ޚަބަރު / ކަލާފާނު ސްކޫލް

ވަގު ސެޓްފިކެޓް މައްސަލާގައި އިންޑިއާ ފުލުހުން ހޯދާ މީހާ އުޅެނީ ކަލާފާނު ޓީޗަރަކަށް!

އަބިން ސީ ރާޖަކީ ކަލާފާނު ސްކޫލުގެ ޓީޗަރެއް.

ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހާ ރާއްޖޭގައި އުޅެނީ ކަލާފާނު ސްކޫލުގެ ޓީޗަރަކަށް ކަން އެނގިއްޖެ އެވެ.

ފޭކް ސެޓްފިކެޓެއް ހަދައި، އެ ވިއްކި މައްސަލާގައި ހޯދަމުން އަންނަނީ ކެރެލާއަށް ނިސްބަތްވާ އަބިން ސީ ރާޖެވެ. އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަބިން އަކީ ކަލާފާނު ސްކޫލުގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދެމުން އަންނަ ޓީޗަރެވެ. އެކަމަކު މިއީ ސްކޫލު ބަންދު ކަމަށްވާތީ އޭނާ މިވަގުތު މާލޭގައި ނެތް ކަމަށްވެ އެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ އިންޑިއާ ފުލުހުން އަބިން ހޯދަމުން އަންނަ ކަން ކަލާފާނު ސްކޫލަށް ވެސް އެނގުނީ މިއަދު ކަމަށެވެ.

އެކަން މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށާއި އެއީ ތެދެއް ނަމަ، އެކަމުގައި ޓީޗަރާ މެދު ފިޔަވަޅު އަޅާނެކަން "މިހާރު"އަށް އެނގިފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަހަލަ ކަމެއް ރިޕޯޓްކޮށްފައިވާތީ މިނިސްޓްރީން އަންނަނީ ބަލަމުން ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި އަބިންއަކީ އެ ގައުމުގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެއް ކަމަށްވެ އެވެ. ކެރެލާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ ޕާސްޕޯޓްގެ މައުލޫމާތު ސާފުކޮށް، އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ރައްޓެއްސެއްގެ ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާގެ މައްޗަށް ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތުކުރެ އެވެ.

މިހާރު ފަޅާއަރައިގެން އުޅޭ މައްސަލައަކީ އޭނާއާ އެކު ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ދެ ލައްކަ ރުޕީސްއަށް ފޭކް ސެޓްފިކެޓެއް ހަދައިދިން މައްސަލައެކެވެ. އެއީ ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ޑިގްރީ ސެޓްފިކެޓެކެވެ. އެކަމެއް ފަޅާއެރީ ނިކިލްއާ ޖެހުނު ޒާތީ މައްސަލައެއްގައި އެހެން މީހަކު އެކަން ރިޕޯޓްކުރުމުން ފުލުހުން ކުރި ތަހުގީގުންނެވެ.

ނިކިލް ވަނީ ފުލުހުންނަށް ދިން ބަޔާނުގައި އޭނާއަށް ފޭކް ސެޓްފިކެޓް ހަދައިދިން މީހަކީ އަބިން ކަމަށް ބުނެފަ އެވެ. އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު އަބިން އަނބުރާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

36 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 3%
icon angry icon angry 53%
icon wow icon wow 16%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅލަަލަަޕޮޮޕޮޮ

28 June 2023

އެއީ ގްރޭޑް 8 ގައި ބިޒްނަސް ކިޔަވައިދިން މީހެއް.

The name is already taken The name is available. Register?

ޔަގީންކަމެއް

27 June 2023

ކަލާފާނު ސުކޫލުގަ މިހާރުވެސް އުޅޭނެ އިސްލާމް ކިޔަވައިދޭން ޕާކިސްތާނުން ވަގުސެޓުފިކެޓް ހައްދައިގެން އުޅޭ މީހެއް.

The name is already taken The name is available. Register?

ޢެމެރިކާ

26 June 2023

ފޭކު ޓީޖަރުން ރާއްޖެ މި ގެންނަނީ

The name is already taken The name is available. Register?

އަސޭލ

26 June 2023

ލޮލް، އަދި ޖުލައިމަހު މުސާރަވެސް ދޭންފެނޭ

The name is already taken The name is available. Register?

އަފްރާސިޔާބު

26 June 2023

ތިބާވަތުގެ ވަގު ސެޓްފިކެޓް ހިފައިގެން އައިސް ހެލްތު މިނިސްޓްރީ ގައި މަސައްކަތްކުރަނީ ކިތަށް ޑޮކްޓަރުން ކަން ބަލާލިނަމަ ތީ ބަޔަކު ހިންގާ ބޮޑު ފައިދާ ނަގާ ވިޔަފާރިއެއް ކަން އެނގޭނެ. ދެން އެމީހުން ގާތަށް އަންނަ ކޮންމެ ބަލިމީހަކު ރިފަކުރަނީ މާލެއަށް މާލެއަށް އައުމުން އެމީހާ ފޮނުވާލަނީ ރާއްޖޭން ބޭރަށް.

The name is already taken The name is available. Register?

ބަންގާޅު މެޑިކަލް މާފިއާ

27 June 2023

ހެލްތް ސެކްޓަރ ކޮންޓްރޯލް ކުރަނީ އަހަރެމެން

The name is already taken The name is available. Register?

މޮނާ

26 June 2023

އެގިފައިވާ ގޮތުން ސެނަހިޔާގައި އެކްސްރޭ އަދި ފިޒިއޯގައިވެސް މަސައްކަތްކުރަނީ އިންޑިއާއަށް އޮންހޭންޑް ޓްރޭނިންއަކަށް ގެންގޮސް މާލެއައިއިރު ޑިޕްލޮމާ ސެޓްފިކެޓްހަދައިގެން އައިސޮރެއް

The name is already taken The name is available. Register?

ކުސްކުސް

26 June 2023

ސެނަ ހިޔާގައި ލޭ ނަގަން އިން އިންޑިއާ މީހަކަށް ލޭ ނަގަން ކަށި ކޮށްޕާނެ ނާރު ނޭގި 3 ، 4 ތާކަށް ކޮއްޕީމަ މަ އޭނަ ކާރީގަ ބުނީ ކައުންޓަރުގަ އިން ދިވެހި މަންޖެ އަށް ގޮވަން. އެފަހުން މަ ގޮސްފިއްޔާ އޭނަ ކާރިއެއް ނުވޭ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

26 June 2023

ތިޔަ ފޭކް ކަރުދާސް ތަކުގެ އުދަގޫ ބޮޑުވެގެން މިދިޔަމަހުން ފެށިގެން ސައުދީ އާއި މިޑިލް އީސްޓްގެ ގިނަ ގައުމުތަކަށް މިހާރު އިންޑިޔާ މީހުން ނަށް މަސައްކަތު ދެވޭނީ އެގައުމުތަކުގެ އެމްބަސީ ތަކަށް ހާޒިރުވެ އެމަސައްކަތަކާއި ގުލޭ އެގްޒާމެއް ހަދާ ފާސްވެގެން. ތިޔަފޭކް ކަރުދާސް ބޮނޑި ހިފައިގެން ޓްއަރިސްޓް ވިސާގައި ދެން ވަޒީފާ އަށް އަންނަނީ މިތަނަށް ނޫންތޯ؟

The name is already taken The name is available. Register?

ވާވާ

25 June 2023

ދިވެހިންނަށް ދުއްތުރާކުރީމަ ވީ. ދިވެއްސެއްވިއްޔާ ލައިސަންސް ނަގައިގެން ދިރިއުޅެން މަސައްކަތެއްކުރެވޭނީ.މިމީހުން އޯކޭ

The name is already taken The name is available. Register?

މޯދީ

25 June 2023

ތިޓީޗަރު ވަރަށް ރަގަޅަށް ކިޔަވާދޭކަމަށްވަނީ..

The name is already taken The name is available. Register?

ޢަބްދުﷲބެ

25 June 2023

ރާއްޖޭގެ އިސްކޫލްތަކުގައި، ހާއްސަކޮށް ރަށްރަށުގާ މަސައްކަތްކުރަން ގެންނަ ގިނަޓީޗަރުން ނަކީ އޭރުވެސް މިހާރުވެސް ފެންވަރުދަށް ބައެއް. ޢެއީ އެޑިޔުކޭޝަން މިނުސްޓްރީގެ މީހުން ކުރާ ވިޔަފާރުއެއް. ޢެތެރެކުރާ ކޮންމެ ބިދޭސީއަކު އަތުން އެތައްސަތޭކަ ޑޮލަރެއް އެސެކްޝަންގެ މުވައްޒަފުންނަށް ލިބޭނެ. ޢެމުވައްޒަފުންގެ ހިއްސާއޮންނަ ރެކްރޫޓުކުރާ އެޖެންސީތަކުން އެކަން ކުރާނީ. ކުރީގަ އުޅުނީ އިމާދަކާ ސައީދަކާ އަހުމަދަކާ ސާކިރަކާ އަދި އެމީހުންގެ އެންމެ ބޮޑުބޮސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454