ޚަބަރު / ރިޔާސީ އިންތިޚާބު 2023

ސިޔާސީ ބޭނުމަށް ވަޒީފާ ދީފައި ތިބި މީހުންނަށް ވެސް ދެރަގޮތެއް ނުވާނެ: މުއިއްޒު

ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީޕީއެމް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވެރިކަމަށް އިންތިހާބުކޮށްފި ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގެދޮރުގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން ސިޔާސީ ބޭނުމަށް ވަޒީފާ ދީފައި ތިބި މީހުންނަށް ވެސް ދެރަގޮތެއް ވިޔަ ނުދިނުމަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި ބޭއްވި ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަމުގެ ހައްގު ހޯދައިދެއްވާނެ ކަމަށާއި އެ ކަމުގައި އެއްވެސް މީހަކު ބާކީ ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"... މި ރަށުގެ ރައްޔިތުންނަށް އަދި ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ދޭ ޔަގީންކަމަކީ... ރައްޔިތުން ޝައްކު ނުކުރައްވާށޭ، ރައްޔިތުން ޔަގީން ކުރައްވާށޭ. އަޅުގަނޑުގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ ކަމަކީ ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަމުގެ ހައްގު ތި ހުރިހާ ބޭފުޅުންނަށް ހޯދައިދިނުންކަން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިއްދޫގައި ވެސް ގެދޮރުވެރިކަމަށްޓަކައި މަޝްރޫއުތައް ހިންގުމާއި ގެދޮރު ބިނާކުރުމަށް އެކި ކަހަލަ ވަސީލަތްތައް ހޯދައިދޭނެ ކަމަށާއި އެއީ ލޯނު ކަމުގައި ވިޔަސް އަދި އެހެނިހެން ވަސީލަތްތައް ހޯދައިދިނުން ކަމުގައި ވިޔަސް އެ ކަންކަމަށް އިސްކަން ދެއްވާނެ ކަމަށެވެ.

ހއ. ދިއްދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާ އަށް ދިޔަ މީހުން.---ފޮޓޯ: ޕީޕީއެމް

"..ގެދޮރުވެރިމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަންދޭނެ ކަންތައް. އެއްވެސް ރައްޔިތަކު ބާކީއެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ވަނައަށް އެންމެ އިސްކަން ދެއްވާނީ ވަޒީފާ އިތުރުކުރުމަށެވެ.

މި ރަށުގައި އެއާޕޯޓް ހަދާނެ ކަމުގެ ވައުދުވެވަޑައިގެން، މުއިއްޒު ވިދާޅުވި ގޮތުގައި އެ އެއާޕޯޓުގެ މަސައްކަތް ކުރާއިރު އަދި ނިންމައި އެ ތަން ހިންގާއިރު ވަޒީފާތައް އުފެދޭނެ އެވެ. އެ ކަންކަމާ ގުޅިގެން ހަދާ ސިޓީ ހޮޓަލާއި އެހެނިހެން ކަންކަމުން ވެސް ވަޒީފާ އުފެދޭނެ ކަމަށް، ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އެއްވެސް މީހަކަށް، އެއްވެސް ރައްޔިތަކަށް ލިބޭ ފުރުސަތަކުން އެ ރައްޔިތަކު އަޅުގަނޑުމެން ސަރުކާރަކުން މަހުރޫމެއް ނުކުރާނަން. އެހެން ނަމަވެސް، ފަހަރެއްގައި އެ ވަޒީފާ އަށް އެ ނެގޭ ކުންފުނީގައި އެ ވަޒީފާއެއް ނޯވެދާނެ. އެހެން ނަމަވެސް، މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ މީހަކަށް މިހާރު ވަޒީފާ ލިބިފައިވާ ނަމަ އެ މީހަކަށް އެ ލިބުނު މުސާރައެއްގައި ލިބޭނެ ގޮތަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮންމެ ވެސް ހިސާބަކުން އެ ވަޒީފާގެ ޔަގީންކަން އަޅުގަނޑު ދެމޭ،"--- މުއިއްޒު

ވަޒީފާ ލިބުމުން ޒުވާނުންނާއި އެހެން އެންމެންނަށް އިގްތިސާދީ ބާރުވެރިކަމާއި މިނިވަންކަން ލިބޭ ކަމަށާއި އަމިއްލަ ފުދުންތެރިކަން ލިބުމަކީ ސަރުކާރަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއް ނަމަ އެންމެ އުފާވާން ޖެހޭނީ ރައްޔިތުން ފުދުންތެރިކަމާ އެކު އުޅޭތަން ފެނިގެން. އެހެންވީމާ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ އަޅުގަނޑުމެން ޝައުގުވެރިކަމާ އެކީގައި ހޯދައިދޭނެ ޔަގީން ކަމެކޭ،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ އެކި ބޭނުންތަކުގައި ވަޒީފާ ދެމުންދާކަން ފާހަގަކުރައްވައި، އޭނާ ވަނީ، ކުންފުނިތަކަށް މަޝްރޫއު ނުފެށެނީސް ސިޔާސީ ބޭނުމެއްގައި ވަޒީފާތަކަށް ނަގާ މީހުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"އެއްވެސް މީހަކަށް، އެއްވެސް ރައްޔިތަކަށް ލިބޭ ފުރުސަތަކުން އެ ރައްޔިތަކު އަޅުގަނޑުމެން ސަރުކާރަކުން މަހުރޫމެއް ނުކުރާނަން. އެހެން ނަމަވެސް، ފަހަރެއްގައި އެ ވަޒީފާ އަށް އެ ނެގޭ ކުންފުނީގައި އެ ވަޒީފާއެއް ނޯވެދާނެ. އެހެން ނަމަވެސް، މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެ މީހަކަށް މިހާރު ވަޒީފާ ލިބިފައިވާ ނަމަ އެ މީހަކަށް އެ ލިބުނު މުސާރައެއްގައި ލިބޭނެ ގޮތަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ކޮންމެ ވެސް ހިސާބަކުން އެ ވަޒީފާގެ ޔަގީންކަން އަޅުގަނޑު ދެމޭ،" މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު ބާކީއެއް ނުވާނެ. މީހަކު ވަތްކެއް ނުކުރާނެ."

ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި ގޮތުގައި ކުންފުންޏަކަށް ނުކަތާ ވަރަށް އަދި ބޭނުން ނުވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ނެގުމުން، އެ ކުންފުންޏަކަށް ބަދަލުތަކެއް ގެނައި ނަމަވެސް އެހެން ކުންފުންޏަކުން ވަޒީފާ ލިބޭނެ ކަމަށެވެ. އެ ހާލަތުގައި ވެސް އެ މީހަކު މަސައްކަތް ކުރާނީ އެ ރަށެއްގައި ކަމަށް ވިދާޅުވި އެވެ.

"އިތުރު ފަރާތްތަކަށް ވެސް ސަރުކާރުގައި ވަޒީފާ ލިބިގެންދާނޭ. އެހެންވީމާ ވަޒީފާގެ ބިރު ނުގަންނާށޭ. ވަޒީފާއަކުން މީހަކު ވަތްކެއް ނުކުރާނެ. ސިޔާސީ ގޮތުން ބިރު ދެއްކުމަށްޓަކައި، ސިޔާސީ ގޮތުން ތަޅު އެޅުވުމަށްޓަކައި ވަޒީފާ ދޭ ކަމަށް މީހުންނަށް ހީކޮށްދޭން އުޅުނަސް އެ ހީގައި ނުޖެހޭށޭ. މިނިވަންކަމާ އެކު ތިއްބަވާށޭ. ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ދެމި ތިބޭށޭ. އިހުލާސްތެރިކަމާ އެކު މަސައްކަތްކޮށްދޭށޭ،" މުއިއްޒު އެދިވަޑައިގަތެވެ.

"ވަޒީފާ އިން ވަތްކެއް ނުކުރެވޭނެ. އެހެން ނަމަވެސް، ބަދަލުތަކެއް އަތުވެދާނެ. އިގުތިސާދީ ގޮތުން ކުންފުނިތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރެއިން ބަދަލުތައް ގެނަޔަސް ވަޒީފާއެއް ނުގެއްލޭނެ."

ހއ. ދިއްދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާ އަށް ދިޔަ މީހުން.---ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ ދިއްދޫގެ ތަރައްގީ އަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ނިޒާމް ރަނގަޅުކުރަން ޖެހުނަސް މި ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އިސްކަންދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މުއިއްޒު ވަނީ ހިދުމަތްތައް ރަނގަޅު ކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

"..އެތައް ހާސް ރައްޔިތުންނަށް އޭގެ ފައިދާވާނެ ކަމެއް. މިއީ ސަރުކާރުން އިސްކަންދީގެން ކޮށްދޭނެ ކަންތައްތައް،" ވަރަށް ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

ޒުވާނުންނަކީ ޔާމީންގެ ވެރިކަމުގައި އެންމެ އިސްކަންދިން މީހުން ކަމަށާއި އެ މީހުންނަށް ކުޅިވަރު ކުޅުމާއި ގެދޮރުވެރިކަމަކީ އޭރު އިސްކަން ދިން ކަންތައްތައް ކަމަށް ވިދާޅުވި އެވެ. އެކަމަށް ހާއްސަ ކޮށްގެން އޭރު ފުޓްބޯޅަ ދަނޑުތައް ހެދިޔަސް، މިހާރު އެ ތަންތަން ދަނީ ވީރާނާވަމުން ކަމަށް އޭނާ ވިދާޅުވި އެވެ. ދިއްދޫގައި ޒަމާނީ ވަސީލަތްތަކާ އެކު ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ސިޔާސީ ނުފޫޒު ފޯރުވައިގެން ފުލުހުންނާއި ސިފައިންގެ އަގުވައްޓާލަން ބަޔަކު އުޅޭކަމަށް ވިދާޅުވެ، އިދިކޮޅު ކެންޑިޑޭޓް ވަނީ އެ އިދާރާތައް ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް ގާނޫނަށް ބަދަލުތައް ގެނައުމަށް ވައުދުވެވަޑައިގެންފަ އެވެ.

9 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންކާރި

15 August 2023

ވާ ސަރީ ވާ.. ފުރަތަމަ މަހު އެމްޑީޕީ މީހުން ކަނޑާ ގެއަށް ފޮނުވާލަކަން ސޮއިކޮށްފަ ދީފާނަން. ޕީޕީއެމް އިން މަގާމަށް އަންނަން އެތައް ހާސް އެކްޓިވިސްޓުންނެއެބަތިބި. އެއްބަޔަކަށް ސީސަން ނިމެނީ އަނެއް ބަޔަކަށް ސީސަން ފެށެނީ. މީދައުލަތައް ބަލަދު އަރާފައި އޮންނަ ގުރޫޕެއް.

The name is already taken The name is available. Register?

ވަރަބިންދާލި

15 August 2023

ހުރިހާސިވިލް ސާވެންޓުން ވަކި ކުރިއަސް ވޯޓް ނުދޭނަމޭ ބުނެގެން ތިބޭތާކުން އުފުރާލިއަސް މިސަރުކާރަކަށް ވޯޓް ވިސްނޭ އިލްމީ މީހުން ނުދޭނެ . ސަރުކާރުގެ އޮފީސްތަކުގަ އޮތީ މުއިއްޒަށް ތާއީދު .

The name is already taken The name is available. Register?

ސެވަން އަޕް

15 August 2023

ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ލިބެން އެބަހުއްޓޭ. ދިރިއުޅެން ބޭނުންވާ ނުވަތަ ދިރިއުޅޭ ބިމުގަޔޭ ނެތީ... މާލޭގަ އުޅޭތާ އުމުރުންވީހާ ދުވަހެއް މިވަނީ... ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ދުވަސްތައް ފިޔަވާ... ނަމަވެސް ކުފޫ ހަމަނުވޭ މިތަނުން ޖާގަޔަކަށް. މިކަމަށް އަޅާލާނެ މީހަކު ނެތް

The name is already taken The name is available. Register?

އުދުހޭ

15 August 2023

ސިޔާސީ މަގާމަކީ ދާއިމީކޮށް ދައުލަތުން ފޭރުން. އެމީހުން އެއީ ބޭކާރު ބައެއް. ނުހައްގުން މިއަދު ފައިސާ ކެވިދާނެ.

The name is already taken The name is available. Register?

ތަ ކަންދޫ އީސަ

15 August 2023

އެހެންވީމާ މީނަ ވަށާ އެނބުރޭ މާ ބުރުންވާނީ ބޭކާރު އުތަ؟

The name is already taken The name is available. Register?

ސައުދީ

15 August 2023

މުއިއްޒުގެ ތިޕޮލިސީއަށް ތާއިދު، ސަރުކާރު ބަދަލުވުމަކުން ވަޒީފާގެ ބިރު އޮވެގެން ނުވާނެ. ސިޔާސީގޮތުން އައްޔަންކޮށްފަ ތިބޭމީހުން ފިޔަވައި އެއްވެސް މީހަކަށް ވަޒީފާގެ ލޮޅުން އައިސްގެން ނުވާނެ.

The name is already taken The name is available. Register?

އުފާވެރި

15 August 2023

އުފާވެރި ހަބަރެއްތީ

The name is already taken The name is available. Register?

އަލިކޮއްޓި

15 August 2023

ކުރެވޭ ނުކުރެވޭ ކަންކަންވެސް ހުންނާނެ ކޮންމެވެސް މިނެއްގަހުރޭ ޔާމީން ސަލާމަތްކުރާ ވާހަކަ ކަޑަ

The name is already taken The name is available. Register?

ވަރަބިންދާލި

15 August 2023

މައުމޫނާ އަންނި ރާއްޖެއަށް ގެންނަށް ގާސިމް ޖަރުމަނުން ގެންނަށް ދެއްކިހާވާހަކަރަމްޒީގޮތުން އެބަޔަކު ޖަލުންމިނިވަން ކުރުން އެދުވަހު ކަޑައެއް ނުވި . މިދައްކަނީ ގައުމަށް އެތައް ހިދްމަތް ތަކެއް އެތައް އަގުހުރި އެއްޗެއް ހޯއްދަވައި ދެއްވި ވެރިއެއްގެ ވާހަކަ ގާނޫނީ އިމުގެ ތެރެއިންނޭވިދާޅުވާއިރު އެދުވަހު ކުޅުނު ޑްރާމާރީތިވެގެން އިބޫއަށްވޯޓް ދިނީކީއްވެ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454