އެސްޓީއޯ އިން ހިންގާ ސުޕާ މާކެޓް: އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި.
31 ޖެނުއަރީ 2017 - 11:11
އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އާއި ފަހު ކުއާޓަރުގެ ފައިދާ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ވެސް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 53.1 މިލިއަން ރުފިޔާ އެވެ. މިދިޔަ 2015 ވަނަ އަހަރުގެ އެ ކުއާޓަރުގައި ލިބިފައި ވަނީ 134 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 301.4 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 85 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.7 ބިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރިކުރުމަށް ކުރި ހަރަދަށް 1.5 ބިލިއަން ރުފިޔާ ހޭދަކުރުމުން ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 219.4 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނީގެ ފަހު ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދު 125 މިލިއަން ރުފިޔާ އަށް ކުޑަވި ނަމަވެސް ވިއްކުމަށާއި މާކެޓްކުރުމަށް 43.1 މިލިއަން ރުފިޔާ ހޭދަކުރުމުން ހިންގުމުގެ ފައިދާ ވަނީ 62.6 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާ ގޮތުގައި 56.4 މިލިއަން ރުފިޔާ ލިބުނުއިރު ހިއްސާއަކަށް ފައިދާގެ ގޮތުގައި 50.08ރ. ޖެހިފައިވެ އެވެ. ނަމަވެސް އެންމެ ފަހު ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައި ވަނީ 47.16ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫސްޓާރ
01 February 2017
އަސްލު އެއިކީ އެއް ލިބުނު ގެއްލުމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އެއީ މުޅިން ބަނގުރޫޓު ވެފަ ހުރި ކޮމްޕެނީ އެއް ނަގާ ކޮޅަށް ޖަހާފަ އެހުރީ. ފުރަތަމަ އައު ކޮޅު ވީމަ ކަމަށް ވެދާނެ. އިންޝާﷲ އަންނަ އަހަރަށް ރަނގަޅު ވާނެ. އަޅުގަނޑު ފަޚުރުވެރިވޭ އެސް.ޓީ.އޯ ގެ މުވައްޒަފެއްގެ ހައިސިއްޔަތުން.
GAN Island
31 January 2017
ޤާނޫނީ އިމުގެ ބޭރުން ވިޔަފާރިކުރާނަމަ ފައިދާއަށްވުރެ ގެއްލުން ބޮޑުވާނެ. ތިއީ ޕަބްލިކް ކުންފުންޏެއްކަމުގައި ވިޔަސް ތިޔަ ކުންފުންޏަށް ބޭނުންވާ ބޭރުފައިސާ ހޯދާގޮތަށް ހަމަ އެކަނި ބަލާލިކަމުގައި ވިޔަސް ''ކުންފުނިހިންގަނީ ޤާނޫނީ ހަމަތަކުގެ ތެރެއިން ނޫން'' ކަން ރަނގަޅަށް އިގޭނެ.
ދޮންދީނި
31 January 2017
މިލިއަނުން ބިލިއަނުން ޓްރިލިއަނުން....ފައިދާ....ފައިދާ....މި ނޫން އަޑެއް ނީވޭ...އެކަމަކު ރައްޔިތުން ވަނީ އިތުރަށް ބިކަ...
ދަނޑިއަތަ
31 January 2017
އަަހަރުން އަހަރަށް ދަށަށޭ. ވާނުވާ ނޭންގުނަސް އޯސަމްއޭ ފްލޯލެސް އޭ ކިޔާފައި ކޮމެންޓް ކުރަންވާނެ.
ބައްޗު
31 January 2017
ބޮޑު ކަމަކަށް ދޯ ވާނީ. ނަޝީދު ސަރުކާރުގައި ކޮންމެ އަހަރަކު ފައިދާ ވީ ދައް. ސަރުކާރުގެ ހުރިހާ ކުންފުންޏެއްގެ. އެސްޓިއޯގެ ފައިދާ މިއަހަރު ދައްވިއަސް އދިވެސް 2013 އަށްވުރެ މަތި. ވަޑާންގެއެއް ނުހިންގުނު މީހެއްގެ ވާހަކަ ތިދައްކަނީ.
އަލީ
31 January 2017
ކޮބާތަ މައްސަަަލައަކީ. މިދިޔަ 3 އަހަރު ދުވަހަކު ފައިދާ ނުވާވަރަށް ފައިދާ ވެއްޖެ. މައިތިރިވެގެން ތިބޭ.
ދގ
31 January 2017
މަހުގެ 29 ގައި މުސާރަ ޖަމާކުރާކަށް ނުޖެހެ.
ޖޭބޮކި
01 February 2017
ކޮންމެ ދުވަހަކު މުސާރަ ޖަމާ ކުރިޔަސް ކިޔެއްތަ؟ ހަމަ ދޭންޖެހޭ އެމީހަކަށް ހައްގު އެއްޗެއް ވިއްޔަ އެ ދެނީ. ދެން ކޮބާތަ މައްސަލައްކީ މަހުގެ 15 އަށް ނާރަނިސްވެސް މުސާރަ ދިނަސް؟؟؟
ރޮޒޭ
31 January 2017
ކޮބާ މައްސަލައަކީ. މިހުރިހާދުވަހު ފައިދާ ދިޔެއީ ފަތުއަޑު ކިޔާފައި މައްޗަށް. ކޮންމެ ފަހަރަކު ނުޖެހެ މަތިވާކަށް. އަދިވެސް 2013 އަށްވުރެ ފައިދާ މަތިވާނެ.
ހގގ
31 January 2017
އެސްޓީއޯގެ އާންމުދަނީ ދަށްވީމަތަ މި މަހު މުސާރަތައް ޖަމާނުވެގެން މިއުޅެނީ. މީގެ ކުރީ މަސްމަހު މަހުގެ 29 ހޮސާބުގަ ޖަމާކޮށް ނިމްމާ މުސާރަތައް. ކިހިނެތްބާ މިވަނީ
އަލީ
31 January 2017
އެސްޓީޢޯ އިން ވަނީ މިމަހު 26 ވަނަ ދުވަހު މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދީފަ...ދޮގު މައުލޫމާތު ނުފެތުރުމަށް އެދެން!
ފަރީ
31 January 2017
ކުންފުނިން ކުރަންނުޖެހޭ ކަންތައް ސަރުކާރުން ބުނެގެންކޮށްކޮށް ކުންފުނީގެ ފައިދާ ދަށަށްދަނީ، އެޅިހާ ބަތަކަށް ރިހަ އެޅީމަ ވާނެގޮތްމިވަނީ