ޚަބަރު / ޑޮކްޓަރުން

މެޑިކަލް އިންޓާނުންނަށް މަގާމެއް ނެތް، އެކަމަކު އެލަވަންސާ އެކު ދެ އަހަރުގެ ބޮންޑަކާއި ބޮޑެތި ޝަރުތުތަކެއް

އައިޖީއެމްއެޗްގައި އިންޓާންޝިޕް ހަދާ ޑޮކްޓަރުންނަށް ބޭއްވި އޮރިއެންޓޭޝަނަށްފަހު، އެ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އައިޖީއެމްއެޗް

ސަރުކާރުން މެޑިކަލް އިންޓާނުންނަށް އެލަވަންސް ދޭއިރު އިންޓާނުންނަށް ވަކި މަގާމެއް ހަމަނުޖައްސައި ސިވިލް ސާވިސްގެ އުސޫލުތައް އެ މީހުންގެ މައްޗަށް ނުހިނގާ ގޮތަށް ހެދުން ފަދަ އެތައް ކަމަކާ އެކު ވެސް އައިޖީއެމްއެޗުން ދެ އަހަރުގެ ބޮންޑެއް ލާޒިމުކުރާތީ އިންޓާނުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން އިންކާރުކޮށްފި އެވެ.

"ސިއްހީ ދާއިރާ އިން ދިވެހިން ބިނާކުރަން ބާރު އެޅުމަށް" މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އެލަވަންސެއް ވެސް ދޭން ނިންމިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނުކުރެއްވީ އޭޕްރީލް މަހު އެވެ. މިދިޔަ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތައް ގެނައި އިރު މި އެލަވަންސް ދޭން ނިންމި ނަމަވެސް އައިޖީއެމްއެޗުން އިންޓާނުންނަށް އަދި އެލަވަންސެއް ނުދެ އެވެ.

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ 400ރ. ގެ އެލަވަންސް ދޭން ފެށުމަށް އެ ހޮސްޕިޓަލުން އިންޓާނުންނާ އެކު އެއްބަސްވުމެއް ހަދަން ނިންމައި އޭގައި ސޮއިކުރުވަން މިދިޔަ ހަފްތާގައި މަސައްކަތްކުރި އެވެ.

ނަމަވެސް އެއްބަސްވުން އޮތް ގޮތުން މިހާރު އިންޓާން ޑޮކްޓަރަކުން ދުވާލަކު 8-12 ގައިރު އަދި ހަފުތާގެ ދެ ދުވަހު 32 ގަޑިއިރުގެ ޝިފްޓެއްގައި ވެސް މަސައްކަތްކުރިޔަސް 400ރ. ގެ އިތުރުން އެއްވެސް އެއްޗެއް ނުލިބެ އެވެ. އިންޓާނުން އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅުހެދި އެންމެ ބޮޑު އެއް ސަބަކަކީ އެ މީހުންނަށް ދެނީ މުސާރައަކަށް ނުވެފައި އަދި ސިވިލް ސާވިސްގެ އޮނިގަނޑުގެ ދަށުން އެއްވެސް މަގާމެއް ވެސް ނޯންނަ އިރު އެލަވަންސްގެ ބަދަލުގައި ދެ އަހަރުގެ ބޮންޑެއް ލާޒިމްކުރުމާއި އެއްވެސް ސަބަބަކާ ހުރެ އިންޓާންޝިޕާ ވަކިވެއްޖެ ނަމަ ފައިސާ އަނބުރާ ދައްކަންޖެހޭތީ އެވެ.

އައިޖީއެމްއެޗްގައި މިދިޔަ މާޗު މަހު ފެށި އިންޓާން ބެޗުގައި 35 ޑޮކްޓަރުން އެބަތިއްބެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އެލަވަންސް ދިނުމަށް ހެދި އެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އޭގައި އެއްވެސް މީހަކު ސޮއެއް ނުކުރެ އެވެ.

އެލަވަންސްގެ އެގްރިމެންޓުގައި މިއަދުގެ ނިޔަލަށް ސޮއިކުރަން ބުނާއިރު އެގްރިމެންޓާ ގުޅޭ މައުލޫމާތު ދޭނީ މާދަމާ ކަމަށް އިންޓާން ޑޮކްޓަރުންނަށް ވަނީ އަންގައިފަ އެވެ.

"މި އެލަވެންސަކީ ސަރުކާރުން ދޭ އިނާޔާތަކަށް ވާއިރު މި އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ އިންޓާންގެ ފަރާތުން އައިޖީއެމްއެޗަށް އެބަޖެހޭ ފައިސާ އަނބުރާ ދައްކަން. އޭގެ އަނެއްކޮޅުން، އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް ވިޔަސް ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން އިތުރަށް ކިޔަވަން ދާން ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަށް ވާނެ ގޮތް ތަފްސީލުކޮށްފައެއް ވެސް ނެތް." އިންޓާން ޑޮކްޓަރަކު ބުންޏެވެ.

އޭނާ ބުނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއަށް ނުފެތޭ ކަމަށް ބުނެ އެ މީހުންނަށް އެއްވެސް މަގާމެއް ވެސް ހަމަޖައްސާފައި ނޯންނަ ކަމަށެވެ. އެހެންވެ އެއްވެސް ކަމެއް ސިވިލް ސާވިސް ވަޒީފާގެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ކަމަށް އައިޖީއެމްއެޗުން ބުންޏަސް އެއްބަސްވުމުގައި އޮންނަނީ ބޮޑު މުސާރައެއް ދީގެން ވަކި ވަގުތެއް ކަނޑައަޅައިގެން މަސައްކަތްކުރުވާ މީހަކަށް ކަނޑައަޅާ ފަދަ ހަރުކަށި އުސޫލުތަކެއް ކަމަށް ބައެއް އިންޓާނުން ބުންޏެވެ.

"މަސައްކަތްކުރަންޖެހޭ ވަގުތުގެ ދިގުމިނެއް ނޯވޭ. ކިތަންމެ އިރަކު ވެސް މަސައްކަތްކުރަން ޖެހިދާނެ. އެކަމަކު ލިބޭނީ 400ރ. މިހާރު ވެސް ސަރުކާރުގެ ބޮންޑު އޮތް ކުދިން ވެސް އެބަ އުޅޭ. އެ ކުދިންނަށް ވެސް މި އެލަވަންސާ އެކު އަނެއްކާ އިތުރު ދެ އަހަރުގެ ބޮންޑެއް އައުން ވެސް މިއީ މައްސަލައެއް،"

އެއްބަސްވުމުގައި ބުނާ ގޮތުން، ސަރުކާރަށް ހިދުމަތްކުރަން އެދިފައިވަނިކޮށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި މަސައްކަތް ނުކޮށް ޕްރައިވެޓް ޕްރެކްޓިސް ކުރުމަކީ މަނާކަމެކެވެ. އަދި ޕްރައިވެޓް ޕްރެކްޓިސް ކުރަން ވާނީ ސަރުކާރަށް ހިދުމަތް ކުރަންޖެހޭ ހާލަތެއްގައި އެ ހިދުމަތަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު އިންޓާނުންގެ ތެރޭގައި ލޯނު ނަގައިގެން އަމިއްލަ ހަރަދުގައި ކިޔެވި މީހުން ވެސް ހިމެނޭއިރު މިއީ އިންސާފެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިންޓާނަކު ބުންޏެވެ.

މަސައްކަތްކުރަންޖެހޭ ވަގުތުގެ ދިގުމިނެއް ނޯވޭ. ކިތަންމެ އިރަކު ވެސް މަސައްކަތްކުރަން ޖެހިދާނެ. އެކަމަކު ލިބޭނީ 400ރ. މިހާރު ވެސް ސަރުކާރުގެ ބޮންޑު އޮތް ކުދިން ވެސް އެބަ އުޅޭ. އެ ކުދިންނަށް ވެސް މި އެލަވަންސާ އެކު އަނެއްކާ އިތުރު ދެ އަހަރުގެ ބޮންޑެއް އައުން ވެސް މިއީ މައްސަލައެއް

އޭގެ އިތުރުން، މަގުބޫލު އުޒުރަކާ ނުލައި ނުވަތަ އިންޓާންޝިޕުން ފާސް ނުވުމުގެ ސަބަބުން އެ ޓްރެއިނިން ހުއްޓާލަން ޖެހިއްޖެ ނަމަ، އައިޖީއެމްއެޗުން އެހާތަނަށް ހަރަދުކުރި ފައިސާ، އިތުރު ފަސް ޕަސެންޓާ އެކު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށް ވެސް ބުނެ އެވެ.

އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު ސަރުކާރަށް ހިދުމަތް ކޮށްދިނުމަށް އެދިފައިވަނިކޮށް އެކަމަށް އަމަލުނުކޮށް ނުވަތަ އެއްބަސްވެފައިވާ މުއްދަތުގެ ދެބައިކުޅަ އެއްބައި ފާއިތުނުވަނީސް އިންޓާންގެ ފަރާތުން އެއްބަސްވުން އުވާލައިފި ނަމަ ހޮސްޕިޓަލުން ހަރަދުކުރި ފައިސާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރު 25 ޕަސެންޓް އެކީ އެއްފަހަރާ ދައްކަންޖެހެ އެވެ.

ޕްރޮގްރާމްގެ އެއްވެސް ހިސާބަކުން ނުވަތަ އިންޓާންޝިޕް ނިންމާ ފަހުން ދިމާވާ އަމިއްލަ ބާރު ނުފޯރުވޭ ބޮޑު ކަމެއްގައި ހޮސްޕިޓަލަށް ގަބޫލުކުރެވޭ މަގުބޫލު އުޒުރަކާ ލައިގެން އެއްބަސްވުން އުވާލާ ނަމަ ވެސް އެހާތަނަށް ހޮސްޕިޓަލުން ހަރަދު ކުރި ފައިސާ، ދެ ފަރާތުން އެއްބަސްވާ ތާވަލަކާ އެއްގޮތަކަށް އަނބުރާ ދައްކަންޖެހެ އެވެ.

އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށީ 2018 ވަނަ އަހަރު އެވެ. މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ. އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.

27 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 63%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުން

11 June 2023

މިސަރުކާރުން ރަނގަޅު ނިޔަތެއްގަ އެއްވެސް ކަމެއް ނުކުރާނެ.މިކަރާ އޮޅުވާލުމުގެ ލާމަސީލު ނަމޫނާއެއް.އެންމެ ފަހުން މިސަރުކާރުގެ ހީލަތްތެރި މަޅީގަ ޖެއްސީ އައްޑޫ ރައްޔިތުން.ވެރިކަން ނިމެން 03 މަހަށް ވީމަ ތޯ އައްޑޫ އެއް އޮތްކަން އެނގުނީ.މިދުވަސް ކޮޅު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަރިވެސް ބާލަދޭނެ.މިހުން މިހިންގި ޖަރީމާ ތައް އިނގޭނީ އަންނަ ވެރިކަމެއްގަ.އެމީހުން ނިޔަތް ވިލިމާލެ ބުރިޖުންވެސް ވަރަށް ސާފުކޮށް އިނގޭ.އަވަސް އެތައް މިލިޔަން ރުފިޔާއެއް ދީފި.

The name is already taken The name is available. Register?

ޑރ. ރާމީ ޙަސަން މަނިކު

10 June 2023

މިއީ ވަރަށް ދެރަ މައްސަލަ އެކެވެ. ބޮންޑު ގެ އިތުރުން އެހެން ޝަރުތު ތަކެއް އޮއްނަން ޖެހޭނެ ކަމަކަށް ނުދެކެމެވެ. މި ސަރުކާރު އައިސްފައި، ބަދަލު ދިނުމަށް، ހީ އަށްވެސް ނުގެނެވޭހާ ބޮޑެތި ޢަދަދު ތަކުން ބަހާލިއެެވެ. ބަޔަކު މިލިއަނަރުން-ނަށް ވިޔެވެ. ސިޔާސީ މަޤާމު ތަކުގައި، އެމްބަސީ ތަކުގައި ތިބި އެތައް ބަޔަކު އަހަރަކު މިލިއަނުން އެބަ ނަގައެވެ. އެ ވެސް ރައްޔިތުންގެ ޓެކްސް ފައިސާ އެވެ. މި ވެސް ރައްޔިތުންގެ ޓެކްސް ފައިސާ އެވެ!

The name is already taken The name is available. Register?

ދރ އަލީ

10 June 2023

އެހެން ގައުމުތަކުގަވެސް އިންޓާރންސް އަކަށް ބައިވަރުތަކެއްނުދޭ. އަހަރުމެން ކިޔެވިގައުމުތަކުގަ ހޮސްޕިޓަލަށް ލާރިދައްކައިގެން، ހަފްތާ އަކު 7 ދުވަހު، ދުވާލަކު 12 ގަޑިއިރު، އޮންކޯލް ދުވަހު 36ގަޑިއިރު މަސައްކަތް ކޮށްގެންދަސްކުރީ . ތިކުދިނަށް މާބޮޑުކަމެއް ނުކުރެވޭ އަދި. ގިނަފަހަރު ވަނީ ރިސްކަކަށް. ތިކުދިންނަށްޓަކާ މިކަން ކުރަނީ. މަސައްކަތް ދަސްވޭތޯ އުޅެބަލަ. ނޫނީ އަނެއްކާވެސް ބަންގާޅުގެކުނިގޮނޑަކަށް ގޮސް އެމީހުން ހެދިއެއްޗެއްހެދިގެން އުޅެންޖެހިދާނެ.

The name is already taken The name is available. Register?

ޖުހާޖނގޔ

11 June 2023

އެވޭލާ ޒަމާނުގައި މީހުން ލޯމަފާނުގައި ކޮމިއުނިކޭޓްވެސް ކުރި. ފޯނުވެސް ގެންގުޅޭނ ކަމެއްނެތް އެހެންވީމަ.

The name is already taken The name is available. Register?

ބޮޑުމީހާ

10 June 2023

10 އަހަރު ކިޔަވައިގެން ގައުމަށް ޚިދުމަތްކުރަން ދިމާކުރީމާ މިހުރިހާ ހާސަރުތަކެއް އޮވޭ. މަގުމަތީ ލަޓޯފަޓޯކޮށް އުޅެ ސިޔާސީ މަގާމެއް ލިބުނީމާ މިލިއަނުން މުސާރަ ލިބޭ. މަވޯޓާގެ ދަރިއަށް އެމްބަސީން މިލިއަން ރުފިޔާ ދޭންވީމާ ޝަރުތަކާނުލައި އެދެވޭ. ބަދަލުގެ ގޮތުގައި ބިލިއަނުން ފައިސާބެހޭ. ކިޔެވުމަކީ ބޭކާރުކަމެއް މިގައުމުގަ.

The name is already taken The name is available. Register?

އަފްރާސިޔާބު

10 June 2023

އެހެންވީމާ ނުކިޔަވަންވީއެއް ނޫންތަ؟ 10 އަހަރު ކިޔަވައިގެން މާ ބޮޑުވަރެއް ނުވާނެ ކޮއިފުޅާ. މަދުވެގެން 18 އަހަރު ކިޔަވައިގެން ކިރިޔާ އެއްޗެއް އެނގޭނީ.

The name is already taken The name is available. Register?

ރޮކް1234

10 June 2023

ކޮބާ އަތޮޅުތަކްށް ދަން ބޮންޑުކުރި ހުރިހާ މީހުން އެތިބީ އައިޖީއެމްއެޗްގަ ނޫންތޯ.. ލާރިވެސް ދައްކާކަށް ނުޖެހޭ، ބޮންޑްވެސް ކެންސަލް، ކްލިނިކަށްވެސް ދެވޭ!!

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

10 June 2023

ޢެއް ލަކިން 500 ޕައިލެޓުން! ސާބަސް ލޮބުވެތި ރައީސް! .މުސްތަގުބަލުގައި ދެން ދުނިޔޭގެ ގިނަ ގައުމުތަކުގައި މަތިންދާ ބޯޓް ދުއްވާނީ މުޅިންހެން ދިވެހި ޕައިލެޓުން! ދެން މަނިކުފާނު ޒައާމަތުގައި " އެއް ކުއްލިން" ހާހެއްހާ ޑޮކުޓަރުން އެއްފަހަރާ ތަމްރީނު ކޮށްފިނަމަ ދެން އެމްބިއްލާންސް އަންނައިރު ވެސް ދުއްވަން އިންނަވާނީ ވެސް ޑޮކްޓަރެއް! ޥަރަަށް ސަލާމް..

The name is already taken The name is available. Register?

މޖކޖގ

10 June 2023

32 ގަޑިއިރު މަސައްކަތްކުރާ މީހެއްގެ ބުއްދި ސަލާމަތުން ނުހުންނާނެ.ތިވަރަށް މަސައްކަތް ކުރާ ޑަކްޓަރުން އަތުން މީހުން މަރުވާނެ ހަމަ.

The name is already taken The name is available. Register?

އަފްރާސިޔާބު

10 June 2023

އެއީ ޑަކްޓަރުންނެއް ނޫން. އަދި ދަސްކުރަން އުޅޭއިރު ހާކާބޮޑާ އެހެރީ. ދެން ކިޔަވައިގެން ދަސްވެ ނިމުނީމާ އުޅޭނެ ވަރު ބަލާބަލަ. ތިމީހުންނަށް ނޯންނާނެ ހެޔޮ އެއްގޮތެއްވެސް.

The name is already taken The name is available. Register?

އަފްރާކޮސްސިޔާބު

11 June 2023

އެއީ ހަމަ ޑޮކްޓަރުން. އަސަރެއްކޮށްފަ ދޯ ތިއިނީ.

The name is already taken The name is available. Register?

ކަނބުރުގެ

10 June 2023

ތިއީ ދެން މާބޮޑު ކަމެއްނޫނެންނު. ވަކްތު ސަލާމަތް ކުރުމަށް ވަކްތުން ވަކްތަށް އިންޑިއާއިން ޑިކްޓަރުން ލިބޭނެ..

The name is already taken The name is available. Register?

އަރި ތިލަފަތް

10 June 2023

ކަމަކަށް ވާކަހަލަ ކަމެއް ގައުމަށް ކޮށްދޭ ކޮންމެ ބަޔަކަށްވިޔަސް އެ ބަޔަކަށް ބޮޑުލާރިއެއް ދޭން ޖެހުނަސް ލައްކަ ޝަރުތުތައްް ބޮޑުވާނެ. އަދި ކީއް؟ އެކަމަކު އަސާސީ ތައުލީމްގެ ފެންވަރު ނެތަސް ގައުމު ހިންގަންވީ ގޮތް ކަނޑައަޅަން ގޮނޑި ގޮނޑިއަށް އަރާ ސިޔާސީންނަށްް ބަހަންވީމާ ހަޒާނާ ހުުސްވިޔަސް ހެޔޮ. ނުވިތާކަށް އެމީހުންގެ މުޅި އުމުރަށް އާއިލާ އެއްކޮށް ދައުލަތަށް ބަލަދުއެރުންވެސް ހަމަ އިންސާފު.

The name is already taken The name is available. Register?

ދިވެހިދަރިން

10 June 2023

ސިއްހީ ދާރިރާއިން ދިވެހިން ބިނާކުރުމަށް ބާރު އަޅާފަދައިން ރިސޯޓް ތަކުގައި މަސައްކަތް ކުރާ މެނޭޖްމަންޓް ދާއިރާ ތަކަށްވެސް ދިވެހިނަ ބިނާކުރުމަށް ބާރުއަޅަން މިހާރު މުހިންމު. ބިދޭސީއެތަޢް ބައެއް ދިވެހިންނަށްވެސް އަދާކުރެވޭ އަދި ދިވެހިން ލިބެންހުރި މަގާމް ތަކަށް އަދިވެސް ދަނީ ގެންނަމުން. ބުނިހާ ގޮތަކަށް ދިވެހިން ހަދައިގެން ނުތިބޭނެކަން އިނގޭތީ ބިދޭސީ މީހުންގެނެސް މަގާމުތަށް ބޮޑު މުސާރަދީ އެލަވަންސް ދީގެން ފުރާލަނީ. ދިވެއްސަކަށް ވީތީ އެމުސާރައެއް ނުދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454