ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާން. -- ފޮޓޯ: އޭސީސީ
10 ޖޫން 2023 - 15:30
ކޯޗުކޮށްދިން އެތައް ކުދިންނަކަށް ޖިންސީ ގޯނާކުރި ރާއްޖޭގެ ކުރީގެ ގައުމީ ކްރިކެޓް ކޯޗް މުހައްމަދު އާސިފް އަމީން ޚާންގެ މައްޗަށް ސާބިތުވި ހަތް ދައުވާ 53 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
ގައުމީ ފިރިހެން ކްރިކެޓް ޓީމާއި އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ މި ކޯޗު ޖިންސީ ގޯނާގެ ތުހުމަތަށް އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް ނުވަ ދައުވާއެއް އުފުލި އެވެ. މީގެ ތެރެއިން މިއަދު ސާބިތުވީ؛
● ޖިންސީ ގޯނާކުރުމުގެ ތިން ދައުވާ
● އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާ
● ހަޑިހުތުރު ބަސް ބޭނުންކުރުމުގެ އެއް ދައުވާ
● ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ އެއް ދައުވާ
މީގެ ތެރެއިން ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަށް 21 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އެއީ ކޮންމެ ދައުވާއަކަށް ހަތް އަހަރެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާއަށް 15 އަދި ދެ ވަނަ ދައުވާ އަށް 17 އަހަރުގެ ހުކުމެއް އިއްވި އެވެ. ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ ވެސް ސާބިތުވެ 1 މަހާއި 15 ދުވަހުގެ ހުކުމެއް އިއްވި އިރު ޖާއިޒް މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ދައުވާ އަށް 22 ދުވަހުގެ ހުކުމެއް އިއްވި އެވެ.
މި ހުރިހާ އަދަބެއް އެއްކޮށްލުމުން ޖުމްލަ އަކީ 53 އަހަރާއި 2 މަހާއި ހަތް ދުވަހެވެ. އެކަމަކު މި ހުކުމް ބަދަލުވާނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އެއީ 25 އަހަރެވެ.
ކުރީގެ ކްރިކެޓް ކޯޗުގެ މައްޗަށް ޖިންސީ ކުށުގެ ހަތް ދައުވާއެއް ސާބިތުވެއްޖެ؛ އުމުރު ދުވަހުގެ ހުކުމެއް އަންނާނެ https://t.co/psI8knrJG5
— Mihaaru (@Mihaarunews) June 10, 2023
އުފުލި ނުވަ ދައުވާގެ ތެރެއިން ހަތް ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައެޅީ އާސިފްގެ ޝިކާރައަކަށްވި ކުދިން ދިން ބަޔާންތަކާއި އެ ބަޔާންތަކަށް ބާރު ލިބޭ ހެކީގެ މައްޗަށް ބިނާކޮށްގެންނެވެ.
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އާސިފްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ކުރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަސމހތ
11 June 2023
ތީނަ ރާއްޖެ އަކު ނެތް އިނގޭތޯ.
ޙަބީބު.
11 June 2023
ގަރުނުގެ ބޮޑުޖޯކު ވެންޓިލޭޓަރު މައްސަލަ ބަލާބަލަ
އެންޓަނާ އަލީވަހީދު
11 June 2023
ފުރަތަމަ ޖޯކަކީ ތިކޯޗް ރާއްޖޭގަވެސްނެތް ދެން 500އަހަރުގެ ހުކުމެއް އަޔަސް މައްސަލައެއްނެތެއްނު.
ޞ
10 June 2023
އަހަރުން ބަލާނަން ތީނަ 25 ހަފްތާއަށްވެސް ޖަލުގަ އޮންނާނެތޯ
ކޮރަލް
10 June 2023
ޖަލުގައި ހުއްޓަސް އެތަނުގަ ހުރެގެން މަސައްކަތް ކުރެވޭ ގޮތް ހަދަން ވީ އެވެ. އޭރުން އެމީހުންނަށް ވެސް ފައިސާ އަދި ސަރުކާރަށް ވެސް ހަރަދު ކުޑަ ވާނެ އެވެ. ޑްރަގް ، މީހުން މެރުން ފަދަ ބޮޑެތި މައްސަލަ ތަކުގަ ޖަލަށް ލާ މީހުންނަށް ބުރަ މަސައްކަތް ޖައްސަން ވީ އެވެ. މަސައްކަތެއް ނުކުރުވާ ސަރުކާރު ހަރަދުގަ ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. އޭރުން ފޫހިވެގެން ދެން ޖަލު ބަލަހައްޓާ މީޙުންނަށް ހަޅޭލަވާ ބަންދުން ދޫވީމަ ކުރާނެ ނުލަފާ ކަމެއް ރާވާނެ އެވެ.
ވަރަބިންދާލި
10 June 2023
ގިނަފަހަރަށް ފަރިތަކުރުން ތައްފަށަންނުޖެހޭއިރު ކުދިން ބައިތިއްބަންވެސް ގެންދާނެ . ކުޅޭންފެށިކުދިންވެސް ޘައުގެއްނެތި ކުޅުން ހުއްޓާލިކަން އެއީ ނަސީބު . އެހެން ނޫނަމަ ދަރިން ހޯދާނުފެންނާނެ . ގިނަފަހަރަށް ކުޅޭ ހޯލަށް ވެސް ވަދެވޭނެ . ނޫނީ ދަރިފުޅު ކުޅޭތަން ބަލަން ހުރެވޭނެ . ނޫނީ ސްޓޭޓިއަމް ވަށާބުރު ޖަހާލަނީ ގިނަ ފަހަރަށް ކޮންމެ މީހަކަށް އިތުބާރު ނުކުރެވުމަކީ ވެސް ރަގަޅު ކަމަކަށް ވޭ . މިގޮލާނުފެންނައިރެއް ނުދޭ.
ޚަރަދު
10 June 2023
އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ވީމަ 25 އަހަރު. ޖަލުގަ ބޮލަކަށް މަހަކު 20000، އޭނަ ަަ 20 އަހަރު ދުނިޔޭގަ ހުއްޓަސް އެއީ 4800000، ހުރިހާ ހަރަދެއް ދައުލަތުން. އެއީ އަދި ސިއްޚީ ކަންތައް ނުލާ.
ކެރެޓް
10 June 2023
ދެން ކިހިނެތް ހަދަންވީ؟ ރަށަށް ޑިޕޯރޓް ކޮަށްލަންވީތަ؟ އޭރުން އިތުރު ޚަރަދެއް ނުދާނެ.
ތޮލާލް
10 June 2023
ދިވެއްސެ ނަމަ ވަނަވަރު ހާމަ ނުކުރާނެ، ވަރައްވެދުން.....ލޮލް
ސައީދާ
10 June 2023
ހަމައެކަނި ފޮތުގަލިޔެވުނު ހުކުމަކަށް ނުވާނެކަމަށް އުއްމީދުކުރަން.