ހަތަރު ރަށެއްގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިނާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރު ސޮއިކުރުމަށްފަހު، ހެލްތުގެ ސްޓޭޓް މިނިސްޓަރު އާދިލް (ކ) އަދި ޓީސީއައިއެލްގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
13 އެޕްރީލް 2023 - 13:34
ހަތަރު ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކާ އެކު ހެދި އެއްބަސްވުން ބާތިލްވީ އެއްބަސްވި މުއްދަތުގެ ތެރޭގައި ފައިސާ ހަމަނުޖެހުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ރ. އަލިފުށި ހޮސްޕިޓަލާއި ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް މެއި 30، 2022 ގައި އެންމެ ފުރަތަމަ ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އަށެވެ.
އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ހިންގަން ނިންމި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 57 މިލިއަން ޑޮލަރު (882 މިލިއަން ރުފިޔާ) އަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސް ކުރާތީ އެކަމަށް ކޮންޓްރެކްޓަރު ވެސް ހޯދީ އެ ބޭންކުންނެވެ.
އޭރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދިއްދޫ އާއި ކުޑަހުވަދޫ އަދި ވިލިނގިލީގައި އިމާރަތްކުރަން ހަމަޖެއްސީ 50 އެނދުގެ ހޮސްޕިޓަލެވެ. އަލިފުށީގައި ހަދަން ނިންމީ 30 އެނދުގެ ހޮސްޕިޓަލެވެ.
ނަމަވެސް، އަހަރެއް ވާން އުޅެނިކޮށް، ހަމަ އެ ހަތަރު ހޮސްޕިޓަލްގެ މަސައްކަތްތަކެއް ކުރުމަށް ޗައިނީސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ އެކު ސަރުކާރުން ވަނީ މި މަހުގެ 2 ގައި ސޮއިކޮށްފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް ހެލްތުން މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނީ އެ ހަތަރު ހޮސްޕިޓަލާ ގުޅޭ މަސައްކަތްތައް ޗައިނާއާ ހަވާލުކުރީ، އިންޑިއާ އެކު ހެދި އެގްރިމެންޓު ބާތިލްވެފައިވާތީ ކަމަށެވެ.
އެގްރިމެންޓުގައިވާ ގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ 90 ދުވަހުގެ ތެރޭގައި ހަމަނުޖެހިއްޖެ ނަމަ އެ އެއްބަސްވުން ބާތިލްވާނެ އެވެ. ނަމަވެސް، އެއްބަސްވުން ބާތިލްވިއިރު، އެ ކުންފުނިން އެއްވެސް މަސައްކަތެއް ވެސް ނުކުރެ އެވެ. އަދި އެއްވެސް ފައިސާއެއް ވެސް ޓީސީއައިއެލް އަށް ނުދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ އެޖެންސީއާ ހަވާލުކުރީ ހަތަރު ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ ފީސިބިލިޓީ ހެދުމުގެ އެއްބަސްވުމެކެވެ. އިމާރާތްކުރަން ބަޔަކާ އަދި ހަވާލެއްނުކުރެ އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ހިމެނޭ މި މަސައްކަތް ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަލީމަަ
15 April 2023
ވޯޓްކައިރިވެއްޖެ. އަހަރުމެން އިތުރަށް ނުދަރުވާ މަޑުކޮށްލަބަލަ.
ސަލި
15 April 2023
ސޯ އެހެންވީމަ ޔާމިން އަޅަން ފެށި ތަންތަނާ ހިންގަންފެށި ޕްރޮޖެކްޓްތައް މިސަރުކާރަށް ހުޅުވަން މިލެބެނީ. އެކަތި ޕްރޮޖެކްޓް އަމިއްލަ އަށް ނުޖެއްސުނު. މިހާރަ ދައްކަންޖެހޭ ލޯން ބޮޑުވެއްޖެ ޔާމިންއަށް ވުރެ
މޫނު
14 April 2023
މާލިއްޔަތު ޤާނޫނާއި ޤަވާޢިދަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއްތޯ؟ ބަޖެޓް ހަމަ ނުޖެހެނީސް މަޝްރޫޢު އިޢުލާނު ކުރުމަކީ ގައިމު ޤާނޫނާއި ޤަވާޢިދު މަނާކުރާ ކަމެއް
ބޮޑުމީހާ
13 April 2023
އާބާދީއާއި ނުބައްދަލު ޕްރޮޖެކްޓްތައް ހިންގުމުގެ ނަތީޖާ ފެންނަން މިއޮތީ ވަރަށް ހިތިކޮށް. އާބާދީ އެއްފަސްކޮށްގެން ހިދުމަތްތައް ވަކި އާބަން ސެންޓަރުތަކުން ލިބޭގޮތަށް ކަންކަން މަގުފަހިކުރަންޖެހޭ.
ކުރުކޮށް
13 April 2023
ހެއްދެވިހާ ދޮގު ހހަދައިގެން ވެރިކަމުގަ ތިބޭނަމޭ ހިތާ އުޅުނަކަސް އެކަން ވާކަށް ނެތް
ކަޅުސޮރު01
13 April 2023
- ދައުލަތުގެ ލާރިނެތިއްޔާ މިކަން އިހަން ނުކުރަންވީނުން!
ނުވި ކުޑޭ
13 April 2023
މާރަނގަޅުވާނެ ދެން އެއްކަމެެްވެސް ނުކުށް މަޑުމަޑުން ތިބެފަ ދައުރު ނިމުނީމަ ބަސްއަހަިގެން ގެއަށް ދިޔައިއްޔާ. ބާކީ އޮތީ ކުޑަ ދުވަސްކޮޅެއްނު. ރައްޔިތުން އިތުރަކަށް ނުދަރާނެއެއްނު އޭރަކުން. ކިޔާނީ ނުވިޔޭ، ނުކުރިޔޭ އެއްނު. އެ ދެން ހަމަ ހަގީގަތެއްނު ހެހެހެ..
ނޫރާނީގެ ހުޅަނގުބައި
13 April 2023
ރައީސް މީހާގެ އަމިއްލަ ރަށުގައި އަޅަންދިން ޓާޝަރީ ހޮސްޕިޓަލް ގެ ވާހަކަވެސް އަހާލަބަލަ ނޫސްވެރިން! މަސައްކަތް ކުރަން އައި ކޮންޓްރެކްޓަރު ފައިބައިފި ރަށުން!
ރައްޔިތުކަލޯ
13 April 2023
ސިޔާސީ މީހުންގެ ކަމަކީ ރައްޔިތުން ގުނބޯ ހެއްދުން. މިއީ ދެކުނު އޭޝިއާ އާ އެފްރިކާގައި ދާދި ފަސޭހަކަމެއް. ރާއްޖޭގަ ކޮންމެ އިންތިޚާބަކާ ދިމާކޮށް މި ސަކަރާތެއްޖަހާތާ ބައިގަރުނާ ގާތްވަނީ! އަދިވެސް ރައްޔިތުން ވާނުވާގަ!
ދިއްދޫމީހާ
13 April 2023
މިވެރިންގެ އުސޫލް މިހުންނަނީ ހިޖާޖް ކަރައިގެ ހިމާރް ވިއްކާލި މީހާގެ އުސޫލް ހުންނަ ގޮތައް ފުރަތަމަ އިހަވަންދޫ ހޮސްޕިޓަލް ބިންގާ އަޅަންވެގެން އެތަނުގައި އިން ޕޯސްޓަރެއް ދެން ގެންދިޔައީ ހޯރަފުއްޓަށް ދެން ކުޑަހުވަދޫއަ ދެން ދިއްދޫއަ ދެން ދެއްކީ އިންޑިޔާގެ ކުންފުންޔަކާ އެކު ސޮއި ކުރި ވާހަކަ ދެންފެށީ ތާރީހްތައް ދޭން ދެން ފެނުނީ ޗައިނާ ކުންފުންޔާ އެކު ސޮއި ކުރި ވާހަކަ 5އަހަރުން ސޮއެ ކޮއްލެވުނީ ދެން ސްލޯވާނީ މިހާވަރަކަށް..