26 އެޕްރީލް 2023 - 14:54
ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ޓެކްސް އުވާލުމާ ބެހޭ ބިލް އިސްލާހުކޮށް ނިމެންދެން މަޖިލީސް ޗުއްޓިއަށް ނުގޮސް މަޑުކުރުމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ހުށަހެޅުމުން އެކަމަށް ތާއީދު ނުކުރައްވާކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ، އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލް މަޖިލީހަށް ހުށަހަޅަން ދިން ފުރުސަތުތުގައި، ބިލް ހުށަހެޅުއްވުމުގެ ކުރިން ޝަރީފް ވިދާޅުވީ މިހާރު މަޖިލީހުގައި ބަހުސް ކުރަން ފަށައިފައިވާ ކުނި މެނޭޖު ކުރުމާބެހޭ ބިލްގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓި އަށް ނުގޮސް މަޑުކުރަން އޭނާ ހުށަހަޅުއްވާ ކަމަށެވެ. އަދި އެކަމަށް މަޖިލީހުގެ އެހެން މެންބަރަކު ތާއީދުކޮށް ދެއްވުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ.
އެކަމަކު އެ ހުށަހެޅުމަށް އެހްނެ މެންބަރަކު ތާއިދެއް ނުކުރައްވަ އެވެ. އެ އަށް ފަހު ޝަރީފް ބިލް ހުށަހަޅުއްވަން ފެއްޓެވުމުން، އޭނާގެ ވާހާކަ މެދުކަނޑާލައްވައި ނަޝީދު ވިދާޅުވީ ޗުއްޓީ އަށް ނުގޮސް މަޑުކުރުމަށް ޝަރީފަށް ހުށަނޭޅުއްވޭނެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރަށް ސާފުކޮށް އަރުވަން ޖެހޭ އިއްޒަތްތެރި މެންބަރަށް ހުށަހެޅެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ. އެހެންވީމާ އެކަން ސާފުކޮށްލަ ދިނީ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި އާންމުކޮށް ނަޝީދަށް ފާޑުވިދާޅުވާ ޝަރީފް، ނަޝީދުގެ އެ ވާހަކަ އަށް އިތުރު ރައްދެއް ނުދެއްވަ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، މާދަމާގެ ޖަލްސާ އަކީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ކަމަށެވެ. މަޖިލިހުގެ ދެ ވަނަ ދައުރު ފަށާނީ ދެ ހަފުތާގެ ޗުއްޓީއަކަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގައި ހުރި މައްސަލަ ހައްލު ކުރުމަށް އަލުން އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސް މަޖިލިހުގައި ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު، ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް އަދި ނުނިމެ އެވެ.
ރައްޔިތުންގެ މަޖިލިސް މި ފަހަރު 14 ދުވަހުގެ ޗުއްޓީ އަށް ދާން ވާނީ އެ އިސްލާހު ފާސްކުރުމަށް ފަހު ކަމަށް ސަރުކާރުގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލޮކޮސް
27 April 2023
އެލެކުސްމެން ހީކުރަނީ ދެން ތިމަންނާމެން އަބަދު ބާރުހުންނާނެޔޭ. އެލެކުސްއަކީ މައުމޫނަށްވުރެ ނުލަފާމީހެއް!
ރަބަރު ނެޕީ ހުއްޓާލާ
27 April 2023
ބަަލަ ފަރުތަކާ މޫދާ އަތިރިތަކަށާ ގޮޑަށް އުކާފަ އެއޮންނަ ހުރިހާ ރަބަރު ނޕީތައް އެތަެރެކުރުން ހުއްޓުވަބަލަ. އެއީ މާތިމާވެށްޓަށް ރައްޓެހި ރައްކާތެރި އެއްޗަކީތަ؟ ކޮތަޅަށްވުރެ ވަކި ސަހަލު އެއްޗެއް ނޫން އެއީ.
ކަސްތޫރި
27 April 2023
ކުރިއަށް އޮތްތާގަ ލާނޭވާޔަށްވެސް ލާރި ދައްކަންޖެހޭނެ. ނޭވާލާއިރު ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ސަބަބުން ތިމާވެއްޓަށް އަސަރު ކުރާތީ.
އަލީހަމީދު
27 April 2023
ނަޝީދަކީވެސް ތިބުނާހާ ރަގަޅު މީހެއްނޫން، އަމިއްލަ ބާރުވެރިކަން ހޯދަން ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ. މަޖިލީހުގެ ގިނަ މެމްބަރުންގެ ތާއީދު ނެތި އެގޮނޑީގަ ނީންދެވޭނެތީ މަޖިލިސް މެމްބަރުން ބޭނުން ނުވާކަމަކަށް ތާއީދެއް ނުކުރާނެ.
އޮނަރަބްލް އަފީފު ދީދީ
26 April 2023
ބާޒާރު ކޮތަޅެކޭ އެއްފަދައިން ތިމާވެއްޓަށް ގެއްލުންހުރި އެހެންތަކެތި ހުއްޓުވަން ނުވަތަ ބޭނުންކުރުން މަދުކުރާން ޤާނޫނު ހަދާންޖެހޭ. # މިގޮތުން މާލޭގައި ޕެޓްފުޅީގައި ފެން ބަންދުކުރާ ކާރުޙާނާތަކުން (ކޮކަކޯލާ ކުންފުނި ފިޔަވާ) ފެން ކޭސް ރެޕްކުރުމަށް ބޭނުންކުރާ ރަބަރުބޭނުންކުރުން މަނާކުރުމުގެއިތުރަށް ޑިސްޕޯސަބްލް ނެޕީތަކުގެ ތެރެއިން ފަނާވެދިއުން ލަސް ރަބަރު ބޭނުންކޮށްގެން ހަދާފައިވާ ނެޕީ މަދުކޮށް ތިމާވެއްޓާއި ރައްޓެހި ނެޕީ އެތެރެކުރަން ހިތްވަރު ދޭންޖެހޭ.
މުޙައްމަދު ފައިޞަލް
26 April 2023
ދައުލަތުގެ އެންމެ އިއްޒަތްތެރި މަޖުލީހުން ހައްދަވާ އެއްވެސް ޤާނޫނެއް ހައްދަވާ ނިމޭއިރު އިސްލާހު ކުރަން ނުޖެހޭ ގޮތަކަށް ނުހެއްދެވޭ. ދެން އަތާފަޔަށް ކުދިހިނި އަރާވަޑައިގަންނަވައިގެން އަވަސްވެވަޑައިގެންނެވި ގޮތަކަށް ތެޅިފޮޅި ވަޑައިގަންނަވައިގެން ޤާނޫނު އިސްލާޙް ކުރައްވަން އިޚްލާސްތެރިކަމެއްނެތް މަސައްކަޔްޕުޅު ތަކެއް ކުރައްވާވަޑައިގަންނަވަނީ. ފެންވަރުފުޅު ނެތް ބޭބޭފުޅުން އިސްތިއުފާފުޅު ދެއްވަވާފައި އަމިއްލަ ގެކޮޅަށް ވަޑައިގެންނެވުން މާރަގަޅުވާނެ
ބޯބުރާންތި
26 April 2023
ވަކަރުގޭ ދަރިން މަޖިލީހުގެ ގޮނޑިތަކުގަ ތިބެގެން ގާނޫނެއް ނެހެދޭނެ. މަޖިލީހަކީ މިހާރު ގާނޫނަށްވުރެ ބޮޑަށް ޕާޓީ މަސްލަހަތާއި އަމިއްލަ މަސްލަހަތު އޮތްތަނެއް..
ބޯބުރާންތި
26 April 2023
ހޫނ. ބޮޑު މުސާރަ ނަގައިގެން ލައްކަ ބައިބަރު މަސައްކަތް ކަލޭމެނަށް ކުރެވިއްޖެ. ދެން ދެމަސްދުވަހުގެ ޗުއްޓީއަކަށް އަވަހަށް ވަޑައިގަންނަވާ. ޗުއްޓީ ނިންމާފަ އައިސް ރައްޔިތުމީހާ ފެލާލެވޭނެ ގޮތެއް އޮތްތޯ ބަލާ.....
ހަސަން ކުރުސީ
26 April 2023
ސުރުޚީއަޅާއިރު އަންކޮޅެއް ރަނގަޅަށް ފަހުމުވާނޭހެން އަޅާނެނަމަ ކިހާ ބޮލަށްފަސޭހަވީސް.
ާނެކްސްޓް
26 April 2023
މުސާރަ ހަލާލުވަނެތަ؟
މޮޔަވެއްޖެ
27 April 2023
މާ ބޮޑަށްވެސް، އުމުރުދުވަހަށް މުސާރަ ލިބޭގޮތަށް އަމިއްލަޔަށް ގާނޫނު ފާސްކޮއްލާ ބަތަކަށް މުސާރަ ހަލާލުނުވެ ހުންނާނެތަ.
ތަމެންދޯ
26 April 2023
ކޮތަޅު ޓެކްސް ބިލް ނުވެސް ޖެހޭ މަޖްލީހަށް އިސްލާހު ކުރަން ފޮނުވަން ރައީސް މީހާ އަށް އޮންނާނެ ގަރާރަކުން މިހާރު ނަގާ ކޮތަޅު ޓެކްސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރުމުގެ ބާރު ދެން ކޮންމެހެން މަޖްލީހުގެ ރުހުން އެކަމަށް ހޯދަން ވެސް ނުޖެހޭނެއޭ މީ ސަރުކާރާއި ކެނެރީގެ ނަޝީދު އަޑީގައި ތިބެގެން ކުޅޭ ޑްރާމާ އެކޭ ރައްޔިތުންނަށް ދަތިވެފައިވާ ކަމެއް ކުރަން ސަރުކާރަށް ނުކެރޭ އިންޑިއާ އައުޓް ގަރާރު ހުއްޓުވަން ގަރާރެއް ނެރެގެން އެކަން ކުރެވުނުދޯ