ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްއެންޕީގެ ރައީސް ނާޒިމް: ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 300 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެމްއެންޕީން ބުނޭ.---ފޮޓޯ: މިހާރު
24 މާޗް 2023 - 22:21
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާ ކަމަށް ބުނެ އެ މީހުންގެ މައްސަލަތައް އަވަސްކޮށް، އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއަކުން ދަންނަވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދާފައިވާ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައާ ގުޅޭ ސިޓީއެއް ރައީސަށް ފޮނުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މާނަކޮށްފައިވާ ގޮތަށް ބަލައި، އެއީ ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ވެފައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާއަކީ އެ މަނިކުފާނު އަދާކުރައްވަންޖެހޭ ޒިންމާއެއް ކަމަށް އެމްއެންޕީން ދެކޭތީ ކަމަށް އެ މައްސަލަ ހައްލުކޮށް ދެއްވަން އެދި ހުށަހެޅީ ކަމަށް ބުންޏެވެ.
އެމްއެންޕީން ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ކޯޓުގައި ނުހިނގާތީ ވަނީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ޝަރީއަތް ނުހިންގައި އަހަރުތަކަކަށް ދިގު ދެމިގެން ގޮސްފައިވާ މީހުން ކަމަށާއި ބޮޑު މައްސަލައަކަށް ތުހުމަތު ކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއް ފަރާތް ކުރެވޭނެ ގާނޫނީ ހަމައެއް ނޫން ކަމަށް ވެސް އެ ސިޓީގައި ފާހަގަކުރި އެވެ.
އެމްއެންޕީން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން މި މަހުގެ 7 ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރުމުން ވެސް އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތެއް ވިދާޅެއް ނުވެ އެވެ.
އެހެންވެ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ މުހިއްމުކަން ފެނިގެން ރައްޔިތުންގެ މަޖިލީހާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ފަދަ ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްތަކެއް ކުރިޔަސް އެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އެމްއެންޕީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖީދު
26 March 2023
ޕީޖީ ޝަމީމު ހިތުން މީ ދެން މާމޮޅު މީހެއް. ވާނުވާވެސް ނޭގޭ. އަލުން ޕްރީ ސްކޫލަށް ދާންވީ ވާނުވާ ކިޔަވަން. މީނައަށް ވާކަމެއްވެސްނެތް ނުވާކަމެއްވެސްނެތް. މީހާއަށް ވާނުވާ ނޭގި މީހާށް މީހާއޮޅުނީ.
އެމްޑީއެން
25 March 2023
ޕީޖީ ޝަމީމަކީ ޔާމިނު ސަރުކާރުގެ ދުވަސްވަރު، ޝަރުޢީ ނިޒާމަށް ފާޑުކިޔާ އިސްލާހުކުރަން ވަރަށްފާޅުގަ ވާހަކަދެއްކި އެކަކު. އަދި ޔާމިނު ސަރުކާރުން ރައްޔިތުންނަށްދޭ އެންމެ ބޮޑު އެއް އަނިޔާއަކީ، ޖަލުގައި "ވާނުވާޖަހާފަ' ދިގު މުއްދަތަށް މީހުން ބައިތިއްބާކަމަށް. އެކަމަކީ ހުއްޓާލަންޖެހޭކަމެއްކަމަށް. އެކަމަކު ޕީޖީގެ މަޤާމު ޝަމީމަށް ލިބުނީމާ އެއީ "ވާނުވާޖެހުން" ހުއްޓުވޭނެފަދަ މާގާމެއް. އެކަމަކު ވާނުވާޖެހުން ނުވެސް ހުއްޓި. އަދި ވާނުވާ އިންތިހާއަށް އިތުރުކުރީ.
ޙިނި
25 March 2023
ކޯޓުތައް ގާބިލުކުރަންވީ. ވާނުވާ އޭ ކިޔަިގެން ހަގީގީ މައްސަލަ ކާޕެޓު ދަސައް މިލަނީ، ވާނުވާ ކިޔާފާނެތީ އޭގެން ރެކެން މިމީހުން ޑުރަގުޑީލަރުންނާ، މީހުނަ މަރާ ގޭންގުތަކުގެމީހުން ނައްވެސް 7 ދުވަސް ޖަހާފަ، ފުލުހުން ތަހުގީގު މަޑުޖެހޭއިރައް މި ދޫކޮއްލަނީ. ވާނުވާގަ ތިބީ ގާތިލުންނާ، ޑުރަގު ޑީލަރުންތައްވެސް ދޫކޮއްލަންވީނު
ލަންސިމޫ
25 March 2023
އަދި ސިޓީގައި ތަފާސް ހިސާބުވެސް ހިމަނާލުން ރަނގަޅު، ކޮން ކަހަލަ ކުށްތަކެއްގެ ބަޔެއްކަން ތިބީ އެގޮތަށް. މި ފަހުން އޮތް ޚަބަރެއްގަ މި ނޫހުގެ އެ މައުލޫމާތުވެސް
ކޮރަލް
25 March 2023
ރަނގަޅު ބާހަކަ އެކެވެ. މީހަކު ކުށެއް ކޮށްފިނަމަ ތަހުގީގު ކޮށް ޝަރިއަތުން ހުކުމް ކުރުމުން ދެން ބަންދުގަ އެތައް އަހަރަކު ބެހެއްޓި ދާނެ އެވެ. އެކަމަކު ހުކުމެއް ނުކޮށް އެތައް އަހަރަކު ބަންދުގަ ބަހައްޓާފަ ދެން ދޫކޮށްލީމަ ނުކުރާ ކަމަކަށް އަދަބު ދެވުނީ އެވެ.
ފޮނި ކާތަކެތި
25 March 2023
އެގޮތަށް ބަންދުގައި ބަހައްޓަން ހުއްދަ ލިބޭނީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ސަބަބެއް އަދި ހެއްކެއް ފުލުހުންނަށް ގާޒީއަށް ދެއްކިގެން
މޭޒުމަތީ އޮތް ބަރު
25 March 2023
ނާޒިމް އަށް ވެރިކަން ލިބިއްޖެއްޔާ ފުލުސް ކޯޓު އަލުން އުފައްދަންވާނެ!
25 March 2023
މިހާރު ތަ! ތި ސޓީ ފޮނުވަން އެނގުނީ؟ މިހާރަކު ނެތް ވަގުތެއް! ރޯދަ މަސް ނިމުނީމާ ހަނދާންކޮށްްލަ ދޭން މެސެޖު ކުރައްޗޭ
ސައިލެންޓް މެޖޯރިޓީ
25 March 2023
ކީއްކުރަން ސިޓީ ފޮނުވަނީ؟ ނާޒިމް ތިއުޅެނީ ވެރިކަމަށް އަންނާކަންނު. ވެރިކަމަށް އައިސް ތިކަން ހައްލުކުރަން މަޑުކުރޭ.
ޖާދު
25 March 2023
އުމަރުބުނަނީ ކޮރަޕްޓްވެރިން ޖަލައްލާ ފުޑާނުލާ ބިކަވެފަ ތިބީ މީހުން ގުންޑާއިންގެ ޓެގުއަޅުވާ މަރަންވީކަމައް
އައްޔަ ބޮޑޭ
25 March 2023
ތީއެއްވެސް ހެޔޮހިތެއް އޮވެގެން ފޮނުވި ސިޓީއެއް ނޫން! ތީހަމަކެމްޕޭނު,