މަޖިލީހުގެ ރިޔާސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ--ފައިލް ފޮޓޯ: މަޖިލިސް
21 މާޗް 2023 - 09:43
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭގެ މުޒާހަރާގައި "ހައްޔަރުކުރީ" ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ސިޔާމް ހައްޔަރު ކުރުމަށް ފަހު ހަތަރު ގަޑިއިރުގެ ތެރޭގައި އޭނާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރި ކަން މަޖިލީހަށް އަންގާފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) އާ ހަވާލާ ދެއްވައި އީވާ ވިދާޅުވީ މެންބަރަކު ހައްޔަރުކޮށްފި ނަމަ ގަޑިއިރެއް ތެރޭގައި މަޖިލީހަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ. ފުލުހުން އަމަލު ކޮށްފައި ވަނީ އެ ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިޔަށް ގެންދެވެން ނެތް ހާލަތެއްގައި މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި ބަންދުކުރާތާ ގިނަވެގެން ގަޑިއިރެއްގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ އަމީންއާންމަށް އަންގަން ޖެހޭނެ އެވެ.
"މަޖިލީހުގެ ގަވައިދާ ހިލާފަށް އަދި މެންބަރަކު ހައްޔަރު ކުރުމުން މަޖިލީހަށް އަންގާފައި ނެތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" އީވާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޝިޔާމް ހައްޔަރުކުރީ ކަމަށް އީވާ ވިދާޅުވި ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން މީހަކު ހައްޔަރު ކުރުމާއި ހައްޔަރަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ދެ ކަމެކެވެ. މީހަކު ހައްޔަރުކުރާ ނަމަ ގާނޫނީ އިންޒާރު ދިނުން ފަދަ، ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކެއް އޮވެ އެވެ. މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ގިނަ މީހުން ހައްޔަރު ނުކޮށް ދޫކޮށްލަ އެވެ.
މާލޭގައި ޕީޕީއެމް އިން ރޭ ކުރި މުޒާހަރާގެ ތެރެއިން ޝިޔާމްގެ އިތުރުން އަށް ފިރިހެނުންނާއި ނުވަ އަންހެނުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ދޫކޮށްލާފައި ވަނީ ޝިޔާމް އެކަންޏެވެ.
މުޒާހަރާ ކުރިޔަށް ދިޔަ ވަގުތު އެ ސަރަހައްދުން ރައީސްގެ މޮޓޯކޭޑް ހުރަސް ކުރަން އުޅުމުން މޮޓޯކޭޑް ހުއްޓުވި މައްސަލާގައި ވެސް އިތުރު ހަތަރު މީހަކު ހައްޔަރު ކުރުމަށް ފަހު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟީއުކަތު
21 March 2023
މާރިޔާދޯ ތިކަމާވެސް ކުއްވެރިވާނި، އަވަހަށް 241 އަށް ހާޒިރުކުރަންވީ
ހަސަންބޭ
21 March 2023
މަގު ބަންދުކުރީމަ އުނދަގޫވަނީ އަހަރެމެންކަހަލަ ރާއްޖެތެރެއިން މާލެ ކަންކަމު ޖައްސާލާ މީހުނަނަށް. ކާރަކަށް އެރިޔަސް ބުނާނެ ތިތާކަށް ނުދެވޭނޭ މަގު އޮންނާނީ ބަންދު ވެފައޭ. ޕޮލިހުންވެސް ދެން އާމްމުންނަށް ބަލާއަކަށް ނުވާހެން މިކަން ކުރަންވެއްޖެއްނު. އެތަނަށް އެއްވަންޏާވެސް އާޓިފިސަލް ބީޗުތެރެއަށް އެއްވާންވީނު. މިހާރުދެން ބޮޑު ބަލާއަކާ ހަމަވެއްޖެ މިކަން. އާންމުނަނަށް މިވަރަށް އުނދަގޫ ވާއިރު ކީއްކުރާ ޕޮލިހުންނެއް؟ އަވައްޓެރި ޕޮލިހެއްވެސްނޫންކިޔަންވީކީ!
ދެރަސޮރު
21 March 2023
ޕީޕީއެމް އޮފިސް ކުރިމަތި ބޮޑުތަކުރުފާނުމަގު، ގަ އެމީހުނ ކޮންމެ ރެޔަކު ރއްޔިތުންނަށް ޖެއްސުން ކުރަނީ، ބަސްތައްވެސް ކުރިޔަށް ދިޔަކަ ނުދޭ ރޭގަ އަހަރެން އެމަގުނ ދާން ޖެހުނު ވަގުތހު ވެސް މުޅި މަގުން ދޫކޮށްލާފަ ހުރީ 1 ލައިން ދެކޮޅަށް އަންނަ ވެހިކަލް ތަށް އޮތީ ތާސިވެފަ، މަ އުޅުނިން އައި ސްޕީޑު ދާންވެސް އެކަމަކު ވައިފު ގޮވައިގެން ހުރީމަ ހިތް ތިރި ކޮށްލާފަ މަޑުކޮށްގެން ހުރެ ތަން ލިބުނީމަ ދިޔައީ މީހުން ނިކުމެ އެގޮތަށް މަގު ބަންދުކޮށްގެން ތިބޭ ނަމަ ތަޅާލާ
ޑޮކްޓާރ. ބަނާނާ
21 March 2023
ތިނޯހޭ ވަތުވޮޑިއޭ ބަރަނިއޭތޯ ؟ ބައްލަވާ ތިޔާކުރައްވާ ކަމަކީ މިގައުމުގައި ސިޔާސީ ޑްރާމާ ތައްކުޅެ މިގައުމުގެ އިޖްތިމާއީ ފޭރާން ވީދާލާ ކުދިކުދިކޮށް ލުން. އެކަން ވެ ނިމިއްޖެ! ދެން ތިޔަ ބޭފުޅުން އެހެން މީހުން ބޮލަށް ތިޔަކަން ޖަހަންނޫޅުއްވާ އިގޭތޯ!
ގެރިގުއި
21 March 2023
ނައިބުކަޒިން ހިތްހަމަނުޖެހުން ފާޅުކުރައްވާނަމަ އެކަން ރަނގަޅަށް ބަލަންޖެހޭ.
ނައިނު
21 March 2023
ހަހަ ހައްޔަރުނުވާގޮތަށް ފުލުހުން ގެންގޮސް ބޭއްދިދާނެ ދޯ 3 ދުވަސްވާއިރުވެސް، ކޮބާތަ ހައްޔަރުކުރުމުގެ މާނައަކީ،
އިބުރާ
21 March 2023
ބަޔަކު ހަމަ ރަނގަޅަށް ވެސް މޮޔަ ވެއްޖެ!
ވާއީ
21 March 2023
ރައީސުލް ޖުމްހޫރިއްޔާގެ މޮޓޮކޭޑަށް ޝިޔާމް އަރައިގަތީމަ އީވާ ހެވިފަ. އެއީ މަޖިލިސް ގަވާއިދާ އެއްގޮތަށް ކުރިކަމެއްއުތަ؟
ދޮހޮއްތު
21 March 2023
ކޮންކަމެއްތޭ ގަވައިދުން ކުރަނީ …
ބަލިމާނު
21 March 2023
އިވާ ކޮން މޮޔައެއް ތި ގޮވަނީ. ފުލުސް މީހާ ވަރަށް ރަނގަޅަށް ޝިޔާމަށް ކިޔައިދިން ބަންދުކުރަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައޭ. ތުހުމަތަކީ ރައީސްގެ މޮޓަރުކޭޑަށް ހަމަލާދިނުމޭ، ދެން ކޮން ފަޅޮލެކޭ ކިޔާކަށް. އަހަރެމެން ބަލާނޫއޭ ގާސިމް އީވާއަށާއި ނަޝީދަށް ރީއްޗަށް ބޮޑުވަޒީރުކަން ދޭތަން