މަރާލުމަށް ފަހު ރަބަރޭގެ ހަށިގަނޑު ތަނަކަށް އެއްލާލާފައި: އޭނާ މަރާ ގުޅިގެން ދެ ދައުވާއެއް ދައުލަތުން ކުރޭ --ފޮޓޯ/ޑެއިލީ މިރާ
24 ޖެނުއަރީ 2017 - 17:56
މަރާލުމަށް ފަހު ސްރީލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވާ ފެނުނު ހުސައިން ރަޒީން (ރަބަރޭ) މަރާލަން ފައިސާ ޚަރަދުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހާއަށް ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ނޮވެމްބަރު، 2015 ގައި މަރާލުމަށް ފަހު ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި، އެކަމަށް ޚަރަދުކުރި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ރ. ކަނދޮޅުދޫ ފީރޯޒުގޭ އިބްރާހިމް އަބްދުއްރަހުމާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މަރެއް ފޮރުވުމުގެ ދައުވާ އާއި ނުރައްކާތެެރި އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ވަކީލަކު ހަމަޖައްސަން ކުރިން އިބްރާހިމަށް ފުރުސަތު ދީފައި އޮތަސް މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލަކު ނެތެވެ. އިބްރާހިމް ބުނީ މާލީ ދަތިކަމާ ހެދި ވަކީލަކު އަދި ހަމަނުޖެހެނީ ކަމަށެވެ. އެހެންވެ ކޯޓުން ވަނީ އިތުރު 15 ދުވަހުގެ މުއްދަތެއް އޭނާއަށް ދީފަ އެވެ.
ލަންކާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި ތަހުގީގުގައި އިބްރާހިމް ހައްޔަރުކުރީ ރާއްޖެއިންނެވެ. އިތުރު މީހަކު ލަންކާއިން ވެސް ހައްޔަރުކުރި އެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި ރަބަރޭ މަރާލީ މީހެއްގެ މަރުގެ ބަދަލު ހިފުމަށެވެ. އެކަންކުރި މީހާއަށް 140 މިލިއަން ލަންކާ ރުޕީސް ދީފައިވާ ކަމަށް ލަންކާ ފުލުހުން އޭރު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީނި
25 January 2017
މި ފޮޓޯ ނޫން އެހެން ފޮޓޯ އެއްލައިގެން މި ކަމާ ގުޅޭ ޚަބަރުތައް ގެނެސްދީބަލަ...މި މީހާއޮތް ގޮތުން ވ ހިތަށް އަސަރުކުރޭ....
ތއދ
25 January 2017
އާއިލާގެ މީހުނަށް ކިހާ އަސަރެއްކުރާނެ އަދި
ޢަބްދުﷲނާފިޒު
25 January 2017
އަބްދުއްރަހުމާންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މަރެއް ފޮރުވުމުގެ ދައުވާ އާއި ނުރައްކާތެެރި އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މިކުށް އަބްދުއްރަޙުމާނުގެ މައްޗަށް ސާބިތުވާނެ ހެން ވަރަށް ހީނުވޭ، އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އަބްދުއްރަހުމާނު ބައިވެރިވެ އެ މަރު ފޮރުވަން ކުރިކަމެއް ސާބިތުކޮށް ނުދެވޭނެތީވެ، ތޫނު އެއްޗެއް ބޭނުންކޮށްގެން ރަޒީން މަރާލަން އަބްދުއްރަހުމާނު ބައިވެރިއެއް ނުވޭ ނޫންތޯ، ތިޔަ ޑްރާމާ ނިމޭ ގޮތެއްވެސް މިތިބީ ބަލަން، ހީވަނީ ދައުލަތުން ތިމައްސަލަ ނިމޭ ގޮތަކުން އިސްތިއުނާފުވެސް ކުރާނެހެން، އޭރުންތާ ބެލުން ތެރިންނަށް ކްލައިމެކްސް މޮޅުކޮށް ދައްކާ ލެވޭނީ ދެއްތޮ.
ނާފިޒު 2
25 January 2017
ބަލަ ނާފިޒު، ކަލޭ އެ މައްސަލަ ބަލަން ވީނު ދެން.