ޒަރީރަށް ހަމަލާދިންކަމުގެ ތުހުމަތުވާ ގައްބަރޭ: އޭނާ އާއި އެ މައްސަލާގައި ތުހުމަތުވި އިތުރު މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/ޕޮލިސް
13 އޯގަސްޓް 2023 - 15:14
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތުވާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކެފޭއެއްގެ ތެރޭގައި މެމްބަރު ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (ގައްބަރޭ) އާއި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައި ވަނިކޮށް އެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގައްބަރޭ އާއި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކުރާ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.
ފުލުހުން ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި ގައްބަރޭއާ ދެކޮޅަށް ޒަރީރު ބަޔާން ދެއްވުމަށްފަހު ފަހުން ވަނީ ހަމަލާދިނީ ގައްބަރޭ ކަން ޔަގީންނުވާ ކަމަށް ތަހުގީގަށް ބަޔާން ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރޭ
13 August 2023
އަލީ އިޝާރުގެ (ޗޯޓެގެ) މަރަށް އެތަށް އަހަރެއް ވެގެން ދިޔައިރު އިންސާފު ނުލިބޭ.. އިރާކޮޅު އެންމެންގެ ލޯކުރިމަތީ ހިނގި ޤަތުލެއް. އެ ޤަތުލަކީ ވެގެންދިޔައީ މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮއްގެން މާރަމާރީއާއި ފޭރުން އުފަންވެގެން ދިޔަ ބިރުވެހި ހަދިސާއަށް. މިހާރު ހިތަމައަކީ އެދުވަހުގެ އެކަމުގައި ތުހުމަތު ކުރެވުނު އެންމެން ކަހަލަގޮތަކަށް ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިބިކަން
އަބްދުއްސަލާމް
13 August 2023
ތިވީ ގޮތުން ވަކީލަށް ދޭން ޖެހޭ ބައި ތިގިނަވީ... ވަކީލު ދެން ދޭން ޖެހޭ މީހަކަށް ދީގެން ތިކަން ހައްލު ކުރާނެ.
ޓެރޭ
13 August 2023
މެމްބަރު ޒަރީރު އެރޭ 4.30 ގައި އެކެފޭގައި ކުރީ ޤާނޫނާއި އެއްގޮތް ކަމެއްތޯ ވެސް ބަލަން ޖެހޭ ނޫންތަ؟ ހަމަލާ ދިން ބަޔަކު ހަމަލާ ދިން ސަބަބެއް ވެސް ބަލަން ޖެހޭދޯ؟
ގައްބަރުސިންގ
13 August 2023
ގައްބަރޭ ދޫކޮށްލުމުގެ ސަބަބުން މެމްބަރު ޒަރީރުއަށް ބިރުދައްކާ އޭނާގެ ބަޔާން ބަދަލު ކުރުވީ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ. މިކަހަލަ ސަބަބުތަކާ ހެދި ރައްޔިތުން ހެކިބަސްދޭން ވެސް ޖެހިލުންވަނީ. ހެކިބަސް ދީފަ ގެޔަށް ދިއުމުގެ ކުރިން ކުއްވެރިޔާ ހުންނަނީ އެގެޔަށް ވަދެ.
އަހްމަދުު
13 August 2023
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީޙުން ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގާނޫނާ ޚިލާފުވާ ފަރާތްތަކަށް އެއްވެސް އަދަބެއް ކަނޑައަޅާފައި ގާނޫނުގައި ނޯންނަނީތޯ؟ ގާނޫނާ ޚިލާފުވީ ފަނޑިޔާރުތޯ ނުވަތަ ކޯޓްތޯ؟
ނީނި
13 August 2023
ގައްބަރުގެ ފޮޓޯއެއް ފެނުނަސް އަަހަރެން ހާދަބިރުގަނެއޭ.
ރަދީފު ބިން ރަފައިދާ
13 August 2023
މިގައުމުގާ މިހާތަނަށް ކުއްވެރިއަކު ދޫކޮށްފާ އެބައޮތްތަ ގާނޫނާ ޚިލާފުނުވާގޮތަށް.
ޒސސސަަަަ
13 August 2023
ނުވާނެ ތިކަމެއް. ނުކުރެވޭނެ ތިކަމެއް. ރާއްޖެ ހިނގާ، ހިންގާ ގޮތަކީ ތީ.
ސަސި
13 August 2023
ގާނޫނާ ހިލާފަށް ދޫކުރިކަމަށް ވާނަމަ އެކަން ކުރި ފަނޑިޔާރަކަށް އަޅަންޖެހޭ ފިޔަވަޅެއް ނާޅާނަމަ ތިޔައީ ބޭކާރު ވާހަކަ.