ހޮޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެރަށުގައި ފާރެއް ވެއްޓި، ބަޔަކަށް ވަނީ އަނިޔާވެފައި --
11 ޖުލައި 2023 - 23:18
ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފާރެއް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު 5:30 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ލިބުނީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ތިން މުވައްޒަފަކަށެވެ.
އަނިޔާވި ތިން މީހުންނަށް ރ. އުނގޫފާރު ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން ދާއިރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާރްޑީސީގެ އޮފިޝަލަކު ބުނިގޮތުގައި އަނިޔާވި މީހުންގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތަކެއްވީ މީހާގެ ޅިނދުކަށިގަނޑު ހަތަރު ތަނަކުން ވަނީ ބިނދިފައިވެ އެވެ. އަދި އަނެއް މީހާގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފައި ވާއިރު ތިންވަނަ މީހާއަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.
މި ހާދިސާ ހިނގީ މަގު ކޮނެގެން ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލ
13 July 2023
ތިޔަ ގޭގެ ފާރުތައް ތިތާ ރޭނި މީހުން ހައްޔަރުކޮއް އަދަބު ދެވެން ޖެހޭ.
ތަރައްގީގެ ދުވެލި މެކުހަށް
12 July 2023
ވެއްޓެންވެފަހުރި ފާރެއް ވެއްޓި އަލުން އާފާރެއް ވުޖޫދުވުމަކީވެސް ތަރައްގީ. އަދި ބަޔަކަށް ލިބުނު އަނިޔާއަކީ ތަރައްގީގެ މަގުގައިވީ ގުރުބާނީއެއް.ތިޔަ މުއައްޒަފުންގެ އެކައުންޓަށް ޕެޓީކޭޝް ވަދެފައިވާނަމަ އަލުން އާޙަޔާތަކަށް ދިރުން ލިބޭނެ.
ޒައިކީ23
12 July 2023
ޕެޓީކޭޝް އާއި ކޭޝް ސެލަރީ އަޖީ ހުރިހާ ކުންފުންޏެއްގައިވެސް ޖަމާކުރާ އެއްޗެއް ހާއްސަކޮށް ފައިނޭންސްގަ މަސައްކަތްކުރާ މުވައްޒަފުންގެ އެކައުންޓަށް.. ވައުޗަރ ތަކާ އެހެނިހެން ލިޔެކިއުންތަށް ހަމަޔަށް ހުރީމަ އެވީ..މައްސަލައެއް އުޅޭނަަމަ އޮޑިޓް އިން އެކަން ފާހަަގަކުރާނެ.. ރާއްޖޭގެ އެހެން ކުންފުނިތަކުގަ ބިލިޔަަނުންވެސް ވަދެފަ އެބަހުރި
ރަންދެލި
12 July 2023
ތިޔަ އެކްސިޑެންޓު ގެ ވީޑިއޯ ދުށިން. ބިރުން ފިއްކަޑައިގެން ގޮސް އަދިވެސް މިހިރީ ބޮލައް، ލޮލައް އެބުރުން އަރާފަ! އަނިޔާ ލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދެން!
މޫބޯ
12 July 2023
ސޭފްޓީ ކޮމްޕްރޮމައިޒެއް ނުކުރެވޭނެ
ހޯރަބޭ
11 July 2023
ވަރަށް ހިތާމަވެރި ހާދިސާއެއް. އަނިޔާލިބުނި ފަރާތްތަކަށް އަވަސް ސިފާއެއް މިންވަރު ކުރަށްވާށި. އާމިން.