ޕީޕީއެމަށް ސޮއިކުރެއްވި ގިނަ އަދަދެއްގެ ކައުންސިލަރުން ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާ އެކު މިއަދު ފޮޓޯއެއް ހުއްޓިވަޑައިގެން.---ފޮޓޯ: ނިޝާން އަލީ/ މިހާރު
30 ޖެނުއަރީ 2017 - 15:51
އިދިކޮޅު އެމްޑީޕީގެ ގިނަ ކައުންސިލަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.
އެމްޑީޕީގެ އިތުރުން އަދާލަތާއި ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތަށް 31 ކައުންސިލަރަކު ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި ނިސްބަތުން ގިނައީ ކުރިން އެމްޑީޕީ ފިކުރުގެ މީހުން ކަމަށް ޕީޕީއެމުން ބުންޏެވެ.
ކައުންސިލަރުން ޕީޕީއެމާ ގުޅުން ފާހަގަކުރަން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި މިހާރު ބައިބައިވުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ، އެންމެން ގުޅިގެން ޕާޓީ ކުރިއަރުވަން ކުރާ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް އެތެރޭގައި އެކި ކަންކަމަށް ވަކިވަކި ޓީމުތައް ހެދި، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޕީއެމަށް ސޮއިކުރެއްވި ކައުންސިލަރަކާ ރައީސް ޔާމީން ސަލާމްކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތަކުން ސަރުކާރާ ނުގުޅި ތިބުމުގެ ސަބަބުން ރަށްރަށަށް ލިބެން ޖެހޭ ތަރައްގީ ލަސްވެގެން ދިޔަ އެވެ. ޕީޕީއެމްގެ ދަތުރުތަކުގައި، އެތައް ރަށަކުން އެ ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއީ މާޒީ ކަމަށް ބަލާފައި ކުރިއަށް ދާންވީ، އަދިވެސް ދެ އަހަރު ކުރިއަށް އޮތީމަ އަޅުގަނޑުމެންނަށް ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ދިމާލަކުން ވެސް ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދިނުމެވެ. އެއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުން ކަމަށް ވިޔަސް އުމްރާނީ ތަރައްގީގެ މަސައްކަތެއް ކަމަށް ވިޔަސް އެކަން ރައްޔިތުންނަށް ފުރިހަމަކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލަރުން ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކުރަން، ޕީޕީއެމާ އަލަށް ގުޅުނު ކައުންސިލަރުން ވެސް އެއްބާރުލުން ދެއްވަން ރައީސް އެދިވަޑައިގަތެވެ. ސަރުކާރުން ކުރާ މަސައްކަތްތަކުން މުޅި ގައުމާއި ރައްޔިތުންނަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަން ނުފެންނަ ކަމަށް ބައެއް މީހުން ހެދިއަސް، ސަރުކާރުގެ ވިސްނުމަކީ ތަރައްގީގެ ގިނަ ކަންކަން ރައްޔިތުންނަށް ހާސިލްކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީ ގޮތުން ކުފޫ ހަމަނުވޭ
01 February 2017
ޕީޕީއެމް ދެބައިވެ ޒައީމް އަށް ތާއީދު ކުރާ މުސްކުޅީ ފުރައިގެ ބޭފުޅުންގެ ވޯޓް ނުލިބޭނެ ކަން އެނގި ދެން ގިނަ ޒުވާނުން އެމްޑީޕީ އަށް ތާއީދު ކުރާތީ ގޮތް ހުސްވީ! މިއިކީ ސިޔާސީ ގޮތުން ކުފޫ ހަމަވާ މީހުން ކުރާ ކަހަލަ ކަންތަކެއް ނޫން! ދެން ތިޔަ ބުނަނީ ރަށްރަށަށް ކަންކަން ކޮށްދޭން ދަތިވަނީ ޕީޕީއެް ކައުންސިލް ނެތިގެންނޭ! މިވެސް ދެން ކިހާ ބޮޑު ޖޯކެއް! ސަރުކާރުން ކުރަން ބޭނުން ކޮންމެ ކަމެއް މިކުރަނީ އެއްވެސް މީހެއްގެ ކަނދުރާ އަކަށް ބޮލަކަށް ބެލުމެއް ނެތި! ސަރުކާރުން ކުރަން ބޭނުން ކަމެއް ނުކުރެވޭންވީ ސަބަބަެއްވެސް ނެތް! މިކަހަލަ ފުލޯކް ވާހަކަ އަހާ ޤަބޫލު ކުރާ ގުނބޯލުން ރާއްޖޭގައި ތިބިހާ ދުވަހަކު ހެޔޮ ވެރިކަމެއް ނުލިބޭނޭ!
ސާފީ
31 January 2017
އެންމެނަށް ފެނަކަ އިން ދިން ވަޒީފާތަކުގެ ވާހަކަ ވެސް ލިޔެލިނަމަ
ފަޒީލް
31 January 2017
ޕީ ޕީ އެމް އަށް ސޮއި ކުރި ގިނަ ކައުންސިލަރުންނަކީ އެމް ޑީ އޭ ގެ ކައުންސިލަރުން. މިކަން ތަންކޮޅެއް ރަނގަޅަށް ދިރާސާ ކޮށްލަން ފެނޭ.
ައާދަކީސް
31 January 2017
ތިޔަ އީ ވަރަށް ބޮޑު ފޭކެއް. އަދި ބްލަންޑަރ އެއް . އިޚްލާޞްތެރިއެއް ނުވާނެ. އެމްޑީޕީ މީހުން ބަދަލެއް ނުވާނެ. ވޯޓެއް ނުދޭނެ. ވޯޓް ހޯދަން އިޚްލާސްތެރިކަމާއެކު މަސައްކަތެއް ނުކުރާނެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. މީހުންގެ އިޚްލާޞްތެރިކަމެއް ފައިސާއަކުން ނުގަނެވޭ އިނގޭތޯ
ދަހިވެތިމީހާ
31 January 2017
ކައުންސިލަރުންގެ އިންތިޚާބީ މުއްދަތު ހަމަވާތީ ފައިސާކޮޅެއް ލިބޭނެ ގޮތެއް ހޯދާލީ
ޭއއލ
31 January 2017
ދިވެހިންތިބީ ލާރިއަށްޓަކައި ނަފްސުވިއްކާލަން ތައްޔާރަށް. ފެންއޮތްތާކަށް މަސްދާނެ.
އިބޫ
30 January 2017
އާދެ ކިހާވަރެއްގެ ޕކެޖެއްބާ ކޮންމެ ކައުނސިލަރަކަށް ؟ ޢެމްއެމްޕީއާރްސީ ގެ ބިލިއަން ތައް އަދިވެސް ހުންނާނެތާ
މަޓޭ
30 January 2017
ރިޔާސީ އިންތިޚާބް ވޯޓްގައި ތިޔަ ކައުންސިލަރުންގެ އަސްލު ފެންނާނެ
މެންޓަލިސްޓް
30 January 2017
ޕީޕީއެމްއާޢި ގުޅުނީކީނޫން ހަގީގަތުގައި ޕީޕީއެމްއިން އެމީހުން ގަތީ ،،، ތިޔަހެން ވަގުތީ އުފަލަކަށް ދިޔަޔަސް 2018ގެ ވޯޓް އެމީހުން ލާނީ އެމް.ޑީ.ޕީއަށް ކަން ޔަގީން ،، އެގޮތަށް އެމީހުން އެބައޮތް ޕާޓީގައި ވައުދުވެފައި ،،، ވަރަށްވެދުން
ޢަބްދުﷲނާފިޒު
30 January 2017
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ "ޕީޕީއެމްގެ އެތެރޭގައި މިހާރު ބައިބައިވުމެއް ނެތް" ކަމަށެވެ. ދެން މަ ހީހީހީ، ތުއްތޮންބެ ސަލާމް ބުނި.
ބުޅާ
30 January 2017
ނާފިޒަށް ހާދަ އަސރެއްކުރާނޭކަން އެނގޭ.ޕާޓީކުދިންކޮޅު ޕާޓީ ދޫކުރާތީ