ސަރުކާރުގެ ތަރުޖަމާން މިއުވާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ބޮމުގެ ހަމަލާގައި ރައީސަށް ތުހުމަތުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި. -- ފޮޓޯ | ރައީސް އޮފީސް
25 މެއި 2023 - 14:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އަޅުވަނީ ވަކި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން ކަމަށާއި ހަގީގަތާ ޚިލާފަށް އެ ވާހަކަ ދައްކައި ބައިބައިވުން އުފައްދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ މާލޭގެ މަޖީދީމަގުގައި ދިން ޓެރަަރިސްޓް ހަމަލާއެއްގެ ނުރައްކާތެރި ތުހުމަތު ރައީސުލްޖުމްހޫރިއްޔާ އަށް ބަޔަކު ކުރަނީ ގާނޫނުގެ ދަށުން ލިބިވަަޑައިގަންނަވާ އިމްތިޔާޒްގެ ބޭނުން ހިފައިގެން ކަމަށެވެ. އެ ތަނުގައި ދައްކަވާ ވާހަކަތަކަށް ގާނޫނީ ފިޔަވަޅު ނޭޅޭނެ ކަން އެނގިވަޑައިގެން ތިއްބަވައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ނަޝީދުގެ އަރިސް ގިނަ މެމްބަރުންތަކެއް ވަނީ، އެމަނިކުފާނަށް އަމާޒުކުރި ހަމަލާގެ އަޑީގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
މިއުވާން ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ވާދަވެރި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަޅުވަނީ ކަނޑައެޅިގެން ދޮގު ބަދުނާމު ކަމަށެވެ. އެ ވާހަކަ ދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ ތަޅުމުގައި ލިބިވަޑައިގަންނަވާ އިމްތިޔާޒްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަމަލާއާ ރައީސްއާ ގުޅުވައި މެމްބަރުން ދެއްކެވި އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތެވެ.
"ރައީސް ނަޝީދަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާއަށް ކުރިއާލައި އެނގޭ ކަމަށާއި އެކަން ކުރީ ސަރުކާރަށް އެނގިގެން ކަމަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށް ވެސް އޭގެ ހަގިގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން," މިއުވާން ވިދާޅުވި އެވެ.
"ކަނޑައެޅިގެން ބޮޑު ދޮގެއް."
މިއުވާން ވިދާޅުވީ މަޖިލިސް ނޫން ތަނަކުން ބޭރުގައި އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ބައިބައިވުން އުފެއްދޭނެ ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިފި ކަމަށް ވާ ނަމަ ކަމާގުޅޭ މުއައްސަސާތަކަށް ހުށަހަޅައިގެން ބަލާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ މެއި 6 ގައި މަޖީދީމަގުގައި ދިން ބޮމުގެ ހަމަލާގެ ސީރިއަސްކަން ގެއްލުވާލުމެވެ. އަދި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދިދާނެ ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމުގެ ހަގީގަތެއް އޮތް ނަމަ މިދެތިން ދުވަހު މަޖިލީހުގެ ތަޅުމުގައި އެކަނި ކީއްވެގެންތޯ އެ ވާހަކަ ދައްކަންވީ. އޭގެ ކުރީގައި ވެސް އެހެން ޕްލެޓްފޯމްތަކުގައި އެ ބޭފުޅުންނަށް އެ ވާހަކަ ދެއްކެވޭނެ," މިއުވާން ވިދާޅުވި އެވެ.
އެ ވާހަކަތައް ސާބިތުކޮށްދޭން ޖެހޭ އެއްވެސް ތަނެއްގައި ތުހުމަތު ނާޅުވަނީ ކީއްވެތޯ ވެސް މިއުވާން ސުވާލު އުފެއްދެވި އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކަށް ދައުވާ އުފުލައި ޝަރީއަތް ވަނީ ފަށައިފަ އެވެ. އެކަމަކު ޝަރީއަތް ލަސްވާތީ އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުންފާޅުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރުދެއްކުން
27 May 2023
ބިރުދެއްކުމަކީ ޓެރެރިޒަމްގެ އަމަލެއް. ދައުވާކުރެވޭނެ.
ޖހޖހޖހ
26 May 2023
ސާލިހު ސަލާމަތްްކުރަން އަބަދުވެސް ޖެހޭނީ ރައްޔިތުންނަށް ބިރުދައްކަން.
ނާބަ
26 May 2023
ނުގުޅުވޭ ވަރަށްވުރެ ގުޅުވޭ ގޮތައް ކަންކަން ދާތީ ގުޅުވައިގެން އެވާހަކަ ދެއްކެނީ ޝަރީއަތް ކުރިޔައް ކުކެޑުމާއި އެމްޑީޕީ ގެ ގައުމީ މަޖިލިސް އިން އިބޫގެ ފެކްޝަން އިން ބަހުސްކޮށްލަން ނުކެރުމާއި މަޖިލިސްގައިވެސް އިބޫގެ ފެކްޝާންއިން ބަހުސްކުރަން ނުކެރުމާއި އެމްމެފުރަތަމް އިންރާންގެ ޓްވބިޓަރ އިން ދިވެހިންނައްދިން މެސެޖާއި މާރިޔާ ގެ ބަސްމަގާ އެމް އެންޑީ އެފް މީހުންގެ ބަސްމަގުން ހަމަ ބުނަން އޮތީ އިބޫ އަށް 2 ވަނަ ދައުރެއް ކަށްވަރުކުރަން ކުރިކަމެކޭ ހަމަ
5789
26 May 2023
މިއީ ޔާމީންއާ ސާލިހުގެ ތަފާތަކީ. ޠާމީނަށް ވަގަށް ގޮވިއިރު ރައްޔިތުންނާ ދިމާނުކުރޭ. ސިޔާސީ މީހުން ދޮގުވާހަކަ ދައްކާ ފިތުނަފަސާދަ އުފައްދާ ބަގާވަތް ކުރުމުން އެމީހުންގެ މައްސަލަވެސް ތަހްގީގުކޮށް ސާބިތުވުމުން ޖަލަށްލީ. ޟިސަރުކާރަކީ ހުދުމުހުތާރު އަނިޔާވެރި ނުބައި ސަރުކާރެއްކަން މިދަނީ ސާބިތުވަމުން.
ގައިސް
26 May 2023
ތިކަހަލަ މޮޔަ ސޮރކު ދައްކާ ވާހަކަ ކާކު ގަބޫލުކުރާނީ
ބައިބައި
26 May 2023
މީހަކު އެއްޗެކޭ ބުނެގެން މިޒަމާނަކު އެއްކަމެއްވެސް ނުކުރެވޭނެ. ކާކަށް ތިބިރު ދައްކަނީ؟ ކަހަރުވަކެކޭވެސް އަހަރެމެން ހިތަށްނާރާ ކަލޭ ތިހެން ބުނެގެން. ތިއިން އަންގައިދިނީ ކަލޭ ތިއީ މަގާމަށް ކުފޫހަމަނުވާ ދަށްފެންވަރުގެ މީހެއްކަން.
ވަހީދުބެ
25 May 2023
ރައީސް ޔާމީނު ވެރިކަމުގައި ހުއްޓައި އަފްރާޝީމުގެ މަރުގެ ތުހުމަތު އަދުގެ ހޯމް މިނިސްޓަރު އެޅުވީ ޔާމީނުގެ ބޮލުގައި.
ބިއްޖެހި
25 May 2023
އޭރު ވެރިކަމުގަ އިނީ ވަހީދު. ޔާމީނެއް ނޫން
މަރުގެ ތުހުމަތަކީ ސަމާސާ އެއް ނޫން.
25 May 2023
ބޮންޑޭމެންނަށް އިނގޭ ވިއްޔަ މަޖިލިހުން ބޭރުގައި ސޯލިހުގެ ބޮލުގައި މަރުގެ ތުހުމަތު އަޅުވައިފިނަމަ ހައްޔަރުކަން ކުރާނީ، ހައްޔަރުކޮއްފަ ޝަރީއަތަށް ގެންދިޔައިމަ ނުކެރޭނެ ތި ބޮންޑޭ މެންނަކަށް ސާބިތުނުކުރެވޭ ދޮގުވާހަކަ ދައްކާކަށް، ޝަރީއަތުން ހުކުމެއް ވިއްޔަ ކުރާނީ. ވީމާ، މަޖިލިސް އެތެރޭގައި ހެދުނު ހާ ދޮގެއް ހަދަމުން ދުވުން ނޫން ކަމެއް ނުކުރެވޭނެތާ ތި ބޮންދުމެންނަކަށް.
ހުސެން ކުރުސީ
25 May 2023
6 މޭ 2021 ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އެއްވެސް ކަމެއް ރައީސް ސޯލިހަށް އެގިލައްވާކަމަށް ޒިއްމާދާރު މަގާމުތަކުގަ ތިއްބަވާ ބޭފުޅުން "ގާނޫނުން ނިވައިވެގެންތިބެ" ެެވާހަކަތައް ދެއްކުމުގެ ބަދަލުގާ ރަސްމީ އިދާރާތަކަށް ވަޑައިގެން އެކަން ކުރަން ނުކެރެނީ ކީވެގެންކަން ދިވެހީންނަށް މިހާރު އެގޭނަކަމަށް ގަބޫލު ކުރައްވާށެވެ. ހުސް އަގަ ތެޅުވުމަކީ ޑިމޮކްރެސީ ދަންނަކަމެއްނޫނެވެ.
ޙޖހޖހ
26 May 2023
ޑިމޮކްރަސީ ދަންނަނީ ހުސް އަނގަތަޅާ ދޮގުފަތުރާ މީހުންގެ އަބުރު ކަތިލަން.
ރުޙީ އުފާ
25 May 2023
ކަލޭ ރާއްޖެ ޓީވީ އަށްއަރާ ބުހުތާން ދޮގުހަދާ ރައީސް ޔާމީނުގެ ބޮލުގަ އެތައްތުހުމަތެއް އަޅުވަމުންދުވި ދުވަސް ހަނދާން ކުރާތި! ތިދިން އިންޒާރުން އާލާ ވާންވާނީ ތިޔަ އަރާހަމަ ކުރާނީ ތިމަން މީހާޔާކަން.