ސިއްހީ ދާއިރާގެ އޮފިޝަލަކު މީހަކަށް ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަނީ: މިހާރު ރާއްޖޭގައި އޮޕްޝަނަލް ވެކްސިނަކީ ގަންނަން ޖެހޭ ވެކްސިނެއް.--- ފޮޓޯ: މިހާރު
08 އޯގަސްޓް 2023 - 12:38
ކުޑަކުދިންނަށް ދޭ "އޮޕްޝަނަލް ވެކްސިން" އާސަންދައިގެ ދަށުން ލިބޭގޮތް ހަމަޖައްސާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށު އެމްޑީޕީ މެމްބަރުންނާ ވާހަކަ ދައްކަވަމުން ރައީސް ވަނީ މިކަން އިއުލާނުކުރައްވައިފަ އެވެ.
ސިއްހީ ހިދުމަތަށް ގެންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނޭޝަނަލް ހެލްތް ސާވިސް ވަކި އިދާރާއެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.
ކުޑަކުދިންނަށް ދިނުން ރާއްޖޭގައި ލާޒިމް ވެކްސިންތައް ޖަހައިދެނީ ހިލެ އެވެ. އޮޕްޝަނަލް ވެކްސިންތަކަކީ ވެސް މުހިންމު ވެކްސިންތަކެއް ނަމަވެސް އެ ވެކްސިންތައް ޖެހެނީ ގަންނާށެވެ. އެ ވެކްސިންތަކުގެ އެންމެ ޑޯޒެއް ވެސް އަގު ބޮޑެވެ.
- ރޮޓާ ވައިރަސް: ބޭރަށް ހިންގުމުން ޖައްސާ އެންމެ އާންމު އެއް ވައިރަހުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ތިން ޑޯޒް ޖަހަން ޖެހެ އެވެ.
- ނިއުމޮކޯކާލް: ނިއުމޯނިއާ، މެނިންޖައިޓިސް، ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ތިން ޑޯޒް ޖަހަން ޖެހޭ
- އިންފުލުއެންޒާ: ފްލޫ، ނިއުމޯނިއާ، ހިތުގެ މައްސަލަ، ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ މި ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެއަށްވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހޭ
- ޗިކަންޕޮކްސް: ފާނަބަސަންދުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭ
- ހިމޯފިލިއަސް އިންފްލުއެންޒާ ޓައިޕް ބީ: ނިއުމޯނިއާ، މެނިންޖައިޓިސް، ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ތިން ޑޯޒް ޖަހާ ބޫސްޓާއެއް
- ހެޕަޓައިޓިސް އޭ: ހެޕަޓައިޓިސް އިން ރައްކާތެރިކޮށްދޭ މި ވެކްސިންގެ ވެސް ދެ ދޯޒް ޖަހަން ޖެހޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކަރުމާ
10 August 2023
މިވެސް ވައުދެއް؟؟؟ ވޯޓު ނުދެންޏާ ނުދޭނަމޭ ދޯ މިބުނެވެނީ!!! ހުސް ބުޅީގަ ހަމަ ބާނަން!!!
ރަމަ
08 August 2023
ސަރުކާރުން މިހާރު ރޫޓިންކޮށްދޭ ވެކްސިން ތެރޭގައި މިވެކްސިން ހިމަނުއްވައި ދެއްވައިފިނަމަ އިތުރުލުއިފަސޭހަތަކެއް ލިބިގެންދާނެ މީ މަނިކުފާނު ރައްޔިތުންނަށްޓަކައި ނިންމެވި ވަރަށްރަގަޅު ނިންމުމެއް މަނިކުފާނަށް އައްސަރިބަހާއި ސާބަސް.
ބާބާ
08 August 2023
ޝުކުރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އަޅުގަނޑުމެން ރައްޔިތުންނަށް ތިކޮށްދެއްވި ވަރަށް ހެޔޮފުޅުކަމެއް މިވީތަނުގައި ދަރިފުޅަށް އޮޕްޝަންލް ވެކްސިންގެ ތިންޑޯޒް ފުރިހަމަކުރަން -/4518 ޚަރަދުކުރަންޖެހޭ. މީހަމައެކަނި ސިންފްލޯ ރިކްސްއާއި، ރޯޓާރިކްސްއަށް އެކަނި ޚަރަދުވާވަރު.
އޮޕްޝަނަލް
08 August 2023
ތިޔައީ ލައިސަންސެކޭކިޔައި އުމުރުދުވަސް ތަޢްލީމީދާއިރާގައި ހޭދަކުރި އެތައްހާސް މުދައްރިސުން މަގުމަތިކުރުވަން ހަނި 1 ސެޓްފިކެޓަކަށް ބަލަންނިންމި ޕާޓީ. މިރާއްޖޭގެ ސެޓްފިކެޓް ވިއްކާ ކޮލެޖްތަކުން ތިޔަބުނާ ހަނި ޑިގްރީ 4 އަހަރުން ކިޔަވައިދޭނެ ފައިސާހޯދަން. ކިތައް ގައުމުގައިތޯ 4 އަހަރުގެ ފޭސް ޓު ފޭސް ޓީޗިން ޑިގްރީއަކަށް ނަގައިގެން ނޫންގޮތަކަށް އުގަންނައިދިނުން މަނާ ކިޔަނީ؟ ކޮރަޕްޓްވީމަ ގަވައިދު ފުޅާވާނެ