ވިޔަފާރި / ރިޕޯޓް

ޓޫރިޒަމްގެ ހަގީގީ ދުވެލި ހުއްޓުވާލަނީ މި އެއާޕޯޓާ ހަމައިން!

ޓޫރިސްޓުންތަކެއް ފްލައިޓުން ފައިބަނީ. ރާއްޖޭގެ ޓޫރިޒަމް ހިދުމަތްދޭ އެނދުގެ އަދަދު ވަނީ 62،000 އަށް އަރާފައި-- ފޮޓޯ: މިހާރު

ވޭތުވެދިޔަ ފަސް އަހަރު އެވްރެޖުކޮށް ކޮންމެ އަހަރު 4،400 އެނދު ވަނީ އިތުރުވެފަ އެވެ. އެކަމަކު، އެއާ އެއްވަރަށް ކަމާ ގުޅުން ހުރި އެހެން ދާއިރާތައް ކުރިއަކަށް ނާރަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ގައުމީ ވައިގެ ބަނދަރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު އޮތީ، ރާއްޖޭގެ ޓޫރިޒަމަށް ނުތަކާ ހިސާބުގަ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، ރާއްޖޭގެ ޓޫރިޒަމް ހިދުމަތްދޭ ފެސިލިޓީތަކުގެ އަދަދު ވަނީ ވޭތުވެދިޔަ ފަސް އަހަރު ވެސް އެވްރެޖުކޮށް ހަތް ޕަސެންޓު ކުރި އަރައިފަ އެވެ. އަދި 2019 އިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 22،000 އެނދު އިތުރުވި އެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ 10 އަހަރު ވެސް ރާއްޖޭގެ އޮކިއުޕެންސީ ހުރީ 50-60 ޕަސެންޓާ ދެމެދުގަ ހިފެހެއްޓިފަ އެވެ.

ރާއްޖޭގައި މި ވަގުތު 1،200 ތަނަކުން ޓޫރިސްޓުންނަށް ހިދުމަތްދެ އެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 900 ގެސްޓްހައުސް އާއި 160 ސަފާރީ އާއި 13 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގެ އޮކިއުޕެންސީ އިތުރު ނުވާ އިރު، އެއް އަހަރުން އަނެއް އަހަރު ހުޅުވާ ރިސޯޓުތަކާއި ގެސްޓްހައުސްތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

މީގެ ދިހަ އަހަރު ކުރިން ރާއްޖޭގެ އޮކިއުޕެންސީ 70 ޕަސެންޓުގައި ވެސް ހުއްޓެވެ. އެހެން ނަމަވެސް، އަހަރަށް ވުރެ އަހަރަކު، ހިދުމަތްދޭ ތަންތަނުގައި ޓޫރިސްޓުން ހޭދަކުރާ ވަރު މަދުވާން ޖެހުމަކީ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓީ

ރަނގަޅު އެއަޕޯޓަކާ ނުލައި އަސްލު މަންޒަރެއް ނުފެންނާނެ

ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވީ، ޓޫރިޒަމް އެހާ ބާރު ދުވެއްޔެއްގައި ކުރިއަށްދާ އިރު، އެހާ އެއް ހަމައަށް ބޭނުންވާ އެހެން ހިދުމަތްތައް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޓޫރިޒަމް އެހާ ފުޅާކޮށް ކުރިއަށްދާ އިރު އެ ކުރިއެރުން ލިމިޓްވެފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ އެއާޕޯޓު ބޮޑުނުވުން. ހިދުމަތް މި ދެނީ 24 ގަޑިއިރަކު ނޫން. އެއާލައިންތަކުން ބޭނުންވާ ޓައިމްތަކެއް ޝެޑިއުލްއަކުން ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓަށް ފުރަން ގޮސް ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން. ޕީކް ސީޒަންގައި އެއާޕޯޓް ތޮއްޖެހުމުގެ މައްސަލަ ކޮންމެ އަހަރަކު ވެސް ކުރިމަތިވޭ-- ފައިލް ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް ދުނިޔޭގެ ސަމާލުކަން ލިބުނު އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ހެދި ޓޫރިޒަމްގެ ކުރިމަގު ހުއްޓުން އަރާފައި އޮތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ، އެއާޕޯޓަށް ބޭނުންވާ ވަރަށް އެއާލައިންތަކަށް ފުރުސަތު ނުދެވުމަކީ ގޮންޖެހުމެއް ނަމަވެސް، އެކަން ދެތިން އަހަރުގެ ތެރޭގައި ހައްލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެހެންވެ، އެއާޕޯޓު ހެދޭ އިރު އިތުރު އެނދުތައް އައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓްގެ މިދިޔަ އަހަރުގެ ފްލައިޓް މޫވްމަންޓް 15،000 އުޅޭ އިރު އެވްރެޖުކޮށް ދުވާލަކު 45 ފްލައިޓް އެއާޕޯޓަށް ޖައްސަ އެވެ.

މާލޭ މަގަކުން ދިޔަ ޓޫރިސްޓުންތަކެއް. ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 5،000 ޓޫރިސްޓުން އާދޭ-- ފޮޓޯ: މިހާރު

މައުސޫމް ވިދާޅުވީ، ޓޫރިޒަމްގެ ކުރި މަގަށް ޑޮމެސްޓިކް އެއާޕޯޓުތައް ހެދި، އާރްޓީއެލްގެ ހިދުމަތްތައް ވެސް ވަރަށް މުހިންމު ކަމަށެވެ. ސަރުކާރުން އެކަމަށް އެހާ ބޮޑު އިސްކަމެއް ދެނީ ވެސް ޓޫރިޒަމް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު ތޮއްޖެހޭ މައްސަލައަށް ހައްލެއް ނެތް

އޭސް ޓްރެވެލްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ޓޫރިސްޓުން އެއާޕޯޓުން ސަލާމަތްވާން ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ އިރު މިހާރު ވެސް ނަގާ ކަމަށެވެ. އޭނާ ވިދާޅުވީ، އާ ޓާމިނަލްއާ އެކު އެ ކަންކަން ހައްލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ފިރާގު ވިދާޅުވީ، އާ ޓާމިނަލް ހެދެންދެން ވެސް ނުވަތަ އެއާޕޯޓު ހިންގާ ގޮތް ބަދަލުކޮށްގެން ވެސް އޮޕަރޭޝަން އަވަސް ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ދެއްކެވީ، އޮންލައިން ޗެކިން ނިޒާމު ތައާރަފްކޮށް، ފަސިންޖަރުން ކިއުގައި ޗެކިން ވާން ތިބޭ ތިބުން ހުއްޓުމެވެ.

"މީގެ ދެ އަހަރު ކުރިން ކިއޮސްކް ބަހައްޓަން ނިންމި. އެހެން ނަމަވެސް، މިހާރު ކިއޮސްކް ބެހެއްޓުން ފަސްކުރީ އާ ޓާމިނަލަށް،" އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން އައި މަތިންދާ ބޯޓަކުން ޓޫރިސްޓުންތަކެއް ފައިބަނީ. އެއާޕޯޓް ޒަމާނަކާ ނުގުޅޭ-- ފޮޓޯ: މިހާރު

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ މައި އެއާޕޯޓެވެ. ހުރިހާ ޓޫރިސްޓުން ރާއްޖެ އަށް އެންމެ ފުރަތަމަ ފައި ޖައްސާލަނީ އެ އެއާޕޯޓަށެވެ. އެކަމަކު، އެއާޕޯތަށް ފައިބައި ފުރުމާ ހަމައަށް، ނުވަތަ ފުރަން ގޮސް އެ އުފުލަން ޖެހޭ ބުރަ އާއި ހޭދަވާ ވަގުތަކީ ބޮޑު ބޮލުރިހުމެކެވެ.

އެއާޕޯޓުގެ ތޮއްޖެހުން ބޮޑުވެ ފުރަން ގޮސް ތިބޭ މީހުންގެ ކިއޫތައް ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް ވެސް މީގެ ކުރިން ގޮސްފައިވެ އެވެ. އެހެން ވަނީ، އެއާޕޯޓުގެ ޗެކިން އޭރިއާ ކުޑަވެ، ފްލައިޓުތަކުން ދަތުރު ކުރާ ގިނަ ބަޔަކަށް އެއް ފަހަރާ ހިދުމަތް ދޭން ޖެހުމުންނެވެ. މިއަހަރުގެ ޕީކް ސީޒަން އަދި ނުފެށޭ އިރު މިހާރު ވެސް ތޮއްޖެހުންތައް ކޮންމެވެސް ވަރަކަށް ކުރިމަތިވާ ކަމަށް ފިރާގު ވިދާޅުވި އެވެ. އެހެންވެ، ޕީކް ސީޒަން ފެށުމުން އެއާޕޯޓު ބާރުބޮޑުވެ، ހިދުމަތްތައް ހޯދަން އިތުރަށް ލަސްވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އެއާޕޯޓު ބޮޑުކޮށް އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތާ ހަތް އަހަރަށް އަހަރުވެފައިވާ އިރު، އެ މަސައްކަތް ނިންމާނެ ކަމަށް މިހާރު ބެލެވެނީ 2025 ވަނަ އަހަރު އެވެ. އެހާ ބޮޑަށް އެ މަސައްކަތް ލަސްވީ، ފަންޑިންގެ މައްސަލައިގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވި، ޑިލޭތަކުގެ ސަބަބުންނެވެ.

ދުވާލަކު އަންނަ ޓޫޜިސްޓުންގެ އަދަދު އިތުރުވާ ވަރު މަދު ކަމަށް ދާއިރާގެ ފަރާތްތަކުން އެއްބަސްވެ-- ފޮޓޯ: މިހާރު

ރަނގަޅު އޮކިއުޕެންސީއެއް ހޯދަން ޓޫރިސްޓުންގެ އަދަދު 10،000 އަށް

ކެޕިޓަލް ޓްރެވަލްގެ އޯނަރު ޔޫސުފު ރިފްއަތު ވިދާޅުވި އެއް ވާހަކައަކީ ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވާ ވަރާއެއް ހަމައަށް ޓޫރިސްޓު އެރައިވަލް އިތުރު ނުވުމެވެ. އޭނާ ވިދާޅުވި، މިހާރު އެވްރެޖްކޮށް ދުވާލަކު ރާއްޖެ އަށް 5،000 ޓޫރިސްޓުން އަންނަ އިރު އެ އަދަދު 8،000-10،000 އިތުރު ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެ ލެވެލްއަށް ރާއްޖޭގެ ޓޫރިޒަމް ގެންދިއުމުގެ ޕޮޓެންޝަލް ޓޫރިޒަމް ދާއިރާގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އަދަދަށް ޓޫރިސްޓުން އަތުވެއްޖެ ނަމަ، ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ 80 ޕަސެންޓާއި 90 ޕަސެންޓާ ހަމައަށް އިތުރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

"ރާއްޖެއަށް އެންމެ ބިޒީކޮށް އައިސްފައި ހުރީ 7،500 މީހުން އެއް ދުވަހަކު. ދެތިން ފްލައިޓު އިތުރުވެގެން ވެސް މިކަން ބަދަލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޓޫރިސްޓުން އަންނަ ވަރު 10،000 އެރުވުމަށް އެއާޕޯޓު އޮތީ ތައްޔާރަކަށް ނޫނެވެ. ޓޫރިސްޓުން އަންނަން ބޭނުން ވިޔަސް، އެކަން އެއާޕޯޓް އޮތް ހާލަތާ އެކު އެކަން ވާކަށް ނެތެވެ.

އެއާޕޯޓުން ޓޫރިސްޓެއް ހިންގާފައި ދަނީ. ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތީ އެއާޕޯޓު ބޮޑު ނުކުރެވިގެން ކަމަށް ދާއިރާގެ ފަރާތްތަކުން ގަބޫލު ކުރޭ -- ފޮޓޯ: މިހާރު

އެ ހިސާބަށް ޓޫރިޒަމް ފުޅާ ނުކުރެވިގެން އުޅެނީ އާ ޓާމިނަލް ނުނިމޭތީ ކަމަށާއި އާ ޓާމިނަލް ހުޅުވުމުން ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައި އޮތް އާ ޓަމިނަލް ނިންމާނެ ކަމަށް މިހާރު ލަފާކުރަނީ 2025 އެވެ.

އޮކިއުޕެންސީ ދަށްވާތީ ރިސޯޓުތަކުން ދޭތެރެ ދޭތެރެ އިން ޖެހެނީ ކޮޓަރިތައް "ސޭލް" އަޅުވާށެވެ. އެހެންވެ، އެ ފަރާތްތަކުން ބޭނުންވާ އާމްދަނީ ހޯދަން ހުރަސްތައް ކުރިމަތިވެ އެވެ. ހޮސްޕިޓާލިޓީ ދާއިރާ އަކީ ރިކަރަންޓް ހަރަދު އެހާ ބޮޑު ދާއިރާއަކަށްވާ އިރު އެ ދާއިރާއިން ބޮޑު ފައިދާއެއް ހޯދަން ޖެހެނީ، ވީހާވެސް ގިނައިން ކޮޓަރި ވިއްކައިގެންނެވެ. އެކަމަކު ރިސޯޓުތަކުގެ ކޮޓަރިތައް ހުހަށް ބަހައްޓަން ޖެހޭތީ ބައެއް ފަހަރު ނުއަގުގައި ވެސް ވިއްކަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ޓޫރިޒަމް ކުރިއަރުވަން އާ ޓާމިނަލް ހުރަހަކަށް ވެފައި އޮތް ނަމަވެސް، ރާއްޖެ މާކެޓު ކުރުމުގައި ވެސް ޓްރެޑިޝަނަލް ގޮތްތައް ދޫކޮށްލައި އެންމެ ޒަމާނީ ގޮތްތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް 4.4 ބިލިއަން ޑޮލަރު (68 ބިލިއަން ރުފިޔާ)ގެ ޓޫރިޒަމް ސެކްޓަރު ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް އެއާޕޯޓުވެފައި އޮތް ނަމަވެސް، ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރަން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މި ގައުމަށް ޖަމާވުމަކީ، އިންވެސްޓަރުން މިދާއިރާއަށް ހުރި ޝައުގުވެރިކަމެވެ. އިންވެސްޓަރުންގެ "އެޕިޓައިޓް" ނުވަތަ އިތުބާރު މި ދާއިރާއަށް ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި، އެއާ އެއް ހަމައަށް ޓޫރިސްޓުންނަށް ރާއްޖެއަށް އާދެވެން ޖެހެ އެވެ. މިހާރު އޮތް ގޮތުން ހުރަސް އެޅެނީ ރާއްޖެއަށް ވަންނަން އޮތް އާމްދަނީއެވެ. ރާއްޖޭގެ ނަން އަބަދަކު ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ ގޮތުގައި ނޯވެދާނެ ކަމަށް ބަލައި، ޑިމާންޑާ އެއްވަރަށް ޓޫރިސްޓުން އައުމަށް ފުރުސަތު ފަހިކުރަން އެބަ ޖެހެ އެވެ.

29 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 78%
icon wow icon wow 11%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައިދާރު

09 August 2023

ތިކަންހައްލެއްނުކުރާނެ މާލޭސަރަހައްދަވަންނަލާރިމަދުވެދާނެތީ ތިއެއާޕޯޓުންބާރުބޮޑުވެގެންނުޖެއްސިމަތީގާއެބުރޭބޯޓްތަކަށް ޑައިވުޑްކޮށްލަންއަންގަނީލަންކާއަށް އައްޑޫއެއާޕޯޓްފެންނާނީވޯޓްކާރިވީމާ އައްޑޫކުދިންވިސްނާބަލަބޮޑުމާސިންގާއިންޓަރނޭޝަނަލްއެއާޕޯޓެއްބޯޑެއްދީފާއެތަނަށްހުރިހާސަރުކާރާކުންވަނީއިހުމާލުވެފާ މިފަހަރުވިސްނާފަތަރައްގީކޮށްދޭނެމީހަކުއަތުންލިއުންހޯދާފާނޫނީވޯޓްނުދޭތި އެލިއުމަކީބަދަލުލިބޭކަހާލަލިއުމަކަށްހަދަންވާނެ

The name is already taken The name is available. Register?

އެއަރޕޯޓް

09 August 2023

ތަންތާތިބި ގަމާރުން ވެރިކަމަށް ގެނައިމާ ވާނެ ހައެތި މިވަނީ. ޓާމިނަލް މަސައްކަތް ފަށައިދީފަ ނިންމާނެހައި ފައިސާ ހޯދައިފަ ވެރިކަން ހަވާލުކުރީމައި ނިންމާލަން ނޭނގުނު ގަމާރެއްގެ ވާހަކަ މިދެންނެވީ. އަދިވެސް އޭނަޔަށޯލަ ވޯޓްދޭންވީ.

The name is already taken The name is available. Register?

އަސްރަފަ

08 August 2023

ރައީސް ޔާމިން (މުއިޒް) ވެރިކަމަށް ގެނެސްގެން އަނެއްކާވެސް ތިކަހަލަ ކަންކަން ހިނގާ ގަންނާނީ

The name is already taken The name is available. Register?

ޖަސްޓިން

08 August 2023

ކޮންކަމެއް އެމްއޭސީއެލްގަ ރަނގަޅީ؟؟ ފާހާނާ ވެސް އިންޑިޔާގަ ކައްޕަޅި އަވަށެއްގެ ފެންވަރުގަ!

The name is already taken The name is available. Register?

ހާސަރު

08 August 2023

ފަސްއަހަރު ތެރޭ 22048 އެނދު އިތުރުވެ މިއަހަރު އޮކިޔުޕެންސީ %61 ގައި އެހުރީ ، އިދިކޮޅުން ލަވާ ހަޅޭކާއި މުޅިން ތަފާތު ނަމްބަރުތަކެއް މިއީ! ބަގުރޫޓް ވަނީއޭ ބުނީ!؟ ޓީޖީއެސްޓީ ބޮޑުކުރީމަ މީހަކު ނާންނާނޭ ބުނީ!؟ ދެން ކުރަންވީ ކަމަކީ މޫނަށް ކަދުރާއަކަށް ނުބަލާ ރިޒޯޓްތަކުގެ ބެޑް ވިއްކާ ހަގިގީ ރޭޓުން ޓެކްސްނަގަންވީ ޓެކްސްއަށް މިހާރު އެހަދާ ބޮޑެތި މަކަރުތައް ހުއްޓުވަންވީ. އޭރުން އިސާހިތަކު ގައުމުގެ ދަރަނި އަދާކޮށްލެވޭނެ.

The name is already taken The name is available. Register?

އަފީފު ހ އ ދިއްދޫ

08 August 2023

ކުރަން ބޭނުންވިޔަސް އަދި ކުރަން ލާޒިމު ކުރިޔަސް ތިޔަހަރަ ކަންކަމެއް ނުވާނެ މިއަކީ ހައެއްކަ މީހުންގެ އަމިއްލަ ތަނެއް އެހެނޭކިޔާފަ އަރިއަކަށް ޖެހެލިޔަސް 7 ފެބުރުއަރީ 2012 އިޔާދަ ވެދާނެ

The name is already taken The name is available. Register?

ސަލީމު އިދުރީސް

08 August 2023

މިސާލަކައް ތިންލޭނައް ދުއްވާ ހައިވޭއެއްގަ މަރާމާތައް އެއްލޭނުގެ 100 މީޓަރު ބަންދުކުރީމަ އެއްހިސާބުގެ ޓުރެފިކު ތޮއްޖެހޭ!ހަމަ އެއްގޮތައް 100 ގައުމުން އަންނަ މީހުން ވަންނައް އެއްންމެ ދޮރެއް ހުރީމަވެސް މިގޮތް ދިމާވާނެ ނޫންތޯ! މާލެ ސަރަހައް ދުނޫންތަނެއްގަ މީހުން ހުޅެން ބޭނުންނުވާ ޕުލޭނާއެކު ކުރިއައް ދާހިންކު ތިފަދަ ކަންކައް ކުރާބޮޑު ހޭދާގެ ނަތީޖާ ނުފެނި އަބަދުވެސް އުޅެންޖެހޭނީ ތިގޮތުގަ!

The name is already taken The name is available. Register?

ޔޫސްފުލް ބްލޫބެރީ

08 August 2023

ކަލޯ ތިކަހަލަ ވާހަކަ ނުދައްކާ. ދިވެހިރާއްޖެ އަންނަ ޓުއަރިސްޓުންވެސް ރާއްޖެ ދޫކޮށް ދާން ބޭނުންނުވަނީ ތި އެއަރޕޯޓަކަށް ދާންޖެހޭތީ ތޯއްޗެ.

The name is already taken The name is available. Register?

ކައުންސެލަރު

08 August 2023

ބުރޯ ޖީއެމްއާރު ތިޔަތާ ތިބިނަމަ މިހާރު ތިތާ ތިވާވަރުވެސް ނުވާނެ. ކަންކަން ނުކުރެވޭ މީހުން ހިފަހައްޓާނީ އަނގައިން. ރީތިވާހަކަ ދައްކާނީ. މިހާރު ތިވާވަރުވެސް ވަނީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ރަންވޭއެއް އޮތީމާ. ކިތަންމެ ގަބޫލުކުރަން ނޭދުނަސް ތިޔައީ ރައިސް ޔާމީން ވެރިކަމުގައި އެޅި ރަންވޭއެއް. ޓާމިނަލް ގަނޑުގަ ހޭކިލަހޭކިލަ ތިއްބާ 5 އަހަރުވީ. ވީކަމެއް ހަރާން. ސުލޯމޭން އަކަށް ނުކުރެވޭ ރައްޔިތުންނަށް ކަމުދާ އެއްވެސް ކަމެއް

The name is already taken The name is available. Register?

ވަލީދުބެ

08 August 2023

ސީޕްލޭން ޓާރމިނަލް ތިލަފުއްޓަށް ބަދަލުކޮށްލާފަ އިތުރު ރަންވޭއެއް ހަދައިގެން ނޫނީ ޑޮމެސްޓިކް ދަތުރުތައް ނުގެންދެވެނެ . އަދި މިހާރު މިދުއްވާ ކުދި ފުލައިޓްތަކުގެ ބަދަލުގާ އެތެެރޭގެ ދަތުރުތަކަށް 200 މީހުންގެ ޖާގައިގެ ފުލައިޓް ބޭނުންކުރެވޭނެ ގޮތް ހަދަންވީ އޭރުން ޓިކެޓް އަގުހެޔޮކުރެވޭނީ. މިކަންވާނީ އެއްފަސްކުރުމުގެ ޕޮލިސީއެއް ހަދާ އެކަމަށް ގާނޫނެއް ފާސްކޮށްގެން. މައްސަލައަކީ ފިއުޗަރ ޕްލޭންނެތި ކުރިއަށް ދިއުން.

The name is already taken The name is available. Register?

ރަށްއިތުމީހާ

08 August 2023

ސަރުކާރު ކުންފުނި ތަކާ ސިވިލުސާވިސް އާއި އެހެނިހެން މުއަށްސަސާތަކުގެ މުސާރަތައް ބޮނޑް ކުރިއިރު އެއަރފޯޓް މުއަށްޒަފުންގެ މުސާރަ ބޮނޑް ނުކޮށްދޭ. މިވެސް ތިންހާސް މުއަށްޒަފުން ނަށް ވުރެ ގިނަ މީހުން އުޅޭ ކުންފުންޏެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454