ނަޝީދު މަޖިލީހުގެ ރިޔާސަތުގައި--ފޮޓޯ: މަޖިލިސް
22 ޖޫން 2023 - 09:21
ރައްޔިތުންގެ މަސްލަހަތު އިސްކުރައްވަން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން ރިޔާސަތާ ހަވާލުވެވަޑައިގެންފި އެވެ.
މަޖިލީހުގެ 54 މެންބަރުންގެ ސޮއިއާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.
ނަމަވެސް މިއަދު ޖަލްސާއެއް އެޖެންޑާކުރެއްވުމަށް ފަހު ނަޝީދު ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެންފަ އެވެ.
އެމަނިކުފާނު އަލުން ރިޔާސަތާ ހަވާލުވެވަޑައިގަތް ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވީ މަޖިލިސް ހުއްޓިފައި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވި ނަމަވެސް ހައްލެއް ނުލިބުނު ކަމަށެވެ.
"އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
މި މައްސަލަ ކުރިމަތިވެފައި ވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށާއި އެކަން ހައްލު ކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން އެހީތެރިވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ނަމަވެސް އަަޅުގަނޑު ދުށީ މިއީ އަޅުގަނޑުގެ ވާޖިބެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ނިސްބަތަށް ބަދަލު ގެނައުމާ މެދު މާދަމާ ބަހުސް ކުރުމެވެ.
ބަހުސަށް ފަހު އިސްލާހު ހުށަހެޅުމަށް މުއްދަތެއް ދިނުމާއި އެ އިސްލާހުތަކަށް ވޯޓަށް އެހުން ދެންް އޮންނަ ޖަލްސާއެއްގައި އޮންނާނެ ކަމަށް އެޖެންޑާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތޭލި
22 June 2023
ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ މީހެކެވެ. މިކަހަލަ އޯގާތެރި އަމަލުތަކުން އެކަންކަން އެނގެއެވެ
ރބބރ
22 June 2023
ރައްޔިތުންގެ މަޞްލަޙަތުއޮތް އެތައްކަމެއްއޮއްވައި، ޗުއްޓީހަދާލަނީ އެހެންވެދޯ؟ ކޮތަޅުން ވިޔަފާރިވެރިން ފޭރެމުންދާ ދެރުފިޔާ އަދިވެސްގެންދަނީ ފޭރެމުން. ވަރިހަމަދޯ؟ މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލައި ރައްޔިތުންގެ މަޖިލީސް ހުއްޓުވާފަމިވަނީ ރައްޔިތުންދެކެ ވާލޯބިންތޯ؟
ގައުމީ ލޯބި
22 June 2023
މަސްލަހަތޭ.. މަޖިލިސް ބޮލޮކް ކުރަން ވެގެން ނޫންތަ.. ؟ ތީ މިހުރިހަނުބަޔެއްގެ އަސްލަކީ..
ކަރާސީނު
22 June 2023
ބޭނުމަކީ ކޮންމެ ދެވަހަކު ހެޑްލައިނުން ޖާގައެއް ހޯދުން.
ސަނާސަ
22 June 2023
އަހާ! ސަރުކާރުން މަޖްލިސްގައި މަރުތަޅު އަޅުވާ މަސައްކަތް ހުއްޓުވީއޭ ގޮވަގޮވާފަ އެއިނީ އަރާ ޖަލްސާގަ. އެހެންވީމަ މަޤަބޫލު ކުރާނީ މަރުތަޅު އެޅުވީ އަމިއްލައަށް ކަމަށް.
އޯކޭ
22 June 2023
ރައްޔިތުންގެ މަސްލަޙަތު އޮތީ މަޖިލިސް ހިނގައިގެން. ޤައުމު ހިންގުން.އާ ދައުރަށް މަޖިލިސް ހުޅުވައި، ދައުލަތުގެ ބަޖެޓް ހުށަހަޅާއިރު، އެވަރަށް މެޖޯރިޓީ ޕާޓީއިން އެދިއެދި ތިއްބައި ތި ދިޔައީ ޗުއްޓީއަށް، ކޮމިޓީތައް އެކުލަވާނުލައި.މާލިއްޔަތު ކޮމިޓީ ނުހިނގައި، ދައުލަތުގެ ބަޖެޓް ފާސްނުވެ ރައްޔިތުންގެ މަސްލަޙަތެއް ނޫން އިސްކުރަން ތިޔަ އުޅުއްވަނީ.2023ގެ ކެމްޕޭނަށް ބޭނުންކުރާނެ މައުލޫއެއް އަމިއްލަ ފައިދާއަށް ތިޔަ އުފައްދައި ނިންމާލީ. ވާނުވާ އެބަ އިނގޭ !!!
ސިމްޕަލް
22 June 2023
މަނިކުފާނު ރައްޔިތުންގެ މަސްލަހަތު ތިޔަހާ ވަރަށް އިސްކުރައްވަން ބޭނުންފުޅުވާނަމަ، ރައީސް މައުމޫންގެ ވެރިކަމުގައި، 80ގެ އަހަރުތަކުގެ މެދުތެރޭ އުޅުއްވި "ރައްޔިތު އަހަންމަދު"ގެ ރޯލް އަދާކުރައްވުން ކިހިނެއްވާނެތޯ؟ ސިޔާސީ މަގާމުތަކުން އެއްކިބާވެ، "ރައްޔިތު ނަޝީދު"ގެ ގޮތުގައި، ރައްޔިތުންގެ މަސްލަހަތުގައި ރައްޔިތުމީހާއަށް ހައްގު މިންވަރު ހޯދުމަށް އެވަގުތަކު އޮތް ސަރުކާރަކަށް ބާރުއަޅުއްވާނީ.
މުހަބްމަ
22 June 2023
ރައްޔިރުންގެ މަޖިލީހެއް އެންނެ ފުރިހަމަ ގޮތުގަ ހިންގެވީ ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުގަ ކަން މުޅި ގައުމު ހެކިވާނެ. ކުރިން އަހަރަކު 10 ޖަލްސާވެސް އެތަނަކުން ނުބާއްވާ.. މަޖްލިސް އެޖެންޑާ ބަލާލުން ރަގަޅު. ހާޒިރީއަށް ފަރުވާތެރިވި މެމްބަރުންވެސް އިގޭނެ އޭރުން. ރައްޔިތުންގެ މަޖްލިސް ރައްޔިތުންގެ އަޑު އުފުޅީ ކާކު. މަސްވެރިންގެ ވާހަކަ ދެއްކީ ކާކު ދަޑުވެރިންގެ ވާހަކަޔޯ. ފޯޚަވަހީގެ ވާހަޖަ ރައްޔިތުން ކައިރިން ނޭހީ ކީއްވެ.ރޢްޔިތުންގެ މަޖްލިސް ނަމެއްްގަ
ތެފައާސާ.
22 June 2023
ލައްކަ ފުރިހަމަ ވީމަތާއޭ އަމިއްލަ މީހާއާއި ނައިބު ކޮއްކޮގެ އިތުބާރު ނެތްކަމަށް ހުށަހެޅި ހިސާބުން މަރުތަޅު އަޅުވައިގެން މަޖިލިސް ގަވައިދަށް ދެފައިން އަރައިގެން އެ އިންނަވަނީ. ބާރަށް އަތްޖަހާ!!!!!
ުފުރިހަމަވާނީ ތިވަރަށް
23 June 2023
ރިޔާސަތުގަ އިދެގެން ބަހުސްތަކުގައި ބައިވެރިވެ، މައުލޫއާ ނުގުޅޭ އެތައްވާހަކައެއް ދައްކާއިރު އަޅާނުލާ، އެތައްބިލަެއް ކުރިއަށް ނުގެންގޮސް އަދިވެސް އަދިވެސް
ކާތިބު
22 June 2023
ޚުދުމުޚުތާރުކަމުގެ އެންމެ މަތިވެރި ނަމޫނާ ދެއްކުމަށްފަހު މިއަދުގެ ޖަލްސާ އެނިންމާލީ މަޖިލީހުގެ ޖަލްސާ ގައި ވޯޓަކަށް އަހަންޖެހޭ ކަންކަމަށް ވޯޓެއް ވެސް ނައަހާ، ތިމާ ބޭނުންގޮތަށް ބާރުގެ ބޭނުންކޮށްގެން. އެއް ވެސް ޝައްކެއްނެތް ދެންފެށޭ ދައުރުގައި ގޮނޑިން ބާލާނެ. އެއީ ހަމަ ޝައްކެއްނެތްކަމެއް. އަދި ކޮބާ މިއަދު މިއީ ތިމެންނާ މުރައިދޫގެއިން ނުކުންނާނަމޭ ބުނި ދުވަސް. ބަލަންތިބެމާބަހީ ޑްރާމާގެ އެ އެޕިސޯޑް.
އަލީރާޖާ
22 June 2023
އެއްދުވަހު ވިދާޅުވެދާނެ އެމްޑީޕީ އިން ނުކެނޑި މި ހުންނަނީ ޕާޓީ ހޯދާށޭ. އޭގެ އަނެއް ދުވަހު ދެއްވީ އިސްތިއުފާ. އެހެން ދުވަހަކު ވިދާޅުވި މަޖިލިސް އޮތީ މަރުތަޅު އެޅިފައޭ، ބެސްޓު ޕްރެކްޓިހޭ ތިމަންނާ ރިޔާސަރުގައި އިނުމަކީ ކުރެވޭނެ ކަމެއް ނޫނޭ. އަނެއް ދުވަހު އެއިންނެވީ ރިޔާސަތުގައި. ކުރިން ހުށަހަޅާފައި ހުރި އެތައް ބައިވަރު އިތުބާރުގެ މައްސަލަތެއްވެސް ވީ ތަނެއް ނޭނގެ. މިއީ ހަމަ އެއްގޮތަކަށްވެސް ދައުލަތުގެ އިސްމަގާމުތަކަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން.
ލަޗްކޯފް
22 June 2023
ހާވާނެ ހަޑިއެއް ހާވާ ދެން ގޮތެއް ނެތުނީމަ އަލުން އައިސް ޒިންމާއާ ތި ހަވާލުވީ. އެއްކަމެއް ވެސް ހަޑި ނުހާވާ ކުރަން ދަންނަމީހެއް ނޫން. އެހެންތާ ވާނީ ވަކަރުގޭ އުޅުން ހުރީމަ. ދެރަކަމަކީ އަދި ވެސް މީނަ ދައްކާ ވާހަކައަށް މީހުން ހިނި އައިސް އަތް ޖަހާ ވޯޓް ދޭނެތީ.