ރައީސް ޔާމީން މިދިޔަ އޭޕްރީލް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
02 ފެބުރުއަރީ 2017 - 14:34
އިންޑިއާ އިން މި އަހަރު ރާއްޖެ އަށް، ހިލޭ އެހީގެ ގޮތުގައި، 550 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ހުށަހަޅައިފި އެވެ.
އިންޑިއާގެ މައި ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ކަމަށްވާ ލޮކް ޝަބާ އަށް އިއްޔެ ހުށަހެޅި މި އަހަރުގެ ބަޖެޓުގައިވާ ގޮތުން، ދެކުނު އޭޝިއާގެ ހަ ގައުމަކަށް އެހީ ދޭން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ރާއްޖެ އަށް 2.45 ބިލިއަން އިންޑިއާ ރުޕީސް (557 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދޭން ބަޖެޓުގައި ވަނީ ހުށަހަޅައިފަ އެވެ.
މިއީ އިންޑިއާ އިން މިދިޔަ ދެ އަހަރު ރާއްޖެ އަށް ދިން ފައިސާގެ އެހީ އަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އެ ގޮތުން، އިންޑިއާ އިން ވަނީ، ބަޖެޓުގައިވާ ގޮތުން، މިދިޔަ އަހަރު 800 މިލިއަން އިންޑިއާ ރުޕީސް (182 މިލިއަން ރުފިޔާ) އަދި އޭގެ ކުރީ އަހަރު 550.40 މިލިއަން އިންޑިއާ ރުޕީސް (125 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދީފަ އެވެ.
މި އެހީ މައިގަނޑު ގޮތެއްގައި ދެނީ އިންޑިއާ ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކަށެވެ. އެކަމަކު، މި އަހަރު އެހީ ދޭ މަޝްރޫއުތަކުގެ ތަފްސީލެއް އިންޑިއާގެ ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީ ހުށަހެޅުއްވި ބަޖެޓަކު ނެތެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އެ ގޮތުން، އައިޖީއެމްއެޗު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށައި ނިމުމަކާ ކައިރިވެފައި ވާއިރު، އިންޑިއާ އިން އަޅައިދޭ ޕޮލިސް އެކަޑެމީ އާއި ކޯސްޓް ގާޑުގެ އާ އިމާރާތުގެ މަސައްކަތް ފަށަން ވެސް ވަނީ ތައްޔާރުވެފަ އެވެ.
ރާއްޖޭގެ މި އަހަރުގެ ބަޖެޓުގައި، އިންޑިއާ އިން މި އަހަރު ލިބޭނެ ހިލޭ އެހީގެ ޖުމްލަ އަދަދެއް ޖަހާފައެއް ނުވެ އެވެ. އެކަމަކު، އައްޑޫގެ ހިތަދޫގައި އަޅާ ޕޮލިސް އެކަޑެމީ އަށް މި އަހަރު އިންޑިއާ އިން 55 މިލިއަން ރުފިޔާގެ ހިލޭ ދޭނެ ކަމަށް ބަޖެޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
03 February 2017
ރައްޔިތުންގެ ތެރެއިން ނިކަމެތިންނައް ތިފައިސާ ދެއްވާ ސަރުކާރައްނުދީ ތިފައިސާ ވަންނާނީ އެމީހުންގެ ޖީބައް
ނަޖީބު
02 February 2017
އަނެއްކާ އިންޑިޔާ އުނގަށް ފުންމާލީ. މިއީ ދުވާލަކު މީހަކާ އިންނަ ސަރުކާރެއް. އެއްފަހަރު ބުނާނެ ސަލާމެއް ނުޖަހާނަމޭ. ލަދުގަންނަކަމެއް ނެތިއްޔާ އުޅޭނީ އުޅޭނެގޮތަކަށް. މިހާރު އެވީ ތިންފަށް.
Fee es em
03 February 2017
އިންޑިޔާ ސަރުކާރުގެ ބަޖެޓްގައި ރާއްޖެއަށް އެހީދޭން އަދަދެއް ކަނޑައެޅުމަކީ ރާއްޖެ އިންޑިޔާގެ ދަށުވީކަމަކަށް ނުވާނެއަދި. އަދި އެ އަދަދަށް އެހީ ދިނުމާނުދިނުމަކީވެސް އިންޑިޔާގެ ކަމެއް. ޜާއްޖެ ބަޖެޓުގާވެސް ބޭރު ގައުމަކަށް އެހީދޭން ކަނަޑައެޅިދާނެ. އޭގެމާނައަކީ އެގައުމެއް ރާއްގެ ދަށުވީތޯ؟
އަލީ
02 February 2017
މަގޭމެން ޕިންކީންނަކީ ފައިސާހޯދަން އެނގޭބައެއް އަދި ތަރައްގީކުރާނީވެސް ހަމަ ފައިސާއިން މި އުޅޭ ރަންރީދުލޭމެންނަށް ތަރައްގީފެނި މިހާރު ތިބޭނީ މޭބޮޑުވެފަ އިންޑިޔާއިން ޖެހޭނީ މަގޭމެންނަށް ފައިސާދޭން އިންޑިޔާމީހުންނަކީ މަމެން ބުނިގޮތަކަށް ހަދަންތިބެންޖެހޭނެބައެއް މަގޭމެން ޗައިނާއާ ގުޅާލައިގެން ކަންކަން ކޮށްލާގޮތުން އިންޑިޔާވެސް އުޅެނީ ބިރުން
އަދިފުތާ
02 February 2017
ގައުމުތަކުންދޭ މިފަދަ އަޅުވެރިކަމުގެ އެހީތަކުގައިނުޖެހި މިރާއްޖެ އަމިއްލަ ފައިމައްޗަށް ނުތެދުވެވި މިތިބެނީ ތިދިވެހިންގެ ކަންނެތްކަމުގެ ސަބަބުން ކޮރަޕްޓްވެރިންނަށް ވޯޓުވިއްކާތީ. މައުމޫން، ނަޝީދު، ޔާމީން އަކަށް ދިވެހިންނަށް އިޤްތިޞޯދީ މިނިވަންކަމެއް ހޯދައެއްނުދެވުނު. 2018ގައި މިކަމާއި ވިސްނުމަށްފަހު ވޯޓުދެމޭ. މި 3 މީހުން ނޫން މީހަކަށް.
ަޝިޔާމާ މޫސާ / ހިތަދޫ އައްޑޫ ސިޓީ
02 February 2017
ގައުމުތަކުންދޭ މިފަދަ އަޅުވެރިކަމުގެ އެހީތަކުގައިނުޖެހި މިރާއްޖެ އަމިއްލަ ފައިމައްޗަށް ނުތެދުވެވި މިތިބެނީ ތިދިވެހިންގެ ކަންނެތްކަމުގެ ސަބަބުން ކޮރަޕްޓްވެރިންނަށް ވޯޓުވިއްކާތީ. މައުމޫން، ނަޝީދު، ޔާމީން އަކަށް ދިވެހިންނަށް އިޤްތިޞޯދީ މިނިވަންކަމެއް ހޯދައެއްނުދެވުނު. 2018ގައި މިކަމާއި ވިސްނުމަށްފަހު ވޯޓުދެމޭ. މި 3 މީހުން ނޫން މީހަކަށް.
ކަޮމެންޓުކުރާ މީހާ
02 February 2017
އެންމެފުރަތަމަ 4 ކޮމެންޓަކީ އެންމެމީހެއްގެ ކޮމެންޓުތަށް ކަމަށް ޝައްކުކުރެވޭ
ދުނގެތިން
02 February 2017
ތަމެންނަށް ކީއް. ގާނޫނެއް ދައްކަގަ ތަމެން މީހަކަށް ކޮމެންޓް ކުރެވޭނެ ވަރު ބުނެދޭނެ ގާނޫނެއް. ތަމެން ދަގަ ގާނޫނު ކިޔަވަން. ތަމެން ގާނޫނު ކިޔެވީ ދުނގެތި ވަލުން ތޭ.
މޫސަ
02 February 2017
އެދުމެއްނެތި ވެދުމެއްނުކުރާނެކަން ޔަގީން.
މަޓާޓޯ
02 February 2017
ރެފިއުޖީންނާ މަސްވަރާއެއް ނުކުރޭތަ ތިކަމުގަ ހީވޭ ވަރަށް ވޭން އަޅާ ކަމަކަށް ވާނެހެން
ފެނޭދޯ
02 February 2017
އިންޑިއާ އިން ރާއްޖެ އަށް ހިލޭ އެހީ ނުދީ ކޮން ތާކަށް ދެމޭނީ ދޯ. ނޯންނާނެ ކުރާނެ އަދި ކުރެވޭނެ ވެސް އެއްކަމެއް ދޯ. ތިއޮތީ އެންމެ ފަހުން ތަމެން އަމިއްލަ އަށް ފައިސާ ހިފައިގެން އައިސް މަމެން ގާތުއާދޭސް ކުރަނީ ދޯ މަމެން ގާތު އެފައިސާ އާއި ހަވާލު ވާން ދޯ. ކީއްކުރާނީ ދެން.
ކުޑްބީ
02 February 2017
މިފެންނަނީ އެންމެ ފަހުން އިންޑިއާ ވެސް ޖެހުނީ މަމެން ކައިރިއަށް ނާށިގަނޑު ހިފައިގެން ސަލާމް ޖަހަން ޖެހުނު ތަނެވެ. މަމެން ޗައިނާ އާއި އިންޑިއާ ވާދަ ކުރުވައިގެން ދެ ގައުމުން ވެސް ލޯން އެހީ ފައިސާ އާއި ހިލޭ އެހީ ފައިސާ ދަމާލަ ދަމާލަ ތިބީމާ ހުންނާނީ ރަނގަޅަށެވެ. އައި ނޯ ޔޫ ހިއަރ މީ ނައު. ވީއާރ އިން ޑިފެރެންޓް ކައިންޑް ނައު. ވީ ކުޑް ބީ ހީރޯސް މީ އެން ޔޫ..
ކޮބާ
02 February 2017
ރާއްޖެ އަށް 550 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ އިން ދޭން ޖެހޭނީ. ނުދީ ކޮން ތާކަށް ތޭ ދާނީ އޭން ބުނެބަލަ. އެމެން ވަރަށް ބިރު ގަނޭ މަމެން ޗައިނާ އާއި ގުޅުން ގާއިމް ކުރާތީވެ. ތަމެން ތިޔާ ދޭ އެހީގެ ފައިސާ ދޭން ޖެހޭނީ މަމެން އަތަށް.. ތަމެންގެ ގައުމުން ރާޖާ ބާބޫ ކިޔާ މީހަކު އައިސް ނުޖެހޭނެ މަމެންގެ ގައުމުގައި ޓާޓާ ފްލެޓްސް ހެދި ދަށް ފެންވަރުގައި އަދި އައިޖީއެމްއެޗް ހެދި ދަށް ފެންވަރުގައި ތިމަސައްކަތް ކުރަން. ތިޔާ ފައިސާ ދިނީމާ މަސައްކަތް ކުރާނީ މަމެން ސަރުކާރުގެ ކުންފުނި ތައް މެދުވެރިކޮށް. މިއަށް ޖެހޭނީ އިންޑިއާ އިން ގަބޫލުވާން. އިންޑިއާ އިން ގަބޫލު ކުރަން ޖެހޭނީ އަދި ގަބޫލުވާނެ އެމެން މިގޮތަށް މިކަން ކުރަން. ގަބޫލު ނުވާނަމަ ކަޓެއްދޭން ބުނާ އިރަށް ގަބޫލު ވާނެއެވެ.