ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަށް ގެއްލުން ލިބިފައި.
30 ޖުލައި 2023 - 17:20
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ، ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ 1 ގައި ދިއްގާ މަގުގައި (ބީޗު މަގު) ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހޮޅިދަނޑިއެއްގައި ޖެހި، އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު ކަމަށެވެ. އެއީ ހުޅުމާލޭގައި ހުންނަ ޗާކޯލް ކެފޭގެ ކުރިމައްޗެވެ.
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަގުމަތީގައި ހުރި ހޮޅިގަނޑިއަކަށާއި ގަހަކަށް ގެއްލުންވެފައި.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަށް ގެއްލުން ލިބިފައި.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކާރު ޖެހުނު ހޮޅިދަނޑި އޮތީ ވެއްޓިފަ އެވެ. އެ ހޮޅިދަނޑިއާ ކައިރީގައި ހުރި ގަސްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.
އެ އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
31 July 2023
ތިޔަވާނީ ރަށުން ފުންމާލިގޮތައް ހުޅުމާލެ އަށް އައިސް ކާރު ދުއްވި ސޮރަކައް
ހުޅުމާލޭ ބޮޑު މީހާ
31 July 2023
ތީގަ ގޯހީ ގަސް، ކާރު އޯކޭ
އަހަންމާބެ
31 July 2023
އަހަރެންގެ ސަރުކާރެއްގައި، ރާއްޖޭގައި ކާރު އެކްސިޑެންޓެއްނުވާނެ، ކާރަށްކިޔާނަން އަހަރެން ބަދަލު ކުރާނަން، ބަދަލު ކުރާނީ ސަވާރީއަށް، އޭރުން ދެންވާނީ ސަވާރީ އެކްސިޑެންޓް، ކާރު އެކްސިޑެންޓަށް ނިމުމެއްއައީ
ސައިޚް
31 July 2023
ބަލަންޖެހޭ ކަންކަން ބަލަނީ، މިހިސާބުން ނިމުނީ، ބާރަށްދުއްވާމީހުން ހުއްޓުވާނެކަމެއްނެތް، އެމީހުންދެކެ ހީވަނީ ފުލުހުން ބިރުން އުޅޭހެން، ދުއްވާއިރު ފޯނުބޭނުންކުރުން، ސިގިރެޓް ބުއިން، ވަންވޭގަ އިދިކޮޅަށްދުއްވުން މާލޭގަ އާއްމުކަމެއް، ފުލުހުން އަޅާނުލާ، ނުހުއްޓުވާ،
ދަރި
31 July 2023
ތިފަދަ ނުރައްކާތެރި ގޮތްގޮތަށް ދުއްވާ މީހުންގެ ލައިސަންސް 5 އަހަރަށް ބާތިލު ކުރަން ފެނޭ. މިއަދު ހޮޅިދަނޑިއެއް، މާދަމާ ކިތައް މީހުން ކަމެއް އެނގެނީ ކާކަށް؟
ލޯބި
31 July 2023
ލައިސަން ނެތި ދުއްވިއަސް އެބަލާނެ ބަޔަކު ނެތީޔާ ކީކުރާފަސް އަހަރެއް. ބްރިޖް މަތީގައިވެސް އަޑެއް އިވޭނީ ކާރިން ރާސް ލާފައި އޯވަރ ޓޭކް ކޮށްފައި ހަރުފަހެން ދާމަންޒަރު ފެންނާނީ. ފުލުހުންނާއި ވާކަމެއްވަ‘ ނޫން. އެކަމަކު ސެންޓްރަލް ޕާކު ތެރޭގައި ހުރި ފުޅަނދު ބުރު ދައުލަތުގެ ތިޖޫރީހެން ބެލެހެއްޓޭ.
އިސްލާހު
30 July 2023
ގިނަފަހަރު މިވާގޮތަކީ އެޕް އަޅައިގެން ދުއްވަމުންވެސް އެއާ ކުޅެން އިންނަނީ..... ހޭކެނޑިގެން ދަތުރުނަގަން ދުއްވަނީ....
އަހައްމަދޫ
30 July 2023
ބަލަން ޖެހޭ ކަންކަން ބަލާފައި ތަންކޮޅެއް ދެރަވަރުމީހެއް ނަމަ ޖުރިމަނާ ގަނޑެއް ކޮށްލާފައި މަސްއަލަ އޮއްބާލަފާނެ
ބަރަބޯ ފާތުމަ
30 July 2023
ގިނަގިނައިން ކޮންޓްރޯލް އިން ނެއްޓެންވީ...ކޮންޓްރޯލް ކުރުމުގެ އެއްވެސް ބޭނުމެއްނެތް
ޖިލް
30 July 2023
ޖެހުނީމަ ގޯސްވާނީ. ތި ދުއްވާ ވަރު އެނގޭނެ ތިތާ 5 މިނެޓު މަޑުކޮށްލިއަސް. އެކަމު ތިޔަ ފުލުހުންނަށް ފެންނާނީ މަޑު މަޑުން އަންހެނުން ގޮވައިންދާ މީހާ އެކަނި.
ޖެކް
31 July 2023
ވަރަށް ރަނގަޅު ވާހަކައެއް. އަހަންނަށްވެސް ވަރަށް ފާހަގަކުރެވޭ މަންޖެއެއް ފަހަތަށް އަރުވައިގެން ދަންޏާމުން ކޮންމެގޮތެއް ހަދާފަވެސް މަޑުކުރުވާނެ.
ކުޑާދަނު
30 July 2023
ކިހާ ބާރުމިނެއްގާ ދުއްވިގެންބާ މިވަރުވާނީ.!!!! މިވަރުންވެސް ތި ކާރު ދުއްވިމީހާ ކުށްވެރިވާނެބާ!!!!!