ޚަބަރު / ފުލުހުން

ރާއްޖޭގައި ވަޒީފާއަދާކުރާ އިންޑިއާ މީހަކު ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި ހޯދަނީ

ނިކިލް އާއި އަބިން.

ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހަކު ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި ހޯދުމުގެ މަސައްކަތް އެ ގައުމުން ފަށައިފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފޭކް ސެޓްފިކެޓެއްގެ މައްސަލާގައި ހޯދަނީ މިވަގުތު ރާއްޖޭގައި ހުރި އަބިން ސީ ރާޖް ނަމަކަށް ކިޔާ މީހެކެވެ. އެކަމަކު ރާއްޖޭގައި އޭނާ އަދާކުރަނީ ކޮންކަހަލަ ވަޒީފާއެއް ކަމެއް ސާފެއް ނުވެ އެވެ.

އޭނާއަކީ އިންޑިއާގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެއް ކަމަށްވެ އެވެ.

ކެރެލާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި އަބިންގެ ޕާސްޕޯޓްގެ މައުލޫމާތު ސާފުކޮށް، އިންޑިއާގެ ފުލުހުން ވަނީ އޭނާގެ ރައްޓެއްސެއްގެ ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފަ އެވެ.

ގިނަ އަދަދެއްގެ ފޭކް ސެޓްފިކެޓްތަކެއް ހެދިކަމުގެ ތުހުމަތު ފުލުހުން އޭނާގެ މައްޗަށް ކުރެ އެވެ.

އޭނާއާ ގުޅޭ ގޮތުން މި ފަހުން ފަޅާއެރީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ފޭކް ޑިގްރީ ސެޓްފިކެޓެއް ހެދި މައްސަލަ އެވެ. ފުލުހުންނަށް ދިން ބަޔާނުގައި ނިކިލް ބުނީ ފޭކް ސެޓްފިކެޓް އަބިން ހަދައިދިނީ ދެ ލައްކަ ރުޕީސް ދީގެން ކަމަށެވެ.

އަބިންގެ އެކައުންޓަށް ނިކިލް ދެ ލައްކަ ރުޕީސް ޖަމާކޮށްފައިވާ ކަމުގެ ހެކި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެެ.

ނިކިލްއަކީ ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގެ އޭރިއާ ސެކްރެޓަރީކަން ވެސް ކުރިން ކުރި މީހެކެވެ. އަދި އަބިން އަކީ ވެސް އެސްއެފްއައިގެ ލީޑަރެކެވެ.

ކުރިން ނިކިލް ފުލުހުން ގާތު ބުނެފައި ވަނީ އޭނާއަށް ފޭކް ސެޓްފިކެޓް ދިނީ ބޭރުގައި މަސައްކަތްކުރާ އޭނާގެ ރައްޓެއްސެއް ކަމަށެވެ. އެއީ އޭނާ ކިޔަވަމުން އައި ޑިގްރީ ކޯހުން ފާސް ނުވުމުން، ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ސެޓްފިކެޓެއް ކަމަށް ބުންޏެވެ.

އެހެންވެ، ކެރެލާ ޔުނިވާސިޓީގައި ކިޔެވުމަށް ހުރަހެއް ނޯންނާނެ ކަމަށް ބުނެ، ފޭކް ސެޓްފިކެޓެއް ހަދައިދިނަސް އެކަން ފަޅާ އެރީ އެހެން މީހަކާ އެކު ޖެހުނު ޒާތީ މައްސަލައެއްގެ ތެރެއިން އެމީހާ ގޮސް އެ މައްސަލަ ފުލުހަށް ހުށަހެޅުމުން، އޭގެ ތަހުގީގުގެ ތެރެއިންނެވެ.

އެހެންވެ، އޭނާ އަނބުރާ ގައުމަށް ގެންގޮސް އެކަމުގެ ތަހުގީގުކުރާނެ ކަމަށް ކެރެލާ ފުލުހުން ބުނެ އެވެ.

5 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރަތުލް މުންތަހާ

26 June 2023

މީނައައް މިގައުމުގަ އުޅެވިދާނެ. ވައްކަން ކުރުމާ، މަކަރު ހެދުމާ، ހިޔާނާތާ، ކަންނެތް ކަމާއި ދެފުއްކެހެރި ކަމުގެ ޕީއެޑީ ގިނަ ދިވެހިން އަތުގައި އޮވޭ. މިކަލޭގެ ހަމަ ފިޓްވާނެ މިހާރުގެ ދިވެހިރާއްޖެއައް. މަރުހަބާ، އަވަހައް ވަޑައިގެން މަސައްކަތް ފަށާ!

The name is already taken The name is available. Register?

ވަކުންޖު

25 June 2023

2000 ގެ އަހަރު ކުރީކޮޅު އައިޖީއެމްއެޗްގައި ކައްކާ މީހަކު އަދި އޭގެ އިތުރުން ފާމަސިސްޓަކު ޑޮކްޓަރަކަށްވެގެން ބަލިމީހުން ބަލަނިކޮށް.....އެއީ ކޮންބައެއްގެ އިހުމާލުންތޯ. ބަލިމީހާގެ އިހުމާލުންތޯ.....އާދައިގެ ޑޮކްޓަރަކު ހިތުގެ ޑޮކްޓަރަކަށްވެެގެން މީހުން ބަލާ އެތައްދުވަހެއްވީއިރުވެސް ނޭގުނީ ކޮންބައެއްގެ އިހުމާލުންތޯ!!

The name is already taken The name is available. Register?

މަރީދު

25 June 2023

ތި އަބިމް އަކީ ކަލާފާނު ސްކޫލުގެ ޓީޗަރެއް މިހާރު އެސްކޫލުގެ ހެނދުނު ދަންފަޅީގަ ހުސް އިންޑިއާ މީހުން ނޭނގޭ ތިކަހަލަ ކިތަކެތި އުޅޭނެ ކަމެއްވެސް

The name is already taken The name is available. Register?

ކޮރަލް

25 June 2023

ފޭކް ސެޓްފިކެޓް ހުރި ބިދޭސީން ރާއްޖޭގަ ވ ގިނަ ވާނެ އެވެ. މިހާރު ރާއްޖެ އަންނަ ބިދޭސީން މޭޑިކަލް އެއް ވެސް ހަދާކަށް ނުޖެހެ އެވެ. މެޑިކަލް ނުހަދާ ވޯކް ޕާމިޓް ކާޑް ލިބެ އެވެ.

The name is already taken The name is available. Register?

ޖޭހިންދު

25 June 2023

އިންޑިއާ މީހުން ހޯދަން އިންޑިއާ މީހުން އުޅޭނެ ކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454