ނ.މަނަދޫ: އެ ރަށުގައި އިއްޔެ ވަނީ މީހަކު މަރާލައިފައި
08 އެޕްރީލް 2023 - 12:08
އިއްޔެ ހަވީރު ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އަންހެން މީހާގެ މަރުގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް އެ ރަށަށް ހިނގައްޖެ އެވެ.
އެކަނި ގެއެއްގައި ދިރިއުޅޭ ނައީމާ މޫސާ، 62، ގެއްލިގެން، އިރުއޮއްސުނު ފަހުން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ކޮޓަރި އަށް ވަން އިރު، އޭނާ ފެނުނީ މަރުވެފައި އޮއްވަ އެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ރޭ ބުނިގޮތުގައި ނައީމާ އޮތީ މަރާލައިފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުއްޓެވެ. ބައެއް ގުނަވަންތައް ވަކިކުރަން ވެސް މަސައްކަތް ކޮށްފައި ހުރި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
އެ މަރުގެ ތަހުގީގަށް މާލެ އިން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ގޮސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏަސް އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
އެ އަންހެންމީހާގެ މަރާ ގުޅިގެން، އެ ރަށުން އެއްވެސް މީހަކު ފުރުމާއި ރަށަށް އެއްވެސް މީހަކު ހުއްދަ ނުހޯދައި ދިއުން ކައުންސިލުން ވަނީ މަނާކޮށްފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އެ އެންގުން އެންގީ ފުލުހުންގެ އެދުމުގެ މަތިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
09 April 2023
މީހާ ވަޅުލާފަ ދެންތޯ ފޮރެންސިކް އާއި ޖެހެނީ؟
ލލލ09
08 April 2023
ފުލުހުން ނުގެންގޮސް ނޫސް ނޫހުގެ ކޮމެންޓު ސެކްޝަނުން ތިކަން ނިންމާލެވޭނެ..
އަންދަލޫސިޔާ
08 April 2023
މަރުޙޫމްއަށް ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށި. އާމީން. މި ބަރަކާތްތެރި ރަމަޟާންމަހު މީހަކު ކޮށާލި ޤާތިލު ނުވަތަ ޤާތިލުން ހޯދުމަށް ފުލުހުން އަދި ރަށު ރައްޔިތުން ވެސް މަސައްކަތްކުރަންވާނެ. ކޮޓަރީގައި މަރާލައި ކޮޓަރި ތަޅުލާފައި ދިޔައިރު ކޮންމެވެސް ފޮރެންސިކް ހެއްކެއް ހުންނާނެ. ޤާތިލުން ހޯދައި ޙައްޤު އަދަބު ދިނުމަށް ގޮވާލަން. މަރްޙޫމްއާ ހަސަދަވެރިކަމާ ރުޅިވެރިކަން ގެންގުޅޭ ފަރާތްތައް އިންޓެރޮގޭޓްކޮށްގެން ޙަޤީޤަތަށް ވާސިލުވެވޭނެ، އިންޝާ الله.
ސަލީމު އިދުރީސް
08 April 2023
އޭއްކީކޭ ދިވެހި ފުލުހުންގެ ތެތޭގަ އުޅޭތޯ ތަހުގީގު ކުރެވޭވަރު ބަޔެއް؟ އެމިހުނައް ތިކަން ހޯދޭނީ ގާތިލުގެ ކާކުކަން އަންގައިދޭ ކާޑު ތިތަނައް ދޫވެފަ އޮތިއްޔާ
ޖުމާ
08 April 2023
ހިނި އަންނަނީ.މީގެ ކުރިންވެސް ވަރަށް ބާރުލާފައި މައްސަލަ ބަލާ.އިންސާފެއްނުލިބޭ.ފުލުހުން ނުގޮސްގެން ނުން އިންސާފު ނުލިބިގެން އުޅެނީ.ދައުލަތުގައި އިޚުލާސްތެރިކަމެއް ނެތީ.