދަނީކޮންތާކުންހޭ?މުޅިޤައުމުގައިޑިގުރީލެވަލްގެމީހުންނެވެ.ކޮންމެމީހަކުބޭނުންވަނީމީހަޔައްވުރެބޮޑުއެބުރޭގޮޑިއެކެވެ.އެވަރަކައްގޮޑިއެއްނެތެވެ.ފާޚާނާސާފުކުރާކައް މަށަންދަތިއަޅާ ނެޕީގަޑުގައަތްލާކަށްތަޢުލީމީސެޓުފިކެޓުފެނުނީމާ ޒަމީރުޤަބޫލެއްނުކުރޭ,މީހުނައްވުރެވަޒީފާގިނަ,ކަޑާލަފާނެތީބިރެއްނުގަނޭބޮސްގެމޫނުމަތީބޭނުންއެއްޗެއްބުނާނެމިދެންނެވިހުރިހާކަމަކައްބިދޭސީންގެންނަންމަޖުބޫރުވޭހައްލަކީކޮންމެއަންހެނަކުފަހަރަކު 10ކުދިންވިހާމީހުންގިނަކުރުން!!
ތޔކހ
26 February 2023
އިންޑިޔާ އެހީތަ ނޫނީ ދަރަނި ދަންތޫރަތަ
ޖުކި
26 February 2023
ސަތޭކަ ބިލިއަނަށް އެރިއަސް ތީގެ ފައިދާ ލިބޭނީ ތިޔަ ރޯޔަލުންނާ ތިޔަ ރޯޔަލުންގެ އައުވާނުންނަށް. މިހާރުވެސް ގައުމު ފަގީރެއްނޫން.
ރާޖް މަނިކެ
26 February 2023
ރާއްޖެ އިންޑިޔާގެ ބަޔެއް ގޮތުގަ ކަނޑަ އެޅީމަ ތި ލޯނުތަށް ދައްކަންޖެހޭނީ އިންޑިޔާއިން - ހައްލަކީ އިންޑިޔާ
އެމްސް
26 February 2023
ޢަދަދުތަކެއް ކީދާނެ! ޓްއަރިސްޓުންނާއިގެން ޤައުމު ފުރި ބަންޑުން ވިޔަސް %90 ވަޒީފާތަކުގަ ބިދޭސީން ބައިތިއްބައިގެން ކުރެވޭ އެއްވެސް ކަމަކުން މިޤައުމުގެ އިޤްތިސާދަށް ވަންނާނެ މާބޮޑު މަންފާޢެއް ނެތް! އަނެއްކޮޅުން ރަގަނޅަށް ހިނގާ ގިނަ ރިސޯޓްތަކަކީވެސް ބޭރުގެ އިންވެސްޓްމެންޓްސް! ފުދުންތެރި މުޖުތަމަޢެއް އުފެއްދޭނީ ބިދޭސީންގެ ބަދަލުގަ ދިވެހީން ވަޒީފާތަކަށް އިސްކޮށްގެން! މުޅި ޤައުމު، އެންމެ ސިނާޢަތަކަށް ގޮސް ހުސްވުމީވެސް ބޮޑުވެގެންވާ ގޯހެއް!
ހެޔޮ މަށަށް
26 February 2023
ހެޔޮ ޓްރިލިޔަން އިޤްތިޞާދަކަށް ވިއަސް. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްވުރެ ބޮޑު އެއްޗެއް ނޯންނާނެ. އެމީހުންނަށް ވާޤިވެރިވާ ދިވެހިންނަކީ ހަމަ ޚާއިނުން،. ޣައްދާރުން.
ވިސްނާލުމަށް އެދެމޭ
26 February 2023
ސުބުހާނަﷲ ...އަދިވެސް އިންޑިޔާ އިންޑިޔާ..މަށަށް ފެންނަނީ މޑޕއިން އިބޫގެ ބަދަލުގަ އިންޑިޔާމީހަކު ދެވަނަ ދައުރަށް ނެރެން..އޭރުން 15ބިލިޔަނުގެ ބަދަލުގަ 30ބިލިޔަން ލިބޭނެ..ގިނައިން ލިބެންއޮތްގޮތަކަށް ތިކަންކުރުން މާރަގަޅުވާނެ އަމީރޫ ސީދާމަގުން ނުގޮސް ޝޯޓްކަޓްނަގާބަލަ.ރާސްތާކުރުވެފަ ލިބޭވަރުގިނައިއްޔާ ނެތެއްނުން މައްސަލައެއް..ކޮބާ މިގައުމުގަތިބި ތައުލީމީތަޖުރިބާކާރުން ގައުމުމިދަނީ ނަލަކޮށްތަ މިގައުމު ދިވެހިރާއްޖޭގެނަމުގަ ކިތައް އަހަރަށްތަ...
ބިލީލިލީ
26 February 2023
އާމިރުގެ ކޯޓު ހާދަ ހެޔޮވަރޭ. ވަރަށް ސަޅި
ދިއްދޫމީހާ
26 February 2023
15ބިލިޔަންއަ ބޮޑުވާ ވާހަކަ ބުނާއިރު އިންޑިޔާއަ ދައްކަންޖެހޭ 30ބިލިޔަން އެހެންވީމަ ވަރަށް ފައިދާ ވާނެތާދޯ؟ ކަލޭމެން ރަނގަޅުވާނީ ކުރުވާހަކަ ކިޔަން..
ގަޅިބޭ
26 February 2023
އިންޑިއާ އިން މިޤައުމަށް ދިންކަމަށް ތިބުނަނީ 1.5 މިލިއަން ޑޮލަރުގެ ކްރެޑިޓް، އޭގެ ހުރިހާ ފައިދާކޮޅު އެދަނީ އިންޑިއާއިން އެ ޕްރޮޖެކްޓް ހިންގާ އިންޑިއާގެ ކުންފުނިތަކަށް، އޭގެ ބަދަލުގައި މިދިޔަ 4 އަހަަރު ހުރިހާ އެކްސްޕެޓްން ގެނައީ ބޮޑު މުސާރައަށް އިންޑިއާއިން. އެދަދު 100000 މީހުނަށް އެރުން ގާތް. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކުދި ވިޔަފާރިތަށް ގަނެލައިފި، ދިވެހި ބޮޓެއް ބައިންދާފަ، ހުރިހާ ފައިދާ އިންޑިއާއަށް.