މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
22 ޖޫން 2023 - 09:46
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލަން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ދުވަސް އޮތުމަށް ފަހު، މަޖިލީހުގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ.
އެކަމަކު އެކަމުގައި ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި ކަނޑައަޅާފައިވާއިރު، އެކަން ނަޝީދު ވެސް މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އެ މައްސަލައިގެ ބަހުސްގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެޖެންޑާކޮށް ބަހުސްކުރެވޭ ކަމެއް ވޯޓަށް އަހައި ނިންމަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އަދި މިއަދުގެ ޖަލްސާއަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް ނަޝީދު އިއުލާނުކުރައްވާފައި ވާއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން އަންނަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފެށޭ އަނެއް ދައުރަށް ފަސްވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހުށަހަޅަނީ އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް އެޖެންޑާގައި ހުރި މުހިންމު މަސައްކަތްތަކުގައި ގޮތެއް ނިމެންދެން ދައުރު އިތުރުކުރަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ މަޖިލިސް ޗުއްޓީގައި އޮންނަ ދުވަސްތަކުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރާ ކޮމިޓީތަކެއްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވި ގޮތުގައި، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ކޮމިޓީތައް އެކުލަވާލައި ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަންޖެހުނީ އެމްޑީޕީގައި ތިއްބެވި 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އަދި އިއްޔެ ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.
ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.
އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.
"އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބިރިންބެއްޔާގެ ކުޑަސޮރު
22 June 2023
އަހަރެމެންނަށް ހީނުވޭ ތިތަން ބަންދުވެފާ އޮތުމުން ގޮތެއް ވާހެންވެސް.
އެދުރުކަލޭގެފާނު
22 June 2023
އަސްލަމްގެ ސިޔާސީ ވިންނުން ދޯ؟ އަސްލަމް މި ޖައްސަވާ ސަކަރާތް ބޮޑަށް ވައްތަރީ އަސްލަމްގެ ފްރެންޑް ބޮޑީ އައްލާ ކައިރީގައި މަސްދަތުރަށް ގޮސްފައި އަދި ދާނީ ކަނޑިހެރެވެސް ބަލާލާފައޭ ބުނާކަހަލަ ގޮތަކަށް ސިޔާސީ މައިދާނުގައި އުޅުމެވެ. މަނިކުފާނަށް ލޮބީ ކުރުމާއި އަދި މަނިކުފާނު ކިބައިގައި ސިޔާސީ ދުރުވިސްނުން ނެތުމާއި، ގޮތް ދޫކޮށްލައި ފަހުން އެހެން ގޮތަކަށް ކަންތަށް ބައްޓަންކޮށް ސިޔާސީ މަންފާ ހޯދަން ނެގުމުކީ 19 އަހަރު ވަންދެން އަވަހާރަލެއްޕެވުމުގެ ނަތީޖާ!
ކާތިބު
22 June 2023
ގައުމަށާއި ރައްޔަތުންގެ ހެވާ ލާބައަށްޓަކަ އަހަރެން މިއަދު ރިޔާސަތާ ހަވާލުވަނީއޭ ބުނެ އިތުބާރުނެތް ރައީސް ރިޔާސަތުގައި އިނދެ ފުރަތަމަވެސް އިއްވި އެޖެންޑާ އަކީ މަޖިލިސްގެ ހަޔާތުގައި ވެސް އަޑުނީވޭފަދަ ހެއްވާ އެޖެންޑާއެއް. އެޖެންޑާ މަޖިލިސް ވެބްސައިޓުގަ އެއޮތީ ފެންނަން ބައްލަވާ! މިއަދު ކޮމެޓީ އެކުލަވާލުމުގެ މައްސަލައެކަންޏޭ ކުރިޔަށްދާނީ އިސްލާހު ހުށަހަޅާ ފާސްކުރާނީ ދެން އޮންނަ ޖަލްސާއެއްގައޭ. މިތަނަށް އަހަރެން ގަބޫލުނޫން ކަމެއް ހުށަނޭޅޭނެޔޭ! ސަޅި ދީ!
ކުކުޅުމަސް ނިކާ ބެއްޔާ
22 June 2023
އެއްވެސް ތަނަކަށް އެބަޔަކު ޤަބޫލު ނޫންކަމެއް ހުށަހެޅޭތޯ؟؟ ކަނޑަކޮސް ވާހަކަ ނުދައްކާ! ރައީސް މުޅި ދައުލަތް ހިސާރުކޮށް ހުރިހާ އެއްޗެއް އަދުށުލާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޗަރުކޭސް ކުޅުއްވަމުން ދާއިރު ދެންތިބި ބަޔަކު އެގޮތަށް ކަންނުކުރާނެ ކަމަށް ވިސްނުމަކީ ބުއްދީގެ ހަމަ ގެއްލުމެވެ. އެމީހަކު އަތުޖެހުނު އެއްޗެއް ހުފައިގެން ގެއަށްދާ ޤައުމެއްގައި ކަންހިނގާނީ ތިޔަހެންނެވެ. އަދި މާސަޅި ކަންތަށް ހިނގާހެއް! ބަލާއް ހިށު!
ސަމްތިން ޓެލްސް މީ
22 June 2023
މުޅިން އެކަހަލަ މަތިވެރި މަގުސަދުގެ ނަންނަމުގައި ތިމާއަށް ބޭނުންވާ މޮޅު ހޯދަނީ... މަޖިލީހު ރައީސް ކަމަށް އައީވެސް ހަމަ އެކަހަލަ އާޓެއް ދައްކައިގެން މާ ނޫންކަމަށް ވެެގެން އުޅެފަ، އަޅެ ނޫންތަ؟
ކަސްއަނދުވާނި
22 June 2023
ބަލަ ތިޔަ މަތިވެރި މަޤުސަދޭ ކިޔުއްވައިގެން ނޫންތޯ ރައީސް ވެރިކަމަށް ނުގެނެވިގެން ބަޔަކު މިތެޅެނީވެސް. އަސްލަކީ ކޮވިޑްތެރޭގައި ޖެހި ފަދަ ސަކަރާތް ޖެހައި ދައުލަތުގެ ޚަޒާނާ ކަޅާކުރުން މަގުސަދަކީ.
އައްބެ
22 June 2023
ރިޔާސަތާއި ހަވާލުވީ އެންމެ ބޭނުމެއްގައި. އެއީ މިދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ގެންގޮސް މަޖިލިސް ހުއްޓުވާލުން. އަދި ޗުއްޓީ ތެރޭގައި މަޖިލިސް މެންބަރުންނަށް ސްޕާރީ ދީގެން ގަނެލުން.
ނަޝީ ދު
22 June 2023
ނު ދަންމާނަން!
ޢަލި ބޭބޭ
22 June 2023
ކޯއްޗެއް ނުދެއްމިގެން އުޅެނީ؟ އަދާއި ހިސާބަށްް ދެމުނު އިރު ކޮންކަމެއް ޙާސިލު ކުރެވުނީ؟؟؟
ހުސެންދީދީ
22 June 2023
ރައްޔަތުންގެ މަސްލަހަތު އިސްކުރި ނަމަ މިހާ ގިނަދުވަސް ވަންދެން ނުހުނާނެ. އަމިއްލަ މަސްލަހަތު އިސްކުރީ. ދެން އަންނަ ދައުރު ފެށެންދެން މަޖިލިސްގެ ރައީސް ކަމުގާ ހުންނަން
ނިރު
22 June 2023
އެބަޖެހޭ އިލެކްޝަން ކޮމިޝަން ގެ ބަސްނާހާ ދެމީހަކު ކޮމިޓީތަށް އެކުލަވާލާގެންވެސް ވަކިކުރަން