މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 އޯގަސްޓް 2023 - 23:34
މާލޭގައި މިރޭ ހުޅުވި ވޭސްޓް ޓްރާންސްފާ ސްޓޭޝަނާ އެކު، ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަންޖެހޭ މުހިންމު ހުރިހާ އަސާސީ ހިދުމަތެއް މާލޭގައި ގާއިމުކޮށް ނިމިއްޖެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އިންޑަސްޓްރިއަލް ޒޯނުގައި ވެމްކޯގެ ސައިޓުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިރޭ ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ކުނި މެނޭޖުކުރުމަށް މި ސަރުކާރުން ތިލަފުށީގައި ހިންގަމުން އަންނަ ވޭސްޓް މެނޭޖުމަންޓުގެ ބޮޑު ޕްރޮޖެކްޓަކީ މި ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރަކުން މިހާތަނަށް ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެ މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ތިލަފުށީގައި ކުރަމުން އަންނަ މަސައްކަތަކީ އާންމުންނަށް ނުފެނުނު ކަމުގައި ވިޔަސް، އޭގެ ސަބަބުން މާލެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސަރުކާރަކުން މިހާތަނަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.
"މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ސަރުކާރުން މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ގެނެސްދޭ އެންމެ ޒަމާނީ، ފުރިހަމަ ހައްލުކަން އަޅުގަނޑު ފާހަގަކޮށްލަން."
މިނިސްޓަރު ވިދާޅުވީ މި ސްޓޭޝަން ހުޅުވުމާ އެކު މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. ކުނި ބައިބަޔަށް ވަކިކޮށްގެން އުކާލުމަށް ވެމްކޯއަށް ބޭނުންވާ ވެހިކަލްތަކާއި ވަސީލަތްތައް ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ކުނި ވަކިކޮށްގެން އުކާލުމަކީ އުނދަގޫ ކަމެއް ކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ފަރުދީ ފެންވަރުގައި އާންމުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، އެކަން ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަން ޖެހޭ މުހިންމު ހުރިހާ ޔުޓިލިޓީ ހިދުމަތެއް މިރޭ މާލެ ސިޓީގައި މި ގާއިމްވެ ނިމުނީ: މިނިސްޓަރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ފަރުމާކޮށްފައި ވަނީ ޖަރުމަނުވިލާތުގެ ފަންނީ މާހިރުންގެ ލަފާގެ މަތިން، ތިމާވެށީގެ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިކަން ލިބޭނެހެން، އެންމެ ތަހުޒީބީ މުޖުތަމައުތަކުގައި ކުނި މެނޭޖުކުރާ ގޮތަށެވެ. މި ސްޓޭޝަންގެ އޮޕަރޭޝަން ފެށުމުން ކުނި އުކާލުމަށް ވެހިކަލްތަކުން ބާޖަށް ކުނި އެޅުން ހުއްޓާލާނެ އެވެ. މާލެއިން ތިލަފުއްޓަށް ކުނި ގެންދާނީ ކޮންޓެއިނަރުގައި ބަންދުކޮށްގެން ވަހައި ކުނި ބޭރު ނުވާނެ ގޮތަށެވެ.
"ތަރައްގީވެފައިވާ ސިޓީއެއްގައި ހުންނަން ޖެހޭ މުހިންމު ހުރިހާ ޔުޓިލިޓީ ހިދުމަތެއް މިރޭ މާލެ ސިޓީގައި މި ގާއިމްވެ ނިމުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް، ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، މައްޗަަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ބޭނުމަށް ވެމްކޯ ސައިޓުގައި ވަނީ ދެ އިމާރާތެއް ހަދައިފަ އެވެ. އެއީ ކުނި ޖަމާކުރަން ހެދި ތިން ފްލޯގެ އިމާރާތަކާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓާއި ވެމްކޯ އަދި އީޕީއޭ ހިންގަން ހެދި ހަތް ބުރީގެ އޮފީސް އިމާރާތެކެވެ.
މި ސްޓޭޝަން ހެދުމަށް މިދިޔަ އަހަރުގެ ޖޫން 24 ގައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ. އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން މި ސްޓޭޝަނަށް ބޭނުންވާ ސަމާނު ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރީ އެ ކުންފުނިންނެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގި މި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޕްރޮޖެކްޓަށް 11.8 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހަރަދުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗައިނާއާއެކު
29 August 2023
ތިޔަކަމެއް ތި ފުރިހަމަވީ ޗައިނާ ބަޔަކާ ތިތަން ހަދަން ހަވާލުކުރީމަ. އިންޑިއާ ބަޔަކާ ހަވާލުކުރިނަމަ ތިތަންވެސް ނިމެނީ ނިމެނީގަ އޮންނާނީ. ނިމޭތަނެއް ދުވަހަކު ނުފެންނާނެ. ވެރިކަން ބަދަލުވާއިރަށް ބޮޑެތި އަދަދުން ބަދަލު ހޯދޭތޯ ދެން އުޅޭނީ.
ޜތމހ
29 August 2023
ތަރައްގީވެފައިވާ ސިޓީއަކަށް މުހިންމު ހުރިހާ އަސާސީ ހިދުމަތެއް މާލޭގައި ގާއިމްކުރެވިއްޖެ: ޝައުނާ މިއީ މާލެއަށް އެކަނި ލިބުނު ލާރިން ތަރައްގީ ކުރިތަނެއް އެހެންވެ މިތަނުން ގޯތި ދޭންޖެހާނީ މާލެ މީހުންނަށް އެކަނި މިގައުމުގަ ރަސްމި ސިފައެއްގަ ނަސްލީ ތަފާތު ކުރުން ގެނަސް ދުނިޔެވީ މުަާހަދާތަކާ ދިވެހި ގާނޫން އަސާސީއާ ހިލާފް ސަރުކާރެއް . ރަށްރަށު މީހުން ހައްގު ހޯދަން ދެތުވޭ މި ތަފާތު ކިރާ ސަރުކާރަށް ނޫން ބުނޭ
ބޮޑުމީހާ
29 August 2023
ޝައުނާގެ ވާހަކައާއި ގުޅިގެން ނިއުޔޯކް، ލަންޑަން އަދި ސިޑްނީ ފަދަ ސިޓީތަކުން މާލެއަށް އެތައް ބަޔަކު ހިޖުރަކުރަން ފަށައިފި. ކިހާ ތަރައްގީއެއްތޯ؟ ވަށައިގެން ކޮންކްރީޓް ޖަންގަލި، ގެއަށް ވަންނަންޖެހެނީ ސައިކަލު ކާރު މަތިން، މުޅި މަގުތަކުގަ ޕެލެޓް، ދަންފަޅި ބަހައިގެން ނިދަންޖެހެނީ،
ހުތްއާދަނު
29 August 2023
ބާޒާރު މައްޗެކޭ މަގު މައްޗެކޭ ތަފާތެއްނެތް. މުޅިމާލޭގައި ހުސް ގުދަން.ގުދަން ތަކަށް މުދާއަރުވަން މުޅި މަގު ބަންދު، ޕާކު ކުރަން އޮންނަތަނުގައި ހުސް ޕްލެޓް ހިނގަން އޮންނަތަނުގައި ކާރު ޕާކުކޮށްފައި ، ބުޅާ ސީ، ކުނި، މުޅި ޖައްވުގައި ކޮންކްރީޓް މަސައްކަތް ކުރާތަނުގެ ސިމެންތި އާއި ހިރަފުސް. މިއީ މާލެ.
ދަނޑިމޮކްސް
29 August 2023
ޕްރޮޖެކްޓް ޕްލޭންކޮށް ފަންޑު ހޯދަނީ މާލެ، ކ، އއ، އދ، ވ މިއަތޮޅުތަކުގެ ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖުކުރަން ކިޔާފަ ބޮޑުވެގެންވީ ޕްރޮޕޯސަލެއް ހަދައިގެން....ފަންޑު ލިބުނީމަ ހުރިހާކަމެއް މާލެއާއި ހިސާބުން ނިންމާލާފަ އޮންނަނީ.....ތިކަންވެސް ތިއީ ހަމަ އެގޮތަށް ނިންމާލި ކަމެއް
އަސާސީ
29 August 2023
މޮބައިލް ނެޓްވޯކް ނުލިބޭ ހިސާބު އެބަހުރި. ސަރުކާރު ބައެއް އޮފީސްތަކުގައި ކިޔުބީ ނޫން ނަންބަރު ނުނެގޭއިރު ވައިފައި ލިބެން ނުހުރޭ. ސަރުކާރުގެ އިދާރާތަކުގައި އަދިވެސް އެންމެ ކުރީގެ ސިސްޓަމަށް މަސައްކަތްކުރޭ އެބަ. އޮންލައިން ޕޭމަންޓް ނެހެދޭ ޚިދުމަތް އެބަހުރި. އައިޑީ ހަމަވުން، އަހަރީފީ ދައްކަންޖެހުން ފަދަ މުހިންމު ކަންކަން ނޮޓިފިކޭޝަން ނެތް. އަދިވެސް ކިޔެން އެބަހުރި. ހުރިހާ އަސާސީ އޭ ބުނާއިރު، އަސާސީ ކަންކަން ނެތް
ދަ ޑިމޮކްރެޓްސް.
29 August 2023
އޯރިއަލީ؟ އެ އަސާސްގެ ތެރޭގައިހިމެނޭ ލިސްޓެއް ހާމަކޮށްލަދެއްވިނަމަ. މާލޭގައި ކުލީގެ އަޅުން ގިނަވެއްޖެ އިންތިހާއަށް. ހަށިވިއްކުމާއި އެއްޖިންސުން ގުޅުންހިންގުން ޢާންމުވެއްޖެ. މަސްތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. މިޤައުމަށް ކޮންޓެއިނަރ ކޮންޓެއިނަރއިން ޑްރަގް ވަންނަނީ އޭގެ އަމިއްލައަށް. ކިލޯގްރާމް ގިނަވިވަރަކަށް ޒިންމާވާނެ ފަރާތެއްސާބިތެއްނުވޭ. މީ މަޖްލީހާއި ޖުޑިޝަރީގެކަމަނާއެއްގެ ޙިއޞާގެ ބިޒްނަސްއެކޯ ކިޔާއަޑުވެސް އިވޭ. މިހެންގޮސް ލައްކަކަންތައ.
ތިންބާރު
29 August 2023
ތަރައްގީވެފައިވާ ސިޓީއަކަށް މުހިންމު ހުރިހާ އަސާސީ ހިދުމަތެއް މާލޭގައި ލިބޭ.
ބުޅާސީ
29 August 2023
އެންމެ ފުރިހަމަ ގޮތުގައި ލިބެނީ ބުޅާސީގެ ހިދުމަތް
އައިދާ
29 August 2023
މި ސަރުކާރުގެ ހުރިހައި ޕްރޮޖެކްޓެއް ޗައިނާއާއި ހަވާލުކުރިނަމަ މި ދައުރު ވަރަށް ފުރިހަމަ ކާމިޔާބަކާއެކު ނިންމާލެވުނީސް އެކަމު އިންޑިޢާގެ ކުންފުނިތަކަށް ބައެއް މުޙިއްމު ޕްރޮޖެކްތައް ދީގެން ނަތީޖާ މާރަގަޅަށް ނުފެނުނު
އާޒް
29 August 2023
ތަރައްގީ ވީމާ ކުލީގެ އަޅުން ގިނަވާނެ ދޯ؟ ސައުނާ ކަލޭ ވެސް މިހާރު ތިހިރީ އެމްޑީއާރުޕީ ސުޓައިލަށް ގޮސް ހުސްވެފައި. ކަލޭ ހަމަ ރަނގަޅުވާނީ ލިޔަން މޭޒެއް ކައިރި އިނިއްޔާ.