ޚަބަރު / ސުޕްރީމް ކޯޓް

ގާނޫނުއަސާސީގެ ކަރާމާތް ހިފަހައްޓަން ޖެހޭ، ކުށްވެރިންނަށް ފުރުސަތު ދެވޭ ގޮތަށް މާނައެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވަނީ: ކުށްވެރިންނަށް ފުރުސަތު ދެވޭ ގޮތަށް ގާނޫނު އަސާސީ މާނަ ނުކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި

ކުށްވެރިންނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް ގާނޫނުއަސާސީ މާނަ ކުރުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފެހެއްޓުމަށްޓަކައި ވެސް ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް ނިންމީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އާއި އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުން ސާބިތު ދަރަންޏެއް އޮތުމާއި ގައިދީންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނޯންނާތީ އެވެ.

ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފް މަރުހަލާގައި އޮތުމުން އެމަނިކުފާނަށް ވާދަ ކުރެއްވޭނެ ކަމަށް ވިދާޅުވެ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ބަޔާންކުރާ ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ބުނެފައިވާ ހުކުމުގެ މާނައަކީ އިސްތިއުނާފް ނިމުމަށް ފަހު އޮންނަ ނިހާއީ ހުކުމެއް ކަމަށް ވިދާޅުވި އެވެ.

ހުކުމުގައިވާ ގޮތުން ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ލިޔެފައި އޮތީ ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ނަޒާހާތްތެރި ބޭފުޅުން ކަން ކަށަވަރު ކުރުމަށެވެ. އަދި ގާނޫނުއަސާސީ ހެދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ވިސްނުމަށް ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އެގޮތަށް އަމަލު ކުރުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފެހެއްޓުމަށްޓަކައި ކޯޓުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"މި އުސޫލު މިގޮތަށް ދެމެހެއްޓުމަކީ ގާނޫނުއަސާސީގެ ކަރާމާތް ހިފަހައްޓައި، ގާނޫނުއަސާސީ ހެދި މަޖިލީހުގެ ވިސްނުން އެގޮތަށް ދެމެހެއްޓުމަށްޓަކައި އަހުރެންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް." ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ހުކުމް އިއްވަވަނީ

ހުކުމުގައިވާ ގޮތުން ގާނޫނުއަސާސީގެ މާއްދާއެއް މާނަ ކުރުމުގައި ފުރަތަމަ ބަލަން ޖެހޭނީ ގާނޫނުއަސާސީގައި ލިޔެފައި އޮންނަ އެއްޗަކަށެވެ. އަދި އެ ނޫން ގޮތަކަށް މާނަ ކުރަން ޖެހޭނީ އެގޮތަށް މާނަ ކޮށްގެން ހައްލެއް ނުލިބިއްޖެނަމަ ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

"ގާނޫނު އަސާސީގައި ސާފު އިބާރާތުން ވަކި އެއްޗެއް ލިޔެފައިވާ ނަމަ ރުޖޫއަ ވާންޖެހޭނީ އެ އިބާރާތުން ދޭހަވާ މާނައަށެވެ. އަދި ގާނޫނުއަސާސީގެ މާއްދާއަކަށް އުނި އިތުރު ގެނައުމުގެ ބާރެއް ކޯޓަކަށް ލިބިގެނެއް ނުވެ އެވެ." ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

މީގެކުރިން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލާގައި އިސްތިއުނާފް ނިމެންދެން އޭނާގެ މެމްބަރުކަމުން ގޮނޑި ނުގެއްލޭނެ ކަމަށް 2011 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާއި ޔާމީންގެ މައްސަލައާ ތަފާތުވި ސަބަބު ވެސް ހުކުމުގައި ތަފްސީލުކޮށްދިނެވެ.

އެގޮތުން އިސްމާއިލް އަބްދުލްހަމީދުގެ މައްސަލައަކީ އޭނާ މެމްބަރު ކަމުގެ މަގާމުގައި ހުއްޓާ އައި ހުކުމެއްގެ ސަބަބުން އޭނާއަށް މެމްބަރުކަމުގެ މަގާމުގައި ހުރެވޭނެ ކަމާ މެދު ބެލި މައްސަލައެއް ކަމަށް ވާއިރު، ޔާމީންގެ މައްސަލައަކީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތާ ގުޅޭ މައްސަލައެއް ކަން ހުކުމުގައި ފާހަގަކުރި އެވެ.

"އެ ގަޒިއްޔާގައިވާ އުސޫލެއް ތަތުބީގު ކުރެވޭނީ ހަމަ އެފަދަ ހާލަތެއްގައި ހަމަ އެފަދަ ނަތީޖާއެއް ނެރެވޭ ނަމަ އެވެ. ވުމާ އެކު ހުށަހެޅިފައިވާ މައްސަލައަކަށް އެ ގަޒިއްޔާގައިވާ އުސޫލު ތަތުބީގު ކުރަންޖެހޭ ފަދަ ހާލަތެއް ވުޖޫދުގައި އޮތް ކަމަކަށް ނުދެކެމެވެ." ހުކުމުގައިވެ އެވެ.

ޔާމީންގެ ޖަލު ހުކުމް އޮތުމުން އިތުރުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކަވާ އޮތުމުން އެއީ ވެސް އިންތިހާބުގެ ޝަރުތު ހަމަނުވާ ސަބަބެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

7 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 11%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

22222

06 August 2023

ސުޕްރިމް ކޯޓްއަށް ލާޒިމްވާ އެހެން ކަންތައްތައް ހަނދާން ނެތުނީބާ ނުވަތަ ހަނދާން ނައްތާލީބާ؟

The name is already taken The name is available. Register?

ގަޑީބަރު

06 August 2023

މީހުނަށް ލަނޑުދިނުމުގެބޭނުމުގައި ޒާތްޒާތަށް ޤާނޫނަށް ބަދަލުގެނެސް އިހާނެތިކޮށް ކަންކަންކުރުމުގެނަތީޖާ ޔާމީނަށް ތިއޮތީ ދައްކަވާފަ. ވެރިކަންލިބުމުން ހުރިހައި ސިޔާސީލީޑަރުންނެއް ޖަލަށްލައި، ޢަޖޫޒުޢުމުރަށްގޮސްފައިވާ އެއްބަފާބޭބެއަށް އަހުވަދައްކައި، ވާދަވެރިންނަށް ނުކުރެވޭނެހައިގޮތްގޮތަށް ޤާނޫނުބަދަލުކޮށް ގަތްގަނޑުގެ ހިތިރަހަ މިހާރުހުންނާނީ އަރުތެރޭގައި ރަނގަޅަށްލާފަ. ތިފެނުނީ، ގަޑީބަރުގެޙުކުމް ނުދަނެ، ނުވަތަ ޤަބޫލުނުކޮށް ކަންކުރީމަވާނެގޮތް.

The name is already taken The name is available. Register?

ހައްގު ތެދު

06 August 2023

އިބޫގެ ނިމުން ވަރަށް ކައިރިވެއްޖެ!!!!!!!!!!!

The name is already taken The name is available. Register?

ލާސްޓް

06 August 2023

ކޯޓުން ގަސްތުގައި މީހެއްގެ ޝަރީއަތް ލަސްކޮށްގެން ލިބެން އޮތް ހައްގެއް ނަގާލަން ފުރުސަތުދެވޭނެކަމަށް ތިޔަ ނިންމުނީ އަދި އެކަމާ އެ ކޯޓާމެދު ކުރެވޭނެ އެއްވެސް ކަމެއްނެތްކަމަށް ތިޔަ ނިންމުނީ.

The name is already taken The name is available. Register?

ކަރާމާތް

06 August 2023

ގާނޫނު އަސާސީގެ ކަރާމާތް އެވަރަށް ހިފަހައްޓާއިރު ކޯޓުތަކުން ގަސްތުގައި މީހުންގެ ޝަރީއަތް ލަސްކޮށްގެން މީހުންގެ ހައްގު ނިގުޅައިގަތީމަ ކަރާމާތް އެ ގެއްލެނީ ކޮން ދިމާލެއްގެތޯވެސް ބަލާލުން ހަމަ ރަގަޅުވާނެ. ކުށްވެރިއަކު އެއީ ކުށްވެރިއަކަށްނުވެދާނެ ކަމަށް ކަނޑައެޅޭނެހާ ފުރުސަތާ ޖާގަ އޮއްވާ ކޯޓަކުން އެމީހަކަށް ޖެއްސުންކޮށް އެމީހެއްގެ ހައްގެއް ހިފަހައްޓައިގެން ތިބި ތިބުން މާނަކުރާ ގޮތެއްވެސް ކިޔައިދިންނަމަ.

The name is already taken The name is available. Register?

ބްރޯސް

06 August 2023

ވައްކަން ނުކުރާކަމަކަށް ނުވާނެދޯ؟

The name is already taken The name is available. Register?

ރަމަ

06 August 2023

ކަރުނުން މިދެލޯ ފޯވީ ލަވަ ޗެނެލް 13 އިން އެބަޖަހާ! މުޅިންވެސް ހިތާމައިގެލަވަތައް މިއަދު ފޮނުވަނީ! އަހަރެންނަށްވެސް ރޮވިއްޖެ އެހެންނަމަވެސް މީހަކަށްލިބެންވާ އިންސާފު މިމައްސަލައިގައި ޔާމީނަށް ލިބުނުކަމާއިމެދު އަހަރެން އުފާކުރަން ކުރިޔަށް ދިވެހި ޤައުމު "މަރުހަބާ ޑރ. މުއިއްޒު" އަހަރެންގެ ތާއީދު ޑރ. މުއިއްޒުއަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454