ފުވައްމުލަކުގައި މިރޭ ހިނގި ހަމަނުޖެހުމުގައި އަނިޔާވި އެސްއޯ ފުލުހަކު އެ ރަށު ހޮސްޕިޓަލްގައި
31 ޖުލައި 2023 - 01:21
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް، އިދިކޮޅު ބަޔަކާއި ފުލުހުންނާ ދެމެދު ރޭ ހިނގި ހަމަނުޖެހުމެއްގައި ހަތަރު ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ފަށަައިފި އެވެ.
ފުވައްމުލަކުގައި މި ވަގުތު ހުރި "މިހާރު" ގެ ނޫސްވެރިޔާ ބުނީ، ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެނީ ފިރިހެން ތިން ފުލުހަކަށާއި އަންހެން ފުލުހަކަށް ކަމަށެވެ. އެ ފުލުހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ނޫސްވެރިޔާ ބުނީ، މަސްލަހަތު ގޯސްވީ އެމްޑީޕީގެ ޖަލްސާ އޮތް ތަނާ މާ ދުރު ނޫން ހިސާބެއްގައި ހުރި ކެފޭއެއްގައި ތިބި އިދިކޮޅު މީހުންގެ ތެރެއިން އެކަކު ފުލުހުން ހިފެހެއްޓުމުން ކަމަށެވެ.
"އެ ހިސާބުން މަސްރަހު ގޯސްވެ، ފުލުހުންނާ ދިމާލަށް އާންމުންގެ ބަޔަކު ގާ އުކަން ފެށީ،" ނޫސްވެރިޔާ ބުންޏެވެ.
ފުލުހުން އެ މީހާ ހިފެހެއްޓި ސަބަބެއް ނޭނގެ އެވެ. މި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.
އެސްއޯ ފުލުހުންނާ ދިމާލަށް އާންމުންގެ ބަޔަކު ގާ އުކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް މިހާރު ދައުރު އެބަވެ އެވެ. އަދި ވެއްޓިފައިވާ އާންމުންގެ މީހަކު ނަގައިގެން ފުލުުހުން ގެންދާ މަންޒަރު ވެސް އެއް ވީޑިއޯއަކުން ފެނެ އެވެ.
ފުވައްމުލަކުގެ ބަޔަކު ފުލުހުންނާ ކުރިމަތި ލުމުން އެ މީހުން ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި އެވެ.
ރޭގެ ޖަލްސާ ހިނގަމުން ދިޔައިރު އެ ކެފޭގައި ތިބި އިދިކޮޅު މީހުން ގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ރައީސް އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން ވެސް އިދިކޮޅުން އިހުތިޖާޖު ކުރި އެވެ. އެ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ މީހުން "ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށް އަނިޔާކުރުމަކީ" ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ފިނޑި އަމަލެއް ކަމަށެވެ.
"އަދި ސޯލިހު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ފުލުހުންނާއި ސިފައިން ބަރު ހަތިޔާރާއެކު ފޮނުވައި މި ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ ރައްޔިތުންނަށް ބިރު ދައްކައި އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީ މީހާ
01 August 2023
ސިޔާސީ ޕާޓތަކުގެ ސުލޫކީ މިނަގަޑުގަ 45 މާއްދާގައި އޮނާނެ އެއްްބަޔަކުގެ ހިންގާ ހަރަކާތަކަށް އަނެއްބަޔަކަ ހުރަސް އަޅައި ޖެއްސުންކޮށް ހަދައިގެން ނުވާނެކަމަށް އެހެންވީމާ ތިކަން ކަން ފުލުހުން ނިކުމެ ހުއްޓުވުނު ގޮތަކަށް ހުއްޓުވަން ޖެހޭ.
ފަންސަވީސްއަށާނަވައި
31 July 2023
މިހާރު ފުލުހުންވެސް އުޅެނީ އެބަޔަކު ސަޕޯރޓްކުރާ ވެރިއެއްގެ ފަހަތުގަ، އިނަސެންޓް ޜައްޔިތަކު ނޫންގޮތަކަށް އުޅެލިޔަސް މޭފުއްޕާލާފަ އުޅެނީ އެވަރުގެ ބަޔަކު ނެތްކަމަށް ހެދިގެން. މިހާރު ޕޮލިސް ކަޑަ،
އިލުމީ
31 July 2023
ސޯލިހް ހިތި ކޮއް ބަލިވާތަން އެބަފެނޭ ރޭގެ ޖަލްސާއިން އެކަން ސާފް
ސާސަސަސސ
31 July 2023
ކޮން އުނދަގުލެއް ކުރާކަށް ޕީޕީއެމަށް އޮތްތާާއީދު ވޯޓުން ދެއްކީމާ ނިމުނީނު، މެހުމާނުނަށް އެއްޗެހިކިޔާ ދަތިކުރުމަކީ، ދެރަކަމެއް، މިވެރިކަމުގައި ކުރި ކަންކަމުގެ ލުއިފަސޭހަކަމާއި ލާބަ އިންތިހައަށް ގިނަ. ކުރީ ސަރުކާރުން ކުރި ނަރުދަަމާ އަކީ، ބޭނުންތެރި ކަމަކަށް ވިޔަސް އެކަން ކުރެވިފައިވާގޮތުން ދިމާވި އުނދަގުލުން، އެކަން ސަލާމަތްކޮށް ދިނީ އެތައް މިލިޔަނެއް ޚަރަދުކޮށްގެން މި ސަރުކާރުން.
ޢަހު
31 July 2023
ކޮޔާ އެމްޑީޕީ މަގުމަތި ވެފަ އޮތް 7އަހަރު އަހަރެމެން ގެ ޅަދަރިންވެސް އުޅުނީ ނުނިދިގެން ތިއަށްވުރެ މާހުތުރުކޮށް އެމްށީޕީ މީހުން އުޅުނީ
ސަންޕާ
31 July 2023
ފުލުހުންނައް އަނިޔާވެރިވުމުގެ ބާރު މިލިބެނީ އަޅެފަހެ ކޮންތާކުން
ބޮޑުވަޒީރު
31 July 2023
ރައްރަށުގެ މީހުންނަށް ހިވަނީ ތިމާމެންގެ ރަށޭ އަޜާބީރައްޓެހިންނަށް ހިތުހުރި ގޮތެކޭހަދާނީ ގާއުކުމާ ފެންޖެހުމާ މުދަލަށް ގެއްލުންދިނުމާ ކަންކަމީ ނާތަހުޒީބީ ކަންކަން. ކޮނމެ މީހަކުވެރިކަމުގައި ހުރިނަމަވެސް ގަދަރާ އިހްތުރާމް ކުރަންޖެހޭ .މާދަމައި ޕޕއެމްގެ ވެރިިކަމެއް އަޔަސް ހަމަ ގާ ވެސްއުކޭނެތާ ވަގޭ ޗޯރޭ ގޮވޭނެތާ ލަވަވެސް ހެދޭނެތާ ،13 ޗޭނެލް އިން ގެނެސްދޭ އަހްލާގީ ގޮތުން ވަރައްދައް ލަވަ.
އަނގަގަދަ މިތުރު
31 July 2023
ކެންޕެއިން ދަތުރުގަ އަންނަނީ ރާއްޖޭގެ ރައީސެއްގެ ހައިސިއްޔަތަކުން ނޫން! ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެހެންވީމާ ނިކުމެ މުޒާހަރާވެސް ކުރަންވީ! އަރާ ކޮންމެ ރަށަކަށް އެސް.އޯ ފުލުހުން ފޮނުވުމުން ދޭހަވަނީ އެމް.ޑީ.ޕީ އަށް ހަޖަމެއް ނުވާކަން
ދޮހޮއްތު
31 July 2023
ފުލުހުންގެ އަމަލުތައް ތާއަބަދު ފެންނަމުންދަނީ އަނިޔާވެރި ބިރުވެ ބައެއްގެ ގޮތުގާ
ސާސަސަސސ
31 July 2023
މަޑުުން ރީތިކޮށް ތިބިނަމަ ފުލުން އުނދަގުލެއް ނުކުރާނެ. ރައީސުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން، ބަޔަކު ހިތަށް އެރިހައި ކަމެއް ކުރާކަށް ފުރުސަތެއް ނުދޭނެ، އެއީ ކޮންމީހަކު ވެރިކަމުގައި ހުރިކަމުގައި ވިޔަސް ވެހެވެ.
ހުސްނުހީނާ
31 July 2023
އަބަދުވެސް ޕޕއމ އަކީ ވަރަށް ނާތަހުޒީބު ބަޔެއް! ތި ޓެރަރިސްޓު ހަމަލާދިނީ އެއްމެފަހުން ނައިބުރައީސް ކަމަށް ސީލް ޖެހި ބޭފުޅާގެ އެންގެވުމަކަށްވެސް ވެދާނެ! ތިހަމަލާދިން އެއްމެން ހިފާހައްޔަރުކޮށް ގާނޫނު ހުއްދަކުރާ އެއްމެ ހަރުކަށި އަދަބު ދޭންޖެހޭ!
ދަ ޑިމޮކްރެޓްސް
31 July 2023
ޕީޕއެމުން ނޫސް ބަޔާން ނެރޭއިރު މީެ 5 އަހަރުގެ ކުރީގެ ހަނދާންތައް ނެތުނީބާއޭ ހިތަށް އަރާ. ރަށްރަށަށް ސިފައިންނާއި ފުލުހުން، ހަތިޔާރާއެކު ފޮނުވަން ފެށީވެސް ޔާމީނުގެ ވެރިކަމުގައި ޔާމީނު. މިއަދު އެހެންބަޔަކު އެގޮތަށް ކަންތައްކުރުމުން ކަމަކު ނުދިޔަ. އިއްޔެގެ ހަމަނުޖެހުމުގައި ހަމައެކަނި ފުލުުހުންނަށް އަނިޔާވި ވާހަކަ ނޫސްތަކުގައި ލިޔާއިރު ކޮބާ ޢާންމު ރައޔިތުމީހާއަށް ލިބުނު އަނިޔާގެ ވަހަހަކަ؟؟؟
އަންދަލޫސިޔާ
31 July 2023
ވީޑިއޯތަކުން އެބަ ފެނޭ ފުލުހުންނާ ދިމާލަށް ގާއުކާތަން. ގާއުކުމުން އެއީ އެއްވުމަކަށް ނުބެލެވޭނެ. އެއީ މޮބެއް. އެ ދެވެނީ ޓެރަރިސްޓް ހަމަލާ. ސަލާމަތީ ޚިދުމަތްތައްދޭ ފަރާތްތަކަށް ހަމަލާދިނުމަކީ ޤާނޫނީ ކުށެއް. އަދަބު ކުޑައެއްނުވާނެ. ތިހެން ޓެރަރިޒަމް ހިންގައިގެން ބޮޑު .. ދުލެއް ނުކުރާނެ!