ޚަބަރު / ފުލުހުން

ކަރަންޓުގައި ޖެހިގެން މަރުވީ ކޭބަލެއް ވަގަށް ނަގަން އުޅެނިކޮށް

މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު

މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް މަރުވި މީހާއަކީ އެ ގެއަށް ވައްކަންކުރަން ވަން މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހ. ހާޅަލަމާ ގްރައުންޑް ފްލޯގައި "ހަބަރު ހުސްވެފައި" އޮއްވާ ފެނުނު މީހާއަކީ އެ ގެއިން ކަރަންޓު ކޭބަލެއް ވަގަށް ނަގަން ވަދެ އުޅުނު މީހެއް ކަމަށެވެ. އަދި އޭނާ މަރުވީ ކަރަންޓު ކޭބަލް ބުރިކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހިގެން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"ނިޔާވި މީހާގެ ހަށިގަނޑުން ކަރަންޓުގައި ޖެހިފައި ހުރި ކަމުގެ ނިޝާންތައް ހުރި،" ފުލުހުން ބުންޏެވެ.

އެ މީހާ ވެއްޓިފައި އޮތް ތަނުން ވައްކަން ކުރަން ބޭނުންކުރާ އާލަތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި، އެއީ ވައްކަންކުރުމުގެ ރެކޯޑު ވެސް އޮތް މީހެކެވެ.

16 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 45%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންކަބިލި

04 July 2023

ހުރިހާ ރެކޯޑެއް އޮންނަމީހުން މިނިވަންކަމާއެކީ މިޤައުމުގައި އުޅެވެއެވެ.

The name is already taken The name is available. Register?

ޖުން

04 July 2023

އެނގިފައިވާ ގޮތުގައި، އެއީ ވައްކަންކުރުމުގެ ރެކޯޑު ވެސް އޮތް މީހެކެވެ.މިނޫން ކުއްވެރިޔަކާ ދިމާވޭތޯ؟މިފެންނަނީ މިގައުމުގަ އިންސާފު ނުލިބޭކަން.ޝަރުއީ ނިޒާމް ފެއިލްވެފަ އޮތްވަރު.

The name is already taken The name is available. Register?

ބޮންދުމޮނީރުމިއާ

03 July 2023

"މަރުވި މީހާއަކީ އެ ގެއަށް ވައްކަންކުރަން ވަން މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ."މިކަމުގައި ހާދަ ފަސޭހަކުން ފުލުހުންނަށް ކަށަވަރުވެއްޖެތާ. މުޖުތަމައުގައި ޑްރަގު ބޯން ތިބޭމީހުން ޑްރަގާއި އާލާތާއި އެކު އަތުލައިގަނެވޭއިރުވެސް ކަށަވަރުނުވެ މުޅިންވެސް "ސައްކު" ކުރެވި ދޫވަމުން ވަމުންގޮސް ދޫވެގެން ދަނީ. މިހާމަރުވެ ދުނިޔެއިން ބޭނުންކެޑި ނެތިދިޔައީމާ މައްސަލަވެސް މިދިޔައީ ވަގުތުން ވަގުތަށް ކަޑައެޅި ނިމިގެން. މިވެސް ވިސްނާބަޔަކަށް އިބުރަތެއް.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

03 July 2023

އަހަރެން ހިޔާފްލެޓްގައި ހަދަމުން ދިޔަ ފިހާރައަކަށް ލައިފައި ހުރި ސްޓެލްކޯގެ ވަގުތީ ކަރަންޓު ބޯޑުގެ ކޭބަލް ވެސް ވަގަށް ނެގި. އެވަގު ކޭބަލް ބުރިކުރީ އަތަށް ރަގަރު އަންގި ލައްވައިގެން، އެ އަންގި އެތަަނުން ފެނުނު. އަހަރެން އެކޭބަލަށް 15000ރ ސްޓެލްކޯއަށް ދައްކަން ޖެހުނު.

The name is already taken The name is available. Register?

ނާބަ

03 July 2023

ދެން ފަހަރަކުން ވަގު ކަލޭތިބުނި ގޮތައް ހަދާނީ އޯކޭ އެއްނު

The name is already taken The name is available. Register?

ކޮސްބެއްޔާ

03 July 2023

ވަގަކު ތިކަހަލަކަމެއް ނުކުރާނެ. ތިކަހަލަކަމެއް ކުރާނީ ކޮހެއް.

The name is already taken The name is available. Register?

ޞަރަިމު

02 July 2023

ވަގަކު މަދުވުމުން މުޖުތަމައު އަށް ފައިދާވޭބާ.

The name is already taken The name is available. Register?

މީހަކުމަރުވުމަކީ ހިތާމައެއް

03 July 2023

މިއީ އެއްވެސް ޙާލެއްގައި އުފާކުރަންވީ ކަމެއް ނޫން. ވަގަކު، ޑްރަގް ނަގާ މީހަކު މަރުވުމަކުން މުޖްތަމަޢުއަށް ރައްކާތެރިކަމެއް ނުލިބޭ. އަދި މައްސަލައަށް ޙައްލެއްވެސް ނުލިބޭ. ޑްރަގް ގެ އެޑިކްޝަން އަށް މީހުންނަށް ފަސޭހައިން ވަދެވޭނެގޮތްތަށް އޮތީ. އެއްވެސް މީހަކަށް އެކަށީގެންވާ ފަރުވާ ދެވި ރަނގަޅު ނުކުރެވޭ. މި ޙާލަތުގައި، އެޑިކްޓް ވެފައިވާ މީހާ ޑްރަގް ހޯދަން ނުކުރާނެ ކަމެއް ނޯންނާނެ. ނުރައްކަލަކަށް ނުވިސްނާނެ. މަންމަގެ ގަހަނާވެސް ވިއްކާނެ. ހިތާމަހުރި

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 July 2023

ހާދަ ދެރައޭ.! ވައްކަން ކުރުމަކީ މިކަހަލަ ކަމެއް. ކިންމެވެސް ހިސާބަކުން ކޮންމެވެސް ދުވަހަކުން ވައްކަމުގެ ސަޒާ އާއި ކުރިމަތިލާން ޖެހޭނެ. ދައުލަތުގެ ޙަޒާނާ ހުސްކޮށްގެން ހިއްކާފައިވާ ބިމުން ކޮންމެ މީހަކަށް 18 މިލިޔަން ރުފިޔާގެ ބިން ވަގަށް ނަގަން އުޅޭ މީހުން އަދި އެތިބީ ސަލާމަތުން.

The name is already taken The name is available. Register?

އެދުރުބޭބެ

03 July 2023

މަލާމާތް ކޮށް ފުރައްސާރަ ކުރުމަކީ ވެސް ހާދަހާވާ ނުބައި ކަމެކޭ. ކޮންމެވެސް ގޮތަކަށް ކޮންމެވެސް ދުވަހަކު އެކަން އެކުރާ މީހަކަށް އެކަމުގެ ޖަޒާދެއްވާނެ!

The name is already taken The name is available. Register?

ބުހުތާން

03 July 2023

އޮނަރަބަލް އަފީފް ދީދީ ޖަހައިގެން ކޮމެންޓް މިކުރާ މީހާއަށް އެނގޭބާ ވައްކަމަކީ ކޮބައިކަން ވައްކަމުގެ އުންސުރުތައް އެވަރު ނޭނގެންޏާ ކޮމެންޓް ނުކުރުން ރަނގަޅުވާނެ..

The name is already taken The name is available. Register?

ކުލުނުހޭ

03 July 2023

ބުހުތާނުބޭ ކޮން އުންސުރެއް. ލޮލް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

02 July 2023

ކަރަންޓް ކޭބަލެއް ވަގަށް ނަގަން އުޅޭނީ ކޮހެއް.

The name is already taken The name is available. Register?

ކަތްދައްތަ

02 July 2023

މަގުގެ އަދަބު ތަންވީޒުވާން ފެށީބާ

The name is already taken The name is available. Register?

އުދުހޭ

02 July 2023

ނުބައިވެގެންވާ މިފަދަ މަރެއް އައިސް އެމީހަކާ އަރާ ހަމަކުރުމުގެ ކުރިން ތައުބާވުމަށް އެންމެހާ އަޚުންނަށް އިލްތިމާސް ކުރަން. ހެއްދެވިހާ ފާފައެއް 20 އަހަރު ކުރިޔަސް ދުނިޔެއަށް ނޭވާލެވެންޏާ އެއޮތީ ފުރުސަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454