ނިކިލް އާއި އަބިން.
29 ޖޫން 2023 - 13:49
ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދަން އިއުލާންކުރި ކަލާފާނު ސްކޫލްގެ ޓީޗަރު އަބިން ސީ ރާޖް އިންޑިއާއިން ހައްޔަރުކޮށް، ރާއްޖެއަށް ނާދެވޭ ގޮތަށް ބްލެކްލިސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކެރެލާއަށް ނިސްބަތްވާ އަބިން އަކީ ކަލާފާނު ސްކޫލުގެ ގްރޭޑް 9ގައި އިކޮނޮމިކްސް ކިޔަވައިދެމުން ދިޔަ ޓީޗަރެވެ. އޭނާ ހޯދަން އިންޑިއާ ފުލުހުން އިއުލާންކޮށްފައިވަނީ ފޭކް ސެޓްފިކެޓްތަކެއް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މައްސަލައެއް ފަޅާއެރުމާ ގުޅިގެންނެވެ.
އޭނާ ހޯދަން އިއުލާންކުރިއިރު ހުރީ ރާއްޖޭގަ އެވެ. އެކަމަކު ސްކޫލް ޗުއްޓީ ފެށިފައިވާތީ ވަޒީފާއަށް ނުނިކުމެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހުސާން "މިހާރު"އަށް ވިދާޅުވި ގޮތުގައި އިންޑިއާ ފުލުހުން އޭނާ ހޯދާކަން މިނިސްޓްރީއަށް އެނގުނީ ޗުއްޓީއަށް ގައުމަށް ދިޔުމަށް ޓިކެޓް ނަގާފައިވަނިކޮށެވެ. އެހެންވެ އެކަން ދިވެހި ފުލުހުންނަށާއި އިމިގްރޭޝަނަށް ވަގުތުން އެންގި ކަމަށެވެ.
އެ ދެ އިދާރާއަށް މިނިސްޓްރީން އެކަން އެންގިއިރު އޭނާ ވަނީ ފުރައިގެން ގޮސްފަ އެވެ. އެކަން އިންޑިއާ ފުލުހުންނަށް ދިވެހި ފުލުހުންގެ ފަރާތުން އެންގި ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާއަށް އަބިން ދިޔުމާ އެކު އެ ގައުމުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިނިސްޓްރީން މިހާރު އަންނަނީ އަބިން ވަޒީފާއިން ޓާމިނޭޓް ކުރުމުގެ ކަންކަން ކުރަމުންނެވެ. އަދި އޭނާއަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓް ކުރުމުގެ ކަންކަން އިމިގްރޭޝަންއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި އަބިންއަކީ އެ ގައުމުގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެކެވެ. ކެރެލާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ ޕާސްޕޯޓްގެ މައުލޫމާތު ސާފުކޮށް، އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ރައްޓެއްސެއްގެ ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާގެ މައްޗަށް ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތުކުރެ އެވެ. މިހާރު ފަޅާއަރައިގެން އުޅޭ މައްސަލައަކީ އޭނާއާ އެކު ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ދެ ލައްކަ ރުޕީސްއަށް ފޭކް ސެޓްފިކެޓެއް ހަދައިދިން މައްސަލައެކެވެ. އެއީ ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ޑިގްރީ ސެޓްފިކެޓެކެވެ. އެކަމެއް ފަޅާއެރީ ނިކިލްއާ ޖެހުނު ޒާތީ މައްސަލައެއްގައި އެހެން މީހަކު އެކަން ރިޕޯޓްކުރުމުން ފުލުހުން ކުރި ތަހުގީގުންނެވެ. ނިކިލް ވަނީ ފުލުހުންނަށް ދިން ބަޔާނުގައި އޭނާއަށް ފޭކް ސެޓްފިކެޓް ހަދައިދިން މީހަކީ އަބިން ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
01 July 2023
ދެން މީހުން އަޑުގަދަ ކޮށްލީމަ ބުނާނެ ބްލެކްލިސްޓް ކުރަނީއޭ. ފިޔަވަޅު އަޅަނީއޭ.. އެކަމެއް ނުވެސް ކުރާނެ ތޯއްޗެއް. ދެން އަނެއްކާ އަނެއް ފޭކް އައިޑީ ގަ އައިސް ހުންނާނީ. އަޅާލާ ބަލާލާ މީހްކު ނޫޅެ. އެޔޮއް އެބުރެނީނު ވަގު ބަންގާޅީންތައްވެސް ވިސާއެއް ނެތި ފާޅުގަ
ދިވެހި ޓީޗަރެއް
30 June 2023
އޭނަ ފޭކް ސެޓްފިކެޓް ހަދައިދިން ކިތައް މީހުން ރާއްޖޭގައި އުޅޭތޯ ބަލާނެ މީހަކު އެބަހުރިތަ؟ ދިވެހި ފުލުހުން އިންޑިއާ އަށް ގޮސްގެން ވެސް އެކަން ބަލަން ޖެހޭ! ރާއްޖޭގަ ތިބޭ ބިދޭސީ ޓީޗަރުންގެ ފެންވަރު ނުހުންނަކަން މަށަށް ފާހަގަވެގެން އެތައް ތަނަކު އެވާހަކަ ދައްކައިފިން! އެކަމަކު އެކަން ބަލާނެ މީހަކު ނުވި!
ޟުހުދިން ކުމާރު
30 June 2023
ދެން ދިވެހި ރައްޔިތެެއްކަން އަންގައިދޭ ކާޑު ހަދާދީފާއި ކާށިދޫ ކަނޑުން ގޯއްޗެއްދީ. ޢޭރުން ތިޔަކަން ތިޔަ ނިމުނީ
ޝެލަރީ
30 June 2023
ރަށްފުށުގަ ގިނަވާނެ ފޭކު ޑޮކްޓަރުން މީ ހަގީގަތް
ހީހީ ސުލީހް
30 June 2023
ހުރިހާ ދިމާލަކުންވެސް ކުރަނީ ވައްކަން. ސަރުކާރު ގިނަ ވަޒީފާގަ ތިބޭ މީހުނަށް ޒިއްމާ ރަނގަޅަށް އަދާނުކުރެވޭ
ޗާބީބޮކާ ކޮކޯޓުރ
30 June 2023
ކޮން ބުލެކުލިސްޓެކޭ ކިޔާކައް އޭނައޮތީ އިންޑިޔާ ޖަލުގަ އޭނައެޖަރީމާ ހިންގާކަން ފަޅާއެރީ އިންޑިޔާގަ އެތާޕޮލިހުން އެމައްސަލަ ބަލަނީ އޭނަގޮސް އިންޑިޔާގަ ހުއްޓާ ހައްޔަރުކުރީ ދެންއޭނައައް އާދެވޭނެތައް ރާއްޖެއައް ދެންކޮން ބުލެކުލިސްޓެކޭ މިކިޔަނީ
ވަލިކުދުރަހާ
30 June 2023
ސަރުކާރުގަ ބޮޑެތި މަގާމުތަކުގަ އުޅޭގިނަމީހުންނަކީ މިފަސް އަހަރު ހިނގާށޭކާލަން ކެވެނުގޮތަކައް ކާންވީ ހަމަޔެއް ލަމަޔެއްނެތް އެޖަރީމާ ހިންގާކައް ވަކިކަމެއްނެތް
އެންޓެނާ ޒައީމް
30 June 2023
ދެން އެތެރެވަނީ ކޮންމެވެސް ފޭކުނަމެއްގަ ރާއްޖޭގެ އިމިގްރޭޝަންގެ ތެރެއިން ރިޝަވަތު ދީގެން މިހާރުވެސް އއ މާމިގިލީގައި އުޅޭބަންގާޅިއެއް އިމިގުރޭޝަން އޮފިސަރާއި އޭނާގެ އަނބި އެރަށަށް ގެންގޮސްގެން ޑީޕޯރޓު ކޮއްފައި ހުރި ބަންގާޅިއަކު ފޭކުނަމެއްގައި އެތެރެ ކުރަން އެދަނީ ރާވަމުން ބޯގަން ބުރޯމެންނަށް އޯކޭ ހުދު ގަމީސް ލޭފާ އެއްވެސް ލައްގަޑެއް ނެތް މީހެއްކަމަށް ރައްޔަތުމީހައަށް ދެއްކުނީމަ މިއޮތީވާ ގައުމެއް ކޮންމެތާކުން ކޮންމެ މީހަކު މިތަނަށް އައިސް ބޭނުން ގޮތަކަށް އުޅެލާފަ ދާންވީ އަހަރެން 15 އަހަރު މިވީ އިންޑިޔާ މީހަކާ އިނދެގެން އުޅޭތާ ހުރިހާ ކަމެއްވެސް މިކުރަނީ އަނހެންމީހާގެ ނަންމަތީގަ އަހަރެންނަކަށް ނުލިބޭ ގޯއްޗެ
ދޮން ހަސީނާ
29 June 2023
މިކަންތަށް ހުއްޓުވަން ކޮން ކަމެއްތޯ ސަރުކާރުން ކުރަނީ؟ ކުޑަމިނުން އަލަށް ވަޒީފާއަށް އަންނަ މީހުނާ އެދާއިރާގެ ބަޔަކު އިންޓަރވިއު ކޮއްލިޔަސް އެގޭނެ ވަގުމީހުން. އަޑުއަހަން އެއްހޮރަކުން 2 ފަހަރު ކައްޓެއް ނުޖެހޭނޭ. ނަމަވެސް މިހާރު އެއްހޮރަކުން 100 ފަހަރު ކަށިޖެހިޔަސް އަޅާވެސް ނުލާތިބެވެނީ.
ކަތްދައްތަ
29 June 2023
ރާއްޖޭގައި ސެޓްފިކެޓް ފޯޖް ކުރުމަކީ މައްސަލައެއް ނޫން. މެލޭޝިޔާގެ ޔުނިވަރސިޓީއަކުން ލޯޑިގްރީއެއް ނަގައިގެންނޭ ކިޔައިގެން އުޅުނު ލޯޔަރަކުވެސް ފޭކް ސެޓްފިކެޓްތައް ހިފައިގެން އުޅެ ވަކާލާތު ކުރީ. އެކަން ފަޅާ އެރުމުން ދެން ބަދަލުގަ ކޯޓުތަކުން އޭނަ ބަލައިގަތީ. މިހާރު އަނެއްކާ ބާކައުންސިލުން އަނެއްކާވެސް އޭނާއަށް ވަކާލާތު ކުރަން ހުއްދަދީފި. މިއީ އަސްލު ފުރީ ގައުމެއް.