ޚަބަރު / ރޯދަމަހުގެ އިނާޔަތް

ރޯދަ އިނާޔަތް 3،000ރ. އަށް ވުރެ ބޮޑު ކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަނީ--ފޮޓޯ: މަޖިލިސް

ރޯދަމަހަށް ކޮންމެ މުވައްޒަފަކަށް ދޭ 3،000ރ. ގެ އިނާޔަތް ބޮޑު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ފާސްނުކޮށް، މަޖިލިހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، އަތް ނުފޯރާ ހިސާބަށް އުފުލޭ ކަމަށެވެ.

އެހެންވެ، ރޯދަ އިނާޔަތް ބޮޑު ކުރުމަށާއި ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަމަހުގެ އިނާޔަތާ ގުޅޭ ގޮތުން އޮންނަ ބައި އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް އެ މައްސަލާގައި ވެ އެވެ.

ހުރިހާ ފަންނުތަކާއި މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ރޯދަ އިނާޔަތް ހަމަހަމަ ކަމާއެކީ ލިބޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ޝިޔާމް ގޮވާލެެއްވި އެވެ.

އެ މައްސަލަ އަށް ބަހުސް ކުރުމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން އެކަމަށް ތާއިދު ކުރެއްވީ 15 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކަށް ވޯޓު ދެނީ ޕީޕީއެމް/ޕީއެންސީ އެވެ. މިހާރު އެ ދެ ޕާޓީން ހުށަހަޅާ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން ފެކްޝަނުން" ވެސް ވޯޓު ދެ އެވެ.

26 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗފރތގތ

16 March 2023

ނުކިޔަވާ މީހަކަަށް، އަމުދުން ދިވެހި ބަހުގެ ސުކުންވެސް ހަމަޔަށް ނޭނގޭ ގުނބޯލައަކަށް ސްޓޭޓު މިނިސްޓާރުކަން ދޭން ހުށައަޅާބަލަ، ވަގުތުން ފާސްވާނެ

The name is already taken The name is available. Register?

ާއުނިމާ

15 March 2023

ރޯދަ އެލަވަންސްއަށް 3000 ރުފިޔާ މިޒަމާނުގެ ނުވޭ ހުވަދަކަށްވެސް...މީގެ ދެ ގުނަ ޖައްސަންޖެހޭ! ތަކެތީގެ އަގު ބޮޑުކަމުން މިހާރު އުޅޭވޭވަރެއްނޫން! ސަރުކާރުގެ ޚަރަދު އިންތިހާޔަށް ދަނީ، ޖީއެސްޓީ ބޮޑުކޮށްފި، ކީއްވެތަ ރޯދަ އިނާޔަތް ބޮޑު ނުކުރެވެންވީ!

The name is already taken The name is available. Register?

ބަބޫ

15 March 2023

ކަލޭމެންގެ ސަރުކާރެއްގައި ރޯދަ އިނާޔަތް ބޮޑުކުރިނަމަ އޮންނާނީ މިހާރުވެސް ބޮޑުކޮށް. ދަޅަދައްކަން ނޫޅޭ

The name is already taken The name is available. Register?

ކަތްދައްތަ

15 March 2023

ރޯދަ އިނާޔަތް ކުޑަކުރީ ޔާމީނުގެ ވެރިކަމުގަ ނޫންތޯ؟ ކުރިން އިނާޔަތް ދިނީ ލިބޭ މުސާރައިގެ 1/3 ބައި 2000ރ ރުފިޔާއަށްވުރެ ކުޑަ ނަމަ 2000ރ 10000ރ އަށް ވުރެ ބޮޑުނަމަ 10000ރ. ނަމަވެސް އެންމެވެސް ހިފަނީ ރޯދައޭ ކިޔައިގެން 3000ރ އަށް ކުޑަކުރީ ޔާމީނުގެ ސަރުކާރުން. އެންމެން ރޯދަ ހިފާ ގޮތަށް ދައުލަތުގެ މުސާރަ ލިބޭ އެންމެންނަށް އެއްވަރަކަށް.މުސާރަ ދޭކަށް ނުހިފާ. މަޖިލިސް މެންބަރުން 80 ހާހުން މަތިން މުސާރަ ގެންދާއިރު ކުރިޔަސް ނުކުރިޔަސް 20 ހާހުން އެލަވަންސްދޭ

The name is already taken The name is available. Register?

ބުލެޓް

15 March 2023

މިއީ ހަމަ ރައިއްޔަތުންނަށް ދައްކާ ދަޅަ. އަދި ސަރުކާރާއި ރައިއްޔަތުން އިތުރަށް ޖެއްސޭތޯ ބަލަން ސިޔާމް މެން ކުރާކަންކަން. އެހެން ނޫނަސް ރޯދަ އިނާޔަތް އެއީ ހުރިހާ ދިވެހިންނަށް ލިބޭ އެއްޗެއްވެސް ނޫން.

The name is already taken The name is available. Register?

202333

15 March 2023

ކިތަންމެ ރަނގަޅު ރައްޔިތުންނަށް މުހިންމު ކަމަކު ބަޔަކު ގަރާރެއް ހުށަހެޅިޔަސް މިއުޅޭ ޑިކުޓޭޓަރު ސޯލިހު ފެކުޝަން މެންބަރުން ވޯޓު ލައިގެން އޭއްޗެއް އެބަ ބޭރުކުރޭ. ހަމަ ސީދާ ނޯތުކޮރެއާ ސުޓައިލަށް ކަންކުރަނީ. ނުދޭނަން ދެން ސޯލިހަކަށް ވޯޓެއް. މައިނޯރިޓީގެ އަޑު ކެޑުވުމަކީ ސީދާ ހުދުމުހުތާރުކަމުގެ އިންތިހާ

The name is already taken The name is available. Register?

މ‫ިރޯދަމަހު ހިތްތައް ސާފުކުރޭ

15 March 2023

ތ‫ިޔަ ބިލާ އިދިކޮޅަށް ވޯޓު ދިން މެންބަރުން ނާންނާތި ވޯޓު ގަންނަން ވޯޓު ހޯދަން ނުދޭނަން

The name is already taken The name is available. Register?

ލ‫ަބޫސް

15 March 2023

މ‫ިދާވަރުން ދަންޔާ ދުވަސް ކޮޅަކުން މިގައުމުގެ ވެރިކަން ކުރާނީ ބަންގާޅިން ބުރޯ ފައްޔާ ގައުމު ބަންޣާޅީންނަށް ވިއްކާލައިފި

The name is already taken The name is available. Register?

ޑިންގޑޮންގ

15 March 2023

ތިޔައެއް ބޮޑުކޮށްފިޔާ ހަމަ ޔަގީނޭ ދަވާލާނޭކަން މިއުޅޭ "ވިޔަފާރީވެރިން". އޭރަށް އެންމެ ހާލުގަ ޖެހޭނީ ވަޒީފާތަކުން މިހާރު ވަކިވެފައިތިބޭ މީހުން.

The name is already taken The name is available. Register?

ވަހީދުބޭބެބ

15 March 2023

ޔުނިވަރސިޓީއަށް މުދައްރިސުކަމު ދަންޏާ 30 ހާސް. ސްކޫލަކަށް މުދައްރިސު ކަމު ދަންޏާ 20 ހާސް. އެދެތަނުގެ އޮފީސްބައިގައި މަސައްކަތް ކުރާމީހާއަށް 5600ރ. މިނިސްޓްރީގައި ސިޔާސީ ބާރުން ފައިވިއްދާފަ ތިބޭ މީހުންނަށް 28 ހާސް ރުފިޔާ. މެންބަރު މީހާއަށް 70 ހާސް. އެއްކަލަ 5.600 ރުފިޔާ ލިބޭމީހާ ވެސް އުޅެން މިޖެހެނީ މިމާލޭގައި. ކޮންކަހަލަ ގޮތެއްބާ މިއީ.

The name is already taken The name is available. Register?

ވާތެދެއް

16 March 2023

ތިހެން ބުނާ މީހާ ނުބައި ވާނީ ކަލޯ.. ބުނާއިރު ސިވިލް ސާވަންޓުންވެސް ޓީޗަރުންނަށް ލލިބޭ މުސާރައާ އެޑމިން ކުދިންވެސް އެ މުސާރަ ނަގައިން މަސައްކަތް ނުކޮށް ތިބެނީ.. އެހެޔޮ އެޑްމިން ކުދިން ޑިގްރީ ނަގައިން ތިއްބަސް ސެޓްފިކެޓަށް ލިބޭ އެއްވެސް އެއްޗެއް ނޯވޭ. އިތުރު ވަޒީފާގެ ފުރުޞަތެއް ނެތަސް ހެޔޮ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454