ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ނަޝީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: މަޖިލިސް
22 ޖޫން 2023 - 13:36
އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު، ރަސްމީ ގެކޮޅު، މ. މުރައިދޫގެއިން ނުކުންނަވާނެކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މަޖިލީހަށް އަންގައިފި އެވެ.
އެ މަނިކުފާނުގެ އޮފީހުގެ ޗީފް އެގްޒެކެޓިވް، އަހުމަދު މައުސޫމް ސޮއިކުރައްވައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއަށް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދު ހުންނަވާ ރަސްމީ ގެކޮޅު، މ. މުރައިދޫއިން ގ. ބޭރުވެލި އަށް، ހޯމަ ދުވަހު ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.
އެއީ އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވާ ދުވަހެވެ.
އެހެންވެ، އެކަމާ ގުޅިގެން އަންގަންޖެހޭ ދައުލަތުގެ އިދާރާތަކަށް އަންގައިދިނުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.
ބޭރުވެލި ގެ އަކީ، ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް ވެސް ހިންގާ ގެ އެވެ.
ނަޝީދު ދިރިއުޅުއްވަން މުރައިދޫގެ ހަމަޖެއްސީ އެ މަނިކުފާނު އަވަހާރަކޮށްލަން މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެންނެވެ.
ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް، އެ ހަމަލާއަށްފަހު، ގާނޫނަށް ގެނައި އިސްލާހާއެކު އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ވެސް ދައުލަތުން ގެކޮޅު ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުންޏެވެ.
އެ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ އެވެ. އެ ތަންތަނުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ސިފައިން ކަމަށާއި މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ޖެހޭ ކަމަށް ގާނޫނުގައިވެ އެވެ.
އެމްޑީޕީގެ ރައީސަކަށް ވެސް މިހާތަނަށް ހުންނެވި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ 54 މެމްބަރަކު ސޮޔާއެކުގަ އެވެ. އެ މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން، މަޖިލީހުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސާފައިވާ ގެކޮޅު، "މުރައިދޫ" ގޭގައި ހުންނެވުމުގެ ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. ބޭނުންފުޅު ވަނީ އަމިއްލަގެކޮޅު، ގ. ކެނެރީގޭގައި ދިރިއުޅުއްވުމަށް ކަމަށް އެ ދުވަހު ވިދާޅުވި އެވެ. "ދެން ރިޔާސަތުގައި އިނދެގެން އަޅުގަނޑު އިނާޔަތްތައް ނަގާނަންތޯ، އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނާނަން. މުރައިދޫގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގެ ހުންނަ ގޮތާއި އަނދިރިކަމާއި ހުރިހާ ދިމާލަކުން ލައްޕާހުރި މިންވަރު އެތެރެ ނުފެންނާތީ މީހުންނަށް ނޭނގޭނެ އެވެ. "އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނޫންތޯ، ދެން ނުބަލަހައްޓައިގެން މަރާލައިފިއްޔާ ދެން މަރުވެފައި އޮންނާނީ.، މިހާރު ވެސް ކިރިޔާ އަޅުގަނޑު މިހުރީ،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީވާ
23 June 2023
ކޮންމެ ކަމެއްގަވެސް ހާޖާނު ނުއުފައްދާ ކަމެއްކުރާކަށް މި ހާޖާނުބެއަކަށް ނޭންގޭ..
ޢަރުދަމެޓިކްސް
23 June 2023
އަންނި ކެނެރީގޭ ތިންބެއިންނަށް (އީވާ، އިންތި، ހަސަންކޮއަށް) ލަނޑުދީފަ ޕީޕީއެމްއާ ގުޅޭނީ
ފުރަތަމަ އިސްތިއުފާ
23 June 2023
މުރައިދޫގެއިން ނުކުތުމަކުން ނުފުދޭ. ތިއީ އޮޅުވާލުމެއް.
ޑޜ.މުގާބޭ
23 June 2023
ހީކުރީ ބޭނުންހާ ކަމެއް ކުރަން ހުރެވޭނެކަމަށް ދައުލަތުން އިނާޔަތް ނަގައިގެން. އެގެއިން ނެރެންވީ. ޑިމޮކްރެޓްސް އިން ތަނެއް ހަމަ ޖައްސާނެއްނު. ތާއީދުނެތްކަން އެނގޭތީ ޖައްސާ ސްޓަންޓް
މާކެޔޮޅު
22 June 2023
"ބަޣާވާތެއްގެ ތަޖުރިބާ އަމިއްލައަށް ކުރެވިފައި ވާތީ، ޑިމޮކްރަސީ އަނބުރައި ގެނައުމަށްޓަކައި އާ އިންތިހާބެއް އަވަހަށް ބޭއްވުމަކީ ކިހާ މުހިއްމުކަމެއްކަން އަޅުގަނޑަށް ވިސްނޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ. _ 4 ޖުލައި 2013
ބަބުކެޔޮހުސެން
22 June 2023
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާނުދީ ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. ތި މުގާބޭގެ ގޮތްގަޑު ދޫކޮއްލަބަލަ. ދެންބުނޭ މުރައިދޫގެއިން ނުކުންނަން ސިކިޔުރިޓީ ހުރަސްއެޅިއްޔޭ.
ސޯދީ
22 June 2023
ދެން ގެޔަށް ވަންނަވަންވާނީ މިކަން ނިންމަވާފަ.
ކަރީނާ
22 June 2023
އޯކޭ. ނޯޓެޑް
އުމޭއްތަ
22 June 2023
މަގާމު ދޫނުކުރާތި. ތި ދެ މަގާމަކީ ހަމަ ތިޔަ އާއިލާއަށް ލިޔުއްވާފަ ވާ ދެ މަގާމު
ކުޑާދަނު
22 June 2023
އެހެންވެތާ އިތުބާރެއްނެތޭ 54 މެންބަރުން ގޮވާއިރުވެސް އެ ތިއްބެވީ. ދެރަނުވޭ....މިއޮޑިއެއް ނުފެތޭނެ.!!!!!
ދގދސެފ×
22 June 2023
ދެން ކެނެރީގޭ ދޮށުގާ އޮންނާނީ ޓޭންކުތައް އަތުރާލާފާނޫންބާ؟ ހުރިހާ ބުރައެއް ރައްޔިތުންގެ މާލަށް.